މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއް: ދައުލަތުގެ އިސްވެރިންގެ މުސާރަތައް ކުޑަކުރާ މިންވަރު އިތުރުކުރަން ކޮމެޓީން ވަނީ ފާސްކޮށްފައި. -- ފޮޓޯ/މިހާރު
17 މެއި 2020 - 19:23
ރައީސާއި ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހާއި މިނިވަން މުއައްސަސާތަކުގެ މުސާރަތަކުން އުނިކުރާ މިންވަރު އިތުރުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން މިއަދު ފާސްކޮށްފި އެވެ.
ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ ޚަރަދުތައް ކުޑަ ކުރުމުގެ ގޮތުން ރައީސާއި ނައިބު ރައީސާއި ވަޒީރުންނާއި މަޖިލީހުގެ މެމްބަރުންގެ އިތުރުން ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ މެމްބަރުންގެ މުސާރަތަކުން 20 ޕަސެންޓް ކުޑަކުރަން މަޖިލީހުން ކުރިން އޮތީ ފާސްކޮށްފަ އެވެ. އެކަމަކު އޭރު އެ މުސާރަތައް ކުޑަކުރީ ދެ މަހަށެވެ.
މުސާރަތައް ކުޑަ ކުރަން ކުރިން ކަނޑައެޅި މުއްދަތު ހަމަވާތީ މާލިއްޔަތު ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ނިންމީ ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވާ ގޮތަށް، ކުރިން އުނި ކުރަން ނިންމާފައިވާ މިންވަރަށް ވުރެން އިތުރަށް ބައެއް މަގާމުތަކުގެ މުސާރަ ކުޑަ ކުރުމަށެވެ.
އެގޮތުން ކޮމިޓީން ނިންމީ 20،000ރ. އިން 30،000ރ. އާ ދެމެދުގެ މުސާރަ ކަނޑައެޅިފައިވާ މަގާމުތަކުން 20 ޕަސެންޓް ކުޑަ ކުރުމަށާއި 30،000ރ. އާއި 60،000ރ. އާ ދެމެދުގެ މުސާރަތަކުން 30 ޕަސެންޓް ކުޑަ ކުރުމުގެ އިތުރުން 60،000ރ. އިން މަތީގެ މުސާރަތަކުން 35 ޕަސެންޓް ކުޑަ ކުރުމަށެވެ. އަދި މި މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް އެ އުސޫލަށް އަމަލު ކުރަން ވެސް ވަނީ ފާސްކޮށްފަ އެވެ.
އެ ހުށަހެޅުން ފާސްވީ ވޯޓުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.
މިމަސް ނިމުމަކާ ގާތަށް ގޮސްފައި ވަނިކޮށް މިމަހުގެ މުސާރަތައް ވެސް ކުޑަވާ ގޮތަށް އެ ބަދަލު ގެންނަން ނިންމާތީ އެކަމާ މެދު ކޮމެޓީގެ ބައެއް މެމްބަރުން ކަންބޮޑުވުން ފާޅު ކުރެއްވި އެވެ. ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ މިމަހުން ފެށިގެން މިއަދާ ހަމައަށް ހިނގި ދުވަސްތައް ވެސް ހިމެނޭ ގޮތުން އެ އުސޫލަށް އަމަލު ކުރުމަކީ އާންމު އުސޫލާ ޚިލާފް ކަމެއް ކަމަށާއި އެހެންވެ، އެ ބަދަލު ގެންނަން މަޖިލީހުން ނިންމާ ދުވަހުން ފެށިގެން އެ އުސޫލަށް އަމަލު ކުރަންޖެހޭ ކަމަށް އަސްލަމް ވިދާޅުވި އެވެ.
"މަޖިލީހުގެ މެމްބަރުން މިކަން ނިންމަވަނީ. އެހެންވީމަ މަޖިލީހުގެ މެމްބަރުންގެ މުސާރަ އެއްކޮށް ކަނޑާލަން ވެސް ނިންމަވާ އެގޮތަށް ނިންމަވަންޏާ. އެކަމަކު އެހެން ބައެއްގެ މުސާރަތައް ވެސް އެބަ ހިމެނޭ. އެހެން ބައެއްގެ ބަސް ނެތި އެ މީހުުންގެ ކަމެއް އަޅުގަނޑުމެން އެބަ ނިންމަން." އަސްލަމް ވިދާޅުވި އެވެ.
ކޮމެޓީގެ މުގައްރިރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒާއި އެހެން ބައެއް މެމްބަރުން ވެސް ވިދާޅުވީ އާންމު އުސޫލުން އެގޮތަށް އަމަލު ކުރަން ޖެހޭނެ ކަމެއް ގަބޫލު ކުރައްވާ ކަމަށެވެ. އެކަމަކު މިހާރު ކުރިމަތިވެފައި އޮތީ ވަރަށް ޚާއްސަ ހާލަތެއް ކަމަށްވާތީ އާއި އިތުރު އެތައް މުސާރަތަކެއް ކުޑަ ކުރަމުންދާތީ މިވަގުތު އެ ނޫން ގޮތެއް ނެތް ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ.
"މި އުޅެނީ އާންމު ހާލަތެއްގައެއް ނޫން. މި ހާލަތުގައި ވަރަށް ބައިވަރު ކަންކަން އެބަހުރި އަޅުގަނޑުމެން އާންމު ހާލަތުގައި ކަންކުރާ އުސޫލާ ޚިލާފަށް ކުރަންޖެހޭ، ކުރާނެ އަދި ކުރެވޭނެ ކަންކަން." ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ ވިދާޅުވި އެވެ.
ދައުލަތުގެ އިސް މަގާމުތަކާއި މަޖިލިސް މެމްބަރުންގެ އިތުރުން މިނިވަން މުއައްސަސާތަކުގެ އިސްވެރިންނާއި ފަނޑިޔާރުންގެ މުސާރަތައް ކުޑަކުރަން ކޮމެޓީން ނިންމިއިރު، ދައުލަތުން މުސާރަ ދޭ އެހެން މަގާމުތަކުގެ މުސާރަތައް ވެސް އޮތީ ކުޑަކުރަން ނިންމައިފަ އެވެ. އެގޮތުން 20،000ރ. އަށް ވުރެ މަތިން މުސާރަ ލިބޭ ހުރިހާ މުވައްޒަފުންގެ މުސާރައިން ވަކި ޕަސެންޓެއް އުނިކުރަން ފިނޭންސް މިނިސްޓްރީން އޮތީ ނިންމައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާނުވާ ނ
18 May 2020
20000 ރުފިޔާ ލިބޭ މީހެއްގެ މުސާރައިން 20% ކެނޑީމާ ގެއަށް ގެންދަން މި ލިބޭނީ 19000 ރުފިޔާ. 15000 ރުފިޔާ ލިބޭ މުވައްޒަފަށް ގެއެށް ގެންދަން ލިބޭ 23000 ރުފިޔާ. މިހިރީ ހަދާ ތާކުންތާކު ނުޖެހޭ ސިޔާސަތު
ރައިޔަތު އަހުމަދު
18 May 2020
ބަލަ ކޮބާ މަޖިިލީހުގެ މެމްބަރުންގެ މުސާރަ އަދިވެސް 100،000 ހާސް ނަގަނީ ތޯ.. ފުރަތަމަ އަމިއްލަޔަށް މިސާލު ދައްކަބަލަ.. އެއަދަދު 30،000 ދައްކޮށްފަ ދެން އުޅެބަލަ.. މަޖިލީހުގައި ތިބާއްވާ ބޮޑު ކެއުން ދައުލަތުން ޚަރަދު ނުކޮށް ހުއްޓާލަބަލަ ޕޮލިޓިކަލް އެޕޮއިންޓީންގެ މުސާރަ 15،000 ދަށް ކޮށްބަލަ އޭރުން ބަޖެޓުން ނޭވާލެވޭވަރުވާނެ..
ޢައްޕި
18 May 2020
22000 މުސާރަޔަށް ލިބޭ މީހާގެ މުސާރައިން ކެޑީމާ އެމީހަކަށް ލިބޭނީ 17600 އެވެ. އެކަމް 19000 ލިބޭމީހާއަށް ދެންވެސް ހަމަ އެ 19 ހާސް ލިބޭނެދޯ
އޮނަރަބްލް އަފީފު ދީދީ
18 May 2020
ޙަރަދުކުޑަ ލާމަރުކަޒީ ނިޒާމެއްގެނައުމަށް މިއީ ވަރަށްރަނގަޅު ދަނޑިވަޅެއް. # ރާއްޖެ އިޤްތިސޯދީ އިދާރީ 3 ސަރަހައްދަށް ބަހާލަން ތިލަދުންމަތިން ފާދިއްޕޮޅަށް ނޯތު، ކ.އަތޮޅުން ދާލަށް(މާލެވެސް ހިމަނައި)ސެންޓްރަލް، އަދި ކޮޅުމަޑުލުން އައްޑުއަށް ސަދާރން ކަމުގައިކަޑައަޅާ. # ތިން ސަރަހައްދުން ކޮންމެ ޕްރޮވިންސްއެއްގެރައްޔަތުން އިންތިޙާބުކުރާ ޤަވަރުނަރާއި ނައިބަށް ސަރަހައްދީބާރުހަވާލުކޮށް މަޖިލިސް މެންބަރުންވެސް މަޖިލީހުގައި ސަރަހައްދުތަމްސީލުކުރާން ކަޑައަޅުއްވާ.
މެމް ބަރު
18 May 2020
މަޖިލިސް މެމްބަރުންގެ ކަނޑަން ނިންމީ %35. ކުރިން އެމީހުންނަށް ލިބޭ 80000، މިހާރު ލިބޭނެކަމަށްވަނި 52000. އަހަރެން ވަޒީފާ އަދާކުރާ ކުންފުނިން މަގޭ މުސާރައިން ކަނޑަނީ 70%. މަށަށް ކުރިން ލިބެނީ 9000ރުފިޔާ. މިހާރު ލިބެނީ 3000އަށްވުރެ ދައްކޮށް. ރައްޔިތުންގެ މަންދޫބުންނޯ. ލަދު. މިހާލުގަ މެމްބަރުންގެ މުސާރަ 25000 އަށޤވުރެ ބޮޑޫވެގެންނުވާނެ.
އިދުހާމު
18 May 2020
20،000ރ. އިން 30،000ރ. އާ ދެމެދުގެ މުސާރަ ކަނޑައެޅިފައިވާ މަގާމުތަކުން 20 ޕަސެންޓް ކުޑަ ކުރުމަށާއި 30،000ރ. އާއި 60،000ރ. އާ ދެމެދުގެ މުސާރަތަކުން 30 ޕަސެންޓް ކުޑަކުރަން ބަލާއިރު، 30 ހާސް ލިބޭ މީހާއަށް، 30،001 ރުފިޔާ ލިބޭ މީހާއަށް ލިބޭ މުސާރައަށް ވުރެ ގިނައިން ލިބޭ. މީ ވަރަށް އަނިޔާވެރި ބޭއިންސާފު ގޮތެއް. މަގާމުގެ ގޮތުން މަތީ މީހާއަށް، އެއަށްވުރެ ދަށް މީހާއަށް ވުރެ ލިބޭ މުސާރަ ކުޑަކޮށްލުން. އެއްވެސް ވަރަކަށް ވިސްނާފަބާ ތި ނިންމަނީ!
އޮނަރަބްލް އަފީފު ދީދީ
17 May 2020
މާލެއަށް ވިސްނާލަބަލަ. ފަހަރަކު ރަށެއް އިތުރު ކުރާއިރުވެސް މަޖިލިސް ތަމްސީލުކުރަނީ "މާލެ" މެންބަރުން އެހެން ނޫންތޯ؟ # ދިއްގަރު، ހިންމަފުށި، ނަޑެއްލާ މިހެން ކިޔާނެ ކަމެއްނެތް މަޖިލީހުގައި ކުދިކުދިރަށް ރަށަށް ނިސްބަތްކޮށް "ދާއިރާ" ކިޔައިގެން ގޮނޑިދީފައި ތިއްބަސް ދާއިރާތަކެއް ކުރިއަށް ނާރާނެ. # ޢުތުރު، މެދު އަދި ދެކުނު ދާއިރާތަށް ކަޑައަޅާ މެންބަރުންތަށް "ސަރަހައްދީ ކުޑައިގެ ދަށަށް" ގެނެސް މަޖިލީހުގައި ސަރަހައްދު ތަމްސީލު ކުރާން ފުރުސަތު ދިނުމަށް ޤޢ އިސްލާޙްކުރައްވާ.
ކޮރަލް
17 May 2020
މުސާރަ ކުޑަ ކުރިއަސް އެލަވަންސް އާ އިނާޔަތާ އެކު ގެއަށް ގެންދާ ވަރު ވ ބޮޑެވެ. މިސާލަކަށް މަޖްލީހުންވެސް ކޮމިޓީ އެލަވަންސް އަށް ކޮންމެ މެމްބަރަކު މަހަކު 20 ހާސް އެބަ ނަގަ އެވެ.
އޮނަރަބްލް އަފީފު ދީދީ
17 May 2020
ތިއީ މުޅިންވެސް "ވަގުތީ ހައްލު" އިގޭތޯ؟ ތީގެބަދަލުގައި ކުރިއަށްއޮތް 20 އަހަރަށްކަމުދާފަދަ ބަދަލުތަކެއް ގެންނަވާ. # އަދި ލާމަރުކަޒީނިޒާމް މިހާރުއޮތްގޮތާއި މަޖިލީހުގެ ގޮނޑިތައްބެހިފައިވާ "އިދާރީދާއިރާތަކަށް ބަދަލުގެނައުމަށް" ޤާނޫނުއަސާސި އިސްލާޙްކުރައްވާ. # މިބަދަލާއިއެކު ރާއްޖެ އިދާރީ ޤާނޫނީ 3 ދާއިރާއަކަށްވަކިކޮށް މަޖިލީހުގައި މިދާއިރާތަށްތަމްސީލުކުރަން މެންބަރުންނަށްފުރުސަތުދެއްވާ ކައުންސިލަރުންގެބަދަލުގައި އިންތިޙާބީ ޤަވަރުނަރާއި ނައިބް އިންތިޙާބުކުރޭ.
ނަން
17 May 2020
މަޖިލިސް. މެމމްބަރުންނަށް 35 ޕަސަންޓް ކެނޑިޔަސް ގެއަށްގެންދަން 55000 (ފަންސާސް ފަސްހާސް) ރުފިޔާ އަށްވުރެ ގިނައިން ލިބޭނެ. ހުރިހާ ދެރަައެއް ކުޑަ މުސާރަ ލިބޭ މީހުންނަށް. ޤައުމު ހިންގަން ނޭނގުނު ފެއިލް ސަރުކާރު.