ބީއެމްއެލްގެ އޭޓީއެމްއަކުން މީހަކު ޑޮލަރު ނަގަނީ: އެމްއެމްއޭއިން ޑޮލަރު ދޫކުރާ ވަރު މިހާރު ވަނީ އިތުރުކޮށްފައި.
05 އޮކްޓޯބަރ 2020 - 17:52
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭންކުތަކަށް ޑޮލަރު ދޫކުރާވަރު މިއަދު އިތުރުކޮށްފި އެވެ.
މަރުކަޒީ ބޭންކުން ނެރުނު ބަޔާނެއްގައި ބުނީ ބޭންކުތަކަށް ޑޮލަރު ދޫކުރާ ވަރު އަނެއްކާވެސް އިތުރުކުރީ ބޭރު ފައިސާގެ ބާޒާރަށް ޕްރެޝަރު ކުޑަކުރުމަށް އިތުރު ފިޔަވަޅެއް އެޅުމުގެ ގޮތުން ކަމަށެވެ. މި ފަހަރު އިތުރުކުރި ވަރަށް މި އަހަރު ނިމެންދެން ޑޮލަރު ދޫކުރާނެ ކަމަށް ވެސް އެމްއެމްއޭ އިން ބުނެ އެވެ. ނަމަވެސް އިތުރުކުރީ ކިހާވަރެއް ކަމެއް ނުބުނެ އެވެ.
ކޮވިޑް-19 ފެތުރޭތީ ރާއްްޖެ އާއި އެހެން ގައުމުތަކުން އެޅި ފިޔަވަޅުތަކާ އެކު ރާއްޖޭގެ ޓޫރިޒަމް ހުއްޓުމަކަށް އައުމަށް ފަހު އަލުން ފެށީ މިދިޔަ ޖުލައި މަހު އެވެ. ރާއްޖެ އަށް ބޭރުފައިސާ އެންމެ ގިނައިން ލިބޭ އެ އިންޑަސްޓްރީ އަދިވެސް ރަނގަޅަށް ހިނގައި ނުގަންނާތީ ބޭރު ފައިސާގެ ދަތިކަން ވަނީ ރާއްޖޭގެ ވިޔަފާރިތަކަށް ވަނީ ބޮޑުވެފަ އެވެ.
އެމްއެމްއޭގެ ބަޔާނުގައި ބުނިގޮތުގައި ކޮވިޑާ ގުޅިގެން ކުރިމަތިވި އިގުތިސާދީ ދަތިކަމުން އަރައިގަތުމަށް މިހާތަނަށް 354 މިލިއަން ޑޮލަރު ވަނީ ލިބިފަ އެވެ.
ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ވަރަށް ބޮޑަށް ހީނަރުވެފައިވާ އިގުތިސާދު އަލުން ކުރިއަރަމުން އަންނަ ކަމުގެ އުއްމީދީ ނިޝާންތައް މިހާރު ފެންނަން ފަށާފައިވާ ކަމަށް ވެސް މަރުކަޒީ ބޭންކުގެ ބަޔާނުގައި ބުންޏެވެ. އެގޮތުން ރާއްޖެ އަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަދަދު މަހުން މަހަށް އަންނަނީ އިތުރުވަމުން ކަމަށާއި ބޯޑަރު އަލުން ހުޅުވައިލި ފަހުން ރާއްޖެ އަށް 18،900 އަށް ވުރެ ގިނަ ޓޫރިސްޓުން އައިސްފައިވާ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވުމުގެ އިތުރުން އެމީހުން ރާއްޖޭގައި ހޭދަކުރާ މުއްދަތުވެސް މިހާރު އަންނަނީ އިތުރުވަމުންނެވެ. އެގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި ޒިޔާރަތްކުރި ޓޫރިސްޓުން އެވްރެޖުކޮށް ހޭދަކުރި ބެޑްނައިޓަށް ވުރެ މި އަހަރުގެ އެ މުއްދަތުގެ ބެޑްނައިޓްސް އިތުރެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖެ އަށް އައި ޓޫރިސްޓުން އެވްރެޖެކޮށް ރާއްޖޭގައި ހޭދަކޮށްފައި ވަނީ ހަ ދުވަސް ކަމަށާއި އެކަމަކު މިދިޔަ ސެޕްޓެމްބަރުގައި އައި ޓޫރިސްޓުން އެވްރެޖްކޮށް ނުވަ ދުވަސް ހޭދަކޮށްފައިވާ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހައްމަދު ޝަފީގު
06 October 2020
ބޭންކް ތަކައް ކިތަންމެ ވަރަކައް ޑޮލަރ ދިނަސް ބްލެކް މާރކެޓް ނުހުއްޓުވޭނެ، ބްލެކް މާރކެޓް ތައްހިގަމުން ދަނީ ބޭންކް ތެރެއިން ވަކި ބަޔަކަށް ޑޮލަރ ދީގެން
އެމްމޭ
05 October 2020
ތިއަ އެމްއެމްއޭ އަކީވެސް އެއްވެސް އިންސާފަކުން ކަންކުރާ ތަނެއް ނޫން. އެހެންވެގެން މި ގައުމު ހަލާކުވަމުން މިދަނީ. މިސާލަކަށް ހުރިހާ ބޭންކަކަށް ޑޮލަރ ދެނީ އެއްވަރަކަށް. އެކަމަކު ދިވެހިންގެ 80 މީހުންނަށް ޚިދުމަތް ދެނީ ބީއެމްއެލް އިން އެކަނި. ދެން ހުރީ އެންމެ ޑޮލަރެއްވެސް މިރާއްޖެޔަށް އެތެރެ ނުކޮށް ބޮޑަތި މުއްސަނދިންނަށާ ރިސޯޓްތަކަށް ޚިދުމަތްދޭ ތަންތަން. ހުރިހާ ކަމެއް ބޮޑުންނާ މުއްސަނދިންގެ މަސްލަހަތުގަ ރާވާފަ.
މުސާދީ2020
05 October 2020
ވަރަށް ވަރަށް ބޮޑަށް ށުކުރިއްޔާ. ފަހުން ލެއްވި ބޭފުޅާގެ މަސައްކަތް ބަލައިގަންނަން!
އަލީބަލީ
05 October 2020
ދެން ކާޑުން ޑޮލަރު ލިބޭ އަދަދު އިތުރުކުރަންވީނު؟
ގުދުގުދާ ބެއްޔާ
05 October 2020
ހެހެ! އެމްމެ ސެންޓެއްވެސް އިތުރެއް ނުކުރާނެ ލުއިލޯން ދޭގޮތައް ހުރިހާވެސް ކަމެއް ހުންނާނީ 50 ހާސް ރުފިޔާގެ ލުއިލޯން ނަގައިފިނަމަ 3 އަހަރުން 80 ހާސްރުފިޔާ ނަގާގޮތައް! މިއީ ރިބާއެއްނޫން! އަހަރުމެން މީހެއްގެ އަތުން 50 ހާސްނަގާފައި ފަހުން 80 ހާސްދޭނަމަ އެއީ ބޮޑުވެގެންވާ ރިބާއެއް! މިއުޅޭ ސޭޙުންނަށް ވެސް ކަންބޮޑުވާނީ ތުނބުޅީގަ ކަޅުކުލަޖެއްސީމަ! އެކަމަކު ބޭންކުތަކުން ރިބާކާއިރު ހަމަ ހިމޭނުން!؟؟
ކޮރަލް
05 October 2020
250 ޑޮލަރު ލިބޭ ބިދޭސީ ކޭޝިއަރުން މަހަކު 1500 ޑޮލަރު ރަށައް ފޮނުވާ ލަނީ މިނިވަން ކަމާ އެކު އެވެ. ކުޑަ ފިހާރަ ހިންގާ ދިވެހި މީހާ އާ ސުވާލު ނުކޮށް އެފައިސާ ހޯދި ގޮތަކާ ދޭތެރޭ އެމީހާ އާ ސުވާލު ކޮށްލަ ބަލާށެވެ. އޭރުން ބޭރުފައިސާގެ ބައެއް ކޮންޓްރޯލް ކުރެވޭނެ އެވެ. ކޭޝިއަރުންނަށް ބިދޭސީ ން ތިބުމަކީ ގާނޫނީ ގޮތުން މަނާ ކަމެކެވެ.
ޖަައްސަންވީއޭ
05 October 2020
ސަރުކާރުން އެބަޖެހޭ ހަމައެކަނި ޓޫރިޒަމް އަށް ޑިޕެންޑް ވުން ދޫކޮށްލަން އެކަން ކާމިޔާބު ކުރުމަށް ޓަކައި މާލެ ސަރަހައްދުގެ ތިލަފުށި ފަޅު އެއްކޮށް ހިއްކާލަންވީއޭ އުތުރު ތިލަފަޅު ވެސް ތިލަފުއްޓާއި ބްރިޖް އަޅައިގެން ގުޅުވުމަށް ފަހު ދެން މާލެ ސަރަހައްދު ތިލަފުށި ދުނީގައި ހުރި ފަޅު ތައް ހިއްކަމުން ދާންވީއޭ ނަކައްޗާއި ޖެހެން ދެން އެގޮތުން ހިއްކާ ބިން ތަކުން މާލެ ސަރަހައްދުގެ އަމިއްލަ ކުންފުނި ތަަކަށް 40 ހާސް އަކަފޫޓްގެ ގޯއްޗެއް 1 މިލިއަން ރުފިޔާ އަށް ވިއްކާލަންވީއޭ
އުނބޭ
05 October 2020
މިސޮރު މިއީ ހާދަ ފަޅުހިއްކާފައި ވިއްކާހިއްވާ ސޮރެކޭ ދޯ؟
ޑަމްބެލް
05 October 2020
ބޭކާރު ކަމެއް ތިކަން ބަލައިގަންނާނެ މީހަކު ނެތް. ކެވެން ހުރި ބަޔަކު ކެވެން ހުރި ވަރަކަށް ކާންވީ...
ހަނަފަސް
05 October 2020
ޢެއްޗެއް ދިނަސް ވާނުވާ ނުބަލާތީ ބޭންކް ތަކުން ޖަހާނެހާ ސަކަރާތެއް ޖަހަނީ
ފަރިޔާލް/ލަންކާ/އއ ތޮއްޑޫ
05 October 2020
އަޅުގަނޑަކީ ލަންކާގައި 4 ދަރިންނަށް ކިޔަވާދޭން އުޅޭ މީހެއް. މާލެ އަގުބޮޑު ކަމުން އައީ. ފިރިމީހާ ބުރަމަސައްކަތް ކޮށް ލާރި ބޭންކަށް ލީމާ ލަންކާ އިން ނަގަނީ. 750 ޑޮލަރ އެކަނި ލިބޭ ގޮތަށް ކުއްލިއަކަށް ހެދީމާ ގޭގެ ކުލިދައްކާފައި ކައިބޮއި ހަދަނީ ކިހިނަކުން ؟ ސްކޫލް ތަކަށްވެސް ފީދޭން ޖެހޭ. މިއީ ދެރަ މައްސަލަ އެއް. އެންމެ މަދުވެގެން 1000 ޑޮލަރަށް ހައްދަވާ ދެއްވާ.
އަތްޖަހާ
05 October 2020
ބުންކް އޮފް މޯލްޑިވްސް ފިޔަވާ އިތުރު އެއްވެސް ބެނަކަކަށް ޑޮލަރު ދޭނެކަމެއްނެތް. ދިވެއްސަކަށް ދުވަހަކުވެސް އިންޑިއާ ބެންކުން ޑޮލަރެއް ވިއްކިތަ. މިމީހުން އެމްއެމްއޭ އިން ޑޮލަރު ނަގައިގެން ރާއްޖޭގަ ތިބޭ އިންޑިއާ މީހުންނަށާ އިންޑިއާ ވިޔަފާރި ތަކަށް ހަމަ އެކަނި ޑޮމަރު ދެނީ
ގައުމީ ލޯބި
05 October 2020
ޓޫރިޒަމްގެ ބާނީންނޭ ކިޔާ ރިސޯޓު މާލޭ ވަކި އާއިލާތަކަށް ރިސޯޓު 99 އަހަރަށް ދިނުމުގެ ފައިދާ ނުފެނުނެއްނޫންތޯ؟ މިފޯމިއުލާއިން ދައުލަތަށްވެސް ދިވެހީންނަށް ވެސް މަންފާއެއް ނެތް. ވީމާ، އެންމެން ހިއްސާވާގޮތަށް ރިސޯޓުތަކުގެ އެއްބަސްވުންތައް ބަދަލުކުރުމަށް ގޮވާލަން. ވޯޓު ހޯދަން އާދޭ މިކަން ކޮށްފަ! ދައުލަތަށް %30 ހިންގާ ފަރާތަށް %40 އާންމުކޮށް ޕަބްލިކަށް %30 (ކޮންމެދިވެއްސަކަށް 100 ޝެއަރ) މި ނޫނީ ދިވެހީންނަށް ޓޫރިޒަމްގެ މަންފާއެއް ނުލިބޭނެ.
ހށނރބާ
05 October 2020
ކަލޭ ނަގާ %30 މަށެއް ބޭނުމެއް ނޫން ރިސޯޓް ޝެއަރެއް