ޚަބަރު / ފޮރިން މިނިސްޓްރީ

ރައީސް، ސަފީރުންނަށް: ކޮވިޑާ ދެކޮޅަށް އަދިވެސް ބޭރުގެ އެހީ މުހިއްމު

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތުގައި އަދިވެސް ބައިނަލްއަގުވާމީ ފަރާތްތަކުގެ އެހީ އާއި އެއްބާރުލުން ރާއްޖެއަށް ލިބުން މުހިއްމު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ މިނިވަންކަމަށް 55 އަހަރު ފުރުން ފާހަގަކުރަން، ބޭރު ގައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރުންނާއި ޑިޕްލޮމެޓުންނަށް ހާއްސަކޮށްގެން ފޮރިން މިނިސްޓްރީން ވާޗުއަލްކޮށް ބޭއްވި ހަފުލާގައި ރައީސް ވިދާޅުވީ ކޮވިޑުގެ ސަބަބުން އިޖުތިމާއީ އަދި އިގުތިސާދީ ކަންކަމަށް ބުރޫއަރައި އުނދަގޫ ނިންމުންތަކެއް ނިންމަން ޖެހުނު ކަމަށެވެ. އެއްކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމެވެ. މާލެ ސަރަހައްދު، އޭޕްރީލް 15 އިން ފެށިގެން ލޮކްޑައުން ކުރުމަކީ ވެސް އުނދަގޫ ނިންމުމެއް ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކޮވިޑާ ދެކޮޅަށް ކުރިމަތިލައި، އެ ބަލި ކޮންޓްރޯލްކުރަން ސަރުކާރުން ދުރާލައި އަޅަމުންދިޔަ ފިޔަވަޅުތަކުގެ ސަބަބުން އެ ބައްޔަށް ފަހު އަލުން އާ އާއްމު ހާލަތަށް ގައުމުގެ ކަންކަން ރުޖޫއަވަމުން އަންނަކަމަށެވެ. އެ މަސައްކަތުގައި އަދިވެސް ބޭރުގެ ފަރާތްތަކުގެ އެހީ އާއި އެއްބާރުލުން ރާއްޖެއަށް ލިބުމުގެ މުހިއްމުކަން ފާހަގަކުރެއްވި އެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (މ) އާއި ފޮރިން މިނިސްޓަރު ޝާހިދު (ވ) އަދި ފޮރިންގެ ސްޓޭޓް މިނިސްޓަރު ހަލީލް (ކ) ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް

"ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކުރުމާއި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރަން މަގުފަހިކުރުމުގެ މުހިއްމުު ފާހަގަކުރައްވައި، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފަތުރުވެރިކަމުގެ ދާއިރާގައި ކަންކަން އިންތިޒާމުވެފައިވާ ގޮތްތަކާއި އަދި އަޅާފައިވާ ފިޔަވަޅުތަކާ ބެހޭ މައުލޫމާތު ވެސް ހިއްސާކުރައްވާފަ އެވެ،" ރައީސް އޮފީހުގެ ވެބްސައިޓުގައި ވެ އެވެ.

ބައިނަލްއަގުވާމީ މުޖުތަމައުއަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރުމުގައި ބައިނަލްއަގުވާމީ މުޖުތަމައާ ގުޅިގެން ކުރިއަށް އޮތް ތަނުގައި ވެސް ރާއްޖެއިން މަސައްކަތް ކުރަމުން ގެންދާނެ ކަމަށާއި ވަކިން ހާއްސަކޮށް ކޮވިޑް-19 ގެ ސަބަބުން ދުނިޔޔެއަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށް ކުރަމުންގެން އަންނަ މަސައްކަތްތަކާއި މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ މައްސަލަތަކަށް ހައްލު ހޯދަން ކުރާ މަސައްކަތުގައި ރާއްޖެއިން އަބަދު ވެސް އެއްބާރުލުން ދެމުން ގެންދާނެކަން ރައީސް ފާހަގަކުރެއްވި އެވެ.

ކޮވިޑް-19 އާ ދެކޮޅަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކަށް އެހީވުމަށް، މިހާރު ވެސް ބޭރުގެ އެކި ގައުމުތަކާއި ޖަމިއްޔާތަކުން އެހީތެރިކަން އަންނަނީ ދެމުންނެވެ. އެކުވެރި ގައުމުތަކުގެ އިތުރުން މާލީ އިދާރާތަކުން ވެސް އަންނަނީ އެހީތެރިވަމުންނެވެ.

31 ކޮމެންޓް, 35 ރިއެކްޝަންސް

icon happy icon happy 3%
icon sad icon sad 17%
icon angry icon angry 80%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ައަފުރާސިޔާބު

28 July 2020

ލިބުނު އެހީ މަދުވީތޯ؟ ގައިމުން ކޮވިޑަށް ކުރި ޚަރަދަށްވުރެ ގިނަފައިސާ ލިބުނު. ބައެއް މީހުން މިހާރުކިޔާ ލާހިކެއްނޫނޭ ކޮވަޑަށް ކުރެވުނު ޚަރަދުގެ މިންވަރަކީ ކޮބައިކަމާއި ހަގީގަތުގައި ކުރަންޖެހިގެން ކުރި ޚަރަދު ތަކަކީ ކޮބައިކަން ސާފުނުވާނެގޮތަށޭ އެކަން ކޮށްފައިވަނީ. ދެން އަންނަ ސަރުކާރަކުން އެޚަރަދުތައް ހިނގާފައިވާ ގޮތް ބަލަންފަށާނެ 5 އަހަރުވާއިރުވެސް ނިންމައެއް ނުލެވޭނެ.

The name is already taken The name is available. Register?

ޢަފްލާ

28 July 2020

ފުރަތަމަ ޖީސީ ހަދަންވީ އޭރުން އެހެން ކަމެއް ކުރެވޭނި އިމާމްވެ ނަމާދުވެސް ކުރެވޭމީހަކއް ވާންޖެހޭނީ

The name is already taken The name is available. Register?

ފަޅުގޯތި އިބްރާހީމް

28 July 2020

އެއް ގައުމަށް ވަކި ޚާއްސަ އިމްތިޔާޒްތަކެއް ދޭ ސަރުކާރަކަށް ބޭރުގެ އެހީ ހޯދުމަކީ ދަތިކަމަކަށް ވާނެ، އޭރުން އެހެން ގައުމުތަކުން ބަލާނީ، ސަރުކާރަކީ އެ އެމްތިޔާޒްތައް ލިބެމުންދާ ގައުމެއްގެ ގޮނޑިކޮއްކޮ ސަރުކާރެއް ކަމަށް. ދެން އިންސާނީ ޚައިރާތެއްގެ ގޮތުގައި ދޭ އެތިކޮޅެއް ނޫން އެހެން އެއްޗެއް އެހެން ގައުމުތަކުން ދޭން ފަސްޖެހޭނެ.

The name is already taken The name is available. Register?

މުހައްމަދު ކަލޯ

28 July 2020

މާލޭގައި ދިރިއުޅޭ ދިވެހިން އަތްމަތި ދަތިވެ ކުލި ދެއްކޭނެގޮތެއް ނެތިގެން އުޅޭ ދަނޑިވަޅެއްގައި، މަނިކުފާނަކީ އޯގާތެރި ވެރިއެއް ނަމަ ، ހުޅުމާލޭގައި ހަދާ ނިމިފައިވާ ފްލެޓްތައް އިންސާފުން ބަހައި ރައްޔިތުންގެ ތެރެއިން ބައެއްގެ ނަމަވެސް ދިރިއުޅުމުގެ ތަކްލީފުތައް ކުޑަކޮށްދޭށެވެ! ބޭރުގެ އެހީ ނުލިބުނަސް މިކަން ކުރުމުގެ ބާރާއި އިޚްތިޔާރު މަނިކުފާނަށް ލިބިގެންވޭ ނޫންތޯއެވެ؟؟!

The name is already taken The name is available. Register?

Within Maldives

28 July 2020

ދިމާވެފައިމިވާ އިގްތިސާދީ ދަތިކަމުން އަރައިގަތުމުގެ ސިޔާސަތަކީ ދަނޑުވެރިކަމާއި ލާމަރުކަޒްކުރުން ކަމުގައި ނިންމީމަ ދެން ގައުމަށް އާމްދަނީ ވަންނާނީ ސަލާންޖަހައިގެން ނޫންތޯއެވެ. ސަރުކާރުން ކޮންޓްރޯލްކުރާ ބޮޑެތި ކުންފުނިތަކާއި ބޭންކުތަކުން ބޭރު ކަރަކަރައިގައި އިންވެސްޓްކޮށް ބޭރުފައިސާ ގައުމަށް އެތެރެކުރެވޭނެ އެހެން ގޮތްތަކެއް ހޯދަން ނުޖެހޭ ބާ؟ ރިސޯރޓް މެނޭޖްކުރާ ކުންފުންޏެއް ހަދައި ރާއްޖެއާއި ބޭރު ގައުމުތަކުގައިވެސް ދިވެހިންގެ ވިޔަފާރިފުޅާ ކުރަން ވީ!

The name is already taken The name is available. Register?

ހާމަ333

28 July 2020

ނާށިގަނޑު ހިފައިގެން މުޅިދުނިޔޭގަ ސަލާންޖެހިޔަސް މި 5 އަހަރު ނިމޭއިރުވެސް ތިކަމެއްނުވާނެ....އެމްޑީޕީ ސަރުކާރަކަށް ތަރައްގީ ގެންނާކަށް ނޭގޭނެ....ގައުމު އިނދަޖެހި ފަނާވުން ނޫންކަމެއް ނާދޭ....ބިލިއަނުން މިލިއަނުން ކާލައިފި...ގައުމުގެ ކުރިމަގަށް އެޅުނު ގަލެއްގެ މިންވަރުވެސް ނެތް...

The name is already taken The name is available. Register?

ތިރަށުއައްމަޑޭ

28 July 2020

މިލިޔަނުން މާސްކު ލިބުނު އިރު، މިރަށަށް މާސްކު ގަނޑެއްހާ ހިސާބުވެސް ނުލިބެ. ކޮންތާކަށް ބާ އެ ދިޔައީ؟

The name is already taken The name is available. Register?

ގައުމީދޫ0001

28 July 2020

ކޮވިޑުގެ ސަބަބުން އިގްތިސާދީގޮތުން ލިބުނު ގެއްލުން ފޫ ބެއްދުމަށް ދަނޑުވެރިކަން އިތުރުކުރުމާއި ލާމަޒްކަރުކުރުމުގެ ކަންކަން ތަންފީޒުކުރުން ކަމުގައި ހެދުމުން ދެން ބޭރު ފައިސާ ހޯދަންޖެހެނީ ސަލާން ޖަހައިގެން ނޫންތޯ އެވެ. ޢެސްޓީއޯ ދިރާގު ބީއެމްއެލް އިން މޮނޮޕޮލިއިޒްގެ ތެރެއިން ދިވެހިން ފެލުމުގެ ބަދަލުގައި ވާދަވެރި މާރކެޓްތަކުގައި އިންވެސްޓްކޮށް ޑިވޮޑެންޑް ބޭރުފައިސާއިން ހޯދުންވެސް މާ ބުއްދިވެރި

The name is already taken The name is available. Register?

އެދުރުކަލޭފާނު

28 July 2020

އިބޫ ތިކަންތައް އަހަރުމެންނަށް އިނގޭ މީހުން ސަލާޖަހާތީވެ. ހިނގާ ރޯލަމާ...އެދުރުކަލޭފާނު ބުނި ކޮރޯނާއަކީ އާދައިގެ ހުމެކޭ ރަޖާނުލާށޭ! އެދުރުން ބުނީމަ މަމެން ހަނު. އަހަންނަށް ރޮވެނީ

The name is already taken The name is available. Register?

ނާސިރު ބޭނުމީ މިނިވަންކަން.

28 July 2020

މިމީހުންނަ ތާއީދު ކުރާނީ ގަމާރު މީހުން މިހާރު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454