ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު: އެމަނިކުފާނުގެ އިއުތިރާފަކީ ވަކި ބަޔަކު ހިމާޔަތްކުރުމުގެ ޑީލެއް ކަމަށް ތުހުމަތު ކުރޭ. --ފޮޓޯ/މިހާރު
03 އޮކްޓޯބަރ 2020 - 12:23
އެމްއެމްޕީއާރުސީ މެދުވެރިކޮށް ޚިޔާނާތް ހިންގި ގޮތާއި އެ ފައިސާ ބެހުނު ގޮތާއި މަންފާވި މީހުން ތިބި ކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބް ޝަރީއަތުގެ މަޖިލީހުގައި ވެވަޑައިގަތް އިއުތިރާފަކީ ވަކި ބަޔަކު ހިމާޔަތް ކުރުމުގެ "ޑީލަކަށް" ވެދާނެ ކަމަށް އިދިކޮޅުން ތުހުމަތުކޮށްފި އެވެ.
ޚިޔާނާތް ހިންގެވި ކަމަށް އިއުތިރާފްވެވަޑައިގެން ތަފްސީލްތައް އާއްމުކުރެއްވީ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާގެ ޝަރީއަތުގެ މަޖިލީހުގައި މިދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގަ އެވެ. އެކަމަކު އެ ޝަރީއަތުގެ އަޑުއެހުމަށް ފަހު ޖަލު ބަންދުން އެމަނިކުފާނު މިހާރު ވަނީ ގޭ ބަންދަށް ބަދަލުކޮށްފަ އެވެ.
މަޑުއްވަރީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ދިން މީހުންނާއި ހަވާލުވި އަދި ބޭންކް މެދުވެރިކޮށް ފޮނުވި ފަރާތްތަކުގެ ސައްހަ ލިސްޓެއް ހެއްކާ އެކު ހާމަނުކުރާ ހިނދަނު ރައްޔިތުންނަށް އިތުބާރެއް ނުކުރެވޭނެ ކަމަށެވެ. އޮޅުވާލާނެ ކަމުގެ ބިރު އޮންނާނެ ކަމަށް ވިދާޅުވި އެވެ.
"އިއުތިރާފަކީ ވަކި ބަޔަކު ހިމާޔަތް ކުރަން ހެދި ޑީލަކަށް ވެދާނެ،" އާދަމް ޝަރީފް ވިދާޅުވި އެވެ.
MMPRC ge khiyaanaathuge faisaa dhin/havaaluvi/bank medhuverikoh fonuvi faraaiythakuge sahha list hekkaaieku haama nukuraahaa hindhaku rayyithunnakah ithubaareh nukureveyne, olhuvaalaane kamuge biru onnaane, iuthiraafakee vaki bayaku himaayaiy kurumah hedhi "deal"akah vedhaane!
— Adam Shareef Umar (@Adamshareefz) October 2, 2020
އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭގޮތުން ކަމާބެހޭ އިދާރާތަކުން ހިންގާ ތަހުގީގުގައި ވަނީ މަންފާ ލިބުނު 267 މީހުންގެ ލިސްޓެއް އެކުލަވާލައިފަ އެވެ. އެ ލިސްޓުގައި މި ސަރުކާރުގެ އިސް މަގާމްތަކާއި މަޖިލީހުގެ މެމްބަރުންނާއި ކުރީގެ ސަރުކާރުގެ އެކި ފަންތީގައި އުޅުއްވި ގިނަ ބޭފުޅުންނާއި މަޖިލީހުގެ މެމްބަރުންނާއި މިނިވަން މުއައްސަސާތަކާއި ކޯޓުތަކުގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވަ އެވެ.
އާދަމް ޝަރީފް ހިމެނިވަޑައިގަންނަވާ އިދިކޮޅު ކޯލިޝަނުން ވެސް ވަނީ އަދީބުގެ އިއުތިރާފްއާ މެދު ސުވާލު އުފައްދައިފަ އެވެ.
މާފަށް އެދިވަޑައިގަތް ހަގީގަތޭ ވިދާޅުވެ ދެއްކެވި ވާހަކަތަކަކީ އަދަބު ލުއިކުރަން ސަރުކާރާ އެކު ހެދި އެއްބަސްވުމުގައިވާ ގޮތަށް ކުރިއަށް ގެންދާ ކަމެއް ކަމުގެ ތުހުމަތު އެ ކޯލިޝަން ހިންގަވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވަނީ ކުރައްވައިފަ އެވެ.
"މާފަށް އެދިވަޑައިގެން ތައުބާވުމަކީ ކަމުގެ ހަގީގަތް ހާމަކޮށްދެއްވުމޭ. ސަރުކާރާ އެކީގައި ހެދޭ އެއްބަސްވުމެއްގެ ދަށުން ތިމާގެ އަދަބު ލުއިކޮށްދެއްވުމަށްޓަކައި ދޮގު ވާހަކަތައް ދައްކާ ކަމާ ނުބެހޭ މީހުން ބަދުނާމުކޮށް ތިމާގެ ހިތުގައި ހަސަދަވެރިކަން އޮތް މީހުންގެ މައްޗަށް ހަސަދަ ފިލުވާލުމަކީ ތައުބާވުމެއް ނޫނޭ،" އަދުރޭ ވިދާޅުވި އެވެ.
ހިޔާނާތުން މަންފާވި ނަންތައް ޝަރީއަތުގެ މަޖިލީހުގައި، ހާމަކުރައްވާ އިރު އިންސާފުވެރިކަމާ އެކު އެކަން ކޮށްދެއްވަން ވެސް އަދުރޭ އެދިވަޑައިގަތެވެ.
ލައިވްކުރި ޝަރީއަތުގެ މަޖިލީހުގައި، އަދީބު ވަނީ ޚިޔާނާތް ހިންގެވި ގޮތާއި އެ ފައިސާ ދައުރުވި ގޮތް ކިޔައި ދެއްވައިފަ އެވެ. ޝަރީއތުގައި އިއްޔެ ނަންތައް އާއްމު ނުކުރެއްވި ނަމަވެސް ޚިޔާނާތުގެ މަންފާ ލިބުނު މީހުންގެ ތެރޭގައި "ކުރީގެ މަޖިލިސް މެމްބަރުންނާއި ކުރީގެ ރައީސުންނާއި ހުރިހާ ސިޔާސީ ޕާޓީތަކެއް ހިމެނޭ" ކަމަށް އަދީބު ވިދާޅުވި އެވެ. މީގެ އިތުރުން ކޯޓުތަކާއި މިނިވަން މުއައްސަސާތަކުގެ މެމްބަރުންނާ އެކު ދައުލަތުގެ ހުރިހާ ފަންތިއެއްގައި އެ ފައިސާ ދައުރުވި ކަމަށް ކުރާ ތުހުމަތަށް އެއްބަސްވެވަޑައިގަތެވެ.
އަދީބުގެ މި އިއުތިރާފާ އެކު ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ، އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީގެ އިސް ބޭފުޅުން ގެންދަވަނީ އެ ޚިޔާނާތުގައި އެ ޕާޓީތަކުގެ ދައުރެއް ނެތް ކަން ސާބިތުކޮށްދޭން ދިފާއުގައި ވާހަކަތަކެއް ދައްކަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮބާ..ކޮބާ
04 October 2020
ސަރުކާރަށް ޢެބޭފުޅުން ވަންނަނީ ވުލޫ ކުރައްވައިގެން، ރައްޔިތުންގެ ޓެކްސް ލާރިން ވައްކަން ކުރައްވަން ނިޔަތް ގަނެގެން..ދެކޮޅުން ވެސް އެ ބަލަނީ ރައްޔިތުންގެ ލޮލުގަ އަނދުން އަޅުވަން...ރައްޔިތުން ހެދި ގާނޫނު ބެކަށް...
ޝޮކްތެރަޕީ
04 October 2020
މިކަމަކީ ރޭވިގެން ހިނގަމުންދާ ސިންނިލާ ޑުރާމާއެއް.
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
03 October 2020
ވިޔަސް ނުވުޔަސް ޔާމީންއަކަށް އަމިއްލެ 2 ޕާޓީ ކޯލީޝަންއަކަށް ވާނޭކަ ފައިދާއެއް ނުފެނެ. އަދި ގެއްލުމެއްވެސްނުފެނެ. އެސްކްރޯ ކުރީމާ ދެން ނޭގެ ވާނެ ގޮތެއް.
ނެކްސްޓް
03 October 2020
ޕީޕީ ކުދިން ނުލާ އެއްވެސް ޑީލެއް ނަހަދައްޗޭ
ގައިދުރު
03 October 2020
ފެންނަ މަންޒަރުތަކާ ވާހަކަތަކަށް ބަލާއިރު މިޚިޔާނާތުގެ ސަބަބުން ގެއްލިގެންދިޔަ ފައިސާ ދައުލަތަށް ހޯދުމަށްވުރެ އިސްކަންދެވިފައިވަނީ ޔާމީންއަށް އަމާޒުކުރެވޭ ތީރެއްގޮތުގައި ކަމަށްބެލެވޭ. އެހެން ނުހައްދަވާ. އަޅުގަނޑުމެން ބޭނުންވަނީ ވަކި މީހަކަށް އަދަބުދޭކަށްްނޫން. ކުށްކޮށް ފައިދާހޯދި އެންމެނަށް ހައްގު އަދަބު ދިނުން.
ޓިނު
03 October 2020
އިދިކޮޅަކީ މިހާރު ޗެނެލް13 އެތަނުންތަ ތިހެންބުނީ
ދައުލަތް
03 October 2020
މިހާރުގެ ސަރުކާރުން ރައަޔިތުން ބަނޑަށް ޖައްސާ ދައުލަތް ދަރުވާލުމަށްފަހު ކުރާ ވައްކަންތަކުގެ ބަދަލު އިބްރާހީމް މުޙައްމަދު ޞާލިހް ރައަޔިތުންނަށް ދައްކަންޖެހޭނެ.
ފަރީދާ
03 October 2020
އަދީބު ވަށައިގެން އޭރު ތޮވާފް ކުރި މެންބަރުން ކޮބާ؟ އޭރު ކޯއްޗެއް ދެއްވާތީތޯ އަދީބު ފޫބުޑުން ނުނެއްޓިގެން ތިބޭފުޅުން އުޅުނީ.. ބުއްދި ސަލާމަތުން ހުރި ކޮންމެ މީހަކަށް އިގޭނެ މިގައުމުގެ ވަގުންނަކީ ކޮބައިކަން.. ހުސް ވަގުން..
ލުތުފީ
03 October 2020
ޔާމީން ގެ ވެރިކަމުގަ ޑީލް ހަދައިގެން މުޅި ދައުލަތް ވަނީ ހިޞާރުކޮށްފަ. އެކަމުން ސަލާމަތްނުވެގެން ދޯ މިއުޅެންޖެހެނީ.
ގީސް
03 October 2020
ޑީލަކަށްވެ ނިމިއްޖެ. ޢަދީބުގެ އަގައިން ބުނާ ކޮންމެ އެއްޗެއް އެއީ ތެދުކަމަށްވާނަމަ ދެން ބުނާނެ އެއްޗެއްނެތް. އަދީބު ބެހި ފައިސާއާ އޭނަ ބޭނުންކުރި ފައިސާގެ ޒިންމާ އޭނަ ނަގަންޖެހޭނެ. ޢޭނާގެ މުދާވިއްކާފަ އަހަރެމެންގެ ފައިސާ ދައުލަތަށް ހޯދައިދީ. ޔާމީނު އަތުން އެކަންޏެއްނޫން ފައިސާ ހޯދަންޖެހޭނީ.
ކަކުނިބޯ
03 October 2020
ބަލަ ގީސް ކޮސްނުގޮވާށެވެ. އަދީބުނާއިރަށް ތެދަކަށްވެހުކުންޖެހެނީކީނޫނެވެ. އެކަންކަން އެރޮގުން އިތުރަށްބަލާ ހެކި ހޯދާނެއެވެ. މިސާލަކަށް އެފައިސާ ގީސ އެކައުންޓަށްޖަ މާކުރީ މޭ ބުނު މަކުން ނުނި މޭނެއެވެ. އެޖަ މާކުރި އަދި ތިޔަފަރާތުން ފައިސާނެގިނަ މަ އެބޭނުންކުރި ކަ މުގެސް ހެކި.ލިބުނީއެވެ. ބިރުނުގަންނާށެވެ.