މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

މީގެ 19 އަހަރު ކުރިން ރިލީޒްކުރި ކާމިޔާބު ފިލްމު "ރެހެނާ ހޭ ތެރޭ ދިލް މޭ" ގެ ސީކްއެލްއެއް ހަދަން އުޅޭ ކަމަށް ބުނާ ވާހަކަ ދެކެވުނަސް އެކަމާ ބެހޭ އެއްވެސް ކަމެއް ނޭނގޭ ކަމަށް އެ ފިލްމުގެ ބަތަލު އާރް މަދަވަން ބުނެފި އެވެ.

ފިލްމުގެ ބަތަލާ ދިއާ މިރުޒާއާ އެކު ނަގާފައިވާ ފޮޓޯއަކާ މަދަވަން ޓްވިޓާގައި ބުނީ ސީކްއެލްއެއް ހަދާ ވާހަކަ ތެދަކަށްވުމަކީ އުންމީދެއް ކަމަށެވެ. އަދި އެ ފިލްމު ހަދާ ނަމަ ދިއާ އާއި އޭނާ ކުޅުނު ކެރެކްޓާ އެ މީހުންގެ މިހާރު އުމުރަށް ފެތޭ ކަހަލަ ގޮތަކަށް ހެދޭ ފެންވަރުގެ މީހަކު އެކަން ކުރުމަށް އެދޭ ކަމަށް ވެސް ބުންޏެވެ.

ދެހާސް އެއް ވަނަ އަހަރު ރިލީޒްކުރި "ރެހެނާ ހޭ ތެރޭ ދިލް މޭ" އަކީ ދިއާ ބޮލީވުޑަށް ތައާރަފުވި ފިލްމެވެ. އަދި އެ ފިލްމުގެ ރޯލެއް ސައިފް އަލީ ޚާން ވެސް ކުޅުނުވެ. މީޑިއާތަކުން ކުރިން ބުނެފައި ވަނީ ސީކްއެލްގައި ދިއާ ކުޅުނު ރީނާ އާއި މަދަވަން ކުޅުނު މެޑީގެ ކެރެކްޓާތަކުން އެ މީހުން ފެންނާނެ ކަމަށެވެ.

އަދި އެ ފިލްމުގެ ސްކްރީންޕްލޭ މިހާރު އޮތީ އެންމެ ފަހު މަރުހަލާގައި ކަމަށް ވެސް ބުނެފައިވެ އެވެ. "ރެހެނާ ހޭ ތެރޭ ދިލް މޭ" އަކީ ވާޝޫ ބަގްނާނީ ޕްރޮޑިއުސްކޮށް، ގޯތަމް މެނަން ޑައިރެކްޓްކުރި ފިލްމެކެވެ.

"ބޫލް ބުލައްޔާ 2" ގެ ޝޫޓިން ސެޕްޓެމްބަރުގައި

ލޮކްޑައުނާ ހެދި ޝޫޓިން ހުއްޓާލާފައި އޮތް އަނީސް ބަޒްމީގެ ހޮރޯ-ކޮމެޑީ "ބޫލް ބުލައްޔާ 2" ގެ ޝޫޓިން އަލުން އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފަށަން ނިންމައިފި އެވެ.

ލޮކްޑައުންގެ ކުރިން ބުޝަން ކުމާރުގެ ޓީ ސީރީޒުން ޕްރޮޑިއުސްކުރާ ފިލްމުގެ މަންޒަރުތަކެއް ވަނީ ލަކްނޫގައި ނަގައިފަ އެވެ. "ބޫލް ބުލައްޔާ 2" ގެ ތަރިންނަކީ އެކީގައި އަލަށް ފިލްމެއްގެ މަސައްކަތްކުރާ ޒުވާން ދެ ތަރިން ކަމަށްވާ ކާތިކް އާރިޔަނާއި ކިއާރާ އަދުވާނީ އެވެ.

މި ފިލްމަކީ 2007 ގައި އަކްޝޭ ކުމާރާ އެކު، ޑައިރެކްޓަރު ޕްރިޔާދަރުޝަން ގެނެސްދިން "ބޫލް ބުލައްޔާ" ގެ ސީކްއެލްއެކެވެ.

ފިލްމު ކުރިން ރިލީޒްކުރާ ގޮތަށް އޮތީ އަންނަ މަހުގެ 31 ގަ އެވެ.

"ވިކްރަމް ވޭދާ" ފަސްކޮށްފި

މީގެ ތިން އަހަރު ކުރިން ރިލީޒްކުރި ތަމަޅަ ފިލްމު "ވިކްރަމް ވޭދާ" ގެ ހިންދީ ފިލްމުގެ ޝޫޓިން އަންނަ އަހަރުގެ ފެބްރުއަރީގައި ފަށަން ތާވަލުކުރި ނަމަވެސް އެ މަސައްކަތް މިހާރު ފަސްކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޕުޝްކާރާއި ގަޔަތުރީ ޑައިރެކްޓްކުރި "ވިކްރަމް ވާދޭ" އަކީ 2001 ގެ "ދިލް ޗާތާ ހޭ" އަށް ފަހު އާމިރު ޚާނާއި ސައިފް އެކީގައި ފެންނާނެ ކަމަށް ބެލެވޭ ފިލްމެކެވެ. މީގެ ތަމަޅަ ފިލްމު ކުޅުނީ އާރް މަދަވަނާއި ވިޖޭ ސެތުޕަތީ އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނިގޮތުގައި ހިންދީ ފިލްމުގެ މަސައްކަތް ފަސްކުރީ އާމިރު ޝޫޓިން ފަށާފައި އޮތް "ލާލް ސިންގް ޗައްޑާ" ގެ މަސައްކަތް ކޮވިޑް-19އާ ހެދި ހުއްޓުމަކަށް އައިސް ދިގުލައިގެން ގޮސްފައިވާތީ އެވެ.

އެ ފިލްމުގެ ޝޫޓިންގެ 40 ޕަސަންޓް އަދި ބާކީ އޮތް އިރު، ފިލްމު ރިލީޒްކުރަން ނިންމާފައި އޮތީ މި އަހަރުގެ ޑިސެމްބަރު މަހުގެ 25 ގަ އެވެ. ނަމަވެސް އެ ތާރީހުގައި ފިލްމު އެޅުވުމާ ދޭތެރޭ ވެސް ވަނީ ސުވާލު އުފެދިފަ އެވެ.

"ގަދަރު" ކުރިން ލިބުނީ ގޯވިންދާ އާއި ކާޖޮލް އަށް

ސަނީ ޑިއޯލް އާއި އަމީޝާ ޕަޓޭލް ކުޅުނު 2001 ގެ ކާމިޔާބު ފިލްމު "ގަދަރު: އޭކް ޕްރޭމް ޚަތާ" ކުރިން ކުޅެން ލިބުނީ ގޯވިންދާ އާއި ކާޖޮލް އަށް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަނިލް ޝަރުމާ ޑައިރެކްޓްކުރި އެ ފިލްމު އެ ދެ ތަރިންނަށް ނުކުޅެވުނީ ތާރީހުތަކުގެ މައްސަލަ އާއި އެހެން ބައެއް ސަބަބުތަކާ ހުރެ ކަމަށް ފިލްމުފެއާ އިން ބުންޏެވެ. "ގަދަރު" ގޯވިންދާ އާއި ކާޖޮލް އަށް ކުޅެވޭ ގޮތް ނުވުންވެގެން ދިޔައީ އެ ދެ ތަރިން ޖޯޑު ސްކްރީނުން ބަލައިލަން ވެސް ނުލިބުނު ކަމަކަށެވެ.

"ގަދަރު" ވެގެން ދިޔައީ ސަނީގެ ކެރިއަރުގެ އެންމެ ކާމިޔާބު ފިލްމަށެވެ. އެ ފިލްމުގައި ކިޔައިދެނީ އިންޑިއާގެ ފިރިހެނަކާއި ޕާކިސްތާނުގެ އަންހެނެއްގެ ލޯބީގެ ވާހަކަ އެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454