ޕީޕީއެމްގެ ރައީސް މައުމޫން: އެ ޕާޓީގައި އެމަނިކުފާނު އަދާކުރެއްވި ހުރިހާ ޒިންމާތަކެއް ކޯޓުން ވަނީ ރައީސް އަބްދުﷲ ޔާމީނާ ހަވާލުކޮށްފައި --ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
25 އޮކްޓޯބަރ 2016 - 11:40
ޕީޕީއެމް ހިންގުމުގެ ހުރިހާ ބާރެއް ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަންނަވާ ގޮތަށް ސިވިލް ކޯޓާއި ހައި ކޯޓުން ކުރި ހުކުމް، ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގައި މިއަދު އިސްތިއުނާފްކޮށްފި އެވެ.
ޕީޕީއެމް ތެރޭގައި އުފެދުނު ޚިޔާލު ތަފާތުވުންތަކާ ހެދި ޕާޓީ ދެ ބައިވެފައި ވަނިކޮށް އެ ޕާޓީ ހިންގުން ރައީސް ޔާމީނާ ހަވާލުކޮށް ސިވިލް ކޯޓުން ހުކުމްކުރީ އެ ޕާޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ދެ މެމްބަރަކު ހުށަހެޅުއްވި މައްސަލައަކާ ގުޅިގެންނެވެ.
ޕާޓީގެ އަމިއްލަ މެމްބަރެއް ކަމަށްވާ އައްބާސް ވާފިރުގެ ފަރާތުން އެ މައްސަލަ އިސްތިއުނާފް ކުރުމުން މިދިޔަ އާދިއްތަ ދުވަހު ހައި ކޯޓުން ވަނީ ދަށު ކޯޓުގެ ހުކުމް ދަމަހައްޓައިފަ އެވެ.
ހައި ކޯޓުގެ އެ ނިންމުން އިސްތިއުނާފް ކުރަން މައުމޫންގެ ފަރާތްޕުޅުން މިއަދު ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަން ރައީސް މައުމޫންގެ ފެކްޝަނަށް ނިސްބަތްވާ ޕީޕީއެމުގެ ރަސްމީ ޓްވީޓާ އެކައުންޓްގައި ވަނީ ކަށަވަރުކޮށްދީފަ އެވެ.
ސުޕްރީމް ކޯޓުގެ ގަވާއިދު އޮންނަ ގޮތުން އެ ކޯޓަށް މައްސަލަ ބަލައިގަތުމާ މެދު ގޮތެއް ނިންމާނީ އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުންނެވެ.
ދަށު ކޯޓުގެ ހުކުމާ އެކު ޕީޕީއެމް ތެރޭގައި ރަސްމީކޮށް، ދެ ފެކްޝަނެއް އުފެދި އަދި ދެ ކައުންސިލެއް ވެސް ވަނީ އުފެދިފަ އެވެ. އެހެންވެ އަސްލު ޕީޕީއެމް އޮޅި، ކޮންމެ ކައުންސިލަކުން ވެސް ދަނީ އަނެއް ކައުންސިލްގެ މައްޗަށް ނިންމުންތައް ނިންމައި، މަގާމުތަކަށް ބޭފުޅުން އައްޔަން ކުރަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހްމަދު
26 October 2016
މިހާރު މައުމޫނަވެސް އަލާކެނޑިފަ ހުންނާނީ ހުކުމް އޮންނާނީ ލިޔެނިމިފައި . ކަރުބުޑުގައި މިފަހރު ރަގަޅަށް ރަހަލާނެ ޔަޤީން
ސާދާސީދާ
26 October 2016
ސްޕްރީމް ކޯޓަށް ހުށަހެޅިޔަސް، މަނިކުފާނު ޕާރޓީ ނުހިންގަވާ، ކައުންސިލް ބައްދަލުވުންތައް ބޭއްވުމަށް އިންކާރުކުރުމަކީ ބަލައިގަނެވޭނެކަމެއް ނޫން. ނުހިންގެންޏާ އިސްތިއުފާދެއްވަންވީ. ދެން އަސާސީ ޤަވާޢިދާއި އެއްގޮތަށް އެހެން ރައީސަކު އިންތިޚާބުކުރައްވަންވީ.
ހިނިތުންވެލާށެކަލާ
25 October 2016
މައުމޫނުވެސް ތަންކޮޅެއް ހަމަޖެހެން ވެއްޖެ ރާއްޖެޔައް މިލިބޭކުރިއެރުމާ ތަރައްގީ ގެނެސްދިނުމުގަ ޔާމީނައް އެންބާރުލުން ދޭންޖެހޭ މިހާރު އެދަނީ ކުޅުދުއްފުށިއެއާޕޯޓުވެސް ފެށުމައް ތައްޔާރުވަމުން ހިތުންރުހުމުން ޔާމީނައް ވޯޓުލާނަން މިފަހަރު ރިސޯޓުތައްވެސް އެދަނީ އަންނަމުން
މުހަންމަދު
26 October 2016
އަސް! އަހަން އޭރުވެސް ހީކުރިގޮތްވީ! މިމަނިކުފާނުގެ ބޭބޭފުޅުވެސް ކޮންމެ 5 އަހަރަކުން މިފަދަ ހުވަފެންދައްކަމުންގޮސް ދިގު 30 އަހަރު ހަމަކުރި. އެނެއްކާ ކޮއްކޮވެސްފެށީ؟ މުސްކުޅިންއެބުނަނީ ހެޔޮކޮށް! އަލަގަހަކުން ކެޔޮނިރެއްނުފަޅާނެއެވެ! ހަމަ ކަލް.......!
ހަތަރެސްކަން
25 October 2016
ސްޕްރީމް ކޯޓުން މި މައްސަލަ ރައީސް ޔާމީންގެ "ފެކްޝަން" އާ އެއްކޮޅަށް ނިއްމައިފިްޔާ ރައީސް މައުމޫންގެ ފެކްޝަން ޖެހޭނީ އަމާން ދޭން. ހަމަ ގައިމުވެސް ޕީޕީއެމް އޭ ކިޔައިގެން ސިޔާސީ ހަރަކާތެއް އޭރުން ނުހިންގޭނެ.
އައްޑޫ ރަދުން
25 October 2016
ހުކުމް ކުރާނީ މިވެނިގޮތަކަށޭ ކިޔާފަ މައްސަލަތައް ކޯޓުތަކަށް ނުވެއްދުމަކީ ލިބޭ ދެރައެއް.ނޭވާ ނުލެވޭވަރަށް މައްސަލަތައް ވައްދާފަ ބަހައްޓަންވީ.އޭރުން ފަހުން އެކަމުގެ ފައިދާކުރާނެ..
މޫސަބޭ
25 October 2016
'ލެފްޓް ޕާޓީ' ނަމުން ނަމެއް ދީފަ ޕާޓީއެއް އުފަންދަންވީ އެނޫން ގޮތެއް ނެތް !!!!!
އައި
25 October 2016
މިހަަރު އިގޭނެ ނުހައްގު ހުކުމް އިއްވީމަ ވާގޮތް، މިރާއްޖޭގަ އަދުލް އިންސާފް ނެތޭ މި ގޮވަނީ 1978 ވަނަ އަހަރުން ފެށިގެން ނޫނީ އޭގެ ކުރިން ފެށިގެން.
އިބްރާހީމް
25 October 2016
ވަކި ސަހަލު ވާނެތަ؟
ވިސްނާ
25 October 2016
ސްޕްރީކޯޓަށްވެސް ކުރެވޭނެ އިތުރު ކަމެއްނެތެވެ. ކުރީގެ އުއްތަމަ ފަޑިޔާރާއި އަދި ސްޕްރީމް ކޯޓްގެ އިތުރު ފަޑިޔާރަކަށް ދާންޖެހުނުތަން އަދި ހަދާނެއް ނުނެތެވެ. ހައިކޯޓްގެ ފަޑިޔާރުންނެކޭ އެއްގޮތަށް ސްޕްރީމް ކޯޓްގެ ފަޑިޔާރުންނަށްވެސް ވަނީ ނަޒާހަތްތެރިކަމުގެ ފުލެޓްތައް ލިބިފައެވެ. އެއީ އެހެން ހައުސިން ސްކީމަކުން ފުލެޓާއި ގޯތި ލިބިފައި އޮތަސްމެއެވެ. އެއާއެކު އިތުރު ނަޒާހަތްތެރިކަމަށެވެ.
ފަޒީ
25 October 2016
ޔާމީން ޕީ ފަޅީގައި ތިއްބެވި ބޭފުޅުންނަކަށް ނޭންގޭ އެބޭފުޅުން ތިއްބެވިފަޅީގައި ހުންނެވި ރައީސް އެމަޤާމުން ވަކިކުރާނެ ގޮތެއް. ތިޔަ ހުރިހާ ތޮޅުމެއް ނުތޮޅެ ނިކަން ރައީސްގެ މަޤާމުން މައުމޫނު ދުރުކޮށްބަަލަ. އޭރަކުން ނުކުރޭނެ ތިޔަ ދަޢުވާއެއްކުރަކަށް. އެކަމަކު ގައިގާނުޖަހާ ތަދުވާވަރު ކުރަން ބޭނުންނަމަ ލޯބިވާބޭބެ އަށް ދެވޭނެ ތިޔަށްވުރެ ރަނގަޅު އެހެންވޭނެއް ނޯންނާނެ.