ޚަބަރު / ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ ތަޅުމުގައި ޖަލްސާ ފަށައި، ގާނޫނުއަސާސީ އިސްލާހު ކުރަން ހުށަހަޅައިފި

ކޮވިޑް-19 ފެތުރޭތީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ޖަލްސާތައް ބޭއްވުން މެދުކަނޑާލާފައި އޮތުމަށް ފަހު، ހާއްސަ އިންތިޒާމުތަކަކާ އެކު، މިއަދު ޖަލްސާތައް ފަށައި ގާނޫނުއަސާސީ އިސްލާހު ކުރަން ހުށަހަޅައިފި އެވެ.

ތަޅުމުގައި ޖަލްސާ ބޭއްވުމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ނިންމެވުމުން ފާޑުކިޔުން އަމާޒުވި ނަމަވެސް 87 މެމްބަރުން ތިއްބަވާ މަޖިލީހުގެ ޖަލްސާ ހެނދުނު 11:00 ގައި ފެށީ 47 މެމްބަރުންނާ އެކު އެވެ. މަޖިލީހުގެ ރައީސް ހިމެނިވަޑައިގަންނަވާ ގޮތަށް ހުރިހާ މެމްބަރުންނާއި އިދާރީ މުވައްޒަފުން ވެސް ތިބީ މާސްކް އަޅައިގެންނެވެ. ކުރިއާ ޚިލާފަށް ކޮންމެ މެމްބަރަކަށް މޭޒެެއް ކަނޑައަޅާފައި ހުރިއިރު، އެ ބޭފުޅުން ތިއްބެވީ ދުރުމިން ބަހައްޓައިގެންނެވެ. އަނެއްބައި މެމްބަރުން ތިއްބެވީ މޭޒެއް ނެތި ގޮނޑީގައި ދުރުދުރުގަ އެވެ.

Council memberun ge dhauru ithuru kuran sarukaarun husha helhi bill agenda koffi

Council memberun ge dhauru ithuru kuran sarukaarun husha helhi bill agenda koffi

The most trusted news source in the Maldives

Mihaaru

ދައުރުދަންމަން ގާނޫނު އަސާސީއަށް ހުށަހެޅުއްވި އިސްލާހު އެޖެންޑާ ކުރުން

މިއަދުގެ ޖަލްސާގެ ހާޒިރީ އިއްވަވަމުން ނަޝީދު ވިދާޅުވީ، ފަސް މެމްބަރަކު ދިރިއުޅުއްވާ ގެ މޮނީޓަރިންގެ ހާލަތުގައި ހުރުމުން އެ މެމްބަރުންނަށް ޖަލްސާގައި ބައިވެރިވެވަޑައިގެންނެވޭ ގޮތް ނުވާ ކަމަށެވެ. މީގެ އިތުރުން ތިން މެމްބަރަކު ތިއްބެވީ ނަޝީދު ވިދާޅުވި ގޮތުގައި ސަލާމުގަ އެވެ.

މިހާރު ތިބި ކައުންސިލް މެމްބަރުންގެ ދައުރު ދެމިގެންދާ ގޮތަށް ގާނޫނުއަސާސީ އަށް އިސްލާހު ގެންނަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ބިލް، މިއަދުގެ ޖަލްސާ އަށް ހުށަހަޅުއްވަމުން ބިލެތްދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވިދާޅުވީ، އެ އިސްލާހާ އެކު އާ ކައުންސިލަރުން އިންތިޚާބު ކުރެވެންދެން މިހާރު ތިއްބެވި ކައުންސިލަރުންގެ މަގާމު އޮންނާނެ ކަމަށެވެ.

ސަރުކާރުން ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅާފައި ވަނިކޮށް، ގާނޫނުއަސާސީ އިސްލާހު ކުރުމުގެ ބަދަލުގައި ޚާއްސަ ގާނޫނެއް އެކަމަށް ފާސްކުރުމުގެ ބިލެއް ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ލަތީފް ކުރިން މަޖިލީހަށް ހުށަހެޅުއްވި އެވެ. އެކަމަކު ގާނޫނުއަސާސީ އިސްލާހު ނުކޮށް، އާންމު ގާނޫނަކުން އެ ބަދަލު ނުގެނެވޭނެ ކަމަށް ބުނެ ފާޑުކިޔުންތައް އޮތީ އެކަމަށް އަމާޒުވެފަ އެވެ. ހަސަން ލަތީފްގެ ބިލްގެ މައްސަލައިގައި އެތައް ދުވަހެއް ބޭކާރު ގޮތުގައި ހޭދަވެފައިވާ ކަމަށް ބައެއް މެމްބަރުން ވެސް ވިދާޅުވެ އެވެ.

މަޖިލިސް މެމްބަރުން މިއަދުގެ ޖަލްސާގައި: މެމްބަރުން ތިއްބެވީ ހާއްސަ އިންތިޒާމެއްގެ ތެރެއިން ދުރުދުރުގައި-- ފޮޓޯ: މަޖިލިސް

ކައުންސިލްތަކުގެ މުއްދަތު ދަންމަން ގާނޫނުއަސާސީ އަށް އިސްލާހެއް ހުށަހެޅިއިރު، ހަސަން ލަތީފްގެ ބިލް މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން މިހާރު އަންނަނީ ދިރާސާ ކުރަމުންނެވެ. އެކަމަކު ގާނޫނުއަސާސީގައި ކައުންސިލް މެމްބަރުންގެ ދައުރު ކަނޑައަޅާފައި ވަނިކޮށް، ގާނޫނުއަސާސީ އިސްލާހު ކުރުމެއް ނެތި، އާންމު ގާނޫނަކުން އެ ބަދަލު ނުގެނެވޭނެ ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތާއި މަޖިލީހުގެ ކައުންސެލާ ޖެނެރަލް ފާތިމަތު ފިލްޒާ ވެސް އޮތީ ލަފާ ދެއްވައިފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން ކައުންސިލް އިންތިޚާބު އެއް އަހަރަށް ފަސް ކުރުމުގެ ގާނޫނު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދާދި ފަހުން ވަނީ ތަސްދީގު ކުރައްވައިފަ އެވެ. އެކަމަކު މިހާރު ތިބި ކައުންސިިލް މެމްބަރުންގެ ދައުރު އަންނަ މަހުގެ ތިނެއްގައި ހަމަވުމުގެ ކުރިން އެ މަގާމުތަކާ މެދު ގޮތެއް ނިންމަން ޖެހެ އެވެ.

Majileehuge thalhumugai jalsa beyvveynee vaki kanthahthakeh furihama koggen kan HPA in a'gaifi

Majileehuge thalhumugai jalsa beyvveynee vaki kanthahthakeh furihama koggen kan HPA in a'gaifi

The most trusted news source in the Maldives

Mihaaru

ހާއްސަ އިންތިޒާމުތަކެއްގެ ދަށުން މަޖިލިސް ބާއްވަން ހުއްދަ ދިނުން

އޮންލައިންކޮށް ބާއްވަމުން އައި ޖަލްސާތައް މިއަދު ޗެމްބަރުގައި ފަށާފައިވާއިރު، ފުރަތަމަ އެކަން އެގޮތަށް ކުރަން ނަޝީދު ނިންމެވީ އެޗްޕީއޭގެ ހުއްދައާ ނުލަ އެވެ. ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާން ކޮށްފައިވަނިކޮށް، އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ވިދާޅުވެ އެމްޑީޕީގެ މެމްބަރުން ހިމެނޭގޮތަށް ބައެއް މެމްބަރުން ވަނީ ޖަލްސާއަށް ވަޑައި ނުގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް އެޗްޕީއޭ އިން ފަހުން ކަނޑައެޅި ވަކި ކަންތައްތަކެއް މަޖިލީހުގެ އިދާރާ އިން ފުރިހަމަ ކުރުމުން ހުއްދަ ދޭން ނިންމައި ފުލުހުން ވަނީ މެމްބަރުން ޖަލްސާ އަށް ވަޑައިގަތުމުގެ ހުއްދަ ދީފަ އެވެ.

28 ކޮމެންޓް, 62 ރިއެކްޝަންސް

icon happy icon happy 16%
icon sad icon sad 0%
icon angry icon angry 84%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަންޑޭލާ

27 May 2020

ދިވެހިން އެއްގޮތަކައްވެސް ވިސްނާފަކާނުން ވެރިން ހޮވަނީކީ. ވެރިން ހޮވާއިރުގަ ޤައުމުދެކެ ލޯބިވާ އިސްލާމް ދީންދެކެ ލޯބިވާ ވެރިން ހޮވަން ދިވެހިން ދަސްކުރަން ޖެހޭ. އެހެން ނޫނީ ދިވެހިން ހިތި ޒަހަރު ބޯންޖެހިދާނެ.

The name is already taken The name is available. Register?

މުހައްމާ

27 May 2020

އޮނަރަބަލް ޢަފީފު ދީދީގެ ކޯމެންޓަށް ތާއީދުކުރަން!

The name is already taken The name is available. Register?

ބަލަ

26 May 2020

ބުނެލަން ބޭނުމީ ނަޝީދު ތިޔަ އުޅެނީ އިބޫއަށް ތާއީދު ކުރމީހުން ގިނަވެދާނެތީ އެކަމާއި ބިރުން. ބަލަ، ނަޝީދޫ ވެރިކަމާއި ހެދި ހާދަ ދަހިވެތި ވާމީހެކޭ ތިޔައީ. ވަރިހަމަ ކޮވިޑަކަސް ނޫނީ ކޮންމެފަދަކަމެއް ދިމާވިޔަސް ތިމާ ވެރިކަމުގެ ދަހިވެތިކަމާއިގެން ތަތްތެޅެން ހަމަ ފީގަޅާފއި ހުރިތަން މިފެންނަނީ. ތީ ތަންފުކެއް ބޮޑުވަރު.

The name is already taken The name is available. Register?

އާދަމް0

26 May 2020

ސަންސެޓް ޤާނޫނު ފާސްނުކުރަން ބަންޑާރަނައިބާ އެތައްބަޔަކު ބުނެބުނެއޮއްވާ އެ ފާސްކޮށްފަ އިބޫ އޭނަގެ ބަންޑަރަނައިބުގެ ލަފަޔާ ޚިލާފަށް އެތަސީގުކޮށްފައިވަނުކޮށް ދެން އަލުންބަލުން ކޮންވާހަކައެއް

The name is already taken The name is available. Register?

މުދިމު ކަތީބު

26 May 2020

އަތޮޅު ތެރޭ ގަވާއިދާ ހިލާފަށް އުޅޭ އެތަކެއް ހާސް ބިދޭސީން ރާއްޖޭން ބޭކުރާ މިލިއަންޑޮލަރުގެ ބޭރު ފައިސާ ގެ ވާހަކަ ނުދައް 653 ކައުސިލަރުން ގެ މުސާރަ ނުވަތަ ސިވިލް ސާވަންޓުން ގެ މުސާރަ ވާހަކަ ދެއްކުމަކީ ދެކޮޅު ޖެހޭ ވާހަކަތަކެއް ނޫން. އަތޮޅު މުސާރަތަކަކީ އަތޮޅު އިގްތިސާދު ތެރެއަށް ވަދެ ޓެކްސްގެ ގޮތުގައި ދައުލަތަށް މީރާ އަށް ވަންނަ ފައިސާ

The name is already taken The name is available. Register?

އަތޮޅު ވެރިޔާ.

26 May 2020

އަތޮޅު ވެރިވާ މުދިމު ކަތީބަށް ދަންނަވާލާނީ އަފީފު ދީދީ ބުނާ ބަދަލުގައި ކައުންސިލަރުންގެ މަޤާމް ނެތް ކަމުގައިވިޔަސް ޔޫޓިލިޓީޒް ކުންފުނިތަކާއި މުނިސިޕަލް ކައުންސިލް އޮފީސްތައް ސަރަހައްދުގައި އުފެދި 653 މަޤާމަށްވުރެން މާގިނަ ވަޒީފާ ސަރަހައްދުގައި އުފެދި އާމްދަނީ ވަންނަ މަގު އިތުރުވެގެންދާނެއޭ. އަފީފު ދީދީ އެދައްކަނީ ޙަޤީގަތުގައި އޮންނާންޖެހޭ ގޮތުގެ ވާހަކަ. އެކަމަކު މާލޭސަރުކާރު ހީއެއްނުވޭ އެކަމަށް ރުހިދާނެ ހެނެއް.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

26 May 2020

އިއްޒަތްތެރި ރައީސް. ހަމައެކަނި 653 ކައުންސިލަރުން އިންތިޙާބުކުރުމަށް ދައުލަތުންނާއި ޕާޓީތަކުން އަދި ސީދާ ރައްޔަތުމީހާގެޖީބުން ހިގާ ޙަރަދަށްބެލިޔަސް މި ނިޒާމް "ރަނގަޅު ނޫންކަން" އެބައިގޭ. # ރާއްޖޭގެކުރިއެރުމަށް އަވަސްކަންހޯދޭނީ ޤާނޫނީ އިދާރީ 3 ސަރަހައްދަކަށް ރާއްޖޭގެހިންގުން ބަދަލުކޮށް ކައުންސިލްތަކުގެބަދަލުގައި ރީޖަން ނުވަތަ ޕްރޮވިންސްތަކުގެ ރަށްވެހިންގެތެރެއިން ދާއިރާގެ ރައްވެހިން އިންތިޙާބްކުރާ ޤަވަރުނަރާއި ނައިބަކުހުންނަވާގޮތަށް މުޅިނިޒާމް ބަދަލުކޮށްގެން.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

26 May 2020

މިހާރުއޮތް ލާމަރުކަޒީ ނިޒާމަކީ ރައްޔަތުންނާއި އެމްޑީޕީ ބޭނުންވި "ބަދަލަށް" މަސައްކަތްކުރެވޭނެ ނިޒާމެއްނޫންކަން އެގިއްޖެ. # ހައްލުހޯދުމަށް އޮތްގޮތަކީ ރާއްޖެ އިޤްތިސޯދީ އިދާރީ 3 ސަރަހައްދަށް ބަހާލަން ތިލަދުންމަތިން ފާދިއްޕޮޅަށް ނޯތު، ކ.އަތޮޅުން ދާލަށް(މާލެވެސް ހިމަނައި)ސެންޓްރަލް، އަދި ކޮޅުމަޑުލުން އައްޑުއަށް ސަދާރން ކަމުގައިކަޑައަޅާ 3 ސަރަހައްދުން ކޮންމެ ޕްރޮވިންސްއެއްގެ ރައްޔަތުން އިންތިޙާބުކުރާ ޤަވަރުނަރާއި ޑެޕިއުޓީއަށް ސަރަހައްދުގެ ބާރު ދިނުން.

The name is already taken The name is available. Register?

ސަރުބަތު

26 May 2020

ރޯދަމަސް ނިމުމާއެކު ޓެކްސް ލާރިން މޮޅުކެއުމާއި މޮޅު ސަޔާއި ކިރުސަރުބަތު ކޮންމެ ދުވަހަކު ބޮވޭ ކުޅިވަރު ފެށުނީ.

The name is already taken The name is available. Register?

ާޢޭންޖަލް

26 May 2020

ހިތުން މީނަ މަސައްކަތް މިކުރަނީ ދިވެހި ރައްޔިތުންނަށްޓަކައި؟؟ މަގާމުތަކަށާއި މުއައްސަސާތަކަށް މިކަހަލަ މީހުން ހޮވާތީ ދެރައީ

The name is already taken The name is available. Register?

އިސްރޯ

26 May 2020

ގާނޫއަސާސީ އެއްނޫން އިސްލާހުކުރަންވީ. ނުބައިނުލަފާ މީހުން ވެރިކަމާ ދުރުކުރަންވީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454