ސައީދު: ސޭފް ޓޫރިޒަމްގެ ޑްރާފްޓް ރިޕޯޓު ސަރުކާރުން މަޖިލީހަށް ފޮނުވީ އެ ދާއިރާގެ ފަރާތްތަކާ މަޝްވަރާ ނުކޮށް ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ/މިހާރު
20 މެއި 2020 - 20:51
ކޮވިޑް-19 އަށް ފަހު ރާއްޖޭގެ ޓޫރިޒަމް އަލުން ފެށުމަށްޓަކައި ސަރުކާރުން ތައްޔާރުކުރި ސޭފް ޓޫރިޒަމްގެ ޑްރާފްޓް އެކުލަވާލީ އެ ދާއިރާއާ މަޝްވަރާ ނުކޮށް ކަމަށާއި އޭގެ ސަބަބުން ގެއްލުން ވާނީ ޓޫރިޒަމް ދާއިރާ އަށް ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު، ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19 ފެތުރުން ނުހުއްޓުނަސް، ޚާއްސަ ފިޔަވަޅުތަކާ އެކު ޓޫރިޒަމް ފެށުމާ ބެހޭ ޑްރާފްޓް ރިޕޯޓެއް ސަރުކާރުން އެކުލަވައިލައި، މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފަ އެވެ. އެ ރިޕޯޓް މަޖިލީހުގެ އިގްތިސާދީ ކޮމިޓީން މިހާރު ދަނީ ދިރާސާ ކުރަމުންނެވެ.
އެކަމާ ގުޅިގެން، އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޓޫރިޒަމް ދާއިރާގެ ފަރާތްތަކާ މަޝްވަރާ ކުރުމެއް ނެތި އެފަދަ ރިޕޯޓެއް މަޖިލީހަށް ފޮނުވުމުން ގެއްލުން ވާނީ އެ ދާއިރާއަށް ކަމަށާއި މަޖިލީހާއި ސަރުކާރުން ވެސް ކަންކަން ކުރަނީ އެކަށީގެންވާ މިންވަރަށް މަސައްކަތް ނުކޮށް އެކުލަވައިލި އެ ރިޕޯޓުގެ މައްޗަށް ކަމަށެވެ. މިހާރު ރާއްޖޭގައި ދެ ސަރުކާރެއްގެ ސިފަ ޖެހިފައިވާ ކަމަށާއި މިހާރު ފެންނަމުންދަނީ ބަރުލަމާނީ ބާރެއްގެ ދަށުވެފައިވާ ރިޔާސީ ހަރަކާތެއް ކަމަށް ސައީދު ވިދާޅުވި އެވެ. އޭގެ ހުރިހާ ގެއްލުމެއް ލިބެނީ ވިޔަފާރިތަކާއި ރައްޔިތުންނަށް ކަމަށް ވެސް ސައީދުގެ ޓްވީޓްގައިވެ އެވެ.
1. ސޭފްޓޫރިޒަމް ގައިޑްލައިންގެނަމުގަ އަނެއްކާވެސް ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި މަޝްވަރާނުކޮށް މަޖިލިސްއަށް ރިޕޯޓް ފޮނުވުމުން ފިތިހަލާކުވަނީ ރާއްޖޭގެ އެންމެބޮޑު ސިނާއަތް.
— Mohamed Saeed (@em_saeed) May 20, 2020
ސައީދުގެ ޓްވީޓް
ސޭފް ޓޫރިޒަމްގެ ޑްރާފްޓް ރިޕޯޓު އެކުލަވާލާފައިވަނީ ބައިނަލްއަގްވާމީ ފަރާތްތަކުގެ އެހީތެރިކަމާ އެކު ކަމަށް ސަރުކާރުން ބުނެފައިވެ އެވެ. އެ ރިޕޯޓުގައި ޚާއްސަ ހުއްދައެއްގެ ދަށުން ރާއްޖެއަށް ޓޫރިސްޓުން ގެނައުމާއި އަނބުރާ ގެންދިއުމުގައި އަމަލު ކުރަންޖެހޭ އުސޫލުތަކާއި އަގުތައް ނަގާނެ ގޮތްތައް ބަޔާން ކޮށްފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީގ
21 May 2020
އެއޮތީ ހިޔާލައް ހުޅުވާލާފައެއްނުންތަ ދެން މަށާ ކޮށާނެ ގޮތެއް ދާއިރާއިން ހުށަހަޅަން ފަސޭހަވާނެ އެހެންނޫނީ މާދިގުލައިގެންދާނެ.
ގާކޮށި ހުސޭނު
21 May 2020
މަސްވަރާ ކުރާވަރުން ހީވަވަނީ އެހެންކަމެއްހެން ގައުމުދަނީ ދުވަހެއް ދުވަހަކަށްވުރެ ދަށަށް ކުރޯނާ ވައިރަސް ނާންނަ އިރުވެސް ދިޔައީދަށަށް 2008 ވެރިކަން ލިބުނީމަވެސް ދިޔައީ ދަށަށް 2018 ވެރިކަން ލިބުނީމަ ވެސް ގައުމު އިނދަޖެނީ ކޮންމެ އަހަރަކު ފާސްކުރާ ދައުލަތު ބަޖެޓް އަހަރު މެދަށްދާއިރު ބަޖެޓް ހުސްވެ އަނެއްކާ ކޮންމެސް ބަޖެޓެއް ހުށައަޅާ މަސްވާ ވަރަށް މޮޅު
ޑރފަލަޑޭ
21 May 2020
ބޭރު ގައުމުތަކާ ގުޅުން ހުރިއެއްވެސް ކަމެއްގަ އިނގިރޭސިން ދޮގެއް ހަދާކަށް ނުކެރެއެއްނުން
ވައިސޫރި
20 May 2020
މަސްވަރާނުކުރާކަމައް ބުނާއިރު މިހާރުވެސް ޕުލޭނުއޮތީ މަޖުލިސް ތެރޭގާ ސައީދަކީވެސް މަޖުލިސް މެންބަރެއް އެއައް ލަފައެއްދޭންވީއެއްނޫންތޯ ސައީދު ތިއަބޭނުންވަނީ ޔާންޓޭގެ ލަފައެއް ހޯދަންކަމައްވަނީނަމަ ސީދާ އެވާހަކަ ބުނަން ނުކެރިގެން އުޅެނީ ފިނޑިކަމުންތޯއެވެ
ހޯރަބޭ
20 May 2020
މޯޅިވެފައިން ފިނިފެން މަލެއް .
ކައްކާ @@
20 May 2020
ރަޙިމް ބެ އާއި އެކަނި މަޝްވަރާ ނުކުރެވެނީ! ރަޙިމް ބެ ފޯނު ނުނަން ގަވާ ތީވެ ނުގުޅުނު@ އެ ފޯނަށް ގުޅީމާ އަތް ދޮންނަ ވާހަކަ ކިޔަނީ
ހުވާ
20 May 2020
އިކޮނޮމިސްޓަކާ އަހަރުމެން ވެރިކަން ހަވާލު ކުރިން...ނިމުނުއިރު އިމިގުރޭޝަން ތަޅުދަޑި އޮތީ އަވައްޓެރި ގައުމެއްގަ
މވމވ މ
20 May 2020
މިހާރު ގެންނަން އުޅެނީ އަންސޭފް ޓުއަރިޒަމް.
މޯޑޭ
20 May 2020
ސައީދު ކޮންހައިސިންޔަތަކުން ބާ ތިވާހަކަ ތި ދަށްކަނި. މަޓީގެ ފަރާތުން ތޯ ނޫނީ ވިލާގެ ފަރާތުން ތޯ. ތިއަށް ވުރެ ބޮނޑް ދޮގެއް މިއޮށް ބަރަކާތް ތެރި މަހު ހަދަށް ނޭގުނި ދޯ
އިޔެ1
20 May 2020
ޒާތީވެ ހުރިހާ ކޮމެންޓެއްގައި މެމްބަރު ސައީދުގެ ވާހަކަ. ދެއްކި ވާހަކައަކަށް އިލްމީގޮތުން ޖަދަލު ކޮށްލަން ކީއްތޯވާނީ؟ ޤައުމު ހަލާލުވަނީ މަރުމޯލުން ގިނަވީމަ.
ޑޮން0
20 May 2020
ދާއިރާގެ ހިޔާލަށްވެސް ވަނީ ފޮނުވާފަ، ގުމުރީ ގެއްލުނީމާ ކޮސްގޮވަނީތޯއެވެ.