މަޖިލިހުގެ ކޮމިޓީއެއްގައި އުޝާމް ބައިވެރިވެވަޑައިގަންނަވަނީ: ކޮވިޑް-19 އާ ގުޅިގެން ހެލްތް މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގެ މައްސަލަ ބަލަން ގޮވާލައި، މަޖިލީހަށް ވަނީ ކުއްލި މައްސަލައެއް ހުށަހަޅާފައި -- ފޮޓޯ/މިހާރު
17 އޯގަސްޓް 2020 - 10:56
ކޮވިޑް-19 އާ ގުޅިގެން ހެލްތު މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީން އަމަލު ކޮށްފައިވާ ގޮތްތައް ދެނެގެންނަން އޮޑިޓާ ޖެނެރަލްގެ އޮފީހުން ކުރި އޮޑިޓު ރިޕޯޓުތަކުން ބޮޑެތި ގޯސްތަކެއް ފެންމަތިވުމުން އެކަމަށް ބަހުސް ކުރަން ރައްޔިތުންގެ މަޖިލިހަށް ކުއްލި މައްސަލައެއް މިއަދު ހުށަހަޅައިފި އެވެ.
ކޮވިޑް-19 އާ ގުޅިގެން އެ ދެ މިނިސްޓްރީން ކުރި ޚަރަދުތަކުގެ އޮޑިޓް ރިޕޯޓުގައި މާލިއްޔަތު ގަވާއިދާ ޚިލާފަށް އެތައް ކަމެއް ފާހަގަ ކޮށްފައިވެ އެވެ. އެކަންކަން ބެލުމަށް ގޮވާލައި، މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުއްވީ ވިލިމާލޭ ދާއިރާގެ އަމިއްލަ މެމްބަރު އަހުމަދު އުޝާމެވެ.
އެ މައްސަލާގައި ވަނީ މާލިއްޔަތު ގަވާއިދާ ޚިލާފަށް ގިނަ ކަންތައްތަކެއް ހެލްތު މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީން ކޮށްފައިވާ ކަން ހާމަވާއިރު، އެ ކަންކަން އޮޅުވައިލަން އެ މިނިސްޓްރީތަކުން ދޮގު މައުލޫމާތު ކުރިން ދީފައިވާ ކަމަށެވެ. މިކަމުގައި ދައުލަތުގެ އިސްވެރިންގެ އިހުމާލުތަކެއް އޮތް ކަމަށް ގަބޫލު ކުރެވޭ ކަމަށާއި އެހެންވެ، އެކަމާ ގުޅިގެން މިހާރުން މިހާރަށް މުއައްސަސާތަކުން ފިިޔަވަޅު އެޅުމަށް ގޮވާލާ ކަމަށް އެ މައްސަލައިގައިވެ އެވެ.
ކޮވިޑް 19 އާ ގުޅިގެން ސަރުކާރުގެ ވުޒާރާތަކުން ހަރަދުތައް ކުރުމުގައި ރައްޔިތުންނަށް އޮޅުވާލައި، ރައްޔިތުންގެ ފައިސާއިން ވައްކަންކޮށްފައިވާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ.👇🏾 pic.twitter.com/OanN3oMlGK
— Ahmed Usham (@a_usham) August 17, 2020
މެމްބަރު އުޝާމް، މަޖިލިހަށް މިއަދު ހުށަހެޅުއްވި ކުއްލި މައްސަލަ
ކޮވިޑް-19 އާ ގުޅިގެން ދުބާއީ ކުންފުންޏަކާ ހަވާލު ކޮށްގެން ވެންޓިލޭޓަރު ގެނައުމާއި މެޑިކަލް ސާމާނު އެސްޓީއޯ މެދުވެރިކޮށް ގެނައުމުގައި ވެސް މާލިއްޔަތު ގަވާއިދާ ޚިލާފަށް އެތައް ކަމެއް ހެލްތު މިނިސްޓްރީން ކޮށްފައިވާ ކަން އޮޑިޓު ރިޕޯޓުން ހާމަވެފައިވެ އެވެ. އަދި 32 މިލިއަން ރުފިޔާގެ މެޑިކަލް ސާމާނު ގަތުމަށް ފައިސާ ދޫކުރިޔަސް، އޭގެ ތެރެއިން ލިބުނީ ކޯއްޗެއް ކަން ކަށަވަރު ނުކުރެވޭ ކަމަށް ވެސް އެ ރިޕޯޓުގައިވެ އެވެ.
ދުބާއީގެ ކުންފުންޏާ ވެންޓިލޭޓަރު ގެނައުމުގެ މަސައްކަތް ހަވާލުކުރީ ޑަބްލިއުއެޗްއޯގެ ލަފައަށް ކަމަށް ސަރުކާރުން ބުންޏަސް، އެއީ ދޮގެއް ކަން ވެސް އޮޑިޓުން ހާމަވި އެވެ. މީގެ އިތުރުން ޓޫރިޒަމް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ވެސް މާލިއްޔަތު ގަވާއިދާ ޚިލާފަށް އެތައް ކަމެއް ފާހަގަ ކޮށްފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަޝީދު.
17 August 2020
އެޖެންޑާ19ގަ ހައްގުމިންވަރު ހޯދައިދޭން ވީހާ ވައުދު ކޮބާ؟ ސަރުކާރުން ވިޔަފާރިކުރުން ހުއްޓާލަން ބުނިންތަ؟ ހުރިހާ އިންޕޯޓް ޑިއުޓީ ކަނޑާލަން ބުނިންތަ؟ އަނބިދަރިންގެ ހިސާބުތައް ހާމަކުރަން ބުނިންތަ؟ ހުޅުމާލެއާ ގުޅީފަޅުން ގޯތިދޭން ބުނިންތަ؟ އެލް.ޖީ.އޭ އޮވާލާ އަތޮޅާ ރަށުސަރުކާރަށް ބާރުތައް ބަހާލަން ބުނިންތަ؟ އިންޓަނެޓް އަގުހެޔޮކުރަން ބުނިންތަ؟ ކޮމިޝަންތަކެއް ހަދާ ތަހުގީގުތަކެއް ހާމަކުރަން ބުނިންތަ؟ ވަޒީފާ ގެއްލުވާލިމީހުންނަށް ވަޒީފާ ދޭން ބުނިންތަ؟
ކޭތަ
17 August 2020
ތިންއަހަރުގެ ވެރިކަމުގެ އޮޑިޓް ރިޕޯޓްތަކުގެ މައްސަލަތައްވެސް ބައްލަވާ ފިޔަވަޅު އަޅުއްވައްޗޭ.
ސިކުނޑި
17 August 2020
ރަނގަޅު ކަމެއް އެހެނަސް ތިކަން ކުރަން އެންމެ އައުލާކަންބޮޑީ އޭސީސީއާއި ޕީޖީ! އެއީ މިނިވަން މުއައްސަސާތައް އެމީހުން އެކަން ނުކޮށްފިޔާ ދެން މަޖިލީހުން ތިކަމާ އުޅެންވީ! އުޝާމު ކުރިން ދެންނެވިހެން މަޖިލީހުން ހުރިހާ ކަމަކާބެހެންޏާ ކޮސްހޮވޭތަން އަންނާނެ!!
ޓަކަފިރޯށި
17 August 2020
ބިޑުކޮމެޓީގެ ނަންތައް ހާމަކޮށް އދި އެމިހުން ނިސްބަތްވާ ޕާޓީ(ގޭންގު)ގެ ނަންތަށް ހާމަކުރޭ! އަމީނު ބޮލަށް އެކަނި ކަނޑައިިނުލާ
ހަކީމް
17 August 2020
ކޮވިޑް ސެންޓަރު ހަދައިގެން ބޮޓް ތަށް ކޮމެންޓް ކުރުމާއި މިނިސްޓަރު ދިފާއުކުރުމުގައި ... އިމަރޖެންސީ ނަންބަރުން ފޯނެއް ނުނަގާ ...
ބައިރޯ
17 August 2020
ހާދަ ވައްކަމެކޭ
ބިޑް ކޮމިޓީ
17 August 2020
ރަނގަޅު ކަމެއް. ތިޔަ ނިންމުމުގެ ސަބަބުން ދެފުއް ފެންނަ ގޮތަށް މިކަން ސާފުވެގެންދާނެ. އަދި ތި ނިންމުމުގެ ސަބަަބުން މިހާރު ހެލްތު މިނިސްޓްރީ ހިނގާގޮތްވެސް ހަރުދަނާކަން ސާފުވެގެން ދާނެ. ބިޑް ކޮމިޓީ ވިޔަސް، ފްރޮކިއުމަންޓް ސެކްޝަން ވިޔަސް، ކޮންމެ ތަނެއްވެސް އެއްވެސް ނުފޫޒެއް ނެތި ހިނގާކަން އެނގި ސާބިތުވާނެ. ހެލްތު މިނިސްޓަރުގެ އަގުވައްޓާލަން ކުޅޭ ސިޔާސީ ޑްރާމާގެ ހަގީގަގްވެސް ރައްޔިތުންނަށް ސާފުވާންޖެހޭ.
ޢަހުމަދު ހަބީބް
17 August 2020
ކިހާ ރަނގަޅު ދޯ ބަލިމަޑުކަމުގަ އިގްތިސާދު އިނދަ ޖެހުނު ހިނދު ރައްޔިތުންގެ ބައިތުލްމާލުން ވެންޓިލޭޓަރާއި ސިއްޙީ ސާމާނު ގަންނަން މިލިޔަނުން ބަޔަކަށް ފައިސާ ދޫކޮށް ، އެ ސާމާނު ނުލިބި އެކަށީގެންވާ ސިއްހީ ޚިދުމަތް ނުދެވި ދިޔައިމަ.؟ މިވަރަށްދޯ ކަމެއް ރަނގަޅަށްކުރެވޭނީ ! ކޮންޓެކްޓް ޓްރޭސިންގް ހެދުމުގެ ބަދަލުގައި ކޮރަޕްޝަން ދިފާއުކޮށްދެނީ ބާ؟
އެލެކޮސް
17 August 2020
ހެލްތު މިނިސްޓަރާ، ފިނޭންސް މިނިސްޓަރު ވަގުތުން ހައްޔަރުކޮށް ތަހްޤީޤު ފަށާ. ހުރިހާ ކުދިން ބަހާލައިގެން މިލިއަނުން މިލިއަނުން ފައިސާ ގަނޑު މަޅާލީ. ތިޔަކަމުގައި ހެލްތު، ފިނޭންސް، ރައީސް އޮފީހުގެ ޖީބަށް ފައިސާތައް އަޅާލީ. ވަގުތަކުން އަލިފާނެއް ނާރާނެ ވިއްޔަ. އަދީބެއް، ޔާމީނެއް ކިޔާނެ ކަމެއް ނެތް. ކުރަނީ އެއް ކަމެއް. ވައްކަން. ވައްކަން. ވައްކަން
ބައިބަލާ
17 August 2020
ސިޔާސީ ކުޅިގަނޑު ފެށުނީ
ާފެން
17 August 2020
ދެން ކިހިނެއް ބާ ގިނައިން ކާނީ