އެމްޑީޕީގެ މަޖިލިސް މެމްބަރު(ކ-ވ) އިބޫ، އީވާ އަދި ފައިސަލް.-- ފައިލް ފޮޓޯ
31 އޮކްޓޯބަރ 2016 - 11:38
ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އީވާ އަބްދުﷲގެ އިތުރުން ކާށިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީ މެމްބަރު ފައިސަލް ނަސީމް އަލުން ޕާޓީތަކުގެ ދަފްތަރުގައި ހިމަނައި އެކަން ރައްޔިތުންގެ މަޖިލީހަށް އިއްޔެ އަންގައިފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވީ ގާނޫނީ ގޮތުން ފުރިހަމަވާން ޖެހޭ ކަންކަން ފުރިހަމަވުމުން ތިން މެމްބަރުން ޕާޓީތަކުގެ ދަފްތަރުގައި ހިމަނާފައިވާ ކަމަށެވެ. އަދި އެކަން މަޖިލީހަށް އެންގި ކަން އޭނާ ޔަގީންކޮށްދެއްވި އެވެ.
އިބޫ އާއި އީވާ އަދި ފައިސަލް ޕާޓީގެ ދަފްތަރުން އުނިކުރީ، ފިންގާޕްރިންޓާ އެކު ފޯމު ހުށަހަޅަން ޕާޓީތަކަށް ދިން އެއް މަސް ދުވަހުގެ މުއްދަތު ހަމަވިއިރު ފޯމު ހުށަހަޅުއްވާފައި ނުވާތީ ކަމަށް އިލެކްޝަންސް އިން ބުނެ އެވެ.
ތިން މެމްބަރަކު ދަފްތަރުން އުނިކޮށް، ސަބަބު އިލެކްޝަންސް އިން ދެއްކިއިރު، ހުޅުހެންވޭރު ދާއިރާގެ އެމްޑީޕީ މެމްބަރު ރީކޯ މޫސާ މަނިކުގެ ފޯމު އެ ޕާޓީން އިލެކްޝަންސަށް ހުށަހައެއް ނާޅަ އެވެ. އެކަމަކު އޭނާ ޕާޓީން ވަކިކޮށްފައެއް ނުވެ އެވެ. މިއީީ ތަފާތުކުރުން ގެންގުޅުން ކަމަށް ބުނެ މި މައްސަލާގައި ސިޔާސީ ޕާޓީތަކުގެ ފާޑުކިޔުން އިލެކްޝަންސް ކޮމިޝަނަށް ވަރަށް ބޮޑަށް އަމާޒުވި އެވެ.
ސިޔާސީ ޕާޓީތަކަށް ގެނައި އިސްލާހާ ގުޅިގެން، ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ވެވޭނީ އިނގިލީގެ ނިޝާނާ އެކު ގާނޫނުގައި ބަޔާންކޮށްފައިވާ މައުލޫމާތުތައް ފުރިހަމަކުރާ މީހުންނަށެވެ. އެ އިސްލާހާ އެއްގޮތަށް ޕާޓީތަކުގެ ދަފްތަރު އަލުން އެކުލަވާލި އިރު އިނގިލީގެ ނިޝާން ނެތް ގިނަ ބަޔަކު ޕާޓީތަކުން ވަނީ ވަކިކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ
31 October 2016
ކީއްވެ ވެއްދީ ކޯޓުން ހުކުންކޮއްބަލަ އެމީހުންނައް ޕީޕީއެމްގެ ޔާމިނު ފެކްޝަނައް ނޫނީ ނުވަދެވޭނެ ކަމައް އެމީހުންނައް އެމްޑީޕީގަ ތިބެގެން މަސްއޫލިއްޔަތު އުފުލަން އުޒުރުވެރިވާކަމައްބުނެ
އަލީ
31 October 2016
މި އިލެކްޝަންސް ކަމިޝަންގެ ދަށުން ރާއްޖޭގައި މިނިވަން އިންތިޚާބެއް ބޭއްވޭނެ އެއްވެސް ގޮތެއް ނެތް
ބަލްކު އެންޑް ބަލަކް
31 October 2016
އެވަރު ކަމެކޭތީ. މާބޮޑުކޮށްލައިގެން ތިއުޅެނީ.
ކޮންފެސް
31 October 2016
އީވާ އިބޫ މެން އަލުން އެމްޑީޕީ އަށް އަލުން ވެއްދުން ވެލްކަމް އޮން ބޯރޑް ނެތެމުން އަދި ފަނާ ވަމުން އަދި ފަނޑު ވަމުން ދާ ރަންރީނދުލޭ މެންގެ ގޭންގަށް. ކޮންފެސް ދެޓް ޔޫ ވިލް ނެވަރ އެވަރ އެވަރ ރިޖެނެރޭޓް..
ހެހެ
31 October 2016
ކުޅޭ ކުޅޭ ކޮމިޝަން ކޮން ކޮމިޝަން؟
ފަތުހީ
31 October 2016
ތިޔަ ތަންތަނުގެ ވެެރިންނާމެދުވެސް އިންސާފު ކުރެވޭނެ ދުވަހެއް އަންނާނެ. ވިސްނާ ފިކުރުކުރޭ! ޢަދި ފަނޑިޔާރުންވެސް ......
ސާބަސް
31 October 2016
ސާބަހޭ އަކުރަމް. މޫސަ ސަލާމަތް ކޮށްދެވޭތޯ ބަލާތި. އިލެކްޝަން ކޮމިޝަނުގެ އިތުބާރު ނެތިގެން އުޅެނީ ތިގޮތަށް ކަންތައްތައް ކުރާތީ.
ސަލީމް
31 October 2016
ވަކި މީހަކަށް ވަކި ގޮތެއް. ރީކޯ އަކަށް ގޮތެއް ހަދާކަށް ހަމަ ނުކެރޭނެ. ބައެއްގެ ގޮޑި ގެއްލިދާނެތީ. ވަކި މީހަކު ހޮވިފައިހުރީ ރީކޯގެ ބާރުން. ކީއްކުރާނީދޯ