ލައިފްސްޓައިލް / ޓެކްނޮލޮޖީ

ޓިކްޓޮކުން "ކިޔަވައިދޭން" އަމާޒު ހިފައިފި

ޗައިނާގެ ޓިކްޓޮކް މިހާތަނަށް މަޝްހޫރުވެފައި އޮތީ ހަމައެކަނި މުނިފޫހިފިލުވަން ގެންގުޅޭ ފްލެޓްފޯމެއްގެ ގޮތުގަ އެވެ. ނަމަވެސް ޓިކްޓޮކްގެ ސީއީއޯގެ މަގާމާ އެމެރިކާގެ މީހަކު މި މަހުން ފެށިގެން ހަވާލުވުމާ އެކު، މިހާރު ވަނީ ބަދަލުތަކެއްގެ ކޮޅުމަތި ވެސް ފެންނަން ފަށައިފަ އެވެ.

ޑިޒްނީ ދޫކޮށްލައި ޓިކްޓޮކާ ގުޅުނު ކެވިން މޭޔާ ވަނީ މަގާމާ ހަވާލުވުމުގެ ކުރިން ވެސް ޓިކްޓޮކަށް ވަރަށް ބޮޑެތި ހެޔޮ ބަދަލުތަކެއް ގެންނާނެ ކަމަށް ވިދާޅުވި އެވެ. އެ މަސައްކަތުގެ ދަށުން ޓިކްޓޮކް މިހާރު އަމާޒު ހިފާފައި ވަނީ ތައުލީމީ ދާއިރާށެވެ.

އެ ދާއިރާ އަށް ހާއްސަ ކޮންޓެންޓް ހަދައި، ޓިކްޓޮކަކީ އުނގެނެގެން ބޭނުންކުރާ އެއްޗަކަށް ހެދުމުގެ މަސައްކަތް ފެށުނީ އެވެ. މިއީ ހަގީގަތުގައި މިހާރުގެ ހާލަތަށް ބަލާއިރު ވެސް ކުރަން ޖެހޭ ކަމެކެވެ. ސަބަބަކީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި ތައުލީމީ ހިދުމަތް ދޭ ތަންތަން ބަންދުކުރަން ޖެހި، ކިޔަވައިދިނުމުގެ ކަންކަން ޑިޖިޓަލްކޮށް ކުރިއަށް ގެންދަން ޖެހިފައިވުމެވެ.

"ޓިކްޓޮކަކީ ޕްރިމިއަމް ކޮންޓެންޓެއް އޮތް އެއްޗަކަށް ހަދާނަން. އެކަމަށް އެކި ދާއިރާގެ ތަޖުރިބާކާރުންގެ އެހީ ވެސް ހޯދާނަން."

ޓިކްޓޮކުން ބުނިގޮތުގައި "އެޑިއުކޭޝަން މާކެޓް" އަށް އެ ޕްލެޓްފޯމް ތައްޔާރުކުރުމުގެ ގޮތުން ކޮންޓްރެކްޓް އުސޫލުން ޔުނިވަސިޓީތަކާއި އަދި ހިލޭ ސާބަހަށް މަސައްކަތްތައްކޮށްދޭ ފަރާތްތަކަށް ޓިކްޓޮކަށް އުނގަންނައި ދިނުމާ ގުޅޭ ކޮންޓެންޓްތައް ތައްޔާރުކުރުމުގެ ފުރުސަތު ދޭނެ އެވެ. މިއާއެކު އެކި ދާއިރާތަކުގެ ފަންނީ މީހުންނަށް ކޮންޓެންޓް ތައްޔާރުކޮށް ދިނުމުގެ ފުރުސަތު ލިބޭނެ އެވެ.

މިކަން ޓިކްޓޮކުންނާއި ކަމުގެ ތަޖުރިބާކާރުން ވެސް މިހާރު ސިފަކުރަނީ "މައިކްރޯ-ލާނިން" އަށް އެޅޭ އިތުރު ފިޔަވަޅެއްގެ ގޮތުގަ އެވެ.

މިކަމާ ބެހޭ ގޮތުން ޓިކްޓޮކް ޔޫރަޕް ބައްރުގެ ޖެނެރަލް މެނޭޖަރު ރިޗް ވޯޓަވޯތު ބީބީސީ އަށް ދެއްވި އިންޓަވިއުއްގައި ވިދާޅުވީ ޓިކްޓޮކް ކަހަލަ ނުފޫޒު ގަދަ ފްލެޓްފޯމެއް ތައުލީމާ ގުޅުން ހުރި ކަންކަމަށް ބޭނުން ކުރުމަކީ އެތައް ބަޔަކަށް އުނގެނުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމެކެވެ.

"ޓިކްޓޮކަކީ މިކަހަލަ ކަމަކަށް ވަރަށް ރަނގަޅަށް ބޭނުން ކުރެވިދާނެ ގޮތަކަށް ފަރުމާ ވެސްކޮށްފައިވާ އެއްޗެއް،" އޭނާ ވިދާޅުވި އެވެ. "އަހަރެމެންނަށް ޔަގީންވާ ކަމަކީ ޓިކްޓޮކްގެ ޓޫލްތަކާ އެކު ހާއްސަކޮށް ޒުވާނުންގެ މެދުގައި އުނގެނުމުގެ ލޯބި ވަރަށް ބޮޑަށް ޖެއްސުވިދާނެކަން."

ސީއީއޯ ކެވިން ވެސް ވިދާޅުވި ގޮތުގައި "ޓިކްޓޮކް" އަކީ ހަމައެކަނި މަޖަލާއި ފޫހިފިލުވަން ބޭނުންކުރާ އެއްޗަކަށް ވުރެ ބޮޑަށް އޭގެ ބޭނުން ފުޅާކުރަން ޖެހެ އެވެ.

"އެކަން އަހަރެމެން ކުރާނަން. އަދި ޓިކްޓޮކަކީ ޕްރިމިއަމް ކޮންޓެންޓެއް އޮތް އެއްޗަކަށް ހަދާނަން. އެކަމަށް އެކި ދާއިރާގެ ތަޖުރިބާކާރުންގެ އެހީ ވެސް ހޯދާނަން." އޭނާ ވިދާޅުވި އެވެ. "މިއީ އަހަރެމެންގެ މަސައްކަތުގެ ވަރަށް މުހިއްމު ބައެއް."

ދެހާސް ސަތާރައިގައި ވުޖޫދަށް އައި ޓިކްޓޮކް ބޭނުންކުރާ މީހުންގެ އަދަދު މިހާރު ދެ ބިލިއަނަށް އަރަ އެވެ.

0 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 60%
icon sad icon sad 20%
icon angry icon angry 20%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454