09 ސެޕްޓެމްބަރ 2020 - 13:25
ވަޒީރު ކަމަށް އައްޔަން ކުރެއްވީ ވެސް އަދި ވަކިކުރައްވާނީ ވެސް ރައީސް އިބްރާހިމް މުހަންމަދު ސޯލިހު ކަމަށާއި އެމަނިކުފާނުގެ "ލޮލުން ވިޔަސް އެކަހަލަ އިޝާރާތެއް އަޔަސް" މަގާމުން އިސްތިއުފާ ދެއްވަން ތައްޔާރު ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.
"މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް،" އެމްޑީޕީގެ ރައީސް، އަދި ކުރީގެ ރައީސް މުހަންމަދު ނަޝީދު އެދިވަޑައިގެންފައިވާ ގޮތަށް މަގާމުން އިސްތިއުފާ ދެއްވާނަންތޯ ދެންނެވުމުން ފައްޔާޒު ވިދާޅުވި އެވެ.
ރައީސް ނަޝީދާއި ފައްޔާޒާ ދޭތެރޭ މައްސަލަތަކެއް އުފެދިފައިވާ މި ދަނޑިވަޅު، ފައްޔާޒް މަގާމުން ވަކިކުރަން ރައީސް ނަޝީދު އިސްވެ ހުންނަވައިގެން މަސައްކަތްޕުޅުތަކެއް ވަނީ ފައްޓަވައިފަ އެވެ. ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމުގެ ހަރަކާތެއް ފަށައިފައިވާ އިރު، އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފަށް ނަޝީދު ފޮނުއްވި ސިޓީއެއްގައި ފައްޔާޒު އަމިއްލަ އަށް މަގާމުން އެކަހެރިވެ ވަޑައިގަތުމަށް ވެސް ނަޝީދު ވަނީ އެދިވަޑައިގެންފަ އެވެ.
"އެ ސިޓީގައިވާ ދެ ކަމަކަށް އަޅުގަނޑު ކޮމެންޓް ކޮށްލަން ބޭނުން ވަނީ. އެއް ކަމަކީ ސިޓީގައި އެދިވަޑައިގެންފައިވާ ގޮތަށް އެ ސިޓީ އަޅުގަނޑު ވެސް ބޭނުން ރާއްޖޭގެ އެންމެންނަށް ވެސް ފެންނަން. ދެ ވަނަ ކަމަކީ އަޅުގަނޑު މަގާމަށް އައްޔަން ކުރީ ރައީސް (އިބްރާހިމް މުހަންމަދު ސޯލިހު). ރައީސް އެދިވަޑައިގެންފިއްޔާ އެއީ ލޮލުން ވިޔަސް އެކަހަލަ އިޝާރާތެއް ކޮށްލައްވާއިރަށް އަޅުގަނޑު އިސްތިއުފާ ދޭނަން،" ފައްޔާޒް ވިދާޅުވި އެވެ.
ހަސަން ލަތީފަށް ރައީސް ނަޝީދު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވާ ގޮތުގައި އެމަނިކުފާނު އެއްވެސް ވަޒީރަކާ ޒާތީ އެއްވެސް ކަމެއް ނެތެވެ. އެހެން ނަމަވެސް، ސިޓީގައިވާ ގޮތުން، ފައްޔާޒުގެ މައްޗަށް ނަޝީދު ކުރައްވާފައި ވަނީ ކޮރަޕްޝަންގެ ތުހުމަތުތަކެކެވެ. ސިޓީގައި ވިދާޅުވެފައިވާ ގޮތުން، އެމްޑީޕީއާ އެންމެ ދުރީ ކޮރަޕްޝަންގެ ތުހުމަތުތައް ކަމަށްވާއިރު، އެމަނިކުފާނުގެ ތިން އަހަރުގެ ވެރިކަން ނިމުނުއިރު ވެސް އެންމެ ގިނައިން ނުދައްކާ ވާހަކައަކީ ވެސް ކޮރަޕްޝަނުގެ ވާހަކަ އެވެ. އެހެންވެ ފައްޔާޒު މަގާމުން ދުރުކުރުމަށް އެމަނިކުފާނު މަސައްކަތް ކުރައްވަނީ އެމްޑީޕީގެ ކުރިމަގަށް ޓަކައި ކަމަށް ނަޝީދު ވިދާޅުވެފައި ވެ އެވެ.
އެކަމަކު ކޮރަޕްޝަންގެ ތުހުމަތުތައް ފައްޔާޒު ވަނީ ވަރަށް ގިނަ ފަހަރު ދޮގުކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަޙުމަދު.
26 February 2023
ބޮލު ރޮދި ކެނޑުނީމަ ދެން ރަނގަޅުވާނީ ގޭގަ އޮތިއްޔާ. ގައުމު ހަލަބޮލި ކޮށް ހާޖާނު އުފައްދަން އުޅޭނެ ކަމެއްނެއް. ޥެރިކަން ކީއްކުރަން ވެރިކަން ކުރާމީހެއްގެ އަރިހުބޭކަލަކަށް ވެސް ރައްޔިތުން ގެ ތާއިދެއް ނެއް.
ހުސައިން
10 September 2020
ނަޝީދުގެ ބްރޯކަން ކުޑަތޯ؟ މުޅި ދިވެހި ގަވްމާއި މުޅި ދުނިޔޭގައި ބްރޯވާން އުޅެނީ.
ކާސިމު
10 September 2020
ނަޝީދު އަކަށް ނޭންގޭނެ ކަންކުރަންވީގޮތެއް. އަނގަ މަޑުކޮށްގެން ގޭގައޮވެބަލަ.
ނޯ ބަނާނާ
10 September 2020
ވަޒީރުކަމަކި ހަގީގީ ރިޔާސީ ނިޒާމެއްގައިވިއްޔާ (ޕްރޮމޯޝަނަކުން ނޫން) ސީދާ ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރާ ސިޔާސީ މަގާމެއް. ރައީސްގެ ވައުދުތައް ފުއްދުމަށާ، އެކަމުގައި އުޒުރެއް ނެތުމަށްޓަކާ ރައީސަށް ލިބިދޭ ހައްގެއް. އެހެންބާރުތަކުން "މާބޮޑަށް" އެކަމަށް ވަދެގަތީމާ ސަރުކާރު ޒިއްމާނުވެ އުޒުރުދެއްކޭނެ.
އިސްމާލި
10 September 2020
ސާބަހޭ ފައްޔާޒު. ބުއްޅަބޭއަށް މިފަހަރު ދޫ ނުދޭތި. ކޮންމެ ކަމެއްގައި ޖައްސާލައި ޒާތީ ވެ ގަތުމަކީ އެ މަނިކުފާނުގެ އާދައެއްް. ކޮރަޕްޝަން ގެ ތުުހުމަތުކޮށް، ތަހުގީގު ނުކޮއްފިނަމަ އަބުރުގެ ދައުވާވެސް ކުރާތި.
ރަޝީދުމަ
10 September 2020
ނަޝީދު ފެންނަނީ ޖާވިރާ އެއްކަހަލަ ގޮތަކަށް ރުޅި ގަދަވެ އުޅޭތަން އ ނގުރޭސި ވިލާތުން ރުޅި ކަނޑުވާލަން ފަރުވާ ހޯދައިގެން އާދޭ ވެރިކަން ބޭނުންވިޔަސް 2023 އާ ހަމައަށް ކެތްކުރަން ނޭނގެނީހޭ އަބަދުވެސް ދައުރުގެ މެދުތެރޭން ކޮންބައިފަޅި ވޯޓެއްތޯ ގާނޫނުގަ ނޯވޭ ބައިފަޅި ވޯޓެއް މިހާރު ނަޝީދުގެ ސަޕޯރޓް ދަނީ ގެއްލެމުން
އަލޫ
10 September 2020
ތެދެއް. މަށެއް ދެން ހޭލާ ހުރެ އޭނަ އަކަށް ތާއީދެއް ނުކުރާނަން. ރާއްޖެތެރޭ މީހަކު ވެރިކަން ކުރާތީ ކަޑަވަނީ.
އަޙުމަދު.
26 February 2023
ޙިސާބަށްވުރެ ގޮތްދޫނުކުރުމުގެ ސަބަބުން މީހާގެ އަގުވެއްޓި މީހުންގެ އިހުތިރާމާ ގަދަރު ކުޑަވެއްޖެ. ޙުރިހާކަމެއްގަވެސް މީނަ ބޭނުންވާ ގޮތް.. ވެރިކަމާހުރެ މުލީ ޕާޓީތެރެވެސް ގަޑުބަޑު ކުރަނީ. ޜައްޔިތުން ވެރިކަން ހަވާލު ކުރީމަވެސް އަތަށް ގޮވީ. ޢިރަަދަކުރެއްވިއްޔާ ދުވަހަކުވެސް ރައްޔިތުން މިގައުމުގެ ވެރިއަކަށް މީނަ ދެން ނުހޮވާނެ.
އާދަމް ޝަރީފް
10 September 2020
ސިޔާސީގޮތުން ބުރަދަން ވަޒަންކުރާގޮތަކީ ވޯޓް. މިހާރު ވެސް ރައީސް ނަޝީދު ހުރީ ރައްޔިތުންގެ ވޯޓުން ހޮވިގެން. މަޖިލިސް ރައީސްކަމަށް ވެސް އައީ މަޖިލިސް މެމްބަރުންގެ ވޯޓުން. ފައްޔާޒް ހުރީ ރައީސް ދެއްވި މަގާމެއްގަ. ނަޝީދު ވޯޓުން ބަލިކޮށްފަ އެމް.ޑީ.ޕީ ގެ ލީޑަރ ޝިޕް ހޯދާ. ރައީސް ނަޝީދުގެ ޚޮނދު މުޚްތާރުކަމުން އެމް.ޑީ.ޕީގަ ކުރިއަށް ދެވެން ނެތިއްޔާ ޕާރޓީއެއް ހަދައިގެން ކުރިއަށް ދާންވީ ނޫންތޯ. އެކަމަށް ހުރަހެއް ނެތް.
ކޮރަލް
10 September 2020
ޕާޓީގެ ލީޑަރ ޝިޕް އަށް ބަދަލެއް އަންނަން ވެއްޖެ އެވެ. އަންނި ބޭރު ކުރަން ވީ އެވެ.
އާރީ
10 September 2020
ނަސީދު ސާފްކޮށް ރަށްއިތުންނަށް އޮޅުންފިލުވަ ދޭން ވެއްޖެއްނު ފައްޔާޒް އާއި ހިތްފުޅާ ނުވެގެން ތި އުޅޭ ހަގީގީ ސަބަބު
ހޭބަލި
10 September 2020
ބުރޯ ހެދިގެން މުޅިތާ ދުވަނީ. ދެން ބުރޯ ތަންތަނަށް ލަނީ ކަޓް ދޭނެ ބުނިގޮތެއް ހަދާނެ ނާގާބިލް މީޙުން. މިސާލަކަށް އައޭއެސް ރިޒްވީ. ކުންފުނި ކޮވިޑްގެ މާކުރިން އަޑިއަށް ދުށްވާލައިފި. ދެން ކޮވިޑް އައީމަ މިކިޔަނީ ކޮވިޑޭ. ޔާމީން ރައްޔިތުންނަށް ކުްނފުނި ރައްދުކުރީ ހެޔޮ ހާލުގައި. ރަގަޅާށް އޮންނަ ކުންފުނިތަކުގެ އެމްޑީ ބަދަލުކުރުމުގެ ކުޅީވަރު ވެއްޖެ ހުއްޓުވަން ސަރުކާރު ބަދަލުވުމާއެކު އާއިލީ މީޙުންނާ ރަށްޓޭހިންނަށް ދޭ ގަނީމާ މުދާ ގޮތުގައި. އެއީ ރައްޔިތުންގެ ފަިއސާ
އެންމެންވެސް
10 September 2020
ނަޝީދުގެ ބްރޯކަން ކުޑަތޯ؟ މުޅި ދުނިޔޭގައި ބްރޯވާން އުޅެނީ