މާލިއްޔަތު ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި އޮޑިޓަ ޖެނެރަލް ހަސަން ވާހަކަ ދައްކަވަނީ: ދައުލަތަށް ގެއްލުންވާ އެއްވެސް ކަމެއް ބަލައިނުގަންނާނެ ކަން މަޖިލީހުން ހާމަކޮށްދޭން އޭނާ އެދިވަޑައިގަތް.---ފޮޓޯ: ނިޝާން އަލީ/މިހާރު
18 އޯގަސްޓް 2020 - 19:51
ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށް، ގެއްލުންވާ ގޮތަށް ކޮންމެ ފަރާތަކުން އަމަލު ކުރިޔަސް، އެއީ ބަލައިގަންނާނެ ކަމެއް ނޫން ކަން ބަހާއި އަމަލުން ރައްޔިތުން މަޖިިލީހުން ކަށަވަރުކޮށް ދޭން އޮޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު މަޖިލީހުގައި މިއަދު އެދިވަޑައިިގެންފި އެވެ.
ކޮވިޑް-19 އާ ގުުޅިގެން ހެލްތް މިނިސްޓްރީންނާއި ޓޫރިޒަމް މިިނިސްޓްރީން ކުރި ޚަރަދުގައި މާލިއްޔަތު ގަވާއިދާ ޚިލާފު ބޮޑެތި މައްސަލަތަކެއް ހުރި ކަން އޮޑިޓާ ޖެނެރަލް ނެރުއްވި، އެ ދެ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުން ވަނީ ހާމަވެފަ އެވެ. އެ މައްސަލަ މަޖިލީހުން މިހާރު ދަނީ ބަލަމުންނެވެ.
މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އޮޑިޓަ ޖެނެރަލް ވިދާޅުވީ، މަޖިލީހުން އެ މައްސަލަަތައް ބަލަން ނިންމުމުން، އޭނާ އާއި އޮޑިޓް އޮފީހުގެ މުވައްޒަފުންނަށް އިތުރު ހިތްވަރެއް ލިބިފައިވާ ކަމަށާއި ދައުލަތުގެ ފައިސާ ރަނގަޅަށް ބެލެހެއްޓޭނެ ފުރިހަމަ ނިޒާމެއް ގެނެވޭނީ މުޅި ދައުލަތުގެ މުއައްސަސާތަކުގެ އެއްބާރުލުން ލިބިގެން ކަމަށެވެ. ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ އަމަލެއް ކޮންމެ ފަރާތަކުން ކުރިޔަސް، އެކަން ބަލައިނުގަންނާނެ ކަން ދައްކައިދޭން އޭނާ ކޮމިޓީގައި އެދިވަޑައިގަތެވެ.
"ދައުލަތަށް ގެއްލުންވާ ގޮތަށް އެއްވެސް ފަރާތަކުން އަމަލުކުރާ ނަމަ، އެކަމަކީ ދިވެހި ދައުލަތުން އެއްވެސް ގޮތެއްގައި ތަހައްމަލު ކުރާނެ ކަމެއް ނޫންކަން އަމަލާއި ބަހުން ކަށަވަރުކޮށް ދެއްވާ،" ހަސަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އޮޑިޓް އޮފީހުގެ މުވައްޒަފުން ކުރަނީ ވަރަށް ބުރަ އަދި އިހްލާސްތެރި މަސައްކަތެއް ކަމަށާއި އެކަމުގައި މަޖިލީހުުގެ އެއްބާރުލުން ލިބުމަކީ ލިބޭ އިތުރު ހިިތްވަރަކަށް ވާނެ ކަމަށެވެ. ކޮންމެ އޮޑިޓް ރިޕޯޓަކީ ވެސް ވަރަށް ހަރުދަނާ އުސޫލުތަކެއްގެ ތެރެއިން އަންނަ މުހިންމު ރިޕޯޓެއް ކަމަށް ވިދާޅުވެ، އެކަން ބަލައިގަތުމަށް އެދިވަޑައިގަތެވެ.
"މީގެން ކޮޮންމެ ރިޕޯޓަކީ އެއްވެސް އިސްތިސްނާއެއް ނެތި ހަމަ މުހިންމު ރިޕޯޓް. މި ރިޕޯޓް ހަމަ މި ޚާއްސަ ވަނީ ތިޔަ ބޭފުޅުން މި ރިޕޯޓް ޚާއްސަ ކުރުމުން. ތި ބޭފުޅުންގެ މަސައްކަތުން." އޮޑިޓަ ޖެނެރަލް ވިދާޅުވި އެވެ.
ހެލްތް މިނިސްޓްރީގެ އޮޑިޓް ރިޕޯޓާ ގުޅިގެން ހެލްތް މިނިސްޓަރު އަބްދުﷲ އަމީން އަމިއްލަ އަށް މަސައްކަތުން އެކަހެރިވެ ވަޑައިގެންފައި ވާއިރު، އެ މިނިސްޓްރީގެ ބައެއް އިސްވެރިން ވަނީ ތަހުގީގު ނިމެންދެން ސަސްޕެންޑްކޮށްފަ އެވެ. އޭގެ ތެރޭގައި ސިިޔާސީ ބޭފުޅުންނާއި މާލީ ވެރިން ވެސް ހިމެނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރެޑްމޭން
19 August 2020
ޒިޔަތުމެންނަށް މިހާރު ތިޔަހެންބުނެލަން ކެރޭކަންވެސް ރަނގަޅުތާ. ކުރީދައުރުގައި އެއޮށްހާ ލާރިތަށް ކޭއިރު ޗުއްޕުވެސް ނުބުނެ ގަންނާކުރައްވާ ބިރުން މަޑުން ހުރީނު.
އިސްމާލު
19 August 2020
އެޗް.ޑީ.ސީ އިން އުޅެނީ ހުޅުމާލޭގައި އިމާރާތްތަކެއް އަޅާނެ ބަޔަކު ހޯދަންވެގެން އިއުލާނު ކޮށްގެން. ބިޑިންގް ޕޮރޮސެސް އަދި އިވެލުއޭޝަން ސްޓޭޖްގެ ހާއްސަ އޮޑިޓެއް ކުރަން ފެނޭ.
ޢަހްސަން ފަރީދު
18 August 2020
މުޅި ގަ އުމު އެކި ދިމަދިމާލުން ކާ އި ހުސްކުރާ އިރު އޮޑިޓާރ އަށް ފެނުނީ (ބަލި މަޑު ކަމެ އްގެތެރޭ 24 އިރު ރަ އްޔަތުންނަށްޓަކާ ޑި އުޓީ އަދާ ކުރި) މިނިސްޓަރ ޢަމީން . އަސްލު މަ އއްސަލަ އަކީ. ކުޑަދުވަސް ކޮޅެ އްގެ ތެރޭ ރަ އްއިޔަތުނަގެ ތާ އިދާ، ސަޕޯޓް ލިބެމުން ސިޔާސީ ހަސަވެރިންގެ ހި އް ހަލާކުވެގެން. ޒަމާނީ ޓެކްނޮލޮޖީގެ އެހީގަ ބްރޭންވޭވްސް ޓެކް ބެނުންކުރުމުން ދަ އްކަނީ ޢޮޑިޓާރ އަށް މަޖިލިސް ރަ އީސް އަންގަ އިގެން ގަސްތުގަ ކުރުވާކަމެ އްކަމަށް.
ލީލާވަތީ
18 August 2020
ޢަމީނޫ ދަރިޔާ އަދި މަގާމުދިނަސް ތި އަންނި ގުރޫޕާ ގުޅިގެން އުޅުމަކީ އާފާތެ އް. ދިވެހިން ބުނެ އުޅެޔެޢްނު. ފެތުނު އޮޑިރިޔާ ދަށުވިޔަސް ކަނަކު އަތް ދޮށުނުވާށޭ. ދަރިފުޅަށް ތި އޮތީ ކަނަކު އަތް ދޮށުވެވިފަ. ކޮވިޑް ތެރޭ ކުރެޢްވި މަސަތްކަތަށް ސާބަސް
ދިއްދޫމީހާ
18 August 2020
ކޮވިޑްއާ ގުޅުވާގެން މާފުށީ ޖަލުގާވެސް ބިޑަކާ ނުލާ ބަޔަކު މީހުންނަ ދީގެން އެބަ ޖަލެ ހަދާ، މީވެސް ހަމަ ކޮރަޕްސަންގެ އަމަލެ،،
އެކްޓިވިސްޓް
18 August 2020
ބަޔަކު ޤަބޫލުކުރިއަސް ނުކުރިއަސް ކުރީސަރުކާރުގަތިބި ކޮރޮޕްޝަން ހިންގާފަތިބި މީސްމީހުން މިސަރުކާރުގެތެރޭގައި ތިބެގެން އެގެންދަނީ މިސަރުކާރު ބަދުނާމުކޮށް ފެއިލް ކުރުމަށް މަސައްކަތްކުރަމުން، އެކަން ވަރަށްގާތުން އަޅުގަނޑުމެންމިދަނީ ތަޖުރިބާކުރަމުން، ހަމަޔަޤީނުންވެސް އަޅުގަނޑުމެން މިދެކޭތަނުގަތިބި ޔާމީން ވައްދާފައިތިބިމީހުންނާއި ޔާމީން މަތީމަޤާމްތައް ދީފައިތިބި މީހުން ކުރިއަށްވުރެ ކުރާ ވައްކަމާއި ހިންގާ ކޮރޮޕްޝަންތައް މާގިނަވެފައި މާބޮޑެތި،
ފޮޑި2
18 August 2020
ދެންވެސް ކުރީ ސަރުކާރު ޔާމީން. ދެން ތިދެން ނުގޮވާ ކުރީ ބުރުގޮތަށް އިސް ތި އުފާ ދޭންވީނު. ފަހުން ބޮލުގަ ބޮންބެހެ އް ޓީމައި ު. ޢިސްތި އުފާދިނި އްޔޭ ބުނަންވެސް
MISTIC
18 August 2020
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އޮޑިޓް ކޮށްދީބަލަ ހެޔޮނުވާނެ
ޙިނި
18 August 2020
ބިޑު ކުރުން މީ ވަކިބަޔަކައް ފަހާ ކޯޓެއް ހެންވެސް ހީވޭ. ޢެބަހުރޭ ޖަހާފަ ތަޖުރިބާ ސިޓީ ހުންނަ ޖެހެނީ ވަކި ތާރީހަކައް. މިވެނި އަދަދެއްގެ އަގުހުރި މަސައް ކަތެއް ކޮއްފައިވުން. މީ އާދައިގެ މަސައްކަތް ކުރާ ބިޑުގަ ހުންނައްޖެހޭ ޝަރުތު.
އއަރިތިލަފަތް
18 August 2020
ރެސިޑެންޓް ވިސާއަށް ލުއިދީގެން ދިވެހި ވިޔަފާރިވެރިންނާ މަސައްކަތްތެރިންނަށް ގެއްލުން ވެ ކުއލި ބޮޑުވާ ހާލަތަކަށް ގައުމު ގެންގޮސްފިނަމަ ކާކު އެ ގެއްލުމުގެ ޒިންމާ ނަގާނީ ރައްޔިތުންނަށް ގެއްލުންވާ ޕޮލިސީވެސް ބަލައެއް ނުގަނެވޭނެ
1234
18 August 2020
ހަމަ ތިގޮތަށް އެސްޓީއޯ އާސަންދަ، ފިނޭންސް އަދި ފޮރިން މިނިސްޓްރީ އޮޑިޓްކޮއްލުން ރަނގަޅުވާނެ.