ޔާމީން އެކަނި ޖަލުގައި ހުންނެވުމަކީ އިންސާފެއް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ނަޝީދު ވިދާޅުވުމަކީ ޝަރުއީ ދާއިރާ އާއި ތަހުގީގީ އިދާރާތަކާ މެދު އިތުބާރު ގެއްލޭނެ ކަމަކަށް ވެދާނެ ކަމަށް ސިޓީގައިވޭ. ސަބަބަކީ ފަނޑިޔާރުންގެ މައްސަލަ ބަލާ ޖޭއެސްސީގެ މެމްބަރަކަށް ނަޝީދު ހުންނެވުން.
މަޖިލީހުގެ ރައީސް ނަޝީދު: ކުރީގެ ރައީސް ޔާމީން ޖަލުގައި ހުންނެވި މައްސަލާގައި ނަޝީދު ދެއްކެވި ވާހަކަތަކުގެ މައްސަލަ ބަލައިދޭން ޖޭއެސްސީގައިވަނީ އެދިފައި -- މިހާރު ފޮޓޯ/ހުސައިން ވަހީދު
27 މެއި 2020 - 17:08
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އެކަނި ޖަލުގައި ހުންނެވުމަކީ އިންސާފެއް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުޑީޝަލް ސާވިސް ކޮމިޝަން ކޮމިޝަން (ޖޭއެސްސީ) ގެ މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވި ބަލައި ދިނުމަށް އެދި އެ ކޮމިޝަނަށް ހުށަހަޅައިފި އެވެ.
ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ޔާމީންގެ މައްސަލައިގައި ނަޝީދު ދާދި ފަހުން ލިޔުއްވި ނޯޓެއްގައި ވަނީ އެމްއެެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ޔާމީން އެކަނި ޖަލުގައި ހުންނެވުން އިންސާފެއް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.
ޖޭއެސްސީގެ މެމްބަރު ކަން ވެސް ކުރައްވާ ނަޝީދު އެގޮތަށް ވިދާޅުވެފައިވާތީ އަމިއްލަ މީހަކު އެ ކޮމިޝަނަށް ފޮނުވި ސިޓީގައި ވަނީ ނަޝީދު އެ ގޮތަށް ވިދާޅުވުމަކީ ޝަރުއީ ދާއިރާ އާއި ތަހުގީގީ އިދާރާތަކާ މެދު އިތުބާރު ގެއްލިގެން ހިނގައިދާނެ ކަމެއް ކަމަށެވެ. އެފަދަ ކަމެއް ކަމެއް ޖޭއެސްސީގެ މެމްބަރަކު ކުރެއްވުމަކީ އެ ކޮމިޝަންގެ މެމްބަރުންގެ ސުލޫކީ މިންގަނޑާ ޚިލާފް ކަމަކަށް ވާތީ ނަޝީދާ މެދު ފިޔަވަޅު އަޅަން މަޖިލީހުގެ ކަމާބެހޭ ކޮމިޓީ އަށާއި ކަމާބެހޭ އިދާރާތަކަށް ފޮނުވައިދޭން އެދޭ ކަމަށް ވެސް ޖޭއެސްސީގެ ރައީސް ހިސާން ހުސައިނަށް އެޑްރެސްކޮށް، ފޮނުވާފަައިވާ އެ ސިޓީގައިވެ އެވެ.
ޖޭއެސްސީގެ މެމްބަރު ކަން ވެސް ކުރައްވާ ނަޝީދު އެގޮތަށް ވިދާޅުވެފައިވާތީ އަމިއްލަ މީހަކު އެ ކޮމިޝަނަށް ފޮނުވި ސިޓީގައި ވަނީ ނަޝީދު އެ ގޮތަށް ވިދާޅުވުމަކީ ޝަރުއީ ދާއިރާ އާއި ތަހުގީގީ އިދާރާތަކާ މެދު އިތުބާރު ގެއްލިގެން ހިނގައިދާނެ ކަމެއް ކަމަށެވެ.
ނަޝީދުގެ މައްސަލަ ބަލައިދޭން ޖޭއެސްސީ އަށް ހުށަހެޅިއިރު، އެ މަނިކުފާނަކީ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އެ ކޮމިޝަންގެ މެމްބަރެކެވެ. އެހެންވެ ނަޝީދު، ޖޭއެސްސީގެ މެމްބަރު ކަމުން މަގާމުން ވަކިވާނީ މަޖިލީހުގެ ރައީސްގެ މަގާމުން އެ މަނިކުފާނު ވަކިކޮށްފި ނަމަ އެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަތަކުގެ ތަހުގީގު ގޮސްފައިވާ ގޮތުގެ މައުލޫމާތު ސާފުކުރަން އެމްޑީޕީ އަށް ނިސްބަތްވާ މެމްބަރަކު ދާދި ފަހުން ވަނީ މަޖިލީހަށް މައްސަލައެއް ހުށަހަޅުއްވައިފަ އެވެ. އެހެންވެ، މަޖިލީހުގެ ދެ ކޮމިޓީއަކުން މިހާރު ދަނީ އެ މައްސަލަ ބަލަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
Solah
28 May 2020
ނަޝީދާ މެދު ފިޔަވަޅުއަޅައިދޭން ހިސާން ހުސައިނަށް ސިޓީއެއް ފޮނުވައިގެން ވާނެ އެއްވެސް ކަމެއް ނޯންނާނެ. ހިސާން ހުސައިނަކީ ނަޝީދު ހިންގާ ހުރިހާ ޖަރީމާތައް ދިފާޢުކުރަން ވަކާލާތުކޮށްދޭ ނަޝީދުގެ ޕަޕެޓެއް.
ހަޑިގިއްލާ
28 May 2020
(އެމްއެމްޕީއާރުސީ) ގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އެކަނި ޖަލުގައި ހުންނެވުމަކީ އިންސާފެއް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ވިދާޅުވުމަކީ މައްސަލައެއްތޯ؟ އޭ ކަމެއްގެ ހަޤީގަތް ނޫންތޯ؟ އެހެން ބުނުން މައްސަލައަކަށް ވާންވީ ސަބަބެއް ނުވިސްނުނު
އައްލާރަކާ
28 May 2020
މިތާ ތިބި ކުދިންނަށް ނޭނގޭހެން ބޭބެއަށް ހީވަނީ. މިސޮރަކު މިނިވަން ކުރުމަށްވެސް 2އެމްޕީއާރުސީ ގެ ފައިސާ ބޭނުން ކުރީމާ އާޚިރުގައި އެބުނީ ހެޔޮވާހަކައެއް. އެއްމެންދާންޖެހޭ އިންކްލޫޑިންގ މީ އެންޑް މައި ބޯއިސް
ހޯރަފުށީ ޗާލުނަޔާ
28 May 2020
ނަޝީދުގެ ސިޔާސީ ހަޔާތަކީ ރާއްޖޭގެ ރައްޔިތުންގެ ހާލަތު ބަދަލުކުރުމަށް ކުރާ ވަރުގަދަ ޖިހާދެއް!
ދޮންވެލި
28 May 2020
މުޅި ގައުމުގަ ފިތުނަ އުފައްދައިފި އެވެ. ކަރަންޓީން ކުރަން ވީ އެވެ.
ވަތަން އިސްކުރަންޖެހޭ
28 May 2020
އެމްޑީޕީގަ ގިނައީ ގަމާރުމީހުން އެމްޑީޕީޔަ ތާއީދު ކޮއްގެން ރާއްޖެއަ ލިބޭނީ ގެއްލުން. ރައިސް ޔާމިން ހެދީ ރަގަޅަ ޤައުމު ތަރައްގީވެސްވި އަމިލްލަ ވަންތަކަން ދިވެހިންނަ އިހުސާސްވި. މިހާރު މިފެންނަން މަންޒަރުތަކުން ހިތައް ލިބެނީ ނުތަނަވަސްކަން.
ޝޮކްތެރަޕީ
28 May 2020
މިހާރު މިފެންނަނީ ޑުރާމާ ކުޅޭ ސަރުކާރެއްގެ ސިފަ. ދިވެހިންނަކަ ވާއެއް ނުވާއެއް ނޭގެ.
ނައިންޓީ
27 May 2020
ތިޔަ މައްސަލަ ބަލަން އުޅެފިއްޔާ ހިސާން ގެ ުވަސް ދުއްވާލަނެ އަންނި
އަލްޖިބްރާ
27 May 2020
މިހާރު ވެރިކަމުގައި ހުރީ ޔާމީނެއްނޫން ! މީހަކު އެއްޗެއް ބުނާއިރަށް އެމީހަކު ހިފާހައްޔަރު ކޮށް އޭނާގެ މައްޗަށް ކުށް ސާބިތުކޮށް ޖަލަކަށް ނުލާނެ !
ބުއްޅަބޭގެކުޑަބެ
28 May 2020
ވައްކަމާ ހިޔާނާތާ އޮޅުވާލުމާ ވެސް ހިނގަނީ ވެރިކަމުގަ ޔާމީންއެކަނި ހުރީމަނޫންކަން އެބައެނގޭތޯ؟
އަހު މަދު ހަސަން
28 May 2020
ތިކަ މެއް ނޭނގެ! ހަތް އަހަރު ކުރިން މީހަކު ދެއްކި ވާހަކައެއްގައި ހިފާގެން މިހާރުވެސް އެދަ މަނީ. އަދި އެއީވެސް ތިބުނާ ކަލްޓް މީހާ ދެއްކި ވާހަކަ އެކޯ؟
ދައުރުދޭއް
27 May 2020
ސާބަހޭ ކޮޔާ. ތިޔަކަލަ ކަހަލަ ދިވެހި ދަރިން މިގައުމަށް ބޭނުންވަނީ. އޭރުން މިގައުމު ހަމަ މަގަށް އެޅުވޭނީ. ލައްކަ ދުވަހު މިހައިޖާނެއްގައި އުޅެވިއްޖެ. މަގޭވެސް ކެތްތެރިކަން ކޮޅުންއެބަލާހެން ހީވޭ