ބީސީޖީ ވެކްސިންގެ ޕެކޭޖެއް އިންޑިއާއިން ރާއްޖެއަށް ފޮނުވަން ތައްޔާރުކޮށްފައި. ފޮޓޯ:އިންޑިއާ ހައިކޮމިޝަން
31 ޑިސެމްބަރ 2020 - 18:36
ރާއްޖޭގައި ކުޑަކުދިންނަށް ދޭ ވެކްސިންތަކުގެ ތެރެއިން ޓީބީ ބަލިން ދިފާއުވުމަށް ދޭ ބީސީޖީ ވެކްސިން ލިބުން ދަތިވެގެން އިންޑިއާ ސަރުކާރުގައި އެދުމުން އެ ގައުމުން އެ ވެކްސިންގެ 2،400 ވައިލް ފޮނުވައި ދީފި އެވެ.
ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން މިއަދު ބުނީ ބީސީޖީ ވެކްސިންގެ ޝިޕްމަންޓް ހޯދައިި ރާއްޖެ އަށް ފުރުވައިލުމުގެ މަސައްކަތް ކުރީ އެ ގައުމުގެ ހެލްތު މިނިސްޓްރީއާއި އެކްސްޓާނަލް މިނިސްޓްރީ އަދި އިންޑިއާގައި ހުންނަ ރާއްޖޭގެ އެމްބަސީ އާއި މުމްބާއީގައި ހުންނަ ރާއްޖޭގެ އޮނަރަރީ ކޮންސުލް ގުޅިގެން ކަމަށެވެ.
ސިއްހީ ދާއިރާގެ އެއްބާރުލުމަކީ ރާއްޖެ އާއި އިންޑިއާގެ ދުވަސްވީ ގާތް ގުޅުމުގެ މުހިންމު އެއް ބައެވެ.
އެ ގައުމުން ވަނީ މިދިޔަ ޖެނުއަރީ މަހު މީސްލްސް އަދި ރުބެއްލާ ވެކްސިންގެ 30،000 ޑޯޒް ވެސް ރާއްޖެއަށް ފޯރުކޮށްދީފަ އެވެ.
ކޮވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި ދެގައުމުގެ މެދުގައިވާ ސިއްހީ ދާއިރާގެ އެއްބާރުލުން އިތުރަށް ވަރުގަދަވެ، އެތައް ގޮތަކުން ވަނީ ރާއްޖެ އަށް އެހީތެރިކަން ދީފަ އެވެ. އެގޮތުން މިދިޔަ މާޗް މަހު އެ ގައުމން ވަނީ ކޮވިޑް-19 އާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި އެހީތެރިވުމަށް ޑޮކްޓަރުންނާއި ސްޕެޝަލިސްޓުންގެ ހާއްސަ ޓީމެއް ރާއްޖެއަށް ފޮނުވައިފަ އެވެ.
އަދި 5.5 ޓަނުގެ ބޭހުގެ ކޮންސައިންމެންޓެއް އޭޕްރިލް މަހު ފޮނުވައިދިނެވެ. އޭގެ ފަހުން 6.2 ޓަނުގެ ބޭހުގެ ޝިޕްމެންޓެއް އިންޑިއާގެ އެއާފޯސް މެދުވެރިކޮށް ގެނެސްދިނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒާދީ
01 January 2021
މިފަހަރު ފޮނުވި ވެކްސިނަކީ ރާއްޖެއަށް ފަހުން ވެކްސިން އެހެންދިމާލަކުން ލިބުނީމަ ރާއްޖެއިން އަނބުރާ ދޭންޖެހޭގޮތަށް ފޮނުވި ވެކްސިން.
އަޑަފި
01 January 2021
އަނބުރާ ދައްކާ ގޮތައް ދިން އެއްޗެކޭ އެބަކިޔާ
އާދަމް ބާއީ
31 December 2020
ތޭންކިއު އިންޑިޔާބޭބޭ. އެއްޗެއް ދީފިއްޔާ ޝުކުރުއަދާކުރަންޖެހޭނެދޯ އާއްމު ޙާލަތުގާ ކިތަންމެ ރުޅިއަޔަސް.
ދިއްދޫމީހާ
01 January 2021
އެއީ ލޯނުގެ ގޮތުގާ ދިން އެއްޗެއް( ރާއްޖޭގަ ހުރި ސްޓޮކް މަދުވީމަ) އަލުން ރައްދު ކުރާގޮތައް ދިން ހަދިޔާއެ، އެކަމް އިންޓްރެސްޓް ފްރީ މިފަހަރު،،
އަލީރާޖާ
31 December 2020
ދުނިޔޭގެ އެންމެ ބޮޑެތި ވެކްސިން ފެކްޓްރީ ހުންނަ ގައުމަކީ އިންޑިއާ. ޝުކުރިއްޔާ އިންޑިއާ.