ނެޝަނަލް ޓާސްކް ފޯސް އޮން ރެސިލިއަންސް ބިލްޑިން އެންޑް އިކޮނޮމިކް ރިކަވަރީގެ ފުރަތަމަ ބައްދަލުވުމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި މިނިސްޓަރުން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ:ރައީސް އޮފީސް
17 ޖޫން 2020 - 20:35
ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކާ އެކު ކުރިމަތިވި އިގުތިސާދީ ހީނަރުކަމުން އަރައިގަންނަން މަސައްކަތްކުރުމުގެ ފުރުސަތު މިހާރު އެބައޮތް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
"ނެޝަނަލް ޓާސްކް ފޯސް އޮން ރެސިލިއަންސް ބިލްޑިން އެންޑް އިކޮނޮމިކް ރިކަވަރީ" އިން މިއަދު ބޭއްވި ފުރަތަމަ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ކޮވިޑާ ކުރިމަތިލުމަށް ވަަސީލަތުގެ ގޮތުންނާއި އެހެނިހެން ގޮތް ގޮތުން ރާއްޖޭގެ ސިއްހީ ދާއިރާގެ ގާބިލުކަން މިހާރު އިތުރުކުރެވިފައިވާ ކަމަށެވެ. އަދި އިގުތިސާދީ ހާލަތުން އަރައިގަތުމަށް މަސަައްކަތް ކުރުމުގެ ފުރުސަތު މިހާރު އެބަ އޮތް ކަަމަށް ރައީސް ވިދާޅުވި އެވެ.
ކޮވިޑާ ހެދި ރާއްޖޭގެ އިގުތިސާދަށް ލިބުނު ގެއްލުންތަކާ ބެހޭ ގޮތުން ރައީސް ވިދާޅުވީ ބައްޔާ ގުޅިގެން ދައުލަތުގެ ބަޖެޓަށް އެއް ބިލިޔަން ޑޮލަރުގެ އުނިކަމެއް އަންނާނެ ކަމަށާއި އަމިއްލަ ފަރާތްތަކަށް ވެސް ގެއްލުންތައް ލިބިފައިވާ ކަމަށެވެ. އެހެންވެ ދައުލަތުގެ ހަރަދާއި އާމްދަނީ އަލުން ދިރާސާކޮށް އެކުލަވައިލަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރާއްޖޭގެ އިގުތިސާދީ ހާލަތު ރަނގަޅުކުރުމަށް ޓަކައި ބޯޑަރުތައް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ރައީސް މިއަދު ވެސް ވިދާޅުވި އެވެ.
ރިކަވަރީ ޓާސްކްފޯހުގައި މައިގަަނޑު ތިން ވޯކިން ގްރޫޕެއް ހިމެނެ އެވެ. އެއީ ވޯކިން ގްރޫޕް އޮން ފައިނޭންސް، ވޯކިން ގްރޫޕް އޮން އިކޮނޮމިކް ރިކަވަރީ އަދި ސޯޝަލް ސެކްޓާ ވޯކިން ގްރޫޕެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބާދަގަނޑަށް
18 June 2020
ޕޮޒިޓިވް ވާވަރު މަދެއްނުވޭ ބަޑުފުރާނަ މުއްތި ކުރަން މަސައްކަތަށް ނުނިކު މެ ވާކަށް ނެތް . ޓޫރިސްޓުން އެތެރެވިޔަ ނުދީ ހިފެހެއްޓޭކަށް ނެތް . އެކަ މުން އެތައް ބަޔަކަށް އަސަރު ކުރާތީ .ރައިސް މީހާގެ ފޮނިކެޑު މަކަށް ބަދަލެއް ނައި. ކަން ނުވާއިރު ނަންވުން އިންތިހާއަށް .އިސްރާފު ކުރުން ނޫން ކަ މެއް ނުކުރެ. ގައު މުގެ ހާލަތް އިންތިހާއަށް ދަށަށް ހާލަތް ބަދަލެއް ނުވޭ. .ރައްޔިތުން ނަށް ގިލަންވެރިކަން .
މިވަރެއްނެތް
18 June 2020
ފުރުސަތު އެބައޮތް. އެކަމަކު އެ ފުރުޞަތުއޮތީ ޚަރަދު ކުޑަކޮށްގެން. އެކަމެއް އިބޫ އާއި ވެރިކަމުގަ އިސް ސަފުގަ ތިބި އެކަކުވެސް ނުކުރާނެ. އެކަން ނުކޮށް އިގްތިސާދީ މި އަނދަވަޅުން ނޭރޭކަމީ 2 ޕްލަސް 2 އަކީ 4 އޭ ބުނަން އެނގޭވަރުގެ ކުއްޖަކަށްވެސް އެނގޭނެ ފަދަ ހަގީގަތެއް ދޯ؟
އިކުރާމު
18 June 2020
ވަރަށްގިނަ ކަންކަމަށް ފުރުސަރުއެބައޮތް. ސަރުކާރުން މިކަން ބަހަނާޔަކަށް ހަދާނީތޯ ނޫނީ އިހުލާސްތެެރިކަމާއެކު ރައްތިތުންނަށް ފައިދާއަށް ކަންކަން ކުރާނީތޯ. މިކަން ސާފުވާނެ ދެންއޮންނަ ރިޔާސީ އިންތިހާބެއްގެކުރިން. ތިޔަ އިބޫ ތިހެން ކިޔައިފި ކިތަންމެ ވާހަކައެއް. އަހަރެމެން ރައްޔިތުން އެބަތިބިން ބަލަން.
ޢެހެންތަ ހީވަނީ
18 June 2020
މަބޭނު މީ ރައިސަށް އިތުބާރު ކުރަން އެކަ މަކުވެސް އިންތިހާއަށް ގަބޫލު ކުރެވޭ ރައިސަށް ތެދުވެރި ނުވެވޭކަށް ދައްކޭ ވާހަކަޔާ އެއްވަރަށް އަ މަލުން ކަން ނުކުރެވޭކަށް .އެއްފަހަރު ދެއްކޭ ވާހަކަ އަނެއް ފަހަރު ދައްކަންނޭގޭކަށް .ވައުދަށް ތެދުވެރިނުވެވޭކަށް .އެއްވެސް އިޙްލާސްތެރިކަ މެއް ނެތްކަން .އެޖެންޑާ ގަޑުގެ ވާހަކަ ރައްޔިތުން ކުރި މަތީ ދެއްކިއަސް އެވީ ހިސާބެއް ނޭގޭކަށް .މަނުކުރަން ރައިސަށް އިތުބާރެއް .
އޮނަރަބްލް އަފީފު ދީދީ
18 June 2020
ހައެއްކަ މަހުޖަނުންނަށް ޤައުމުގެ އިޤްތިސޯދުގެ ލަގަން ދޫކޮށްގެން ޤައުމުގެ ވެރިކަން ހިންގާން ތިބިމީހުން ހިހޫތަނުން ކާލައިގެން ތިބެގެން ތިޔަބުނާ ކަމެއް ނުކުރެވޭނެ. # ލޯކޮސްޓް ފްލައިޓްތަކަށް ގަމާއި ހަނިމާދޫ ހުޅުވާލާ ލެންޑިންގް ޗާރޖެސްއާއި ޖެޓް ފިއުލް އަގުހެޔޮކޮށް އަދި 2 އެއަރޕޯޓުން އައިސްގޮސްވާމީހުން އަތުން ނަގާ ފީތައް މާފުކޮށް ހއ އަދި ހުވަދޫ އަތޮޅުގައިހުރި ފަޅުރަށް ތަކުގައި ގެސްޓްހައުސް ވިލެޖް ހަދާ 60 ޑޮލަރަށް ވިއްކާ ރޫމްތައް މާކެޓަށް ނެރެ ވޮލިއުމް ޖެއްސޭތޯބައްލަވާ.
އަލީ ރަސްގެފާން
17 June 2020
ދިވެހި ރާއްޖެއަ ވަރައް މުހިމްމު ޤައުމެ ތުރުކީ އަކީ ތުރުކީގެ އެމްބަސީއެއް އަޅަން ޖެހޭ ރާއްޖޭގަ އިންޑިޔަގެ ނުފޫޒުން ސަލާމައެއް ކުރަން ޖެހޭ މިނިވަން އިގްތިސޯދެއް ބިނާކުރެވެން ޖެހޭ ރާއްޖެގަ.
ބޮޑުމީހާ
17 June 2020
މަނިކުފާނު އެބައުޅުއްވަންތޯ! އެންމެ ފަހުން ބޭއްވި ޕްރެސްގަ ބުނީ އިގްތިސާދީ މައްސަލައެއް ނެތޭ ރައްޔިތުން ހާސްނުވާށޭ! މުޅި ދުނިޔެ ކޮވިޑްގެ ދެވަނަ ރާޅެއްގައި ޖެހެމުންދާއިރު މަނިކުފާނުގެ އިގްތިސާދީ ޕްލޭނަކީ ކޮބާބާ؟
ރައްޔިތާ
17 June 2020
ރައްޔިތުންގެ އަޣުލަބިއްޔަތުން ހޮވި ގައުމުގެ އެންމެ މަތީ ވެރިޔާއަށް ކުޑައިމިސް ބަހެއް ބުނާކަށް ނެތިން! ވީމާ، ކުރުކޮން ދަންނަވަން، މިހާރު ދިވެރިރާއްޖޭގެ ބޮޑެތި މީހުންގެގާތްގަނޑަކަށް 90 ޕަސެންޓް މީހުންގެ އަތުގައި ސްމާޓް ފޯން އޮވޭ! ޑޭޓާ ޕެކޭޖް ނަގައިގެން ތިބެ، ގިނަ މީހުން ތިބެނީ ސީއެންއެން، ބީބީސީ، ސާކް، އާސިއާން، ގޫގުލް ނިއުސްގެ އިތުރުން ޓްވިޓަރގެ ވެސް މަޝްހޫރު ހުރިހާ ފަރާތްތަކުގެ ނޯޓިފިކޭޝަން ތިބެނީ އޮން ކޮށްގެން! ވީމާ މާލީގޮތުން މި އަހަރާ އަންނަ އަހަރުގެ ޚާލަތު މުޅި ރާއްޖޭގެ އެންމެންނަށް ހެން އެގޭ! ވީމާ، އޮޅުވާލަން ނޫޅުއްވުމަށް އަދަބުވެރިކަމާ އެކު މަނިކުފާނުގެ އަރިހުން އެދެން!
ހަރީރާފުޅު
17 June 2020
ހީނަރުކަމުން އަރައިގަންނަން ކޮންފުރުސަތެއް އޮތީ. މުޅި ދުނިޔޭގެ ބޮޑެތި އެއަރލައިންތަކުން އެދަނީ މުއައްޒަފުން ވަކިކުރަމުން. ދެން ކިހިނެއްތޯ އަލުން ގެސްޓުން ގޮވައިގެން އައްނާނީ. ދުނިޔޭގެ އެއްބައިގައުމުތަކުގައި ބަލީގެ ދެވަނަ ރާޅު ބޯމަތިން ނަގަން އެދިމާކުރަނީ . ރާއްޖެވެސް ދެވަނަ ބުރަކަށް ލޮކްޑައުންއަށް ދާން ޖެހޭފަދަ ހާލަތެއް އައްނަން އޮތީ. އިރަސް މަދުނުވޭ. ބޭރުމީހުން މަދުނުވޭ. މަސްދޯނިފަހަރުގައިވެސް އެތިބީ ބިދޭސީން. މިއަދު ފެނުނުމަންޒަރު. ވައްސަލާމް.
ޑެބީ
17 June 2020
މާދަމާ 4 ޑޮކްޓަރުން ބުނެފާނެ އަނެއްކާވެސް ހަރުކަށި ލޮކްޑައުނެއް ކުރަންވީއޭ. ބޯޑަރުވެސް ނުހުޅުވޭނެއޭ. ބުނާއިރަށް އިބޫ އިންނާނެ ބުނާހުރިހާ ގޮތެއް ހަދަން ދޫކޮށްލައިގެން. އިބޫލައިގެން ނުވާނެ މިކަމެއް
ރަދުން
17 June 2020
ފުރުސަތުނެތް.އިތުރުފުޅެއް.ސިޓީކައުންސިލާއި ފުލުހުންގެ އުދަގުލާއިހުރެ.