01 ސެޕްޓެމްބަރ 2020 - 08:21
ކޮވިޑް-19 ފެތުރޭތީ އިންޑިއާގައި މާޗް މަހު އިއުލާންކުރި ލޮކްޑައުންއާ އެކު ބަންދުކުރި އެ ގައުމުގެ ސިނަމާތައް އަލުން ހުޅުވަން ހުއްދަ ދޭން ސަރުކާރަށް ގޮވާލައިފި އެވެ.
ސިނަމާތައް ހިންގާ މީހުންގެ ޖަމިިއްޔާ މަލްޓިޕްލެކްސް އެސޯސިއޭޝަން އޮފް އިންޑިއާ އިން ކުރި ޓްވީތްތަކެއްގައި ބުނީ ކޮވިޑް ފެތުރޭތީ ދުނިޔޭގެ އެކި ހިސާބުތަކުގައި ބަންދުކުރި ސިނަމާތައް އަލުން ހުޅުވަމުން އަންނަ އިރު، އިންޑިއާގެ ސިނަމާތައް ހާއްސަ އިންތިޒާމުތަކެއްގެ ދަށުން ހުޅުވަން ހުއްދަ ދޭން ޖެހޭ ކަމަށެވެ. އެ ޖަމިއްޔާ އިން ބުނީ ސިނަމާތައް ހުޅުވާ އިރު އެ ތަންތަނުގެ ރައްކާތެރިކަމުގެ ގޮތުން އަޅަން ފިޔަވަޅުތައް އަޅާނެކަމުގެ ކަށަވަރުކަން ދޭ ކަމަށާއި ސިނަމާތަކުގެ ކަންކަން ވަރަށް ގާތުން ބަލާނެ ކަމަށެވެ.
މަލްޓިޕްލެކްސް އެސޯސިއޭޝަން އޮފް އިންޑިއާ އިން ބުނިގޮތުގައި ސިނަމާތަކަކީ އިންޑިއާގެ ސަގާފާތުގެ ވަރަށް މުހިއްމު ބަޔަކަށްވުމުގެ އިތުރަށް، އެއީ ގައުމުގެ އިގުތިސާދުގެ މުހިއްމު ހިއްސާއަކަށްވާތީ ސިނަމާތައް ވީހާ ވެސް އަވަހަކަށް ހުޅުވަން ހުއްދަ ދިނުމަކީ އިންޑިއާގެ ސަރުކާރުން މިހާރު ކުރަންވެއްޖެ ކަމެކެވެ.
The Cinema Industry is an inherent part of the country’s culture, but also an integral part of the economy, supporting millions of livelihoods #SupportMovieTheatres
— Multiplex Association Of India (@MAofIndia) August 30, 2020
އިންޑިއާގައި ލޮކްޑައުން އަށް ދެމުން އަންނަ ލުއިތާ އެކު އަންލޮކް 3.0 ގެ ދަށުން މިދިޔަ މަހުގެ ތެރޭގައި ސިނަމާތައް ހުޅުވަން ހުއްދަ ދޭނެ ކަމަށް އުންކީދުކޮށްގެން ތިއްބައި އެކަން ނުވެ، މިދިޔަ މަހުގެ ފަހުކޮޅު އަންލޮކް 4.0 ގެ ދަށުން ވެސް ސިނަމާތައް ހުޅުވަން ހުއްދަ ދީފައިވާނުވާތީ ފިލްމީ ސިނާއަތުގައި މަސައްކަތްކުރާ ވަރަށް ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
The Cinema Industry is an inherent part of the country’s culture, but also an integral part of the economy, supporting millions of livelihoods #SupportMovieTheatres
— Multiplex Association Of India (@MAofIndia) August 30, 2020
މަލްޓިޕްލެކްސް އެސޯސިއޭޝަން އޮފް އިންޑިއާ އިން ބުނީ މެޓްރޯގެ ހިދުމަތާއި ޝޮޕިން މޯލްތަކާއ ސްޕާތަކާއި ރެސްޓޯރަންޓް ފަދަ ތަންތަން ހުޅުވަން ހުއްދަ ދެވޭ ނަމަ ސިނަމާތައް ވެސް އޮޕަރޭޓްކުރުމުގެ ހުއްދަ ދެވެން ޖެހޭނެ ކަމަށެވެ.
The Cinema Industry is an inherent part of the country’s culture, but also an integral part of the economy, supporting millions of livelihoods #SupportMovieTheatres
— Multiplex Association Of India (@MAofIndia) August 30, 2020
ދުނިޔޭގެ އެންމެ ބޮޑު ފިލްމު އިންޑަސްޓްރީ އޮތް އިންޑިއާގެ ސިނަމާތައް މާޗް މަހުގެ މެދުތެރޭގައި ބަންދުކުރުމާ އެކު ފިލްމީ ވިޔަފާރި އަށް ވަނީ ދުވަހަކު ވެސް ނުލިބޭ ވަރުގެ ގެއްލުންތަކަކާ ކުރިމަތިލާން ޖެހިފަ އެވެ. މިއާ އެކު ފިލްމު ހަދާ މީހުންނަށް މި ވަގުތު މަޖުބޫރުވެފައިި ވަނީ "ނުއަގުގައި" ފިލްމުތަކުގެ ޑިޖިޓަލް ރައިޓްސް ވިއްކާލައިގެން ޑިޖިޓަލްކޮށް ފިލްމުތައް ޕްރިމިއާކުރުމަށެވެ. ނަމަވެސް ސިނަމާތަކުގައި ނޫނީ ނާޅުވަން ބޮޑެތި ގިނަ ފިލްމުތަކެއް ވަނީ ފަސްކޮށްފަ އެވެ.
އެގޮތުން އޮކްޓޯބަރު ހިސާބުގައި ސިނަމާތައް ހުޅުވަން ހުއްދަދޭނެ ކަމަށް މިހާރު ވަރަށް ގިނަ ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން ތިބީ އުންމީދުކޮށްގެންނެވެ. އަދި އެ ހިސާބަށް އަންނަ އިރު ފިލްމުތައް އެޅުވޭނެ ކަމަށް އުންމީދުކޮށްގެން އެ ޓާގެޓަށް ބައެއް ޕްރޮޑިއުސަރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ސިނަމާތައް ހުޅުވަން ހުއްދަ ދޭން ގޮވާލި އިރު، އިންޑިއާ އަކި މި ވަގުތު ކޮވިޑް-19 ގެ ހާލަތު އެންމެ ގޯސް ގައުމެވެ. އަދި އެންމެ ގިނަ މީހުންނަށް ބަލި ޖެހުނު ގައުމުގެ ރެކޯޑް ވެސް އޮތީ އިންޑިއާއަށެވެ. އިންޑިއާ އިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ތިން މިލިއަނުން މައްޗަށް އަރާފައިވާ އިރު، އެ ގައުމުން 60،000 އަސް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy