ޚަބަރު / ފުލުހުން

އެމްއެމްޕީއާރުސީގެ ތަހުގީގު ލަހެއް ނޫން، އަތް ނުލެވޭނެ މީހަކު ވެސް ނުހުންނާނެ: ކޮމިޝަނަރު

ޕޮލިސް ކޮމިޝަނަރު ހަމީދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ތަހުގީގު ބާރު ސްޕީޑުގައި ހިނގަމުން އަންނަ ކަމަށް ވިދާޅުވި. -- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުން މަންފާ ލިބުނު މީހުންގެ ތެރޭގައި ދައުލަތުގެ މަތީ މަގާމްތަކުގައި ކުރިން އަދި މިހާރު ތިއްބެވި ބޭފުޅުންނާއި އެ ނޫން ވެސް ނުފޫޒާއި ބާރުގަދަ ފަރާތްތަކެއް ހިމެނުނަސް ތަހުގީގުގައި ވަކި ބައެއްގެ މައްސަލަ ދޫކޮށް ނުލާނެ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އިއްޔެ ވިދާޅުވެއްޖެ އެވެ.

ކުރީގެ ސަރުކާރުގައި ހިންގި މުޅި ދައުލަތުގެ ތެރޭގައި މޫލާފައި އޮތް ޚިޔާނާތުގެ ތަހުގީގާ ބެހޭ ގޮތުން "މިހާރު" އަށް ދެއްވި އިންޓަވިއުގައި ޕޮލިސް ކޮމިޝަނަރު ވިދާޅުވީ މި މައްސަލައިގެ ތަހުގީގަށް "އަތް ނުލެވޭނެ ބަޔަކު ނުތިބޭނެ" ކަމަށެވެ. ދައުލަތުގެ ކޮންމެ މަގާމެއްގައި ހުއްޓަސް، ތަހުގީގަށް އެއްވެސް ނުފޫޒެއް ނުފޯރުވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުން މަންފާ ލިބުނު ކަމަށް ތަހުގީގީ އިދާރާތަކުން އެކުލަވާލައި މިދިޔަ އޮކްޓޯބަރު މަހު އާއްމުކުރި ލިސްޓުގައި 267 މީހަކު ހިމެނެ އެވެ. އޭގެ ތެރޭގައި މި ސަރުކާރުގެ މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރުންނާއި މިހާރުގެ މެމްބަރުންނާއި މިނިވަން މުއައްސަސާތަކާއި ސަލާމަތީ ބާރުތަކުގެ އޮފިސަރުން ހިމެނެ އެވެ.

މި ތަހުގީގުގެ މައްޗަކަށެއް އެއްވެސް ނުފޫޒެއް ނެތް. މީގައި އަތް ނުލެވޭނެ ބަޔަކު ވެސް ނުތިބޭނެ މި ސަރުކާރުގައި ތިއްބަސް އަދި ކުރީގެ މެމްބަރުންނާއި މިހާރުގެ މެމްބަރުން ވިޔަސް. --ހަމީދު

ނަންތަކާ ނުލައި ހަމައެކަނި އަދަދެއް އާއްމުކޮށް ތަހުގީގަށް ބައެއް މީހުން ހާޒިރުކޮށް ސުވާލުކުރި އެވެ. ހިޔާނާތުގައި ހެކި ހޯދިފައިވާ ކަމަށް ފުލުހުން ބުނި ނަމަވެސް ދޮޅު އަހަރުވި އިރު ފެނުނީ ތަހުގީގު ލަސްކޮށް ކުރިއަށްދާ ތަނެވެ.

އެކަމަކު ޕޮލިސް ކޮމިޝަނަރު މިކަން ގަބޫލެއް ނުކުރައްވަ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ ގޮތުން އަލްޖަޒީރާ އިން ތައްޔާރުކުރި ޑޮކިއުމެންޓްރީގެ ޓްރެއިލާއަކުން ނަގާފައިވާ ސްކްރީން ޝޮޓެއް.

އޭނާ ވިދާޅުވީ ފުލުހުންނާއި އޭސީސީ އަދި އެސެޓް ރިކަވަރީ ކޮމިޝަނާއި ޕްރޮސިކިއުޓަ ޖެނެރަލް އޮފީހުގެ ބައިވެރިވުމާ އެކު ކުރިއަށް ގެންދާ ތަހުގީގު ލަހެއް ނޫން ކަމަށެވެ. ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި މުޅި ތަހުގީގު އަމާޒު ހުރީ ހިޔާނާތުގައި އެންމެ އިސްކޮށް އުޅުނު މީހުންގެ މައްސަލަތައް ބަލައި އެ މީހުންގެ މައްޗަށް ދައުވާ އުފުލަން ކަމަށް ވިދާޅުވި އެވެ.

"މައްސަލައިގެ ބޮޑު ކަމާއި މިހާތަނަށް ކުރެވުނު މަސައްކަތަށް ބަލާއިރު އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ މައްސަލަ ލަސް ކަމަކަށެއް،" ހަމީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސަރުކާރު ބަދަލުވެ، ޕީޖީ އާއި އޭސީސީ ބަދަލުވުމަކީ ވެސް މައްސަލަ ލަސްވާން ދިމާވި ސަބަބަކަށް ވުން އެކަށީގެންވެ އެވެ.

މި ޚިޔާނާތުގައި އެންމެ އިސްކޮށް އުޅުއްވީ ގޭބަންދުގައި މިހާރު ހުންނެވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ކަމަށް ފުލުހުން ބުނެ އެވެ. ފުލުހުންނާއި ޕީޖީ އޮފީހާ އެކު ހެދި ޕްލީ ބާގެއިން އެއްބަސްވުމެއްގެ ދަށުން، މި ޚިޔާނާތުގައި އަދީބަށް 15 އަހަރަށް ވުރެން ދިގު ހުކުމެއް ނާންނާނެ އެވެ. ބަދަލުގެ ގޮތުގައި، އެމަނިކުފާނު ވަނީ ޚިޔާނާތް ހިންގި ގޮތާއި އޭގެ ބައިވެރިންނާއި މަންފާ ލިބުނު މީހުން ފުލުހުންގެ ތަހުގީގަށް ކިޔައިދެއްވައިފަ އެވެ.

ޕޮލިސް ކޮމިޝަނަރު ވިދާޅުވި ގޮތުގައި އެއްބަސްވި ގޮތަށް އަދީބު ގެންދަވަނީ އަދިވެސް ތަހުގީގަށް އެއްބާރުލުން ދެއްވަމުންނެވެ.

އަދީބުގެ އިތުރުން މި މައްސަލައިގައި އިސްކޮށް ދެން ހިމެނޭ އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ވެސް ހުންނެވީ ގޭބަންދުގަ އެވެ. މި ޚިޔާނާތުގައި އެންމެ ބޮޑަށް ތުހުމަތުކުރި ބޭފުޅުންގެ ތެރެއިން ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އެކަންޏެވެ. އެމަނިކުފާނަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ މަނީ ލޯންޑްރިންގެ މައްސަލައެއްގަ އެވެ.

"ބާރަށް ތަހުގީގު އެބަ ހިނގާ"

ކޮމިޝަނަރު ވިދާޅުވީ މި ތަހުގީގު ކުރިއަށް ވުރެން ފުޅާކޮށް، އެކަމަށް 18 ވަރަކަށް ފުލުހުންގެ ޓީމެއް ވަނީ އެކުލަވާލައިފައި ކަމަށެވެ. މި ޓީމުން ބަލަމުން އަންނަނީ، ހިޔާނާތުގެ މަންފާ ލިބުނު ކަމަށް ބެލެވޭ ލިސްޓުގައި ތިބި މީހުންގެ މައްސަލަތަކެވެ.

ހަމީދު ވިދާޅުވި ގޮތުގައި އެ ލިސްޓުގައި ފުލުހުންނާއި ސިފައިން ވެސް ހިމެނޭތީ ތަހުގީގު ޓީމުން އެ މީހުންގެ މައްސަލަތަކެއް ނުބަލާނެ އެވެ. އެކަން ކުރިއަށް ގެންދާނީ އޭސީސީ އާއި އެސެޓް ރިކަވަރީ ކޮމިޝަނުން ކަމަށް ވިދާޅުވި އެވެ.

ތުހުމަތުކުރެވޭ ބައެއް ފުލުހުން އަދިވެސް ޚިދުމަތުގައި އެބަ ތިއްބެވެ. އެއީ، ގާތްގަނޑަކަށް ހައެއްކަ ފުލުހުން ކަމަށާއި މިއިން އެކަކު ވެސް ތަހުގީގުތަކުގައި ބައިވެރިވާ ނުވާ ކަމަށް ކޮމިޝަނަރު ވިދާޅުވި އެވެ.

ވޭތުވެދިޔަ ތިން މަހު، އޭނާ ވިދާޅުވި ގޮތުގައި، ތަހުގީގު ބާރު ސްޕީޑުގައި ގެންދަން ފަށައި ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ.

ޕޮލިސް ކޮމިޝަނަރު ދެއްވި ޔަގީން ކަމަކީ ވަރަށް އިންސާފުވެރިކޮށް މި ތަހުގީގު ކުރިއަށް ގެންދާނެ ކަމެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ ގޮތުން ބޭއްވި ނިއުސް ބްރީފިންގައި (ކ-ވ) އޭސީސީގެ ރައީސް ޝިއުނާ، ރިކަވަރީ ކޮމިޝަންގެ ރައީސް އަސްއަދު، ޕޮލިސް ކޮމިޝަނަރު ހަމީދު އަދި އެސިސްޓެންޓް ކޮމިޝަނަރު ރިޔާޒް ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

އޭނާ ވިދާޅުވީ ތަހުގީގު ވަކި ގޮތަކަށް ކުރިއަށް ގެންދަން މިހާތަނަށް އެއްވެސް ނުފޫޒެއް ފޯރާފައި ނެތް ކަމަށެވެ. އަދި ތަހުގީގަށް ނުފޫޒު ފޯރުވިޔަ ނުދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ވަކި ސިސްޓަމެއްގެ ތެރެއިން މި ގެންދަނީ ތަހުގީގު. މިސާލަކަށް އެ 267 މީހުންގެ ތެރެއިން ކޮންކޮން ބައެއްގެ މައްޗަށް ކިހާ ވަރެއްގެ ހެކި ހުރިތޯ އާއި ހެކީގެ ބުރަދަނާއި އެ މީހާ ފައިސާ ނަގާފައި ހުރި ކަމަށް ފެންނަން ހުރި އަދަދުތަކާއި އެކި ކަހަލަ ހެކިތަކާއި އެ މީހާ އަދާކުރި މަގާމާއި މި ކަހަލަ ކަންކަން ބަލައި އަޅުގަނޑުމެން ތިން މުއައްސަސާ މެދުގައި އެއްބަސްވެވިފައި އިން ވަކި މެޓްރިކްސްއެއްގެ ތެރެއިން މި ގެންދަނީ،" ހަމީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހިޔާނާތުން މަންފާ ލިބުނު ލިސްޓުގައި ހިމެނޭ އެންމެން އެ ފައިސާގައި ހިފީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަން އެނގި ހުރެ ނޫން ކަމަށް ވުން އެކަށީގެންވެ އެވެ. ލިސްޓުގައި ހިމެނޭ އެންމެންގެ ނަން އާއްމުނުކުރާ ސަބަބަކީ އެއީ ކަމަށް ވުން އެކަށީގެންވާ ކަމަށް ވެސް، ވިދާޅުވި އެވެ. އޭގެ އިތުރުން އޭނާ ވިދާޅުވީ ލިސްޓުގައި ހުރި އެންމެންގެ ނަންތައް އާއްމުކޮށްފި ނަމަ ތަހުގީގަށް ވެސް ހުރަސްއެޅިދާނެ ކަމަށެވެ.

"ތަހުގީގަށް ވަރަށް ގިނަ ހެއްކާއި ގަރީނާ ހޯދިފައި އެބަހުރި. އެ ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން ދައުވާ ކުރެވޭނެ މީހުންނާއި ނުކުރެވޭނެ މީހުން ޕްރޮސިކިއުޓަ ޖެނެރަލް ނިންމަވާނެ،" ހަމީދު ވިދާޅުވި އެވެ.

ކޮމިޝަނަރު ވިދާޅުވި ގޮތުގައި އެމްއެމްޕީއާރުސީގެ ތަހުގީގު ހިންގަނީ އަދީބުގެ ފޯނުން ލިބުނު ހެކިތަކާއި ބަޔާންތަކަށް އެކަނި ބަރޯސާވެގެން ނޫނެވެ. އޭގެ އިތުރުން ފައިސާގެ މުއާމަލާތް ހިންގާފައިވާ ގޮތާ ގުޅޭ ގޮތުން ތަހުގީގު ޓީމުން ގިނަ މަސައްކަތްތަކެއްކޮށް ހެކިތައް އެއްކޮށްފައިވާ ކަން ފާހަގަކުރެއްވި އެވެ.

މީގައި ހިމެނުނު ގިނަ ބަޔަކީ ކުރީގެ ސަރުކާރުގެ ބާރުގަދަ މަގާމްތަކުގައި ތިބި މީހުންނަށް ވުމުން، މި ހިޔާނާތާ ގުޅޭ ވަަރަށް ގިނަ ކަންކަން ފޮރުވެން ހުންނާނެ ކަމަށް، ހަމީދު ވިދާޅުވި އެވެ. އޭގެތެރޭގައި ޓްރާންސެކްޝަންތަކާއި ހޯދާފައިވާ މުދަލާއި ވިޔަފާރިތައް ވެސް ހިމެނޭނެ އެވެ.

އަލްޖަޒީރާ އިން ތައްޔާރުކުރި އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ ޑޮކިއުމެންޓްރީގެ ޓްރެއިލާއަކުން ނަގާފައިވާ ސްކްރީން ޝޮޓެއް.

ހަމީދު ވިދާޅުވި ގޮތުގައި މިކަންކަން ބަލަން އަދިވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭނެ އެވެ. ތަހުގީގުން މިހާތަނަށް ހޯދުނު ކަންކަމަށް ބަލައި މި މައްސަލައިގައި، އެންމެ ބޮޑަށް ބައިވެރިވުން އޮތް މީހުންގެ މައްޗަށް ލަސްތަކެއް ނުވެ ދައުވާކުރަން ފޮނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފެށުން

ތަހުގީގީ އިދާރާތަކުން އާއްމުކޮށްފައިވާ ގޮތުގައި އެމްއެމްޕީއާރުސީގެ ފައިސާ އަށް ޚިޔާނާތް ވާން ފެށީ 2014 ގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އިއުލާންކޮށް އެއަށް ވަމުން ދިޔަ ތައްޔާރީތަކާ ހަމައިންނެވެ. މި ހިސާބުން ފަށައި، ދައުލަތުގެ އެކި މަގާމްތަކުގައި ތިއްބެވި ބޭފުޅުންނަށް ނުފޫޒު ފޯރުވައިގެން ކަންކަން ކުރަން ދައުލަތުގެ ފައިސާ ހޭދަކޮށްފައިވާ ކަން ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ކުރީގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކާމިޔާބުކުރެއްވި ބައެއް މެމްބަރުން ޕާޓީ ބަދަލުކުރަން ވެސް ފައިސާ ހޭދަކޮށްފައިވާ ކަން ތަހުގީގުން ފެންނަން އެބަ އޮތެވެ. އޭގެ ފަހުން އެ މެމްބަރުންގެ މަޖިލީހުގެ ދައުރުގައި ހިނގައިދިޔަ ބޮޑެތި ކަންކަމަށް ނުވަތަ މަޖިލީހުގައި ނެގި ވޯޓުތަކަށް ވެސް ފައިސާ ހޭދަކޮށްފައިވެ އެވެ. އޭގެ ތެރޭގައި އޭރުގެ ސަރުކާރުން ބޭނުންވި ގޮތަށް ގާނޫނުއަސާސީ އަށް ބަދަލު ގެނައުމަށާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ އިތުބާރު ނެތްކަމުގެ ވޯޓަށާއި ބައެއް ގާނޫނުތައް ފާސްކުރުމާއި ސަރުކާރުގެ އިސް ބޭފުޅުން ހިތްހަމަނުޖެހިވަޑައިގަންނަވާ ދައުލަތުގެ މުއައްސަސާތަކުގެ ވެރިން މަގާމުތަކުން ބޭރުކުރަން ވެސް އެ ފައިސާ ހޭދަކޮށްފައިވެ އެވެ.

އެއް ބަޔަކު ސިފަކުރާ ގޮތުގައި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައިގަނޑު އެއް ބޭނުމަކީ، އޭރުގެ ސަރުކާރަށް ލޮޅުން އަޔަނުދީ، ދައުލަތުގެ މުހިންމު ނިޒާމުތަކުގެ ވެރިން، ފައިސާގެ ނުފޫޒުން ގަތުމެވެ.

28 ކޮމެންޓް, 54 ރިއެކްޝަންސް

icon happy icon happy 24%
icon sad icon sad 2%
icon angry icon angry 74%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަންކޮ

26 June 2020

އަމިއްލަ ގައިގަ އަތް ލެވޭނެ؟

The name is already taken The name is available. Register?

ފަށަނަ55

24 June 2020

އަދީބު ގޭގަ ބަހައްޓާގެން ހެކިއުފެއްދުން ކަމަކީ.

The name is already taken The name is available. Register?

ޙުސްނާ

24 June 2020

ފޭކު ވާހަކަ އޮތުބާރެއްނެރެތް އެއްވެސް ވަރަކަށް، އެއްމެ ފުރަތަމަ ކުރަންބުނި ކަންކަންތީ، ދައުލަތުން ވައްކަން ކުރާމީހުން އުފަލުގަ ރަތްޔަތުން ހެވިފަ، މިއޮތީވާ ގައުމެއް ދެ މީހުންނާފަޅި އުޅޭ،! ޔާމީންވެސް ދޫކޮއްލާނެ އަދި ކުށެއްނެތޭކިޔާފަ ބަލާތި، އެމްއެމްޕީއާރުސީގެ ލާތިކޭ ހުރިހާ އެމްޕީން މިނިވަންކަމުގަ، ޕޮލިސް ކީއްވެ ތަހުގީގު އަވަސް ނުކުރެވެންވީ!

The name is already taken The name is available. Register?

ރީތި މޫސަ

24 June 2020

ވަރަށްގަޓުހުރިވާހަކައެއް އެނގިދާނެތާ މިތިބީބަލަން ޕީޖީބުނިލިސްޓް ވަރަށްދިގު ރަނގަޅަށްބަލައިނަމަ ދެން ކަންކަންމުގަތިބޭނީ ހުސްޖޫނިއަރސް މަތިފަޑިއެއްކޮންފަހަރެއްގާ ހުސްވެދާނެ

The name is already taken The name is available. Register?

މިހާފީ

23 June 2020

މިބައިމީހުންގެ ބަހުރުވަޔަށް ބަލާއިރު އަބަދުވެސް ދެނީ "އިންޒާރު"-- ރައްޔިތުންނަކީ ނުވަތަ މުޖުތަމަޢަކީ ކުށްވެރިންނެއްނޫން- ރައްޔިތުންނަށް ދޭންވީ ޔަޤީންކަން، ޤާނޫނު ނަގަހައްޓާނެކަމުގެ. އެކަމަކު މުޒާހަރާއެއްވެސް ނުކުރެވޭ، ބޭރަށް ނުކުތަސް އައިޑީކާޑާ ގުޅޭނެ ނަންބަރު ހޯދަނީ(ކޮވިޑުގެ ކުރިންވެސް)-- ބަދަލު ކުރަންވީ ތިބައި މީހުންދޭ ޓްރެއިނިންގ-

The name is already taken The name is available. Register?

ގެދާނޯމޮސް

23 June 2020

ފައިސާގެ ތަނަވަސް ކަންނެތް ކޮށްމެ މީހެއްގައި ގަ އަތްލެވޭނެ ވާހަކަހެއްޔެވެ.

The name is already taken The name is available. Register?

އުދުހޭ

23 June 2020

ހެޔޮ ނިޔަތުގައި އަތްނުލެވޭނެ މީހަކު ނުހުންނާނެ. އެއީ ހެޔޮނިޔަތުގަ އަތްލާން އަނެއްމީހާވެސް ރުހޭނެތީ. ހެޔޮ ނިޔަތުގަ އަތްލާއިގެން ގޯހެއް ނުވާނެ؟

The name is already taken The name is available. Register?

ވސާފު

23 June 2020

ތިޔަ ސްޕީޑް އެނގޭ އެންމެންނަށްވެސް. އެއީ ދެން އަންނަ ރިޔާސީ އިންތިހާބަށް ނިމޭ ގޮތަށް ދާ ސްޕީޑެއް. އިންތިހާބުގައި އަގުވައްޓަން ބޭނުންވާ ދުވަސްކޮޅު އޮޑިޓް ރިޕޯޓްތަކާ އޭސީސީގެ ރިޕޯޓްތަކާ ފުލުހުންގެ ތަހުގީގުތަކާ ހަދާފައި އޮތް ހުރިހާ ކޮމިޝަނަކުން އެ އަބުރު ކަތިލަން ބޭނުންވާ މީހުންނާ ބެހޭ ގޮތުން ކަންކަން އާއްމުކުރާނެ. ނުފެނިހުރި އާ މަންޒަރެއްނޫން އެއީކީ. އިއްތިފާގުތައް ވަރަށް ގިނަވާނެ.

The name is already taken The name is available. Register?

މީމަގޭ ހިޔާލު

23 June 2020

ރީކޯ މޫސާގެ މުޅިސިޔާސީ ބަޔާތުގަވެސް ވިއްދަންގެންގުޅު އަސާގަނޑަކީ މައުމޫނުނާ އޭނާގެ 30 އަހަރު އެކަން މައުމޫނުގެ ބާރު ސިޔާސީ މައިދާނުންކެނޑި އޭނަގެ މުހިންމުކަން ދިޔަ ހިސާބުން މޫސަގެ ސިޔާސީ ހަޔާތްވެސް ނުމުނީ އެހެންކަމުން ތިކިޔާ ބޮޑު ވައްކަންވެސް އެއީ މިހާރުގެ ސަރުކާރުގެ އަސާގަނޑު މިދިޔަ އިންތިހާބުގަވެސް އެކަން ބެލުމުގެ ވައުދު ދެންނަ އިންތިހާމެއްގަވެސް ހަމަ ހޭއްޓާލާފަ ގެއްލުނު ފައިސާ ހޯދުން މިކަން މިމޭދުވަހަކީ މިސަރުކާރުވެސް ގެއްލޭ ދުވަސް

The name is already taken The name is available. Register?

މީމަގޭ ހިޔާލު

23 June 2020

ޖުމްލަކޮށް ވަގަށްނެގި ފައިސާ ހަރަދުކޮށްފަ ހުރީ އޭރު އޮތް ސަރުކާރުން ބޭނުންވާގޮތައް ދައުލަތް ހިންގުމަށް ހުރި ދަތިތަށް ފިލުވުމަށް އެހެން ކަމުން މިނިވަން މުއައްސަސާތަށް އެބަޖެހޭ ވަރަށްބޮޑަށް އިސްލާހުކުރެވެން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454