ސަފީރު ވިދާޅުވީ ރާއްޖޭން ދެމުން އަންނަ އެއްބާރުލުމުގެ ސަބަބުން ބީޔޫސީޖީ އާއި ޗައިނާގެ އެހެން ކުންފުނިތައް ވަނީ ދަތިކަމުގެ ތެރޭގައި ވެސް އަލުން މަސައްކަތް ފަށާފައި ކަމަށް
ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޒަންގް ލިޒޯން (ވ) ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (ކ-2) އަށް އިއްޔެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ބައްދަލުކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް
15 ޖެނުއަރީ 2021 - 15:42
ކޮވިޑް-19ގެ ސަބަބުން ދިމާވެފައިވާ ދަތިކަމުގެ ތެރޭގައި ވެސް ޗައިނާގެ ކުންފުނިތަކުން ރާއްޖޭގައި މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދާ ކަމަށާއި މިއީ ބަލިމަޑުކަމުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމުގެ އެހީއެއް ކަމަށް، ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޒަންގް ލިޒޯން މިއަދު ވިދާޅުވެއްޖެ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީކުރުމުގެ މަސައްކަތްތައް ބައްލަވާލެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ އެއާޕޯޓަށް ވަޑައިގެންނެވި އިރު ޗައިނާ ސަފީރު ވެސް ވަޑައިގެން ޗައިނާގެ ކުންފުނިތަކުން ކުރާ މަސައްކަތްތަކާ ބެހޭ ގޮތުން ރައީސަށް މައުލޫމާތު ދެއްވި އެވެ. ރައީސްއާ އެކު އެއާޕޯޓްގައި ނަގާފައިވާ ފޮޓޯއަކާ އެކު ކުރެއްވި ޓްވީޓެއްގައި ސަފީރު ވިދާޅުވީ ރާއްޖެއިން ދެމުން އަންނަ އެއްބާރުލުމާ އެކު، ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާއި ޗައިނާގެ އެހެން ކުންފުނިތަކުން، މެދުކެނޑުމަކަށް ފަހު އަލުން މަސައްކަތް ފެށުމުގައި އެންމެ ހިނދުކޮޅެއް ވެސް ބޭކާރުކޮށްލާފައި ނުވާ ކަމަށެވެ.
Thanks to the coordination from the Maldives side, BUCG and other Chinese companies have spared no effort to move forward the resumption of work in time of difficulties, contributing to the economic recovery in Maldives. https://t.co/XnjIAlhrFA pic.twitter.com/kowzbuzFiJ
— Amb. Zhang Lizhong (@AmbassadorZhang) January 15, 2021
ޗައިނާ ސަފީރު ކުރެއްވި ޓްވީޓް
"ރާއްޖެއިން ދެމުން އަންނަ އެއްބާރުލުމުގެ ސަބަބުން ބީޔޫސީޖީ އާއި ޗައިނާގެ އެހެން ކުންފުނިތަކުން މި ވަނީ މި ދަތިކަމުގެ ތެރޭގައި ވެސް އަލުން މަސައްކަތް ފަށާފައި. މިއީ ރާއްޖޭގެ އިގްތިސާދު އަލުން ކޮޅަށް ޖެހުމަށް ދެވޭ އެހީތެރިކަމަކަށް ވާނެ،" ސަފީރުގެ ޓްވީޓްގައިވެ އެވެ.
އެއާޕޯޓު ތަރައްގީ ކުރުމުގެ 1.2 ބިލިއަން އެމެރިކާ ޑޮލަރުގެ މަޝްރޫއުގައި ޓާމިނަލްތައް ހެދުން ފަދަ ބޮޑެތި މަސައްކަތްތައް ހަވާލުކޮށްފައިވަނީ ޗައިނާގެ ކުންފުނިތަކަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގައުމުު
16 January 2021
ކުރިން ދިރުވާލެވުނު ވަރު މަދީތަ އަލުން ދިރުވަން އުޅެނީ.
ރަށްޔިތު ސޮރު
16 January 2021
އިޤްތިސާދު ކުރިއަރުވަން ތިހާކަށްވަރުކޮށްދެވޭނީ. ފިލިޕިންސަށާ އެހެން ޤަޢުމުތަކަށް ޗައިނާ ޓުވަރިސްޓުން ފޮނުވާއިރު މިތަނަށް ޓުވަރިސްޓުން ނުފޮނުވާ ރާއްޖޭގެ އިޤްތިސާދު ކުރިއަރުވަން މަސައްކަތްކުރަނީއޭ ބުނުމަކީ އަރަތެއް!
ސުނޯމޭން
16 January 2021
ޢިގްތިސާދަކީ ކޯންޗެއްކަން ނޭނގި އެކަމެއްނުވާނެ ދީ
ވާސަރީވާ
16 January 2021
އިގްތިސޯދު ވެންޓިލޭޓަރުގަ..ރައީސް މީހާ ރޮމު ން ދުވަނީ... މަމިީ އެންމެ ގަދަ ރައީސް އައްވާ.. ވާސަރީވާ
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
16 January 2021
ޗައިނާއަށް ތިކަން ކޮށްދެވިދާނެ. ތަރައްގީގެ އެންމެ ބިޔަ ދެ ޕާޓްނަރުން ނަކީ ތިޔަ އިންޑިއާއި ތިޔަ ޗައިނާ. ޝުކުރިއްޔާ ޗައިނާ ސަރުކާރު މަރުހަބާ ޗައިނާ ސަފީރު
ރާއްޖެ
15 January 2021
ރާއްޖެ ތަރައްގީ ކޮއްދިނުމުގަ ޗައިނާގެ ރޯލްވަރައް ބޯޑު.
ޝޮކްތެރަޕީ
15 January 2021
ރާއްޖެއަ ހެޔޮއެދޭ ޤައުމެއް ޗައިނާއަކީ.
ނަޝީދު.
15 January 2021
އިގްތިސާދު ނުމެއް ދިރޭނެ ވެންޓިލޭޓަރު ތަކަށް ހެދިހެން ގައުމުގަ ހުރިހާކަމެއް ކޮށްގެނެއް ...
އަރުތަ
15 January 2021
ޗައިނާ ބޭބެމެނަށް މިކަން ވާނެ، އަހަރެމެންނަކީ ކުޑަކުޑަ ޤައުމެއް، އަހަރުމެންގެ ޙާލާމެދު ތިބަހައްޓާ ސަމާލުކަމަށް ޝުކުރު ދައްނަވަން.
ރަދީފު ބިން ރަފައިދާ
15 January 2021
ފުރަތަމަ ކެއުން. ދެން ތަރައްގީ.