ހުޅުމާލޭގައި ފުލުހުން މީހެއްގެ ހުއްދަ ޗެކް ކުރަނީ. .-- ފޮޓޯ: ނިޝާން އަލީ / މިހާރު
29 މެއި 2020 - 12:25
ކޮވިޑް-19 ފެތުރޭތީ އިއުލާންކޮށްފައިވާ ލޮކްޑައުން އަށް ލުއި ދީ ކޮންމެ ގޭބިސީއަކުން އެކަކަށް ހަފުތާއަކު އެއްފަހަރު ބޭރަށް ދެވޭ ގޮތަށް އޮތް އޮތުން ހަފުތާއަކު ދެ ފަހަރަށް ބަދަލުކުރި ނަމަވެސް، އެއް ދުވަހު ބޭރަށް ދެވޭ ގޮތަށް ފުލުހުން ހުއްދަ ދޭން ފަށައިފި އެވެ.
ލޮކްޑައުން އަށް ލުއި ދީ، އަލަށް އަމަލުކުރާ ގޮތުގެ ޑޮކިއުމަންޓްތަކާއި އެކަމާ ބެހޭ ގޮތުން ބޭއްވި ޕްރެސް ކޮންފަރެންސްތަކުގައި ވެސް ބުނެފައި ވަނީ ކޮންމެ ގޭބިސީއަކުން ތިން މީހަކަށް، ކޮންމެ މީހަކަށް ހަފުތާއަކު ދެ ފަހަރު ކޮންމެ ފަހަރަކު ދެ ގަޑިއިރު ބޭރުގައި އުޅެން ހުއްދަ ލިބޭނެ ކަމަށެވެ. ކުރިން އޮތީ އެންމެ މީހަކަށް ހަފުތާއަކު އެއް ގަޑިއިރުގެ ހުއްދައެކެވެ. ނަމަވެސް ގެޔަށް ބޭނުންވާ ތަކެތި ހޯދަން ވިޔަފާރިކުރަން ދިއުމުގެ އިތުރުން އެހެން ބައެއް ކަންކަމަށް މިއަށްވުރެ ގިނައިރު ބޭރުގައި އުޅެވޭ ގޮތަށް ހުއްދަތައް ދޫކުރެ އެވެ.
މިކަމާ ބެހޭ ގޮތުން ފުލުހުންގެ މީޑިއާ އަށް ގުޅުމުން ބުނީ އެ މައުލޫމާތު ދޭނީ ހުއްދަ ދިނުމާ ކަންކަމަށް ހާއްސަކޮށްފައިވާ ނަންބަރަށް ގުޅުމުން ކަމަށެވެ. ނަމަވެސް އެ ނަންބަރަށް ގުޅުމުން ބުނީ މީޑިއާ އަށް ނަމަ މައުލޫމާތު ދޭނީ ފުލުހުންގެ މީޑިއާ އިން ކަމަށެވެ. މީޑިއާ އިން އެދުނީ ހުއްދަ ދިނުމާ ބެހޭ ނަންބަރަށް ގުޅަން ކަމަށް ބުނުމުން ބުނީ ކޮންމެ މީހަކަށް ވެސް ލިބޭނީ އެއް ދުވަސް ކަމަށާއި ގޭބިސީއަކުން ތިން މީހަކަށް އެކި ދުވަހަށް ހުއްދަ ދޭނެ ކަމަށެވެ.
އަލަށް އަމަލުކުރަން ހަމަޖައްސައި އިއުލާނުކުރި ގޮތް
އެގޮތުން ގޭބީސީ ވަކިކުރަނީ، ކުރިން ބުނެފައިވާ ގޮތަށް، ކަރަންޓު މީޓަރު ނަމްބަރުން ކަމަށާއި ކޮންމެ މީޓަރު ނަމްބަރަކަށް ތިން ހުއްދަ ދޭނެ ކަމަށް ބުންޏެވެ. އަދި އެ ހުއްދަ ލިބޭނީ އެކި ދުވަހު އެކި ގަޑީގައި އެކި މީހުންނަށް ކަމަށް ވެސް ބުންޏެވެ.
މިގޮތަށް މައުލޫމާތު ދިނުމަށް ފަހު ވެސް ބުނީ މީޑިއާ އަށް މައުލޫމާތު ދޭނީ މީޑިއާ ނަންބަރުން ކަމަށެވެ.
މާލެއިން ކޮވިޑް-19 ފެނުމާއެކު ލޮކްޑައުން އިއުލާންކުރުމަށް ފަހު ކޮންމެ ގޭބީސީއަކުން އެކަކަށް ހަފުތާއަކު ދެ ދުވަހު އެއް ގަޑި އިރަށް ޝޮޕިން ފާސްތައް ވަނީ ދޫކޮށްފަ އެވެ. ނަމަވެސް ފަހުން ބަދަލު ގެނަސް އެއް ދުވަހު އެއް ގަޑިއިރަށް ނިކުމެވޭ ގޮތަށް ހެދީ ބަލީގެ ހާލަތު ގޯސްވެދާނެ ކަމަށް ބެލެވިގެންނެވެ. ލޮކްޑައުންއަށް ގެނައި ލުއިތަކާ އެކު ކޮންމެ ގޭބީސީއަކުން ތިން މީހުންނަށް ނިކުމެވޭ ގޮތަށް ބަދަލުކޮށް، އުމުރުން ދުވަސްވީ މީހުންނަށް ކޮންމެ ދުވަހަކު ވެސް ފަތިހު 5:00 އިން ހެނދުނު 8:00 އާ ދެމެދު ހުއްދައާ އެކު ބޭރުގައި އުޅެވޭ ގޮތް ވަނީ ހަދައިފަ އެވެ. އަދި އިތުރު ވިޔަފާރިތަކަށް ވެސް ވަނީ ހުއްދަ ދޭން ފަށައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްދުﷲ
29 May 2020
ފުލުހުންތަ ގަވައިދުތައްވެސް ހަދަނީ މިހާރު. މަހީކުރީ އެއީ ތަންފީޒް ކުރާ ބައެއް ކަމަށް.
ރަދީފްް
29 May 2020
އހަރެންދަންނަ މީހަކު އެހެން މީހެއްގެ ކާޑު ބޭނުންކޮށްގެން ކޮންމެ ފަހަރަކު ބޭރައްދަނީ ފުކުހުން ތިންފަހަރުމަތިން ޗެކުކުރިއިރުވެސް މައްސލައެއް ނުޖެހޭ. އޭނަދަނީ އައިޑީވެސް ހިފާގެން
މޯޑޭ
29 May 2020
ގަވައިދާ ހިލާފައް މަސައްކަތު އުޅޭބިދޭސީން އަތުން 50 ލާރިވެސް ސަރުކާރަކައްލިބެނިއްޔަކީ ނޫން ވިސާފީވެސް ނުދައްކާ ބޭނުންގޮތަކައްއުޅެންދޫކޮއްފަ ގައުމައްދާންވީމަ ދާންވީ ހެޔޮ 6 އަހަރު އުޅެފަވެސް މީކިހާ ހެއްވާކަމެއް ދިވެހިރައްޔިތުންނައްވެސް މިކަން ރެއަކާވެސް ނުލާ މަގިމަތީ ސައިކަލެއްބެހެއްޓޭގޮތަކުން 700 ރުފިޔާ އެބަދަމައިގަނެ މަގުމަތީ މިބައިގަޑު އެތުރިފަ ތިބޭ އިރު ފެންނަފުލުހެއްނުހުރޭ ބުނާނެ ފިހާރައެއްގެ ސޭޓަކައްވެސް ބިދޭސީ އަކައްނުއިދެވޭނޭ ..
ބީރުބޭ
29 May 2020
ދިވެހި ފުލުހުންގެ ކުރިމަތީގަ ދިވެހި ރައްޔިތުން އަބަދުވެސް ތިބޭނީ ކުއްވެރިވެފަ. އެއީ އެކަން އޮންނަގޮތަކީ. މަގުމަތިން ސުވާލެއް ކޮށްލިޔަސް އެހެރަ އަހާލާ ހަރުކަށިކަމަކާ އެހެރަ ދައްކާލާ އާޓު. އެހެންނުވާނީ
އަލި
29 May 2020
ފުލުހުން ބޭނުންގޮތަކަށްތަ ކަންތައް ކުރަން އޮންނަނީ. އޮޅިއްޖެ ވަރަށް ބޮޑަށް...
ފަހުދު
29 May 2020
ޓޫމެނީ ޝެފްސް ސްޕޮއިލް ދަ ސޫޕް
ތުއްތު ކަލޯ ބޭ
29 May 2020
ވިއްސާރަ ކަމުން ޕޯޓަލް އަޕްޑޭޓު ނުވާތީ! އެ ކޮޅަށް ވެސް ގުޅާއިގެން މި އުޅެނީ
މތޒއހދ
29 May 2020
ނަސޭހަތެއް އިންޒާރެއް ނުދީ 1،000ޖަހާފަ ފުނުވާލަނީ ނޫނީގޮޅިއަށް؟ މައިމޫނާ ނުދޭބާރެއް މިވެރިންނަށް ލިބިގެން ނުވާނެ. ނުކުތަސް ބަންދު. ނުނުކުތިއްޔާ ގޭބަންދު. މަޖިލީހުން، އެޗްޕީއޭ ހާޒިރުކޮށް ބަލަންވެއްޖެ ގޭބަންދުގައި ރައްޔިތުން މިވަރަށް ބައިތިބުން ރަނގަޅުތޯ ޑރ ޝީނާގެ ހިސާބުތަކުން ބަލާއިރު ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅުހުރީ %100 އަށްވުރެމަތީން އެޅިފައި، ހޮސްޕިޓަލުގައި ތިބޭނެ އަދަދު 10 އަކަށްނާރާ މަރުވީ 5މީހުން. ދެން ގިނަވާނީ ބަނޑަށް މަރުވާމީހުން
އެންދެރި
29 May 2020
ތެދު މައުލޫމާތު ދީ ބަލާށެވެ. ތިޔަ ހުތިހާ މައުލޫމާތެއް ކަންކުރަންވާ ގޮތާ ގުޅަންވާ ނަންބަރުތަކާ އާއްމު ކޮށް ވެބް ސައިޓުން ފެންނަ ގޮތައް ހަދާ ބަލާށެވެ. ނޫސް ކޮންފަރެންސް އަދި ނޫހުގަ ހުންނަނީ އެއް ބައެވެ . ވާއެއް.ނުވާ އެއް ނޭނގެ އެވެ.
ކެތްތެރިވެބަލަ
29 May 2020
ކުދިންނޭ ރުޅިމަޑުކުރޭ! ފުލުހުންގެ ތެރޭގައި ވެސް އުޅެނީ ކޮމެންޓްކުރަން ތިބޭކަހަލަ އިންސާނުން! ފުލުހުން އެކަންކުރަނީ ސޮފްޓްވެއަރއަކުން! އެންމެ ފުރަތަމަ ހަފުތާއަކު ދެފަހަރު އެއް ގަޑިއިރަށް ޕާމިޓްދޫރަމުން ދިޔައީ ވަރަށް ސުމޫތުކޮށް! އެހެން އޮއްވާ އިހަށް ދުވަހު ހަފުތާއަކު އެއް ފަހަރު އެއް ގަޑިއިރަށް ހެދީ! އެކަމަށް ނޭވާ ނުލެވިގެން އުޅެނިކޮށް އަނެއްކާ މީގެ އެއްދުވަސް ކުރިން މުޅި ސޮފްޓްވެއަރ ބަދަލުކުރަން ޖެހޭ ފަދަ ބަދަލު އެގެނައީ! ކޮންމެ ފަހަރަކު ކޯޑިން ބަދަލުކުރަން ޖެހޭނެ ދޯ؟ ވީމާ، ގެންނަ ބަދަލު ރަގަޅަށް ޓެސްޓުވެސް ކޮށް ނުލެވެނީސް މީހުންތައް އޮންލައިން ކޮށް އެޕްލައިކުރަން ފަށާނެދޯ؟ ޓެސްޓިންނަން ވެސް މަދު ގަޑިކޮޅަކަށް ޑައުންކޮށްލިޔަސް އަނެއްކާ ފުލުހުންނަށް އަހަރުން ބަވަންވީ! ވީމާ، މިހާރު އެ އޮންލައިންކޮށް ހުއްދަ އެ އެކްޓިވް އެ އިންނަނީ، ފަހުގެ ބަދަލު ނައިސް، ކުރިންގޮތަށް ވެސް ވެދާނެ!
ނޭފަތުކުރި
29 May 2020
މިކަން "އީޒް" ކުރަމުން ނިންމާނެ ކަމަކަށްނޫންބާ ތިޔަ ބުނާ ކޯޑީންގެ އެއް ހަދަންޖެހެނީ. އަބަދު އެއްގޮތަކަށް ގޭ ބަންދުގައި ރައްޔިތުން ބައިތިއްބަން ހިތުލައިގެން ހެދި ކޯޑިންއެއްގެ ވާހަކަ ތަ ތިޔަ ބުނަނީ. މަދު ދުވަސްކޮޅެކޭ ބުނާއިރު ދެމަސްވަނީ. ނޭފަތުކުރިން ވިސްނީމަ ވަނީ ތިޔަހެން.
ބޯގަޅި
29 May 2020
ތަންދޮރު އެގިގެން ކޮ މެންޓް ކުރިއްޔާ ރަގަޅުވާނެ، ކުރީގެ ޕޯޓަލް ބަދަލުކުރީ މަ މިހާރު ކަރަންޓް މީޓަރ ނަންބަރ ޖަހަން ޖެހެނީ!. ދެން ސިޓީ ކައުންސިލައް ވިޔަފާރި ހުއްދަ ހަވާލުކުރީ މަ ޖަވާބެއްނުދޭ،
ނިރު
29 May 2020
ކަލޯ ތައްޔާރު ނުވެވެނީދޯ މިއީ ދެގައުމަކުން ކުރާކަމެއްތަ.. ނޫނީ ހެނދުނު ހޭލާއިރު ހިތުގަ އޮން ގޮތަކަށް އެއްވެސް މަސްވަރާއެއްނެތި އެޗްޕީއޭއިން ނިންމާ ނިންމުމެއްތަ... ޕޮލިހުންނަށް ތައްޔާރުނުވެވޭން
ފަހުދު
29 May 2020
އެޗްޕީއޭ އާއިގުޅިގެން ސޮފްޓްވެއަރވެސް ސިނާރިއޯބޭސްޑް ވާރޝަންތަކަކައް ހެދިދާނެ. އެއިރުން ޖެހޭނީ އެއިރަކު އޮތް ސިނާރިއޯއެއްގެ ވަރޝަނެއް އަޕްލޯޑް ކޮއްލަން. ރައްޔިތުންނައް ޚިދުމަތް ދިނުމުގެ ދަތިކަމެއް ނާންނާނެ.
ފުރަދޯރު
29 May 2020
ދެންމާމޮޅޫ ސޮފްޓްވެއަރ އެއްތައެއީ...ދެގަޑިއިރުނ ހަދާލެވޭނެ އޭތި...ދިވެހިން ގުނބޮލެއް ނުހެދޭނެ..ތީ ރޮކެޓު ސައިންސެއްނޫން...
ޑަކުޓަރު
29 May 2020
މި ކޮމެންޓް ކުރި މީހާ ހީކުރީ އަހަރެމެންނަކީ މޮޔައިން ކަމަށްތޯ؟ ފުލުހުންނަށް މިކަން ނުވާ ވާހަކަ މި ދައްކަނީ މިހާރުވެސް. ސިނާރިއޯ އައުމުގެ ކުރިން ސިނާރިއޯއަށް ސޮފްޓްވެއަރ ބަދަލު ކުރެވިފައި ހުންނަން ވާނީ. އެހެން ނޫނަސް ތިޔަށް ސޮފްޓްވެއަރ އެކޭ ކިޔަން ވެސް ލަދު ގަންނަ ވަރުގެ ސޮފްޓްވެއަރއެއް ތިއީ. ޖައްވަށް މީހަކު ފޮނުވޭހާ ބަދަލު ގެންނާކަށް ނޫން މި އުޅެނީ. ތިވަރުގެ ކުޑަ ބަދަލެއް ގެންނަން މިހާ ވަގުތު ބޭނުން ވަންޏާ ފުލުހުންގެ ފެންވަރު އެގިއްޖެ!
ރޯދަމަސް
29 May 2020
މީގަ ހުރިހާ ފުލުހުން ގޯހެއް ނޫން. މަގުމަތީގަ ތިބޭ އާދައިގެ ފުލުހުން ވަރަށްވެސް ރަނގަޅޭ ބުނެވޭނީ. އެކަމަކު ޕޯރޓަލް އިން ހުއްދަ ދޭން ތިބޭ ފުލުހުން މި ޖެއްސުން ކުރަނީ