ޚަބަރު / ކޮވިޑް-19

ދުބާއީ ކުންފުނީގެ ބައެއް ވެންޓިލޭޓަރު ހޯމަ ދުވަހު ލިބޭނެ: ހެލްތު މިނިސްޓްރީ

ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ބަޔަކު އައިޖީއެމްއެޗްގައި ކޮވިޑަށް ތަމްރީނު ވަނީ -- ފައިލް ފޮޓޯ: މިހާރު

ކޮވިޑް-19އާ ގުޅިގެން ރާއްޖެ އަށް 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރި ދުބާއީގެ އެގްޒެކިއުޓާ ޖެނެރަލް ޓްރޭޑިންއިން އަންނަ ހޯމަ ދުވަހު ރާއްޖެ އަށް ބައެއް ވެންޓިލޭޓަރު ގެންނާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ކުރިން ވިދާޅުވެފައިވާ ގޮތުން އެ ކުންފުނިން ވެންޓިލޭޓަރުތައް ރާއްޖެ ގެންނާނެކަން މިއަދު ވަނީ އަންގައިފަ އެވެ.

ނަމަވެސް ހެލްތު މިނިސްޓްރީގެ އިސް އޮފިޝަލަކު މިއަދު "މިހާރު" އަށް ވިދާޅުވީ ވެންޓިލޭޓަރުތައް ލިބުމުގަ އާއި ރާއްޖެ ގެނައުމުގައި ދިމާވި ދަތިތަކެއްގެ ސަބަބުން ވެންޓިލޭޓަރުތައް މިއަދު ގެނެވޭ ގޮތް ނުވި ކަމަށެވެ. އަދި އަންނަ ހޯމަ ދުވަހު ބައެއް ވެންޓިލޭޓަރުތައް ރާއްޖެ ގެންނާނެ ކަމުގެ ޔަގީންކަން ދުބާއީގެ ކުންފުނިން ދީފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"ދެތިން ދުވަހެއްގެ ތެރޭގައި ފައިނަލް ވާނެ ފުރަތަމަ ގެންނަނީ ކިތައް ވެންޓިލޭޓަރު ކަމާއި ކާގޯގެ ކަންކަން. އެ މަސައްކަތް ކުރަމުން މި އަންނަނީ،" އޮފިޝަލް ވިދާޅުވި އެވެ.

ދުބާއީގެ މި ކުންފުންޏަކީ ވެންޓިލޭޓަރު ގެންނަން ހަވާލުކުރި ތިން ކުންފުނީގެ ތެރެއިން ސަރުކާރުން ހަމައެކަނި އެޑްވާންސްކޮށް ފައިސާ ދޫކުރި ކުންފުނި ވެސް މެ އެވެ. އެ މީހުން ވެންޓިލޭޓަރެއް ގެނެސްދެނީ 32،500 ޑޮލަރަށެވެ. އެ ކުންފުންޏާ މަސައްކަތް ހަވާލުކުރީ 34 މިލިއަން ރުފިޔާ އަށް ކަމަށް ވާއިރު އަގުގެ 75 ޕަސެންޓު ފައިސާ ސަރުކާރުން ދައްކާފައިވާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެފައިވެ އެވެ.

ސަރުކާރުން ބުނެފައި ވަނީ ދުބާއީގެ ކުންފުންޏާ ވެންޓިލޭޓަރު ގެންނަން ހަވާލުކުރީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) މެދުވެރިކޮށް ކަމަށެވެ.

Medtech inn 18 ventilator eh genesfi

Medtech inn 18 ventilator eh genesfi

The most trusted news source in the Maldives

Mihaaru

މެޑްޓެކްއިން 18 ވެންޓިލޭޓާ ގެނައުން

ވެންޓިލޭޓަރުތައް ގެންނަން ދެން ހަވާލުކުރި ދިވެހި ދެ ކުންފުނީގެ ތެރެއިން މެޑްޓެކް މޯލްޑިވްސްއިން އައިސީޔޫ 18 ވެންޓިލޭޓަރު މިއަދު ވަނީ ރާއްޖެ ގެނެސްފަ އެވެ. މި ވެންޓިލޭޓަރުތައް ގެންނަން ކުރިން ތާވަލްކުރީ މިދިޔަ ހުކުރު ދުވަހަށެވެ. ނަމަވެސް އެ ދުވަހުގެ ކާގޯ ފްލައިޓް މާ ބޮޑަށް ބިޒީވުމުން ގެނެވޭ ގޮތް ނުވީ އެވެ. މެޑްޓެކްއާ ހަވާލުކުރީ 50 ވެންޓިލޭޓަރެއް ގެނައުމަށެވެ.

އެ ދެ ކުންފުނީގެ އިތުރުން ދެން ވެންޓިލޭޓަރު ގެނައުމަށް ހަވާލު ކުރީ ނާޑް ނަމަކަށް ކިޔާ ކުންފުންޏަކާ އެވެ. އެ ކުންފުންޏާ ހަވާލުކުރި 20 ވެންޓިލޭޓަރުގެ ތެރެއިން އެއްވެސް ވެންޓިލޭޓަރެއް އަދި ރާއްޖެ ނުގެނެ އެވެ.

ހެލްތު މިނިސްޓްރީގެ އޮފިޝަލް ވިދާޅުވީ ވެންޓިލޭޓަރު ލިބުމުގެ ދަތިތަކެއް ނާޑަށް ވެސް ކުރިމަތިވެފައިވާތީ އެކަން ހައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އެ ކުންފުންޏަށް މެނުފެކްޗަރާއެއް ލިބުމުގައި ދަތިތަކެއް އުޅެނީ. ފުރަތަމަ މަސައްކަތް ކުރި މެނުފެކްޗަރާއާ އެކު ނުވުމުން އިތުރު މެނުފެކްޗަރާ އަކާ އެކި މަސައްކަތް އެބަކުރޭ،" އޭނާ ވިދާޅުވި އެވެ.

އެ ތިން ކުންފުންޏާ ވެސް އެ މަސައްކަތް ހަވާލު ކުރީ ބިޑްކުރުމަކާ ނުލައި، "ސިންގަލް ސޯސް ޕްރޮކިއުމަންޓް" އުސޫލުންނެވެ. އެއީ، ކޮވިޑް-19 ރާއްޖެ އަށް ހަލުވިކަމާ އެކު ފެތުރެމުންދާތީ ވީހާ ވެސް އަވަހަކަށް އެ ތަކެތި ބޭނުންވާތީ ކަމަށް މިނިސްޓަރު އަމީން ވިދާޅުވެފައި ވެ އެވެ.

ކޮވިޑް-19އާ ގުޅިގެން ޗައިނާ އާއި ރާއްޖޭގައި ރިސޯޓުތައް ހިންގާ ބޭރުގެ ބައެއް ފަރާތްތަކުން ވެސް ވަނީ ވެންޓިލޭޓަރުތައް ހަދިޔާކޮށްފަ އެވެ.

12 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 23%
icon sad icon sad 0%
icon angry icon angry 77%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުރުތަލާ އިބްރާހިމް

10 May 2020

75% އެއް ނޫން. މިހާރުވަނީ އިތުރު %15 ވެސް ދައްކާފަ. ޖުމްލަ %90 އެޑްވާންސައް ދެއްކީމަވެސް އަދިވެސް އެތިކޮޅެއްތޯ ލިބެނީ. އެވެސް ބާޒާރު އަގައްވުރެ ޑަބަލް ބޮޑުކޮށް. މިއަށް ކިޔަނީ ކީކޭތޯ. ސީދާ ކޮރަޕްޝަން މީ.

The name is already taken The name is available. Register?

ސާފު ސާފު

10 May 2020

ވެންޓިލޭޓަރު ގެންނަން ސަރުކާރަށް ހުށަހެޅި ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު އަގެއް ހުށަހަޅާފައިވަނީ ދައުލަތުގެ ކުންފުނި އެސްޓީއޯއިން. 15 ވެންޓިލޭޓަރު ގެންނަން އެ ކުންފުނިން ހުށަހަޅާފައިވާ އަގަކީ އެއްޗެއް 878،475ރ. އެންމެ ކުޑަ އަގު ހުށަހެޅި ކުންފުންޏަކީ މެޑްޓެކް މޯލްޑިވްސް. އެއީ ވެންޓިލޭޓަރެއް 288،914ރ. މިހާރު އެނގި ހާމަވެއްޖެ ނަޝީދު އެސްޓީއޯއަށް މި ވެންޓިލޭޓަރު ގަންނަން ހަވާލު ނުކޮށްގެން އުޅުނީ ކީއްވެގެންކަން.

The name is already taken The name is available. Register?

ޟާސް

10 May 2020

ތި ގެންނާނެ ކަމެއްނެތް. މަބްރޫކު ބުންނެއްނުން ދުނިޔޭގައިވެސް ނިސްބަތުން މިކަމުގައި ރަނގަޅީ ރާއްޖެޔޭ. ކުރިން ހުރި ނަޟީދުގެ ވެރިކަމުގައި ޖުހާ ކިޔާ މީހެއް. މިސަރުކާރުގައި މަބްރޫކަކީ ޖުހާ

The name is already taken The name is available. Register?

އަހަންމާފުތާ

10 May 2020

ދުނިޔޭގައިވެސް ނިސްބަތުން މިކަމުގައި ރަނގަޅީ ރާއްޖެޔޭ މަބްރޫކް އެބުނަނީ، ދުނިޔޭގެ މިންގަޑުން ހިސާބު ކިތާބު ޖަހާފަ. އެ މިންގަޑުން ބަލާއިރު މިވަގުތު ބަލިޖެހުނު މީހުންގެ ނިސްބަތުން ހާލް ގޯސްވެގެން ފަރުވާދީ އަދި މިހާތަން މިދުނިޔެއާ ވަކިވެގެން ދާން ޖެހުނު މީހުންގެ އަދަދު ނިސްބަތުން މަދުކަމަށްވާތީ އެހެން އެބުނަނީ. އެކަމަށްޓަަކައި ޝުކުރުވެރި ވުމުގެ ބަދަލުގައި ހަޖޫ ޖެހުމަކީ ހިތާމަ ހުރިކަމެއް.

The name is already taken The name is available. Register?

ޜާގޮޑިރާޖާ

10 May 2020

މިރާއްޖޭގަ ޖުހާނޫންމީހަކަށްޙުރީ ސަރުކާރުގެ އެއްބިލިއަން ރުފިޔާއަށް ހިޔާނާތްތެރިވެ. މަނީލޯންޑަރިންގެކުށް ސާބިތުވެ ޢެތައްމިލިން ޑޮލަރެއް ސަރުކާރަށްދެއްކުމަށް ހުކުމްކޮއްފައިވާ ވގ ޔާމީނު.

The name is already taken The name is available. Register?

މުދިމު ކަތީބު

10 May 2020

ދެމަސް ކުރިން ފައިސާ ދެއްކި އިރު ސާދަ ހާސް ޑޮލަރަށް ލިބެންހުރި ވެންތިލޭޓަރު މިހާރު މި ހޭދަކުރަނީ 32،500 ޑޮލަރު...

The name is already taken The name is available. Register?

ޜާގޮޑިރާޖާ

10 May 2020

ކޮންތާކުތޯ 14 ހާސްރުފިޔާއަށް ހުރީ . ޢަހަރެންވެސް ބޭނުން އެކަތި ގަންނަން.

The name is already taken The name is available. Register?

ކެޔޮޅުބޭ

10 May 2020

އިރާދަފުޅުން މިވަގުތަށް ވާވަރަށް ދެން ތި ވެންޓިލޭޓަރު ލިބެނީ. މިހާރު އަވަހަށް ބޭނުންވަނީ ޓެސްޓް ކުރާ މެޝިން ކޮޅެއް ކޮންމެވެސް ގޮތަކަށް ހޯދަން. މިނިސްޓަރަ އަމީންއާއި މިނިސްޓަރ ޝާހިދު އެބަޖެހޭ މިކަމަށް އަވަސް ހައްލެއް ހޯއްދަވަން. ރާއްޖޭގެ އުތުރާއި ދެކުނުގައި ވެސް ޓެސްޓް ކުރެވެން އެބަޖެހޭ. އިތުރު މަސައްކަތް ކޮށްގެން މިކަން އަވަސް ކުރަންވީ.

The name is already taken The name is available. Register?

ސާދިގު

10 May 2020

ޕޮޒިޓިވްވެފައިވާ މީހުންގެ ތެރެއިން ކްރިޓިކަލް ކެއާގައި ފަރުވާދެނީ 2 މީހުންނަށް ކަމަށް ޑޮކްޓަރު ބުނި. އެހެންނަމަވެސް މިހާރުވެސް ރާއްޖޭގައި 100 އަށްވުރެ ގިނަ ވެންޓިލޭޓަރު އެބައޮތް ކަމަށް މަބްރޫކު ރޭގެ ޕްރެސްގައި ބުނި. އެހެންވީމަ ބާރު ބޮޑުވިޔަސް އެމެރިކާފަދަ ގައުމުތަކޭ އެއްގޮތަށް ވެންޓިލޭޓަރު ބަނޑަށް ނުޖެހޭނެ. ﷲގެ އިރާދަފުޅުން ހުރިހާ ކަމެއްވެސް ރަނގަޅުވާނެ.

The name is already taken The name is available. Register?

ފިތުނަގޯނި

10 May 2020

މުޅި ދުނިޔޭގެ ދަތުރު ފަތުރުގެ ނިޒާމު އެއްކޮށް ހުއްޓުމަކަށް އަައިސް އޮތް އިރު ތިޔަފަދަ ދަތިތަކެއް ދިމާވެދާނެކަން ހަމަ ބުއްދި ހުރި ބަޔަކަށް ވިސްނޭނެ. ތިކަން ރައްޔިތުންނަށް އޮޅުވާލާ ފިތުނަ ފަސާދަ އުފައްދަން މި ދަނޑިވަޅުގައި އުޅެނީ މި ރާއްޖެއަށް އުފަން އެންމެ ކުޅަދާނަ ފިލޯސަފަރު، މެތެމެޓީޝަން، ސައިންޓިސްޓް، އޮނަރަބަލް އަދުރޭއާއި ކެނެރީގެ ނަޝީދު.

The name is already taken The name is available. Register?

ހަމަ ހިލާ ނުވާނެ

10 May 2020

ނަޝީދަށް އޮންނާނެ ރާކަނި މަސް ކެވިފައި. ހާދަ ވަރެއް އަރުވާލިއޭ މީނާގެ މަސްލަހަތު އޮތް ކުންފުނިތަކަށް ވެންޓިލޭޓަރު ގެންނަން ހަވާލުނުކޮށްގެން. ދެންވެސް ކަލޭމެން މަޖިލީސް މެދުވެރިކޮށް ފާޑު ފާޑުގެ ކޮމިޓީ ހަދައިގެން ސަރުކާރުގެ ޕްރޮޖެކްތަށް ތިހެން ކަޓުވަން ކުރާ މަސައްކަތަށް ރައްޔިތުން ތިބޭނީ ފާރަވެރިވެގެން.

The name is already taken The name is available. Register?

ބޮޑުމީހާ

10 May 2020

ނަޝީދަށް ތަ ރާކަނިމަސް ކެވުނީ. ދިވެހި ރައްޔިތުންގެ ބައިތުލްމާލުން ބޮޑު ޚަރަދުކޮށްފަ 200 ވެންޓިލޭޓރ ލިބޭ އަގުގަ 100 ވެންޓިލޭޓަރ ގެނެސް ދިނީމަ ރާކަނިމަސް ކެވުނީ ކާކަށް ކަަމަށް ނުވިސްނުނު

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454