ޝިޔާމަށް އަނިޔާވުމުން އޭޑީކޭގައި ފަރުވާދެނީ: އިދިކޮޅު މެމްބަރުން މަޖިލީހުގެ ޖަލްސާތައް ބޮއިކޮޓް ކުރީ ރައްކާތެރި މާހައުލެއް ނެތް ކަމަށް ބުނެ. --ފޮޓޯ/މިހާރު
21 ޖޫން 2020 - 15:17
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރި ނުވަނީ މެމްބަރުންގެ ރައްކާތެރިކަން ކަށަވަރު ކުރާނެ ކަމުގެ ޔަގީންކަން މަޖިލީހުން އަދިވެސް ނުލިބޭތީ ކަމަށް އިދިކޮޅު ޕީއެންސީން މިއަދު ބުނެފި އެވެ.
ކައުންސިލަރުންގެ ދައުރު ދަންމަން ގާނޫނުއަސާސީ އަށް އިސްލާހު ހުށަހެޅި ޖަލްސާގައި، އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމްގެ ނަން އިއްވައި، މަޖިލީހުން ގަދަކަމުން ނެރުނީ އެމްޑީޕީގެ މެމްބަރުންނެވެ. ޝިޔާމްގެ ދެކޮޅު ހެދުންތަކާ އެކު ތަޅުމުން އޭނާ ނެރުމުގެ ތެރޭގައި އަނިޔާވެ ފަރުވާ ހޯދަން ޖެހުނެވެ. އަދިވެސް އޭނާގެ ހާލު ރަނގަޅެއް ނުވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަމުރަށް، އެމްޑީޕީގެ މެމްބަރުން، އިދިކޮޅު މެމްބަރަކު ނެރުމަކީ މަޖިލީހުގެ ގަވާއިދާ ވެސް ޚިލާފު ކަމެއް ކަމަށާއި އެކަމުގެ ސަބަބުން އިދިކޮޅު މެމްބަރުންނަށް ނުރައްކާ ކުރިމަތިވެފައިވާ ކަމަށް ބުނެ ޖަލްސާތައް ވަނީ ބޮއިކޮޓްކޮށްފަ އެވެ.
ޕީއެންސީގެ ނައިބު ރައީސް، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މިއަދު ވިދާޅުވީ މަޖިލީހުގައި އިދިކޮޅު މެމްބަރުންގެ ސަލާމަތާއި ރައްކާތެރިކަން ގެއްލިފައި އޮތް އިރު، އެ ޔަގީންކަން މަޖިލީހުން އަދިވެސް ކަށަވަރުކޮށް ނުދޭ ކަމަށެވެ. މިއީ، މަޖިލިސް މެދުވެރިކޮށް، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ފުރުސަތަށް އެޅިފައިވާ ހުރަހެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް ނަޝީދާއި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް ޝިޔާމް އަދި ޕީއެންސީގެ ނައިބު ރައީސް ސައީދު އިލެކްޝަންސް ކޮމިޝަންގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ/މިހާރު
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި އާދަމް ޝަރީފް ވިދާޅުވި ގޮތުގައި، ފުލުހުންގެ ބިލާއި ވަޒީފާގެ ގާނޫނަށް ގެންނަ އިސްލާހުތަކުގެ އިތުރަށް އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތަހުގީގާ ގުޅޭ ކަންބޮޑުވުންތަކުގައި އިދިކޮޅު މެމްބަރުން މަޖިލީހުގައި އަޑު އިއްވަން ބޭނުންވެ އެވެ. އެކަމަކު، ޖަވާބުދާރީ ކުރުވުމުގެ މާހައުލު މަޖިލިސް ތެރެއިން ގެއްލިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ނިޒާމް ގެއްލިއްޖިއްޔާ އަމަލުކުރަންވާ އުސޫލް ގަވާއިދުގައި އޮވޭ. އެއާ ޚިލާފަށް މެމްބަރުންނަށް އަމުރު ކޮށްގެން ރިޔާސަތުން ކަންކަން ކުރެއްވުމަކީ ވަރަށް ނުރައްކާ، ނާތަހުޒީބު، ގާނޫނާއި ގަވާއިދާ ވެސް ޚިލާފު އަމަލެއް،" އާދަމް ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަޖިލީހުގެ ނިޒާމު ގެއްލިއްޖެ ނަމަ ދެން ވެސް ސިފައިން ނުވައްދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވފައި ވުމުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
މަޖިލީހުގައި އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން މެމްބަރަކު ނެރުން ފަދަ ކަމަކަށް ސިފައިން ވަޑަައިގަންނަަވަން އެދިވަޑައިނުގަންނަވާ ކަމަށާއި މަޖިލީހުގެ ކަންތައްތައް ނިންމަން ވާނީ މަޖިލީހުން އަމިއްލަ އަށް ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި މަޖިލީހަށް ސިފައިިން ވައްދަން ޖެހިއްޖެ ނަމަ އެކަން ވާނީ މަޖިލީހުގެ ރައީސްގެ ވަރަށް ބޮޑު ފެއިލްވުމަކަށެވެ.
"އަޅުގަނޑުމެންނަށް ޔަގީންކަމެއް މަޖިލީހަކުން އަދި ނުލިބޭ، ރައްކާތެރި މާހައުލެއް ކަށަވަރުވެފައި އޮންނާނެ ކަމުގެ. މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވުމާ މެދު މިރޭ ގޮތެއް ނިންމާނެ،" އާދަމް ޝަރީފް ވިދާޅުވި އެވެ.
ކައުންސިލަރުންގެ ދައުރު ހަމަވެ ގާނޫނީ ހުސްކަން ކުރިމަތިވިޔަ ނުދޭން ގާނޫނުއަސާސީ އަށް ހުށަހެޅި އިސްލާހު ފާސްކުރި ޖަލްސާގައި ޝިޔާމްގެ ނަން މަޖިލީހުގެ ރިޔާސަތުން، މަޖިލީހުގެ ރައީސް ނަޝީދު އިއްވެވީ ޖަލްސާގައި ގާނޫނު ޚިލާފު އަމަލުތައް ހިންގަވަނީ ކަމަށް ވިދާޅުވެ އަޑުގަދަ ކުރައްވަން ފެއްޓެވެމުންނެވެ. އޭނާ އަޑުގަދަކުރެއްވީ ގާނޫނުއަސާސީ އިސްލާހުކުރަން އުޅުނު ގޮތާ މެދު ހިތްހަމަޖެހިވަޑައިނުގެންނެވެ.
"ނިޒާމް ގެއްލިއްޖިއްޔާ އަމަލުކުރަންވާ އުސޫލް ގަވާއިދުގައި އޮވޭ. އެއާ ޚިލާފަށް މެމްބަރުންނަށް އަމުރު ކޮށްގެން ރިޔާސަތުން ކަންކަން ކުރެއްވުމަކީ ވަރަށް ނުރައްކާ، ނާތަހުޒީބު، ގާނޫނާއި ގަވާއިދާ ވެސް ޚިލާފު އަމަލެއް،" ---އާދަމް ޝަރީފް
ޕީޕީއެމާއި ޕީއެންސީން ބުނެފައި ވަނީ ގާނޫނުއަސާސީ އިސްލާހު ކުރުމުގެ ޖަލްސާގައި ޝިޔާމްގެ ނަން، މަޖިލީހުގެ ރައީސް ނަޝީދު އިއްވަވައި ޝިޔާމް ބޭރަށް ނެރެން އަމުރުކުރައްވައި، އެމްޑީޕީ މެމްބަރުން ލައްވައި އަމަލުކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 65 ވަނަ މާއްދާއާ ޚިލާފަށެވެ. ޝިޔާމްގެ ހާލު ބަލަން ތަޅުމުން ނުކުމެވަޑައިގަތް އިދިކޮޅުގެ މެމްބަރުން ވެސް ފަހުން ޖަލްސާގައި ބައިވެރި ނުކޮށް، ހައްގެއް ނިގުޅައިގެންފައިވާ ކަމަށް ޕީޕީއެމާއި ޕީއެންސީން ވަނީ ތުހުމަތުކޮށްފަ އެވެ.
ޝިޔާމް މަޖިލީހުގެ ތަޅުމުން ނެރުމުގައި ހަމަނުޖެހުން ހިންގައި، ޝިޔާމަށް އަނިޔާކުރި މައްސަލައިގައި ބަޔާންތައް ނަގައި، ހޯދުންތައް ހޯދުމަށް މަޖިލީހުގެ އިމްތިޔާޒާއި ސުލޫކާ ބެހޭ ކޮމިޓީގެ ސަބް ކޮމިޓީއެއް ވަނީ އެކުލަވާލައިފަ އެވެ.
އެ މައްސަލަ ބަލަން ސަބް ކޮމިޓީއެއް ނެގިއިރު، ފުލުހުން ވެސް މިހާރު އަންނަނީ އެ މައްސަލަ ބަލަމުންނެވެ. އެކަމަށް އިންސާފު ހޯދައި ދެއްވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވުމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ބައެއް މެމްބަރުންގެ ފާޑުކިޔުން އިމްރާނަށް އަމާޒުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިވަރެއްނެތް
21 June 2020
ޑިމޮކްރަސީގައި މިނަނީ އެބަޔަކު ވެރިކަމުގައި މިނިގޮތަކަށް. ތިބޭފުޅުންގެ ވެރިކަމުގައި މެންބަރުނަށާއި، ފަނޑިޔާރުންނަށާއި މުއައްސަސާތަކުގެ ވެރިންނަށް ނުދިން ރައްކާތެރިކަމެއް މިއަދު ތިބޭފުޅުންނަކަށްވެސް ނުލިބޭނެ. އަދި މިއަދު ތިބޭފުޅުންނަށް ރައްކާތެރިކަން ނުދޭ ބޭފުޅުންނަށް ދެން އަންނަ ވެރިކަމެއްގައިވެސް ރައްކާތެރިކަމެއް ނުލިބޭނެ. ހުރިހާ ސިޔާސާވެރިން ވެސް މި ހަގީގަތް ގަބޫލުކޮށް ތިމާގެ ޢަމަލާއި މިސްރާބު ބަދަލުކުރޭ.
ތަންކޮޅެއް
21 June 2020
މިވަގުތު ތިފަދަ ރައްކާތެރިކަމުގެ ޔަގީންކަމެއް ދެވޭފަދަ މީހަކަށް މަޖިލީހުގަހުރީ އާދަނު
ޑާޑާ
21 June 2020
ޝަރީފޫ މަބުނަން ރަނގަޅު ވާހަކައެއް، ޝިޔާމުގެ ދަތްދޮޅި ހުރީ ސަލާމަތުން، ދެން ކޮން ވާހަކައެއް ކަލޭ ތި ދައްކަނީ.
ބޮކި ބޮކި
21 June 2020
ރައްކާތެރިކަން ލިބުނީ މިދިޔަ ފަސް އަހަރު އެކަނި ތަ ؟؟؟؟؟
އަލީ!
21 June 2020
މަޖުލީހުގަ ހަޅޭލަވާ ހަދަންޏާ ދެންވެސް ނެރެންޖެހުނީމަނެރޭނެ.
ވުނަދާނަ
21 June 2020
ތިބޭފުޅުން ނުދިޔުން ބުއްދިވެރީ، ކުރާނެ އެއްވެސް ކަމެތް ނެތް. މަޖިލީހުގަ ފިތުނަ އުފެދޭވާހަކަ ދެއްކުން ނޫން ކަމެތް ނުކުރޭ.
ސަމާލުވޭ
21 June 2020
ހަތްގުދުއޮތް މީހާ ގުދޯގުދޯ ގޮވަނީދޯ . މަނިކުފާނު ޑިފެންސް މިނިސްޓަރަކަށް ހުންނަވާ މެންބަރުން ފާރުމަތިން އުކާލިދުވަސް މަތިން ހަނދުމަފުޅު ނެތުނީތޯ. އެދުވަހު ހިނގާދިޔަ ކަންކަމުގެ ދައުވާ މަނިކުފާނާމެދު ހިންގިދާނެތޯ އަލއަލަ ނަފްސާ ސުވާލުކޮށްލަބަލަ.
ައަފުރާސިޔާބު
21 June 2020
ތިވެސް ރަނގަޅުވާހަކައެއް. މަޖިލީހަށް ރަނގަޅު ޙައްލެއް ލިބޭނީ ރައްޔިތުން ހޭލުންތެރިވެގެން. މަޖިލީހަށް ހޮވާމީހުންގެ ޝަރުޠަކަށް އަސާސީ ތައުލީމުވީމާ ކަމަކުނުދޭ. މަމިބުނާ ގޮތް ރަނގަޅުތޯ ޗެކްކޮށްލަންވީނުން އެއްފަހަރުވެސް. ޝަރުޠު: ދޮގުހަދާފައިވާ މީހަކަށް ނުވުން. ދީނުގައި މަނާކޮށްފައިވާކަމެއް ކުރިކަން ސާބިތުނުވުން. އެހެންމީހުންނަށް މަލާމާތްކޮށް ޖެއްސުން ކޮށްފައި ނުވުން. އަވަށްޓެރިންނަށް ހެޔޮ މީހަކަށް ވުން. އާއިލީ ގުޅުން ބަދަހި މީހަކަށްވުން. ދީނަށް ހުރުމަތްތެރިމީހަކަށްވުން
ބޮޑުމީހާ
21 June 2020
އެ ދުވަހު ހިގައިދިޔަ ކަންތައް ތަކުރާރުނުކުރަން ވެރިކަން ބަދަލުކޮށް މަޖްލިސް މެޖޯރިޓީވެސް ދިނީ. އޭރު ވިއްޔާ ޑިފެންސް މިނިސްޓަރު، މިހާރު އެ ޒިންމާ ނަގަނީ ޕާޓީގެ މަޖްލިސް މެމްބަރުން. ކުރީ ސަރުކާރުގެ ބަހަނާ ދައްކައިގެން މިމީހުންގެ އަމަލުތައް ރަގަޅެއް ނުކުރެވޭނެ. ޔާމިން ވިޔަސް އަންނި ވިޔަސް ގޯސްކޮށް ކަމެއް ދަންޏާ އެވާހަކަ ބުނުމުގެ ހިތްވަރު ހުރެގެން ކަންތައްތައް ހައްލުވާނީ
ނައިފަރުމީހެއް
21 June 2020
ރައްކާތެރި ކަމުގެ ވާހަކަ ދައްކާ ކިޔަމަން ވުމުގެ ވާހަކަ ދެއްކުމަށްފަހު. މަޖްލީހުގެ ރައީސް ބޭރައް ނިކުނަން ބުނީމަ ބަސްއަހައިގެން ނިކުންނާނީ. ތިގޮތައް ނުކިޔަމްންވި ކިތަންމެ މެމްބަރަކަށް އެކިއެކި އަނިޔާތަށް ވެފަހުރީ. އެކަމުން ފިލާވަޅު ލިބިގަނެގެން މަޖިލިސްގަ ބަސްއަހައިގެން އުޅެބަލަ ނައިފަރު ރައްޔިތުން ލަދުނުގަންނަވާ....
ައަފުރާސިޔާބު
21 June 2020
ރައްކާތެރި ނޫނިއްޔާ ދާނެކަމެއްނެތް. ކޮރޯނާގެ ދުވަސްވަރުވީމާ ދާނެކަމެއްނެތް. ނިމިގެންދިޔަ ދައުރުގައި އެމްޑީޕީ މެންބަރުން ނެތި ތިމީހުން ގާނޫނުތައް ފާސްކުރި ފަދައިން އެމީހުން ލައްވާވެސް އެފަދައިން ކަންކުރުވުމަށް ލިބުނު ރަނގަޅު ފުރުޞަތެއްތީ. ވޮންޑަވުމަން އަދިވެސް ގުއްޓެއް އަޅާލަފާނެތީ ބިރުގަނެޔޭ ބުނެ ނުދާނޭ އުޒުރެއްތިވަނީ ލިބިފައި.
ޕީ ޕީ
21 June 2020
މި ތަނަށް އަންނަ ހުރިހާ ބޭކަލުންނަށް ރަތްކާތެރި ކަން ދިނުމުގެ ގެރެންޓީ އަރުވަމެވެ