ހައި ކޯޓް: އެއް ކިލޯ ޑްރަގް މައްސަލާގައި ތުހުމަތު ކުރެވޭ ބަޔަކު ދަށު ކޯޓުން ދޫކޮށްލީ ގާނޫނާ ޚިލާފަށް ކަމަށް ވަނީ ހުކުމް ކޮށްފައި --- ފޮޓޯ/މިހާރު
20 ޑިސެމްބަރ 2020 - 18:22
އެއް ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި ބަޔަކު ކްރިމިނަލް ކޯޓުން ބަންދުން ދޫކޮށްލީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، އެ މީހުންގެ ބަންދާ މެދު އަލުން ގޮތެއް ނިންމަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
މިދިޔަ ސެޕްޓެމްބަރު މަހު މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި މީހުންގެ ތެރެއިން ފަސް މީހަކު ބަންދުުގައި ބޭތިއްބުމަށް ފަހު މިމަހު ކުރީކޮޅު ކްރިމިނަލް ކޯޓުން، ގާޒީ މުހައްމަދު މިސްބާހް އެ މީހުން ދޫކޮށްލީ އެ މީހުންގެ ފަރާތުން މުޖްތަމައުއަށް ނުރައްކަލެއް ކުރިމަތިވާނެ ސަބަބެއް ހުށަހަޅާފައި ނުވާތީ ކަމަށް ބުނެ އެވެ.
އެ ނިންމުން ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ މަސްތުވާތަކެތީގެ ވިޔަފާރީގެ ކުށްތަކަކީ މުޖްތަމައުއަށް ނުރައްކާތެރި ކުށްތަކެއް ކަމަށް ސުޕްރީމް ކޯޓުން 2010 ވަނަ އަހަރު ނިންމާފައިވާ ނިންމުމަށް އެ ކޯޓުން މިހާތަނަށް ބަދަލެއް ގެނެސްފައި ނުވާ ކަމަށެވެ. އެކަމާ މެދު އެ ނޫން ގޮތަކަށް ދަށު ކޯޓުތަކަށް މާނަ ކުރުން ނުދެވޭނެ ކަމަށާއި އަދި މަސްތުވާތަކެތި ޓްރެފިކް ކުރުން ފަދަ ކުށްތަކުން ރާއްޖެއަށް ލިބޭ ގެއްލުންތައް ބޮޑު ކަމަށް ވެސް ތަފާސް ހިސާބުތަކާ ހަވާލާދީ އެ ހުކުމުގައި ބުނެފައިވެ އެވެ.
މީގެ އިތުރުން އެ ފަސް މީހުންނާ އެ ކުށާ ގުޅުވޭނެ ހެކި ހުރި ކަމަށް ނިންމުމަށް ފަހު އެ މީހުން ބަންދުން ދޫކޮށްލަން އަމުރު ކުރުމަކީ ސުޕްރީމް ކޯޓުގެ ކުރީގެ ނިންމުންތަކާ ޚިލާފް ނިންމުމެއް ކަމަށް ވެސް އެ ހުކުމުގައިވެ އެވެ. އަދި ގާނޫނު އަސާސީގެ 49 ވަނަ މާއްދާ އާއި ޖިނާއީ އިޖްރައާތުގެ ގާނޫނުގައި ބަޔާންކުރާ "ކުށުގެ ތުހުމަތު ކުރެވޭ މީހާ" ގެ މި ލަފްޒު ދަށު ކޯޓުން މާނަ ކޮށްފައިވަނީ ރަނގަޅަށް ނޫން ކަމަށް ވެސް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.
ހައި ކޯޓުގެ ހުކުމުގައިވަނީ އެ ފަސް މީހުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުރުތައް ބާތިލް ކުރުމާ އެކު، އެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން އެދޭތާ ހަތް ދުވަސް ތެރޭގައި އެކަމާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓުން ގޮތެއް ނިންމަން ޖެހޭނެ ކަމަށެވެ.
އެ ފަސް މީހުންގެ ތެރެއިން އެކަކު ހައި ކޯޓަށް މިއަދު ހާޒިރުވެފައެއް ނުވެ އެވެ. ހުކުމުގައިވާ ގޮތުން އޭނާ ހުރީ ކޯޓުގެ ހުއްދަ ނެތި ފުރައިގެން ގޮސް ތ. އަތޮޅުގަ އެވެ. އެހެންވެ، ހައި ކޯޓުގެ ހުކުމުގައި ފުލުހުންނަށް އަމުރުކުރީ އޭނާ ހައްޔަރު ކޮށްގެން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމަށެވެ.
ހައި ކޯޓުން އެ މައްސަލަ ބެއްލެވީ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާގެ އިތުރުން ފަނޑިޔާރު ހުސައިން މަޒީދެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ނިޔާޒެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފުންއަސަރު
21 December 2020
ގިނަމީހުން ތަކަކަށް ބައިއެޅިގެންދާ ތިފަދަ ކަންތަކުގާ ކަންހިނގާނީ ތިހެން. ތީކީ އާވާހަކައެއްނޫން. އަދި ތީކީ އަކަމެއްވެސްނޫން. ހަފްތާއަކުން ޖީބަށްލާން 8000 ރުފިޔާއާ 25000 ދެމެދު ލިބެންޏާ، ދެން ކޮންކަމަކާތޯ ވިސްނަންވީ. އިއްޔެ ކިޔާލި ސަންއޮންލައިންގެ އާޓިކަލަކުންވެސް އެހުރިހާ ކަމަކަށް ހިތްވަރުދިނުން ނޫންކަމެއް ކޮށްފައެއްނުވޭ. ކީޯތްކުރާނީ، ދައްކަވަންހުރިކަމެއް ދައްކަވާފަ ގެންދަވާނީ!
ނިފާސާ
21 December 2020
އަލުން ހިފަހައްޓާފައި ރަނގަޅަށް ދޫކޮށްލާދެން!
އެޑަމް
21 December 2020
ޤާނޫނުގެ ބާރުނުހިގާ ގާނޫނުން ބޭރުގައިވާ3 ކަންތައް 1ޑުރަގު,2 ވައްކަން, 3ރާބުއިން1,2, މިއީމިފައިސާއިން ގިނަފަރާތްތަކަކައްބައިއެޅޭ ނުފޫޒުގަދަބަޔަކުއަޑީގަތިބެގެންހިންގާ ބާރުގަދަނެޓުވޯކެއް!!ތިންވަނަކަންތަކަކީ ބައެއް ޢިއްޒަތްތެރިންނާވިޔަފާރިވެރިންނާ އެމީހުންނާގުޅޭކުދިންކޮޅާއެކު ޕާޓީކުރުމާ ހިނދުކޮޅުގެނައުމާސަންސެޓްބަލަންތިބުންފަދަވަގުތުތަކުގައިބޭނުންކޮއްލާްދިޔަފޮދެއް މިދިޔަފޮދުބޮއިގެން ދެކަމުހާޖިތައްދެވިފަމަގުމަތީއޮތަސްއެއްވެސްތަޙުޤީޤީއިދާރާއަކަށް ޔޫރިންވެސްްޓެސްޓުކޮއްލާކައްނުކެރޭނެ!!
އިހީގެ ދަފްތަރު
21 December 2020
މާލޭ އޭރިޔާގައި މަސްތުވާ ތަކެތީގެ ވަގުވިޔަފާރި ކުރާމީހުން ފަސޭހައިން ދޫވޭ ރަށްރަށުގަ މި ވަގުވިޔަފާރި ކުރާމީހުންނަށް ހުކުމް ކުރެވޭ
މާވަޑި
21 December 2020
ރަނގަޅަށް ކުރޭތަ އެއްވެސް ކަމެއް؟ ވެރިކަން ކުރަން ނޭނގޭ ބައިގަނޑު ތިކަމުގެވެސް ހެކިންނަށް އަދީބާއި ޒިޔަތު ޖައްސަވާފައި ޑީލްގެ ދަށުން އެބޭފުޅުންނަށް ކޮތަރުމަސް ކާންދީފައި ގޭ ބޮޑުއަށިދަށައް ވައްދާ.. އެޖެންޑާ 19 ގައި އެންމެ ސަޅިތަންކޮޅަކީ ބޮޑެތި ކުއްވެރިންނާވެސް މަޝްވަރާކޮށް ދެފަރާތް އެއްބަސްވާގޮތަށް ބަންދުގެ މުއްދަތު ކަނޑައެޅުން.. އެޖެންޑާ 19 ހަމަ ތަފާތީއޭ
ޑޮނާޑު
21 December 2020
މިސުވާލުގެ ޖަވާބުލިބޭނީ ކޮންއިދާރާއަކުންތޯ?އީރާނުބޯޓުންވެސް އަތުލައިގަތީސަހީބުއިބުރާހިމްކަންނެލިދޯނިންއަތުލައިގަތީވެސް ސަހީބުއިޓަލީގެ ޔޮޓެއްއަތުލައިގަތަސް.ސަހީބުއިބުރާހިމްއަދިމިނޫނަސްމިލިއަންރުފިޔާގެކޭހެއްނަމަ,ސަހީބު2018 އިން 2020ދެމެދު .ސުވާލަކީކޮންމެފަހަރަކު އަތުލައިގަނެފަ ދޫކޮއްލަނީ ކޮންބާރެއްގެނުފޫޒުންތޯ ????
ވަކިކުރޭ
21 December 2020
ވަރަށް ސަޅި! އެކަމަކު ކުރިމިނަލް ކޯޓުގެ ސައިޓުން އެނގޭގޮތުގައި މި ފަސްމީހުންވެސް ދޫކޮށްލީ ޤާޒީ އަކީ ކުރިން ޝަހީބުވެސް ދޫކޮށްލީ މިފަހުން އެކޯޓަށް ލީ ފަނޑިޔާރު! މީދެން ބޮޑުވަރު! އެކެއްގެ ސަބަބުން ހައިކޯޓާ ސުޕްރީމްކޯޓާ މުޅި ރައްޔެތުން އެލާޓުވޭ ލޭމައްޗަށްގޮސް! މީނާ ވަކިކޮށްބަލަ މިވަރުނޭނގެންޏާ!
Happy
21 December 2020
ޥަރަށް ފުރިހަމަ ނިންމުމެއް ހައިކޯޓު.. ދަށުކޯޓުން ހުކުމްކުރި ފަޑިޔާރުން ގާނޫނާ ހިލާފަށް އަމުރު ނެރެފައިވާތީ ސަސްޕެނޑުކުރުމަށް ގޮވާލަން
ޢަބްދުލް ޢާލިމް
21 December 2020
ފަސް މީހުމް ޤާނޫނާ ޚިލާފަށް ދޫކުރި ފަރާތަށް އަދަބެއް ލިބުން ލާޒިމް! އެއީ ކަނޑައެޅިގެން ޤާނޫނާ ޚިލާފަށް، މުޖުތަމަޢަށް ނުރައްކާ ހުރި ޢަމަލެއް ކުރީތީ. އެންމެ ކުޑަމިންވަރަކަށް ދާއިމީކޮށް ޝަރުޢީ ނިޒާމުން އޭނާ ދުރުކުރުމަށް ފެނޭ!
ބާރަށު
20 December 2020
އަބަދުވެސް ވާވަރު ތީ، ކޮންމެ ކަމެއްވެސް ތިއޮންނަނީ ގެރިމަރުވާ ޒާތަށްގޮސް ނިމިފައި.