ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް.
04 މެއި 2020 - 15:17
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ކައުންސިލަރުން ހޮވައި ނިމެންދެން، މިހާރު ތިބި ކައުންސިލަރުންނަށް މަގާމުގައި ތިބެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށަހެޅުއްވި ބިލް ގާނޫނުއަސާސީއާ ހިލާފު ކަމަށް ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރޮޒައިނާ ވިދާޅުވީ ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ އިންތިޚާބީ މަގާމެއްގެ ދައުރު ގާނޫނުއަސާސީ އިސްލާހު ނުކޮށް، ގާނޫނަކުން އިތުރު ކުރެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ ދައުރެއްގެ މުއްދަތު ސިމްޕަލް މެޖޯރިޓީން ފާސްކުރާ ގާނޫނަކުން ބަދަލު ކުރުމަކީ ނަތީޖާ ގޯސް ވާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ވެސް ގަބޫލު ކުރަން، މި ހާލަތުގައި ގާނޫނުއަސާސީ އިސްލާހު ކުރަން ބައެއް މެންބަރުން ދެކޮޅުކަން. މިއަދުގެ ހާލަތު އޮތް ގޮތުން އެ ކަން އިހުސާސް ވެސް ކުރެވޭ. އެކަމަކު ގާނޫނުއަސާސީ އިސްލާހު ނުކުރަން ވެގެން، އޭގެ މާނައެއް ނޫން، މި މަޖިލީހުން ކަނޑައެޅިގެން ގާނޫނުއަސާސީއާ ދެކޮޅު ހެދުމަކީ،" އެމްޑީޕީގެ މެމްބަރު ރޮޒައިނާ ވިދާޅުވި އެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަން ދިގުދެމިގެންދާނެ މުއްދަތެއް ވެސް އަދި ޔަގީން ނުވާ ކަމަށާއި އެތައް އަހަރަކަށް މި މުއްދަތު ދިގުލައިގެން ހިނގައްޖެ ނަމަ ދެން ވެސް މަޖިލީހުން ގާނޫނުއަސާސީ އިސްލާހު ކުރަން ޖެހޭ ހާލަތްތަކުގައި އެ ކަން ނުކޮށް ތިބޭނީތޯ އޭނާ ސުވާލު ކުރެއްވި އެވެ.
މިއަދުގެ ޖަލްސާގައި ހަސަން ލަތީފު ވިދާޅުވީ، ގާނޫނުއަސާސީގައި އުފެދިފައި ނެތް ހާލަތެއްގައި އަމަލު ކުރާނެ އުސޫލުތަކެއް ހިމަނައިގެން ވަގުތީ ގާނޫނުތައް ފާސް ކުރުމަކީ މަޖިލީސްތަކުން ކުރިން ވެސް ކުރާ ކަމެއް ކަަމަށެވެ. އެއީ ރާއްޖޭގެ ގާނޫނުއަސާސީން ވެސް ދީފައިވާ ޖާގައެއް ކަަމަށް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފްގެ ބިލާ މެދު އެ ޕާޓީގެ މެމްބަރުންގެ މެދުގައި ހިޔާލު ތަފާތުވުންތަކެއް ހުރި ނަމަވެސް އެ ބިލް މަޖިލީހަށްް ބަަލައިގަތުމަށް މިއަދު ވަނީ ފާސްކޮށްްފަ އެވެ. ބިލް ބަލައިގަންނަން ފާސްކުރީ މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑަައިގެންނެވި 69 މެމްބަރުންގެ ތެރެއިންް 53 މެމްބަރުންގެ ވޯޓުންނެެވެ. ބިލް ބަލައިގަތުމަށް ނުފެންނަ ކަމަށް ވޯޓް ދެއްވީ ހަ މެމްބަރެކެވެ. ވަކި ގޮތަކަށް ވޯޓު ދެއްވަން ބޭނުން ނުވާ ކަމަށް އެއް މެމްބަރަކު އިންނެވި އެވެ.
ހަސަން ލަތީފުގެ ބިލާ މެދު ހިތްހަމަޖެހިވަޑައި ނުގެން ވާހަކަ ދެއްކެވި މެމްބަރުންގެ ތެރޭގައި ރޮޒެއިނާ އާއި މަަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހީމް ޝަރީފް (މަވޯޓާ) އާއި ވިލިމާލެ ދާއިރާގެ އަމިއްލަ މެމްބަރު އަހުމަދު އުޝާމް ހިމެނިވަޑައިގަންނަވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްދޫ
07 May 2020
ގާނޫނުއަސާސީގެ ި80 ވަނަ މާއްދާގައިވާގޮތަށް އަމަލުކުރަން ނަސީދު ބޭނުމެއްނޫން.އޭނަދެކެނީ ހުރިހާކަމަކަށް ގޮތް ނިންމާތަނަކީ މަޖިލިސް ކަމަށް
އަބޫ އަބުރު2
06 May 2020
ހަމައެއ ްލަމައެް ނެތި ނަސީދު ގެންދަނީ ބަދަލު ހިފުމަށް ޖޫދިސަރީ ފުނޑުކޮށް ހަލާކުކޮށް ގާނޫނު އަސާސީ ވީދަމުން
ޒަމްހަރީރާ
05 May 2020
ރޮޒޭ ވަކިގުރޫޕެއް' ހަސަން ލަތީފް ވަކިގުރޫޕެއް މިމީހުން މަޖިލީހުގެ މެޖޯރިޓީ އޮތީމަ ދޮންރިހަ ކައްކަނީ މީކަމެއްވާ ބަޔަކުނޫން ހަސަން އަކީ ވަރައްފޮނި ބޫޓުސައިޒު އޮޅިފަހުރިމީހެއް
ބިންބެރު51181
04 May 2020
ރުޒައިނާ ބުއްޏަސް ތެދެއް ވާނީ ތެދަކަށް ނޫނީ މާދަން ރައީސު މީހާގެ ދައުރުވެސް ތިޔަ މަޖުލީހުން ތިޔަގޮތަށް ކުރިން އަމަލުކުރި ގޮތޭކިޔާފަ ދަންމާލާނެ
އިބްރާ
04 May 2020
ރޮޒޭ ވިދާޅުވިޔަސް ހަސަންލަތީފަށްވުރެ ދަންނަ މީހަކު މިރާއްޖޭގައި ނެތެވެ. އޭނާ ހަދާ ގާނޫނަށް އެމްޑީޕީން ނޫނެކޭ ނުބުނެވޭވަރަށް އެމްޑީޕީގައި އޭނަގެ ބާރު ގަދަކަން ފާހަގަކުރަން.
މުހައްމާބެ
04 May 2020
އިރެއްގަ ރ.ނަޝީދުގެ ލޯޔަރަކަށް އުޅުއްވިޔަސް ހަސަން ލަތީފަކީ ގާނޫނު އަސާސީގެ އެކްސްޕަރޓެއްނޫން. ތިބޭނުންފުޅު ގަތަކަށް ލޯކަލް ކައުންސިލަރުންގެ ދައުރު ގާނޫނެއް ފާސްކޮށްގެން އިތުރު ކުރެވޭ ގޮތަކަށް ނޫން ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ ލިޔެފި އޮތީ. މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަންވީ ނޫންތޯ؟
އާދަންބެ
04 May 2020
ހަސަން ލަތީފު އަށް އެމްޑީޕީގެ ޗެއަރ ކަން ލިބުނު ފަހުން ހުންނަނީ ތިމާއަށް ތިމާ އޮޅިފަ. އަދި އަމުދުން މަޖިލިސްގެ ރައީސްއާ އެހާ ގާތްވީމަ އަދި ވަކިން މިކަން ބޮޑު. ތިމާ ކިތަންމެ މޮޅުކަމަށް ގަބޫލު ކުރިޔަސް ރައްޔިތުންގެ ވޯޓަކުން ހޮވަން ޖެހޭ މަގާމުތަކަކަށް ގާނޫނެއް ހަދައިގެން ބަޔަކު އައްޔަން ނުކުރެވޭނެކަން ކުޑަ ކުއްޖަކަށް ވެސް އެގޭނެ.
އަސްތާ
04 May 2020
ޑީއާރްޕީ ގެބޭނުމަށް އޯކޭވާނެ
ތުއްތެނިކު
04 May 2020
ހަސަން ލަތީފު އަކަސް އަންނި އަކަސް ގާނޫނު އަސާސީ އާއި ޚިލާފަށް ކައުންސިލަރުންގެ ދައުރު ގާނޫނަކުން އިތުރު ނުކުރެވޭނެ. މިތާ މީހަކު ބުނިގޮތަށް ސްރީލަންކާގަ ވެސް ހަމަ ކޮވިޑާ ހެދި އިންތިޚާބު ނުބޭއްވިގެން އެއޮތީ އެގައުމުގެ ޕާލިމެންޓް އުވިފަ. ހަމަ އެތިބީ އިންތިޚާބު ބޭއްވެންދެން. ޕާލިމެންޓެއް ނެތް! މީތާވާ އަދި ލޯކަލް ކައުންސިލަރުން. އެތާގެ ގާނޫނު ހަދާ މަޖިލިސް އުވިފަ އެއޮތީ! ގާނޫނު އަސާސީއާ ޚިލާފުވާން އުޅެނީ ކާކުކަން އެބަ އެގޭ!
ކަންމަތި
04 May 2020
އައްޑޫ މޭޔަރަކީ ބޮޑު ފޭލިޔަރެއް. އޭނަ އެގޮނޑިން ނެރެން ޖެހޭ.
ބިންބި
07 May 2020
މިކަމާ އެކަމާ ކޮން ގުޅުމެއް؟