ޚަބަރު / އިދިކޮޅު ފަރާތްތައް

ރައީސް، މަޝްވަރާ އަށް ދެއްވި ދައުވަތުގެ ނިޔަތާ މެދު ސުވާލު އުފެދޭ: ޝުޖާއު

އިދިިކޮޅު ޕީއެންސީގެ ނައިބު ރައީސް ޝުޖާއު ރައީސް އޮފީހަށް ވަދެވަޑައިގަންނަވަނީ.---ފައިލް ފޮޓޯ

މި އަހަރުގެ މިނިވަން ދުވަހުގެ ހިތާބުގައި، ސިޔާސީ ބޭފުޅުންގެ މަޝްވަރާ އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި ދައުވަތުގެ ނިޔަތާ މެދު ސުވާލު އުފެދޭ ކަމަށް އިދިކޮޅު ޕީއެންސީ ގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބު ކުރައްވަމުން ރައީސް އިއްޔެ ވިދާޅުވީ، ސިޔާސީ ކަންކަމުގައި ހިޔާލު ތަފާތުވިޔަސް، ގައުމުގެ އެންމެ މަތީ މަސްލަހަތާ ގުޅޭގޮތުން އެންމެން އެއްބަސް ވާންޖެހޭ ކަންކަން ހުންނާނެ ކަމަށެވެ. ސަރުކާރާ އެކުގައި މަސައްކަތް ކުރައްވަން ފެއްޓެވުމަށް، ހުރިހާ ސިޔާސީ ބޭފުޅުންނަށް ގޮވައިލައްވާ ކަމަށާއި އެ ބޭފުޅުންގެ މަޝްވަރާ އަށް އަބަދުވެސް މަރުހަބާ ދަންނަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސްގެ އެ ވާހަކަފުޅަށް ރައްދު ދެއްވަމުން ޝުޖާއު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ހިތާބެއްގައި އެ ދައުވަތު ދެއްވުމުން އެކަމުގައި އޮތް ނިޔަތާ މެދު ސުވާލު އުފެދޭ ކަމަށެވެ.

"ރައީސް ޔާމީން ޕާޓީ ޓޯކްސް އަށް ދައުވަތު ދެއްވީ އޭރުގެ އިދިކޮޅަށް އިސްވެ ސިޓީއަކުން. މީޑިއާ ހިތާބަކުން ނޫން. ތިޔަ ނިޔަތާ މެދު ސުވާލު އުފެދޭ،" ބާރަށު ދާއިރާގެ ކުރީގެ މެމްބަރު ޝުޖާއު ވިދާޅުވި އެވެ.

ތުއްތު ކުއްޖެއްގެ ބޭސްފަރުވާ އަށް އާސަންދަ މެދުވެރިކޮށް ރާއްޖެ އިން ބޭރަށް ފުރުން ލަސްވާތީ އެ ކުއްޖާގެ މައިންބަފައިން މީގެ ދެ ދުވަސް ކުރިން މުލީއާގޭގެ ކައިރީގައި ކުރި އިހުތިޖާޖަށް އިޝާރާތް ކުރައްވަމުން ޝުޖާއު ސުވާލު އުފެއްދެވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި، މަޝްވަރާ އަށް އިދިކޮޅުން ދާންވީ އެ ދެމަފިރިން "ސަލާން ޖެހި އުސޫލުން" ތޯ އެވެ.

ސިޔާސީ މަޝްވަރާ އަށް ގޮވައިލައްވަމުން ރައީސް ވިދާޅުވީ، ހުރިހާ ކަމެއް ސިޔާސީ ކޮށްފި ނަމަ އެކަމުގެ ގެއްލުން ތަހައްމަލު ކުުރަން ޖެހޭނީ ރައްޔިތުން ކަމަށެވެ.

ސިޔާސީ ބޭފުޅުންގެ ހިޔާލާއި މަޝްވަރާ އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގޮވައިލެއްވިއިރު، ހަތަރު ޕާޓީ ގުޅިގެން އުފެއްދި ބޮޑު ކޯލިޝަނަކުން އައި ވެރިކަމުގައި ގަވާއިދުން ޕާޓީތަކުގެ އިސްވެރިންގެ ބައްދަލުވުންތައް ބާއްވާނެ ކަމަށް ވިދާޅުވި ނަމަވެސް ވެރިކަމަށް ދެ އަހަރު ވެގެން ދިޔައިރު އެފަދަ ބައްދަލުވުމެއް ބާއްވާފައި ވަނީ އެންމެ ފަހަރަކު އެވެ. އެހެންވެ، އަމިއްލަފުޅު ކޯލިޝަންގެ ތެރޭގައި ނުކުރެވުނު މަޝްވަރާއެއް އިދިކޮޅާ އެކު ކުރިއަށް ގެންދެވިދާނެ ކަމާ މެދު ވެސް އިދިކޮޅުގެ އެކި އިސްވެރިން ސުވާލު އުފައްދަވަ އެވެ.

17 ކޮމެންޓް, 44 ރިއެކްޝަންސް

icon happy icon happy 18%
icon sad icon sad 2%
icon angry icon angry 80%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖަމާލު

29 July 2020

މި ކުޑަކުޑަ ގައުމުގެ ވެރިކަން ހެޔޮ ގޮތުގައި ނުކުރެވިގެން އުޅުމަކީ ހިތްދަތި ދެރަ ނިކަމެތި ކަމެއް. ބަޔަކާއި މަޝްވަރާ ނުކުރިޔަސް ގާނޫނާއި ގަވާއިދުގެ ތެރެއިން ކުރަންޖެހޭ ކަން ކުރުމާއި، މުޅި ސަރުކާރުގެ ސިޔާސީ މަގާމުތަކަށް ހަދިޔާދޭ އުސޫލުން ނާގާބިލު މީހުން ލައިގެން އެތައް ޚަރަދެއް ކުރުމަކީ ގޯސް ގޮތްކަން އެނގޭނީ މަޝްވަރާއެއް އިތުރަށް ކޮށްގެންތޯއެވެ. މިގައުމަށް ހެޔޮ ނަސީބު މިންވަރު ކުރައްވާފާނދޭވެ. އާމީން

The name is already taken The name is available. Register?

ނިޔަތް ނިޔަތް

28 July 2020

ނިޔަތް އެނގޭނީ މަޝްވަރާ ފެށީމަ!

The name is already taken The name is available. Register?

1234

28 July 2020

ތިމީހުންނާ މަޝްވަރާކުރާނެކަމެއްނެތް.

The name is already taken The name is available. Register?

އަކީނޯ

28 July 2020

ޝައިނީ މެދުވެރިއަކަށް ހަދައިގެން ޔާމީނު ތިޔަ ސަކަރާތް ޖެހި.

The name is already taken The name is available. Register?

ނަޝީދު.

27 July 2020

ހުސް އަޑި ނުބައި މީހުން

The name is already taken The name is available. Register?

ވހެއްވާ

27 July 2020

ޕީޕީއެމުން ގޮވާލިއިރު އޭރުގެ އިދިކޮޅުން މަޝްވަރާއަށް ދާކަށް ނުޖެހެޔޯ. އެކަމު މިހާރު އިބޫ ގޮވާލީމަ މިހާރުގެ އިދިކޮޅުން ދާންޖެހެޔޯ. ތިއަށްވުރެ ހެއްވާ ވާހަކައެއް ނެތް.

The name is already taken The name is available. Register?

ސުންކު ބޭ ބެ

27 July 2020

ތި މީހުންނަށް ވޯޓު ލިބުނު ވަރަށް މަޝްވަރާ ކުރެވޭނީ؟

The name is already taken The name is available. Register?

ރަށްއިތުމީހާ

27 July 2020

މާލޭމަގުތަކުގައި މުޒާހަރާ ކުރުން ޤާނޫނަކުން މަނާކޮއްފަ އޮތްއިރު އަދި ބޮޑު ބަލިމަޑުކަމެއް ފެތުރެމުންދާ ދަނޑިވަޅުގައި ބަލިން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތަކަށް އިތުރަށް ސަމާލުވުމަށް ޑޮކްޓަރުން އިންޒާރު ދެމުންދާއިރު މަގުމަތީ މުޒާހަރާ ކުރަން ފުރުސަތު ދިން ސަބަބު އޮޅުން ފިލުވާދިނުމަށް އިމްރާން އާއި ހަމީދު ކިބައިން އެދެން

The name is already taken The name is available. Register?

ުވައިސޫރި

27 July 2020

ޕީއެންސީ ބުނާހާގޮތެއް ހަދާކައް ނުޖެހޭނެ އެމީހުންވެސް ކަންތައް ކޮއްފާއޮތީހަމައެގޮތައް މިހާރުވެސް ދޫދޭވަރުމާބޮޑު ރޭގާވެސް ޕެޕާރސްޕުރޭކޮޅެއްވެސް ނުޖަހާ ކޮވިޑް މީހުން އިތުރުވާގޮތައް ގާނޫނާ ޙިލާފައް މުޒާހިރާ ކޮއްފާއެތިބީ ވީމާ ރައިއްޔަތުންގެހައްގުގާ ހަރުކަރުކަށި ފިއަވަޅު އެޅުންވަރައް މުހިންމު

The name is already taken The name is available. Register?

ހަނުހުންނަ މީހާ1

27 July 2020

މަ ތާއީދު

The name is already taken The name is available. Register?

ލ

27 July 2020

‏އެއް ރެއެއްގެ ދަންވަރުން ރައްޔިތުން ކައިރީ އަހާލުމެއް ވެސް ނެތި ބޭރު މީހުންނަށް ރާއްޖޭގެ ބިން މިލްކު ކުރެވޭގޮތަށް ގާނޫނެއް ފާސްކުރި ބަޔަކު މިއަދު ނިކުމެ ރާއްޖެ ވިއްކާލަނީ އޭ ގޮވިޔަސް ތި ދައްކާ ވާހަކަ ގަބޫލުކުރާ ބަޔަކު ނެތް ކަން އަދަދުން ވެސް އެނގޭ

The name is already taken The name is available. Register?

ޏޏޏޏ

27 July 2020

މިހާރު އޮތް ސަރުކާރުގެ ބޮޑު ޕާޓީގެވެސް ތާއީދާއެކު އެކަން ފާސްކުރީ. ވޯޓްލީއިރު ހަނދާނުގެ މައްސަލަ ޖެހިފަ ހުއްޓަސް ތިއީ ބޮޑުވަރު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454