ރައީސް ޔާމީން، ކަރެކްޝަންސްގެ އޮފިސަރުންގެ ބެލުމުގެ ދަށުގައި: އެމަނިކުފާނު ގެއަށް ބަދަލުކުރަން އިދިކޮޅު ޕީޕީއެމާއި ޕީއެންސީން އަންނަނީ ގޮވާލަމުން. --ފޮޓޯ/މިހާރު
15 ޖުލައި 2020 - 10:40
ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސިއްހީ ހާލުކޮޅު ގޯސް ކަމަށާއި ފަރުވާ އަށް އެ މަނިކުފާނު ގެއަށް ބަދަލުކުރަން ކުރީގެ ރައީސް މުހައްމަދު ވަހީދު މިއަދު ގޮވާލައްވައިފި އެވެ.
އިދިކޮޅު ޕީޕީއެމްގެ އެޑްވައިޒަރުގެ މަގާމާ އެކު، އެ ޕާޓީގައި ދާދި ފަހުން ސިޔާސީ މަސައްކަތްޕުޅު ފެއްޓެވި ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޔާމީން ގެއަށް ބަދަލުކުރުމަކީ ދައުލަތުން ކޮށްދޭން ޖެހިފައި އޮތް ކަމެއް ކަމަށެވެ. ހިތުގެ ބައްޔާއި އެހެން ވެސް ސިއްހީ ކަންކަމަށް ފަރުވާ ހޯއްދަވަމުން ގެންދަވާ ޔާމީން ގޭބަންދަށް ދޫކޮށްދޭން ކުރިން ޕީޕީއެމުން ވެސް ތަކުރާރުކޮށް ގޮވާލާފައިވެ އެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު 28 ގައި ޖަލު ހުކުމް އިއްވި ފަހުން، ޔާމީން އެކި ފަހަރު މަތިން މާލެ ގެންނަވައި، އައިޖީއެމްއެޗުގައި ފަރުވާ ދީފައިވެ އެވެ.
Raees Yameen ge bali haalu hurigothun beys faruvaa ah geah badhalu kurumakee dhaulathun kuranjehey kameh. @avasmv @VaguthuOnline
— Mohamed Waheed (@DrWaheedH) July 15, 2020
ރާއްޖޭގައި ލިބެން ނެތް ފަރުވާތަކެއް ހޯއްދަވަން ރާއްޖެ އިން ބޭރަށް ވަޑައިގަތުމަަށް ޔާމީނަށް ޑޮކްޓަރުން ލަފާ ދެއްވުމުން، ކަރެކްޝަންސްގެ ބެލުމުގެ ދަށުން ބޭރަށް ފޮރުވަން ހޯމް މިނިސްޓްރީން މަސައްކަތް ކުރި އެވެ. އެކަމަކު، އެ ފަހަރު އެ މަނިކުފާނު ބޭރަށް ވަޑައިގަތުމަށް ބޭނުން ނުވީ ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ޔާމީން ގެއަށް ބަދަލުކުރަން ވަހީދު މި ގޮވައިލެއްވީ، ޔާމީނަށް ޖަލު ހުކުމެއް އިއްވި އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި އިސްކޮށް އުޅުއްވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް އެ ޚިޔާނާތާ ގުޅިގެން އުފުލި ހުރިހާ ދައުވާތަކެއް ކްރިމިނަލް ކޯޓުން އިއްޔެ ބާތިލްކޮށް، މިނިވަންވެފައި ވަނިކޮށެވެ.
ޔާމީންގެ ސަރުކާރުގެ ދުވަސްވަރު 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތް ރާވައި ހިންގި ކަމަށް ފުލުހުން ތުހުމަތުކުރާ އަދީބު މިނިވަންވެ، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ގޭބަންދުގައި ހުންނެވުމަކީ މި ސަރުކާރުން ޔާމީނަށް އުފުލީ ބާތިލް ދައުވާތަކެއް ކަން ސާބިތުވާ ކަމެއް ކަމަށް އިދިކޮޅު ޕީޕީއެމާއި ޕީއެންސީގެ އިސް ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ. އަދީބު މިނިވަންވެ، ޔާމީން ޖަލުގައި ހުންނެވުމަކީ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށް ވެސް ތުހުމަތު ކުރެ އެވެ.
ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާކޮށް، ހުކުމެއް އިއްވީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ވަން އެސްއޯއެފްގެ އެކައުންޓަކުން އެ މަނިކުފާނަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގަ އެވެ. އެ ފައިސާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހެދި އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް ޔާމީން އެއްބަސްވެވަޑައިގަތުމަށް ފަހު އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކޮށް، އެސްއޯއެފުން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކުގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް، އޭގެ އަސްލު އޮޅުވައިލި ކަމަށް ދައުވާގައިވެ އެވެ.
މި މައްސަލައިގައި ފަސް އަހަރުގެ ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް، މަނީ ލޯންޑްރިންގެ އިތުރު ދައުވާއެއް ޔާމީންގެ މައްޗަށް ވަނީ އުފުލައިފަ އެވެ.
ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން ބުނެފައިވާ ގޮތުގައި އިތުރު ދައުވާއެއް ޔާމީންގެ މައްޗަށް އުފުލީ ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ރ. ފުއްގިރި ތަރައްގީކުރަން ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި ޔާމީން، މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 17.2 މިލިއަން ރުފިޔާ) ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް އެ ފައިސާ ލޯންޑަކުރުމަށް ފަށަލަކޮށްފައިވާ މައްސަލައިގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކާޅޭ.
15 July 2020
ކާޅޭ އަށް ވެރިކަން ދިންމީހާ ދޫކުރަން ގޮވާނެނުދޯ ހައްހައް
ކަތްދައްތަ
15 July 2020
މިހާރު އެގޭގައި ހޮސްޕިޓަލެއް އެޅިތޯ؟
ޖަމީލަތުލްމުލަކީ
15 July 2020
ޔާމީނަކީ ލާރިއޮތް މުއްބާރު ދަހިމީހެއް އޭނާލާރިއެއް އަތުން ދޫކޮށްލާނީ މަޖުބޫރީ ޙާލަތެއްގަ އެހެނަސް ވަޙީދު މުސާރަ ވެރިއެއްގެ ގޮތުގަ ހުރެ ދޫކޮށްލާ ދޫކޮށްލާ މިގޮވަނީ ބައިލިބި ހުރި މީހަކަށް ވާންވެގެން ބަލަ ޔާމީނަކީ މާކުރިންވެސް ތުހުމަތު އޮތްމީހެއް އެސްޓީއޯ ސައިފަތް ދަނޑު އުތުރުކޮރެޔާ ތެޔޮޓޭންކަރު އެމް އެމް ޕީއާރުސީ ދަވާލުން 800 މިލިއަން ޑޮލަރުގެ ތެޔޮ ވެރިކަމުގަ ހުރެ ގޯތި ބޮޑުކޮށް ދަރުމަވަންތައިން ބައެއްގަ ގެ ހަދަން ފެށުން އޭނަ ގާނޫނުން ބަނދެވިފަ
ބަޣާވާތް
15 July 2020
ހާލުބޮޑު މީހުން މިހާރު ގެންދަނީ ހޮސްޕިޓަލަކަށް ނޫންތަ؟
ުވައިސޫރި
15 July 2020
ޑރ ވަހީދަކީ މެޑިކަލް ޑޮކުޓަރެއްތޯ ސިއްޙީފަރުވާއައް ޔާމީނު ގެއައް ބަދަލު ކުރަން ޖެހޭކަމައް ބުނާއިރު ޔާމީނައް މިދުވަސްކޮޅު އެންމެ ރައްކާތެރިކަންބޮޑީ މިހާރު ހުރިތަން
ނެތެއްނުން ސަލާމަތެއް
15 July 2020
ރައިސް ޔާމީން މިނިވަންވާން ޖެ ހޭނެ .! ދެންތިބިޔަކުވެސް ހުކުމްތަންފީޒުކުރާކަށް ޖަލަކު ނުތިބޭ! މި ހާރުން މި ހާރަށް ރައިސް ޔާމީން ގެއަށް ބަދަލު ކުރޭ! ނުކުރާނަމަ ދެން ހުކުމެއް ކޮއް ތަންފީޒު ނުކުރި ބަޔަކުވެސް ޖެ ހެނީ ޖަލަށް ދާން !. މިބަޔަކު މިނިވަން ވާން ވެއްޖެނަމަ ހުކުމެއް އެއީ އޮންނައެއްޗަކަށް ނުވޭ! ހިތަށް އަރާއިރަށް ބާތިލް ކުރަންވީ! ކޮބާއިންސާފު!!! .
ނެތެއްނުން ސަލާމަތެއް
15 July 2020
ޔާމީނުގެ ސަޕޯޓަރުން މި ހާރު ނޫސް ކިޔުން ހުއްޓާލީތަ ؟މިއޮއްގެން ޑިސްލައިކް ޖަ ހާނިޔާއިއްވީ !!
ޖޯކަރު ވަހީދު
15 July 2020
ޔާމީނު ގޭގަ ހުންނަނީ ހޮސްޕިޓަލެއް އަޅާފަތަ ފަރުވާއަށް ގެއަށް ބަދަލުކުރަން؟
އަހުމަދުބޭ
15 July 2020
ވަކިމީހަކަށް ވަކިގޮތެއް ހަދައިނެކަމެއް އަދީބުވެސް ދޫކޮއްލީ ދެން ޔާމީންވެސް ދޫކޮއްލައި ހަމަ މިއުސޫލުން ޖަލުގައި ތިބި އެންމެންވެސް ދޫކޮއްލައި، މިހާރު މިގައުމުގައި ކުއްވެރިވާނެ ކަމެއް އަދި ގޮތެއް ނެތް، ގަނޫނު ފައްކާ ކުރަމުން އެދަނީ ކުއްވެރިންނަށް ހިމާޔަތްދީ އެވެރިންނަށް ބުފޭހަދައި ކާންދީ މަޑުގޮދަޑީގައި ނިންދަވާގޮތަށް، ފަތިހުއަރާ އިރާއެކު ގުދުބިދެންދެން މަސައްކަތް ކުރާ މީހުން ތިބެންޖެހޭނީ ސަރުކާރަށް ޓެކުސްދައްކަން، އެލާރި ސިޔާސީވެރިން ބައިއަޅައިނީ
ފުރެކުޝަން --
15 July 2020
ގައިދީންނަށް ގައިޑު ލައިނުގެ ދަށުން އޮފުޑޭ ދޭން އެބަ ވިސްނަން
ޝައްފަ
15 July 2020
ހީހީހީ މަރުނުވީ ކިރިޔާ.
ސިން
15 July 2020
މިއީ މިހާރު ނަޝީދުއާއި ޕީޕީއެމް ގުޅިގެން ހިންގާ ޖަރީމާ
ކްއިކްގަން މުރުގަން
16 July 2020
އައްމިއްލަ އަށް ހިންގި ޖަރީމާއެއް ކޮންމެހެނެއް އެހެން ބައެއްގެ ބޮލަށް ކަނޑާނެ ކަމެއްނެތް.