އެމްބިއުލެންސެއްގައި ޕީޕީއީ ހެދުމުގައި ހުރި މެޑިކް އެއް -- ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
12 މެއި 2020 - 10:28
ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން މިހާތަނަށް 812 މިލިއަން ރުފިޔާ ހޭދަކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމު ކޮށްފައިވާ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ ހޯމަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަަލަށް ސަރުކާރުން ކުރި ހޭދަ ވަނީ، އޭގެ ކުރީ ހަފުތާ އަށް ވުރެ 22 ޕަސެންޓް އިތުރު ވެފަ އެވެ. މި ހަރަދުތަކުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި ހެލްތް މިނިސްޓްރީއަށެވެ. އެގޮތުން، ކުރި ހަރަދުގެ 91 ޕަސެންޓް ހޭދަކުރީ މި ދެ އިދާރާއަށެވެ. އެންޑީއެމްއޭ އަށް 525 މިލިއަން ހޭދަވި އިރު ހެލްތު މިނިސްޓްރީއާ ގުޅޭ ކަންކަމަށް 136 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅުތަކަށާއި އެ ބަލި ޖެހޭ މީހުންނާ ގުޅޭ ކަންކަމުގައި އެންމެ އިސް ދައުރެއް އަދާކުރަނީ އެ ދެ އިދާރާއިންނެވެ..
މިދިޔަ ހަފުތާގެ ހޯމަ ދުވަހާ ހަމައަށް ކޮވިޑް-19 ގެ ހަރަދުތަކަށް ހޭދަކުރީ 665 މިލިއަން ރުފިޔާ އެވެ. އެހެން ކަމުން ހަފުތާއެއްގެ ތެރޭގައި 147 މިލިއަން ރުފިޔާ އިތުރަށް މިވަނީ ހަރަދުކޮށްފަ އެވެ.
މި ހަރަދުތަކުގެ އިތުރުން ނޭޝަނަލް ޕްލޭނިން މިނިސްޓްރީން 28 މިލިއަން ރުފިޔާ، އެމްއެންޑީއެފުން ހަ މިލިއަން ރުފިޔާ، ފޮރިން މިނިސްޓްރީން 3.5 މިލިއަން ރުފިޔާ، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން 2.9 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ހިސާބުތަކުން ދައްކަ އެވެ.
އިމިގްރޭޝަނުން ދެ ލައްކަ ރުފިޔާ އާއި އައިޖީއެމްއެޗުން އެއް ލައްކަ އާއި ޖެންޑާ މިނިސްޓްރީން ދެ ލައްކަ ރުފިޔާ އާއި ފުލުހުންގެ އިދާރާއިން ހަ ލައްކަ ރުފިޔާ އާއި ޑިޒާސްޓާ މެނޭޖްމެންޓް ފަންޑުން 84 މިލިއަން ރުފިޔާ ހޭދަކޮށްފައި ވެ އެވެ. މީގެ އިތުރުން ޓޫރިޒަމް އެކްޓިވިޓީސް އިމްޕްލިމެންޓޭޝަން ފަންޑުން 24 މިލިއަނާއި ޒަކާތު ފަންޑުން ތިން މިލިއަން ރުފިޔާ ކޮވިޑް-19 އިން ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތްތަކަށް ހޭދަކޮށްފައި ވެ އެވެ.
ކޮވިޑް-19 އާ ކުރާ ހޭދައިން އެންމެ ބޮޑު ހަރަދެއް ހިނގާފައިވަނީ ބައްޔަށް ޓެސްޓް ކުރުމާއި ޕާސަނަލް ޕްރޮޓެކްޓިކް އިކުއިޕްމެންޓް (ޕީޕީއީ) އާއި ބޭހަށެވެ. ވެންޓިލޭޓަރު ހޯދުމަށާއި އައިސޮލޭޝަން ފެސިލިޓީތަކަށާއި ބަލިމީހުންނަށް ފަރުވާދޭނެ ފެސިލިޓީތައް ވެސް ގާއިމްކޮށްފައިވެ އެވެ.
ކޮވިޑް-19 އާ ގުޅޭ ކަންކަމަށް ސަރުކާރުން ކުރާ ޚަރަދުތައް ހާމަކުރަން ނިންމައި ފުރަތަމަ ފަހަރަށް ތަފްސީލްތައް އާންމުކުރީ މިދިޔަ ހަފުތާގެ ހޯމަ ދުވަހު އެވެ. ފިނޭންސް މިނިސްޓްރީން ނިންމާފައި ވަނީ ކޮންމެ ހޯމަ ދުވަހެއްގައި އެ ތަފްސީލްތައް ހާމަކުރުމަށެވެ.
- ޓެސްޓު ކުރުމާއި ޕީޕީއީ ހޯދުމަށް: 389 މިލިއަން ރުފިޔާ
- ވެންޓިލޭޓަރު، އައިސޮލޭޝަން ސެންޓަރުތަކާއި ސިއްހީ ހިދުމަތަށް: 187 މިލިއަން ރުފިޔާ
- މިވަގުތަށް ކޮންމެހެން އެހީ ބޭނުންވާ މީހުންނާއި ކާޑުގެ ހަރަދު: 110 މިލިއަން ރުފިޔާ
- ކަރަންޓީނު ފެސިލިޓީ، ސިއްހީ އަދި އައިސޮލޭޝަން ފެސިލިޓީ ގާއިމް ކުރަން: 54 މިލިއަން ރުފިޔާ
- މަރާމާތު ކުރުމާއި ދަތުރުފަތުރަށް: 10 މިލިއަން ރުފިޔާ
ސަރުކާރުން ލަފާކޮށްފައިވާ ގޮތުން ސިއްހީ ހިދުމަތްތަކަށް ކުރާ ހޭދަތައް 3.3 މިލިއަނަށް އަރާނެ އެވެ. މި ހަރަދުތައް ކުރުމަށްޓަކައި ސަރުކާރުގެ އެހެން ބައެއް ހަރަދުތައް މިވަގުތަށް ކުޑަކޮށްފައިވާ އިރު ބައެއް ޕްރޮޖެކްޓްތައް މިވަގުތަށް ކުރިއަށް ގެންދިއުން ވެސް ހުއްޓާލާފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދި ކޮމެންޓަރ
12 May 2020
ދިވެހިންނަނަށް ދިވެހިންގެ ވަޒީފާ..... އަހަރެންނަކީ ވެސް މަލޭގައި ބޮޑު ސައިހޮޓަލެއް ހިންގާ މީހެއް..ކޭޝިޔަރަކަށް ފެށޭ މުސާރައަކަށް މަހަކު 10.000 ރުފިޔާ އާއި އަދި ކެޔުންވެސް ހިލޭ ދީފައި ދުވާލަކު 8 ގަޑިއިރު ދިވެއްސަކަށް ދިނިން.. ބަރާބަރު އެއް ހަފްތާވީ.. ތިން ވަނަ ދުވަހުން ފެށިގެން ޑިޔުޓީއަށް ގެންނަން ޖެހެނީ ފޯނުކޮށްގެން.. ޗެންޕިއަންސް ލީގް ބަލަންޖެހޭ...ފުޓްސެލް މުބާރާތް ކުޅެންދާންޖެހޭ.....އެންމެފަހުން ބިޓަށް ޓައިމް ނުދެވެނީއޭ ކިޔާފައި އެދިޔައީ.."
ކައްމަތިން
12 May 2020
ބަލިކޮންޓްރޯލް ނުވަނީސް މިހާގިނަ ފައިސާ ؟ އެކަމަކު ރާއްޖޭގެ ވަރަށްގިނަރައްޔިތުން މާލޭގަ ތާށިވެފައި. ބޮޑުޚަރަދުކޮޑްފައި ބަލިއޮތް ގައުމުތަކުން މީހުން ގެންނަފަދައިން މާލޭގައި ތިބި ރައްޔިތުން ރަށްރަށަށް ފޮނުވަންޖެހޭ.
ޢިބޫ
12 May 2020
މިގައުމުގަ ހިޔެއްނުވޭ ވެރިޔަކު ހުރިހެނެއް. ތިން ހަތަރު ވަޒީރަކާ ގައުމު ހަވާލުކޮއްފަ ރައީސް އަށް ވަރިހަމަ ގައުމު ހުސްކޮއްލިޔަސް. އަދި އަންނާނެ ރައްޔަތުން ކާރިޔަށް އެދުވަހަކުން އެނގޭނެ ފިލާއޮތީމަވާގޮތް އެދުވަހަކުން ރައްޔަތުން ދެނެއްވޯޓެއްނުދޭ ތިތިބަ މިނިސްޓަރުން ލާގެން ޖަރީމާހިންގާކަށް.
ފޫލް
12 May 2020
إنا لله وإنا إليه راجعون.
ބައިރަހާ
12 May 2020
ގަދަ. އެއްކަ މެއް ނުވިޔަސް ތިރޭޓް ރަނގަޅު. ތިހުރިހާ ގަނޑެއް ތިގަންނަނީ ފައިސާ ހޭދަކުރަންވެގެންނެއް ނޫންތަ؟ ކޮބާ ނަތީޖާޔަކީ. 3 ލައްކަ މީހުން އުޅޭ މިތާގައި ދެކުނު އޭޝިޔާގެ އެން މެ ގިނަ ބަލި މީހުން ތިބީ. ޕަކަޅާ ކުރެވިފައެއްނުން ހުންނާނީ.
ބޮޑުމީހާ
12 May 2020
800 މިލިއަނުން ބޮޑުބައި ޚަރަދުކުރީ ކަރަންޓީނު ފެސިކިޓީތަކަށް. ހަދާނިމިފައި ހުޅުމާލޭގައި 7000 ފްލެޓު ހުއްޓާ އެކި ރިސޯޓުތައް ކަރަންޓީނަށް ނެގި މަގުސަދު ސަރުކާރުން ހާމަކުރަންޖެހޭ! ސަރުކާރުގެ އެތައް ހޮސްޕިޓަލެއް ހުއްޓާ ޓްރީޓޮޕް ހޮސްޕިޓަލް 3 މަހަށް ނަގައި އެތާގައި 100 އައިސީޔޫ އެދާއި 60 ވެންޓިލޭޓަރ ބަހައްޓާ ސަބަބުވެސް ހާމަކުރަންޖެހޭ. ރައްޔިތުންގެ ފައިސާ ހިތުހުރި ގޮތަކަށް ބަހަނީ!
ނާހިދު
12 May 2020
ތިޔަ ފެންއަރުވާވަޑާމާ ސިންގަޕޫރާވާދައަށް ދިއްލި ބޮކިބޮނޑި އަދިވެސް ފެންނަން އެބަހުރި. މިސަރުކާރުން ތިޔަކުރި ޚަރަދުގެ ތެރެއިން ކުޑަމިނުން ދުވާލަކަށް 200 މީހުން ޓެސްޓްވެސް ކޮށްނުލެވޭ. 200 ރަށުގާ ހުރި ހެލްތްސެންޓަރުތަކުގާ އަޅާލާނެ މާސްކެއްވަރުނެއް. ލަދެއްނުގަންނާނެ.
ބޭކާރު
12 May 2020
ދުނިޔޭގެ އެންމެކުރިއަރައިފައިވާ ގައުމު ތަކުން ކަންކުރިގޮތަށްވުރެ މާ ބޮޑަށް ޚަރަދުކޮށް ނެތް ފެންވަރު ދެއްކުމުގެ ނަތީޖާ ފެންނަގޮތް ރަގަޅެއް ނޫން އެންމެ މުޙިއްމީ ރައްޔިތުންގެ ސަލާމަތޭބުނެ ކޮށްލި ޚަރަދު ގައުމުގެ ފުދުންތެރިކަމާއި އެކަށީގެންނުވޭ ދެން އެތަށްބަޔަކަށް ލިބުނު ގެއްލުން އެހާމެބޮޑު އެކަމު ދަޑިވަޅުގެ ފައިދާހޯދި ވެރިންވެސް ވަރަށް ސްމާޓް
އިއްސޭ
12 May 2020
ކުރި ޚަރަދާއި ކުރެވުނު މަސައްކަތަށް ބަލާއިރު ނަތީޖާ ވަރަށް ދަށް މިއަށްވުރެ މާރަގަޅުވީސް ފުރަބަންދުނުކޮށް އިގްތިސާދު ނުހުއްޓުވައި ކުރިއަށް ދިޔަނަމަ
ގުޑުގުޑާ
12 May 2020
800 މިލިއަން އެއީ ވަރަށް ކުޑަ އަދަދެއް. މިއީ އެންމެ ރަށެއްގެ މީހުންގެ މިނިވަން ދުވަސް ފާހަގަ ކޮށްލަންވެސް ސިންގަޕޫރާއި ވާދައަށް ތިހާކަށްވަރަށް ހަރަދުކުރި ގައުމެއް. ހުޅުމާލޭ މެދުގަ އެއްވެސް ބޭނުމެއްނެތި 4 ބުރިޖު އަޅާފަ ދަށުން ފެން އާރު އެހަދަނީވެސް 1.3 ބިިލިއަން ރުފިޔާއަށް، ވޯޓާތީމުޕާކެއްވެސް އެހަދަނީ ތިހާކަށްވަރަށް. އެހެންވީމަ ތިޔަވަރު އަދި ބޮޑެއްނޫން މިކަހަލަ ގައުމަކާ ބަލާފަ.