ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުން ދިޔަ ޓެރަރިޒަމް ހަމަލާއެއް ހުއްޓުވައި ބަޔަކު ހައްޔަރުކޮށްފި އެވެ.
މީޑިއާތަކަށް ފުލުހުން މިރޭ ހިއްސާކުރި މެސެޖެއްގައި ބުނީ ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުންދިޔަ ކަމަށް ތުހުމަތުކުރެވޭ ޓެރަރިޒަމް އަމަލެއްގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސް އަށް ލިބުމުން އެކަން ހުއްޓުވާފައިވާ ކަމަށެވެ. އެކަމަކު ދޭން އުޅުނީ ކޮންކަހަލަ ހަމަލާއެއް ކަމެއް ނުބުނެ އެވެ.
ފުލުހުން ދެންމެ ބުނި ގޮތުގައި އޮޕަރޭޝަން ހިންގަމުން ދަނީ މާލެ އާއި މާލެ އަތޮޅު ކަނޑުމަތީގަ އާއި ތ. ތިމަރަފުށީގަ އެވެ. މި އޮޕަރޭޝަންގައި މާލެ އިން އެކަކު އަދި ކަނޑުމަތީ އޮތް ދޯންޏަކުން ތިން މީހަކު އަދި ތިމަރަފުށިން މީހަކު މިހާތަނަށް ވަނީ ހައްޔަރުކޮށްފަ އެވެ.
"އޮޕަރޭޝަންގެ މައުލޫމާތު ލިބެމުންދިޔަ ވަރަކުން އިތުރު ތަފްސީލު ހާމަކުރާނަން،" ފުލުހުން ބުންޏެވެ.