މަޖިލީހުގެ ޖަލްސާއެއް ކުރިއަށްދަނީ
06 ޖުލައި 2020 - 00:17
އެންމެ ފަހުން ގާނޫނުއަސާސީ އިސްލާހު ކުރުމަށް ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ހޫނުވެ ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމް ތަޅުމުން ނެރެން ކުރި މަސައްކަތުގެ ތެރޭގައި އެމްޑީޕީގެ މެންބަރުން ޝިޔާމަށް އަނިޔާކުރި ކަމަށް ބުނެ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މަޖިލީސް ބޮއިކޮޓްގެން ތިބުމަށް ފަހު މާދަމާ އިން ފެށިގެން މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވާން ނިންމައިފި އެވެ.
އެ ކޯލިޝަންގެ ޕީޖީ ގްރޫޕުން ނެރުނު ބަޔާނެއްގައި ބުނީ މަޖިލީހަށް ހާޒިރު ނުވާން ނިންމައިގެން ތިބީ މަޖިލީހުގައި ރައްކާތެރިކަން ނެތުމުން ކަމަށާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަރިހުން އެދިފައި ވިޔަސް އެކަމަށް ދެއްވީ ބީރުކަންފަތެއް ކަމަށެވެ.
މަޖިލީހުގެ 87 މެންބަރުންގެ ތެރޭގައި އިދިކޮޅު ކޯލިޝަންގެ މެންބަރުންގެ އަދަދަކީ 9 އެވެ. އެއީ ޕީޕީއެމްގެ ހަ މެންބަރުންނާއި ޕީއެންސީގެ ތިން މެންބަރުންނެވެ.
"ރައްޔިތުންގެ ހައްގުގައި އަޑު އުފުލަންޖެހޭ ގިނަ މައްސަލަތަކެއް ކުރިމަތިވެފައި ވީހިނދު، މި ކޯލިޝަންގެ މެންބަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވާނެ ކަމުގެ ޔަގީންކަން ނެތް ނަމަވެސް މާދަމާއިން ފެށިގެން މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވުމަށް ޖޮއިންޓް ޕާލިމެންޓްރީ ގްރޫޕާއި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަޝިޕުން ނިންމާފައިވާ ވާހަކަ ދެންނެވީމެވެ." ބަޔާނުގައިވެ އެވެ.
މަޖިލީހުގެ ރައީސަކީ ހުދުމުހުތާރު ބޭފުޅެއް ކަމަށް ސިފަކުރަމުން ބަޔާނުގައި ބުނެފައިވަނީ މަޖިލީސް ހިންގަވަނީ ނަޝީދަށް ފެނިވަޑައިގަންނަވާ ގޮތަކަށް ކަމަށެވެ.
ޝިޔާމަށް އަނިޔާކުރި ކަމުގެ މައްސަލަ ފުލުސް އޮފީހުގެ އިތުރުން އިންޓަ ޕާލިމެންޓްރީ ޔޫނިއަން ވެސް ވަނީ ހުށަހަޅައިފަ އެވެ. އެ ޔުނިއަން އިން މައްސަލަ ބަލައިގެންފައި ވާއިރު މިރޭގެ ބަޔާނުގައި ބުނެފައި ވަނީ ފުލުހުން ވެސް މައްސަލަ ބަލަމުން އަންނަ ކަމަށް އަންގާފައިވާ ކަމަށެވެ. އެހެންވެ މައްސަލަ ބަލައި އަވަހަށް ފިޔަވަޅު އެޅުމަށް ވެސް ވަނީ ގޮވާލައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބިސްބެ
07 July 2020
ރެދު ފަސޭހަވީ........ޕިކާސް ޕަސް
ދޮންއަމާ
06 July 2020
އަޅުގަނޑަށް ހީވަނީ އަތަށްގޮވީހެން
ޥާވުދާލު
06 July 2020
މަޖުލިސް މިހާރު ހިނގަނީ ހިނގަންޖެހޭ ގޮތަށް. ކުރިން މަސީހު އިރު ތިބިހެން މަސތްކަތެއް ނުކޮށް މިހާރު ނުތިބެ ވޭނެ.
ބޮސްގެ ބޮސް
06 July 2020
މިހާރު ތިކުރަނީ މަސަ އްކަތެއް ނޫން ދަ މާކެނޑުން...
ޓިނު
06 July 2020
ރަގަޅުވާނީ އަދުރޭ ރިޔާސަތު ބައިންދައިގެން ޕާޓީ އޮފީހުގައި ޖަލްސާކުރީމާ ؟
ޓިނު
06 July 2020
ހީކުރީ މަޖްލީސް ރައީސް ރޮއި އާދޭސްކުރާނެކަމަށް ؟
އެޑަމް
06 July 2020
އަދުރޭ އަޑުއަހަންތަ ވަށަފަރު މީހުންއުބައް ޖެހިވާހަކަ އެބުނާ އުބައްޖެހުމަކީތިޔައީ,ތިހެންފޫކަހާފަ,ތިކަހަލަބާރަ,އަދުރޭނާސްހުއްޓަސް, ބޮޑުވަޒީރު ކޮންމެހެންއަދުރޭމެންވައްްދާކައް ނޫޅޭ ދެންވެސްތިތާއުޅޭއިރު ބޮޑުވަޒީގެ ބަސްއަހައިގެންއުޅޭތި!!
އަލީރާޖާ
06 July 2020
އުންބަށް ޖެހުން! ތިޔަ ޑްރާމާ ނުކުޅެ ތިބިނަމަ މާ ރީތިވީހެއްނު؟
ވައިސޫރި
06 July 2020
މިޖެހުނީ ކޮންތާކު އެންމެފަހުން ގޮއެއްދޫކޮއް ތިގެން ޖަލްސާތަކައް ވަޑާގަންނަވަން ފައްޓަވަނީ ސަލާމަތާ ރައްކާތެރިކަން ކަށަވަރުވެގެންތޯ ނުވަތަ ފޮނުއްވެވި ސިޓީތަކައް ޖަވާބެއްލިބިލައްވާގެންތޯ
ގިގުނި ފަތި
06 July 2020
އެއް ޕާޓީ އަކަށް މަޖްލީގުގެ މެޖޯރިޓީ ދިނުމަކީ ވަރަށް ބޮޑު ގޯހެއް ކަން މިހާރު ރައްތިތުން ނަށް ވަރަށް ބޮޑަށް އެގިއްޖެ އެވެ.ވެރިކަމަށް ނުހަނު ބާރު ތަށް ދިނުމަކީ ވަރަށް ދެރަށް ގޯސް ކަމެއް ކަން މިހާރު އެގިއްޖެއެވެ.
އަލީހަމީދު
06 July 2020
ވެރިކަމަށް އަންނަ މީހާގެ ޕާޓީ ނޫން އެހެން ޕާޓީއަކަށް މަޖިލިސް ދީގެން އެތާ ވެރިކަމާ ތަޅާފޮޅުން އެއީ މާ މޮޅުކަމަކީތަ؟
ލަދުގަނެއެވެ
06 July 2020
އެމްޑީޕީގެ ޢާއްމު މެމްބަރުން (ނުވަތަ ސަޕޯޓަރުން) ނަށް ވުރެ ސިޔާސީ ގޮތުން"ނިކަމެތި"ބައެއް މަ ނުދެކެވެ.ނިކަން ބަލާށެވެ.ނަޝީދު ސަޕޯޓް ކުރާނަމަ އެއް ފެމެލީގެ ނުވަތަ ދެމަފިރިން ކަމަށް ވިޔަސް މަޖްލީހުގެ އެލިމިޓެޑް ކޮޑި ކޮޅަށް ވެސް އެއް ބަޔަކު އެތިބެނީ ހޮވާގެން ނެވެ. ކިހާ ނިކަމެތި ތޯއެވެ.ހަމަ ނަޝީދުގެ ހިތެކެވެ. ނަމުން ޑިމޮކްރެސީ އެވެ.