"އަސްލު" ނަމުގައި ޕީޕީއެމްގެ މުސްތަޝާރު ރައީސް ޔާމީންގެ ފެކްޝަނުން މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން މީހަކާ ސަލާމްކުރައްވަނީ: ޕާޓީގެ އަހަރީ ދުވަސް ފާހަގަކުރަން ދުވާފަރުގައި ވެސް ޖަލްސާއެއް ބާއްވަން ވަނީ ނިންމާފައި.--- ފޮޓޯ: މުހަންމަދު ޝަރުހާން/ މިހާރު
07 ނޮވެމްބަރ 2016 - 11:56
ޕީޕީއެމްގެ ފަސް ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް އެ ޕާޓީގެ މުޝްތަޝާރު، ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ރ. ދުވާފަރުގައި ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ.
ރައީސް ޔާމީންގެ ފެކްޝަނުން ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އައްޔަންކުރައްވާފައިވާ ޑރ. އަބްދުﷲ ހަލީލް މިއަދު ވިދާޅުވީ އަންނަ ހޮނިހިރު ދުވަހުގެ ރޭ ބާއްވާ ޖަލްސާގައި ރައީސް ޔާމީނާއި އެ ފެކްޝަންގެ އިސްބޭފުޅުން ބައިވެރިވަޑައިގަންނަވާނެ ކަމަށެވެ.
ޕީޕީއެމަށް ފަސް އަހަރު ފުރުން ފާހަގަކުރުމަށް އެ ފެކްޝަނުން ވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ ވެސް "އަސްލު" ގެ ނަމުގައި މާލޭގައި ވަނީ ބޮޑު ޖަލްސާއެއް ބާއްވައިފަ އެވެ. ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ބައިވެރިވުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުން ހަތަރު ހާހެއްހާ މީހުން މާލެ އައި ކަމަށް ރައީސް ޔާމީންގެ ފެކްޝަނުން ވަނީ ބުނެފައިވެ އެވެ. އަދި ޖަލްސާގައި 12،000 އަށް ވުރެ ގިނަ މީހުން ބައިވެރިވި ކަމަށް އެ ފްކެޝަނުން ބުންޏެވެ.
ހަލީލް ވިދާޅުވީ ދުވާފަރުގައި ޖަލްސާ ބާއްވަނީ އެއީ އުތުރުގެ ރަށްތަކުގެ ތެރެއިން އެންމެ އާބާދީ ބޮޑު އަދި ޕީޕީއެމަށް ބޮޑު ތަރުހީބެއް އޮންނަ ރަށަކަށް ވާތީ ކަމަށެވެ. މީގެ އިތުރުން ދެކުނުގެ ހިސާބުގައި ވެސް ޕާޓީގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތަކެއް ހިންގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ދުވާރުގައި ބާއްވާ ޖަލްސާގައި އެ އަތޮޅުގެ އެހެން ރަށްތަކުގެ މީހުން ވެސް ބައިވެރިވާނެ. އެ ޖަލްސާގައި ޕީޕީއެމަށް މެމްބަރުން ސޮއިކުރުން ވެސް އޮންްނާނެ،" ނިލަންދޫ ދާއިރާގެ މެމްބަރު ހަލީލް ވިދާޅުވި އެވެ.
ދެފަޅިވެފައިވާ ޕީޕީއެމްގެ އަހަރީ ދުވަސް ފާހަގަކުރުމަށް އެ ޕާޓީގެ ރައީސް، އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ފެކްޝަނުން ވެސް ޖަލްސާއެއް ބޭއްވުމަށް މަސައްކަތް ކުރި އެވެ. ނަމަވެސް އެ ޖަލްސާ ބޭއްވުމަށް ދަރުބާރުގެ ދުލެއް ނުކުރި އެވެ. އެތަން ދޫކުރަން އެއްބަސްވެ ހައުސިން މިނިސްޓްރީން ފައިސާ ބަލައިގަތް ނަމަވެސް ފަހު ވަގުތު ވަނީ ޖަލްސާ އަށް ދަރުބާރުގެ ދޫކުރަން ދެކޮޅު ހަދައިފަ އެވެ. އެހެންވެ ޕާޓީގެ ރަސްމީ އޮފީހުގައި މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ރޭ ޖަލްސާ ބާއްވަން އުޅުމުން ވެސް ފުލުހުން މެދުވެރިކޮށް ވަނީ ޖަލްސާ ހުއްޓުވައިފަ އެވެ.
މި ހުރަސްތަކާ އެކު ވެސް މައުމޫން ވަނީ ޝީ ބިލްޑިންގްގައި ބޭއްވި ހަފުލާއެއްގައި، ފަސް ވަނަ އަހަރީ ދުވަހުގެ ކޭކު ފަޅުއްވައިފަ އެވެ. ސަރުކާރަށް ކުރައްވާ ތާއީދު އަނބުރާ ގެންދެވިކަން ވެސް މައުމޫން އިއުލާންކުރެއްވީ އެ ހަފުލާގަ އެވެ. ޕީޕީއެމްގައި ރައީސް މައުމޫން އަދާކުރެއްވި ޒިންމާތައް ރައީސް ޔާމީނާ ހަވާލުކުރީ ސިވިލް ކޯޓުންނެވެ. އެ ހުކުމަށް ހައި ކޯޓުން ތާއީދުކުރުމާ އެކު ޔާމީން ފެކްޝަނުން ވަނީ ޕާޓީގެ ރަސްމީ އޮފީހުގައި ހުރި މުދަލާއި ލިޔެކިޔުންތައް ވެސް ގެންގޮސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފފ
08 November 2016
ޕީޕީއެމް ޕާރޓީއަށް ޒުވާން ކުދިންކޮޅެއް ހޯދަން އެޕާރޓީ ބޯގިނަކުރަން ޒުވާނުން އެޕާރޓީއަށް ވައްދަން ހިންގާ ހަރަކާތަކާއި ބޮޑަށް ވައްތަރީ އެހަލަ އުކުޅު ތިހުންނަނީ!
އަލީނަޒީރު ބ ކެންދޫ
07 November 2016
ޔާމިނު ކީއްވެބާ ކެންދޫއައް އަރަން ނުކެރިގެން މިއުޅެނީ އަލީހުސޭނު ސަނާ ނުކިޔަކަސް ރައްޔިތުންގެ ޝުއޫރުތައް ހުރިގޮތް އަޑުއަހާލުން ރަނގަޅުވާނެ
ޢަހުމަދު ނާސިރު ބ ކުޑަރިކިލު
07 November 2016
މަރުހަބާ ޔާމީން އެމްޑީޕީ ކުދިންނައް ހަޖަމެއް ނުވާނެ
މުހަންމަދު
07 November 2016
ކޮއިފުޅުމެނޭ! ތިޖަލްސާތައް ތިބާއްވަނީ ހަމަ އެއްކަމަކު. ލޯކަލް ކައުންސިލްގެ އިލެކްޝަނަށް ކުރިމަތިލާނެމީހުން ނުވެގެން އެކިފާޑުގެ ޗިޕު އެބަޖަހާ.
އަލީޝާކިރު
07 November 2016
ޖަލްސާ ނިންމާފަ އައިސް ދުވާފަރަކީ ފަޅުރަށަކަށް ނަހަދައިފިއްޔާ ރަގަޅު.
މުހަންމަދު
07 November 2016
ފަޅުރަށަކަށް ނުހަދާނެޔެކޭ ބުނެވޭކަށްނެތް. ހަމަހަދާފާނެ!
ރިޒޫ
07 November 2016
އަރެމެން ޕީޕީއެމަށް ގުޅުނީ ރައީސް މައުމޫނަށްޓަކާ. މައުމޫނަކީ ދުވާފަރު ރައްޔިތުންނަށް ގިނަގޮތްގޮތުން އެހީތެރިވެ ދެއްވި ބޭފުޅެއް. ދުވާފަރުގެ ރައްޔިތުންނަށް ޔާމީނު ކޮށްދިންހާވެސް ކަމަކީ ކާބޯތަކެތިން ދެގުނަ އަގުނެގުން އެވެސް މުޅި ރާއްޖޭގެ ހުރިހާ ރަށެއް ސާމިލުވާގޮތައް!
ދޮންމަނިކު
07 November 2016
ލިޔުންތެރިން ވެސްް ތަންކޮޅެއް ހަރުދަނާވާން ވެއްޖެ. ސުޕްރީމް ކޯޓުން ޕީޕީއެމްގެ ހިންގުން އެޕާޓިގެ މުސްތަޝާރާ ހަވާލުކުރި ފަހުން ޕީޕީއެމްގެ ހުރިހާ ކަމެއް ހިންގަނީ ރަޢީސް ޔާމީންގެ ބެއްލެވުމުގެ ދަށުން. އެއީ "ފެކްޝަނެއް" ނޫން. އެީ ޕީޕީއެމް. އެހެން ފެކްޝަނެއް މިހާރަކު ނޯންނާނެ. ދެން ޕީޕީއެމްގެ ރައީސް އާއި އެމަނިކުފާނަށް ތާއިދުކުރުމުގެ ގޮތުން ޕީޕީއެމް އާ ވަކިން ހަރަކާތްތެރި އެވާ ބޭފުޅުންނަކީ މިހާރު ނަމެއްގަ ޕީޕީއެމްގަ ތިއްބެވިޔަސް ޕީޕީއެމްގެ ބައެއްނޫން.
ބާސްމަތީ ރައީސް
07 November 2016
ކޯޓުންވެސް ހަވާލުކުރީ 24 ގަޑިއިރަށް، އޭގެ ފަހުން ޕީޕީއެމްގެ ރައީސްގެ ބާރުތައް އަތުލެވޭނެކަމަށް ޤަބޫލެއްނުކުރަން، ކައުންސިލަކަށްވެސް، އެއީޤައުމީ މަޖްލިހުންނިންމޭނެކަމެއް
ސޭޓު
07 November 2016
ޕާޓީ ކޮޑުލައިގެން ތިއުޅެނީ ހަދާނެ ގޮތް ނޭގިގެން ތޯ.
ހަރީރާ
07 November 2016
ދުވާފަރު މީހުން މައުމޫނަށް ތާއީދުކުރަނީ ކީއްވެ؟ ޔާމީނަށް ތާއީދު ކުރަންވީ ކީއްވެ؟ މައުމޫނަކީ ކަނދޮޅުދޫގެ އެންމެހާ ރައްޔިތުންގެ ހާލު އަހުވާލު ވަރަށް ގަަަަަަަަާތުން ބެއްލެވި ރައީސެކެވެ. ނުހަނު ދީލަތި އެހާމެ ހިތްޕުޅު ހެޔޮވެސްމެއެވެ. ނަމަވެސް ޔާމީނު ކޮށްދިނީ ކޮން ކަމެއް؟ ކާޑުގެ 3 ބާވަތުގެ އަގުބޮޑުކޮށް ކަރަންޓްގެ އަގުބޮޑުކޮށް ކަނދޮޅުދޫގެ ވަކި ބަޔަކަށް ކަންތައްތައް ފަހިކޮށްދިނުން ފިޔަވައި ކޮށްދިނީ ކޮން ކަމެއް؟ ހިތްޕުޅު ހެވެއް ނޫން، ބޮޑާކަން އިންތިހާ، މަށެއް މައުމޫނު ދުލެއް ނުކުރާނަން، ޔާމީނަކަށް ތާއީދެއް ނުކުރާނަން. ތިޔަ ޖަލްސާއަކަށް ނުދާނަން.
މާޒިން
07 November 2016
ރަށްރަށަށްގޮސް ރައްޔިތުންނަށް އޮޅުވާލަން ކިތަންމެ ވާހަކައެއް ދެއްކިޔަސް 1.2 ބިލިައން ރުފިޔާގެ ހިޔާނާތް މިސަރުކާރުންކުރި، ކާޑު އަގު ބޮޑުކޮށްފި، ކަރަންޓް އަގު ބޮޑު ކޮށްފި، ނުހައަގުން މީހުންގެ މައްޗަށް ދައުވާކޮށް ޖަލަށްލައިފި، މިކަންތައް ދުވާފަރު ޒުވާނުން ދަންނާނެ، ދުވާފަރު ދަންޑެހެލުގެ ވަރުގަދަ އަޒުމް ޒުވާނުންގެ ހުންނާނެ
ސާބަސް
07 November 2016
ކުރުކޮށް ފޮނިކޮށް ތިބައިމީހުންގެ ހަގީގަތް ބުނެދިނީތީ ޝުކިރިއްޔާ. ވައްލާޙުއައުލަމް