ފުލުހުން މީހަކު ހައްޔަރުކުރަނީ: ޓެރަރިޒަމްގެ އަމަލެއް ހުއްޓުވި އޮޕަރޭޝަންގައި ހަ މީހަކު ވަނީ ހައްޔަރު ކޮށްފައި -- ފޮޓޯ/ޕޮލިސް
12 ނޮވެމްބަރ 2020 - 11:27
ޓެރަރިޒަމްގެ ހަމަލާއެއް ހުއްޓުވައި، އެކަމާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަންގައި އިތުރު މީހަކު ހައްޔަރުކޮށްފި އެވެ.
ދީނީ ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުންދިޔަ ޓެރަރިޒަމްގެ އަމަލެއް ހުއްޓުވައި، އިއްޔެއިންފެށިގެން ފުލުހުން އަންނަނީ ޚާއްސަ އޮޕަރޭޝަނެއް ހިންގަމުންނެވެ. އެ އޮޕަރޭޝަން ކުރިއަށް ގެންދަނީ މާލެ އާއި ތ. ތިމަރަފުށީގެ އިތުރުން ކަނޑުމަތީގަ އެވެ.
ފުލުހުން ބުނީ ރޭ ހައްޔަރުކުރީ 31 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާ ހައްޔަރުކުރީ ތިމަރަފުށިން ކަމަށެވެ. އެހެންވެ، މިހާތަނަށް ހަ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އޭގެ ކުރިން އިއްޔެ ހައްޔަރުކޮށްފައިވަނީ 20 އަހަރުގެ މީހަކާއި 21 އަހަރުގެ މީހަކާއި 29 އަހަރުގެ މީހެއްގެ އިތުރުން 18 އަހަރުގެ މީހެއް އަދި 34 އަހަރުގެ މީހެއް ކަމަށެވެ. އެ އެންމެންނަކީ ވެސް ދިވެހިން ކަމަށް ފުލުހުން ބުންޏެވެ.
މި އޮޕަރޭޝަނާ ގުޅޭ ގޮތުން ފުލުހުން އަދި ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޗިލް
13 November 2020
އެއްވެސް ހަމަލާއެއް ދޭން އުޅުނު ކަމަކަށް ގަބޫލެއްނުކުރެވޭ. ހަމަ ހުސް ހޮޅި ވާހަކަ.
ީހށނ
12 November 2020
މިމީހު ން މަރާ ހުރިހާ އެ ންމެން ދާނީ ނަރަކަޔައް، މިމީހުން ސުވަރުގެއައް!
ނަޝީދު.
12 November 2020
ދެން ސިޔާސީ އެންމެން ޓެރަރިސްޓުންގެ ގޮތުގައި ހައްރަވެގެންދޭ ...
ކެޔޮޅުބޭ
12 November 2020
ބޭރުގެ ޓެރަރިސްޓު ޖަމާއަތް ތަކަށް ނިސްބަތްވާ ނުވަތަ އެފަރާތް ތަކުގެ މަދަދާއި ޓްރެއިނިން ލިބިފަ ތިބި އަދި ބޭރުގެ ހަނގުރާމަ ތަކުގެ ތަޖުރިބާ ހޯދައިގެންތިބި ދިވެހިންގެ މަދު ބަޔަކު އެތިބީ މިގައުމު ސުންނާފަތި ކޮށްލަން ފޫގަޅައިގެން. ރެޔާދުވާލު ރޭވުންތަށް ރާވަނީ. މިނުރައްކަލާ ކުރިމަތިލާން އެކަށީގެންވާ މަސައްކަތެއް ނުކުރެވޭ!
ކެޔޮޅުބޭ
12 November 2020
ޓެރަރިޒަމް އަކީ މިގައުމަށް އޮތް އެންމެ ބޮޑު ނުރައްކާ. ސީދާ ގައުމުގަ އުޅޭ ނުބައި ނުލަފާ ދިވެހިން ތަކެއް މާތްވެގެންވާ އިސްލާމް ދީނުގެ ނަމުގަ މިހިންގާ ޖަރީމާ ތަކުން އިސްލާމް ދީނާއި ދިވެހިން ސަލާމަތް ކުރަން ވަރަށް ބުރަ މަސއްކަތް ކުރަން އެބަޖެހޭ. ސީރައަސް ކޮށް ނުނަގާ މިހެން ތިއްބާ ކޮންމެ ފަދަ ނުރައްކަލަކާ ވެސް ދިމާ ވެދާނެ.
ކެޔޮޅުބޭ
12 November 2020
މީހަކު އަންތަރީސް ނުވާނެތަ؟ މި ދިވެހި ރާއްޖެއަކީ ޒަމާނުއްސުރެ ސުލްހަ މަސަލަސް ކަންމަތީ ދެމި އޮތް ގައުމެއް. އެއްދީނެއްގެ އެއް ބަހަކުން ވާހަކަ ދައްކާ %100 މުސްލިމް ގައުމެއް. މިގައުމު ސުންނާފަތި ކުރަން ދީނުގެ ނަމުގަ މިއުޅޭ ޓެރަރިސްޓުންގެ ކިބައިން ގައުމު ދިފާއު ކުރަން އެންމެން އުޅެން އެބަޖެހޭ!
ދޮން ގެރި
14 November 2020
ބަލަ ދުރާމާ އިންޑިޔާ އައުޓު
ގަޓް ބްރޯ
12 November 2020
ސިޔާސީ މީހަކު ތަނެއްގައި އަމާންކަމާ ސުލްހަވެރިކަން ގާއިމްވެއްޖެކަމަށް ބުނެފިއްޔާ ހަގީގަތް އޮންނާނީ އޭގެ ދިމާ އިދިކޮޅަށް. ރާއްޖޭންވެސް މިހާރު މިފެންނަނީ އެތަން. މިރާއްޖޭގަ އަމާންކަމާ ސުލްހަވެރިކަން އޮތިއްޔާ ދެކުނު ސޫދާނަކީވެސް ސުލްހަވެރި އަމާން ތަނެއް.
ސަގަރޭ
12 November 2020
ހަރުކަށި ފިކުރަކީ ދިން ރަނގަޅަށް އޮޅުންފިލުވާ ދިނުމުން ހައްލުވާނެ ކަމެއް، ހައްޔަރުކޮށް އަނިޔާ ކުރުމުގެ ބަދަލުގައި ެެ އެކުދިންނަށް ރަނގަޅަށް އިސްލާމް ދީން އުނގަންނައި ދެންވީ
ސަލީމު އިދުރީސް
12 November 2020
ތިކަމުން ފުލުހުންގެ އަގުވެއްޓި ފުހުންނައް އިތުބާރު ނުކުރާގޮތްވާނީ މިހާރު ގިނަބައެއްގެ ހިތުގަ އުފެދޭ ސުވާލަކީ ހަމަލާއެއް ދޭންއުޅުނީބާވަޔޭ ނުވަތަ ފުލުހުން ކަމަކައް ދެބޯގެރި ދުއްވަނީބާއޭ
ޑިމޮކްރަސީޒީ0
12 November 2020
ހުއްޓުވީ ހަމަލައެއްކަމެއް، ޢަމަލެއްކަމެއް، ރޭވުމެއް ކަމެއް މީހުން ކަމެއް ނޭނގެ ލިޔުން ކިޔާލީމަ! މުއިއްޒު ތަންކޮޅެއް ބޮޑަށް ވިސްނައިންގެން ކިޔާމީހުންނަށް އެއްޗެއް ދޭހަވާގޮތަށް ލިޔުވުންއެދެން! ފުލުހުން ދޭ މަޢުލޫމާތު އެ ހުރިގޮތަށް ލިޔުނީމާ ކުޑަކޮށް އޮޅުންއަރާ!