ހަފުތާއެއްގެ މުއްދަތަށް ކާފިއު ހިންގާނީ ރޭގަނޑު 8:00 އިން ފަތިހު 4:00 އަށް
އައްޑޫގެ ބަޔަކު.
10 ފެބުރުއަރީ 2021 - 08:33
އައްޑޫން ކޮވިޑް-19 ގެ ޕޮޒިޓިވް ކޭސްތަކެއް ފެނި ކޮމިއުނިޓީ ސްޕްރެޑެއް އޮތް ކަމަށް ބެލެވޭތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި ރެއިން ފެށިގެން ހަފުތާއަކަށް ކާފިއު ހިންގަން ނިންމައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ކާފިއުގެ ވަގުތަކީ ރޭގަނޑު 8:00 އިން ފަތިހު 4:00 އަށް ކަމަށެވެ. އެ ވަގުތަކުތަކުގައި މަގުމައްޗަށް ނުކުމެ އުޅުން މަނާވާނެ އެވެ. އަދި ކާފިއުއާ ހިލާފުވާ މީހުންނާ ދޭތެރޭ ކަމާ ބެހޭ ފަރާތްތަކުން ފިޔަވަޅު އަޅާނެ އެވެ.
އައްޑޫގައި ކާފިއު ހިންގުމުގެ ކުރިން އެ ސިޓީގެ އެއް އަވަށުން އަނެއް އަވަށަށް ދިއުން ވެސް އިއްޔެ އިން ފެށިގެން ވަނީ މަނާކޮށްފަ އެވެ.
ކޮވިޑްގެ ކޭސްތައް އިތުރުވަމުންދާތީ މިހާތަނަށް ވެސް އެކި ކަހަލަ ފިޔަވަޅުތައް އައްޑޫގައި އަޅާފައިވެ އެވެ.
* ސްކޫލް/ކޮލެޖް/ޔުނިވަސިޓީތައް ބަންދުކުރުން
* މިސްކިތްތަކުގެ ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލުން
* ކެފޭ/ރެސްޓޯރަންޓްތައް އާންމުކޮށް ހުޅުވައިގެން ހިދުމަތް ދިނުން ހުއްޓާލުން
* ގާޑިޔާ ވިޔަފާރިތައް މެދުކަނޑާލުން
* ޖިމް/ސެލޫންތައް ބަންދުކުރުން
* ކުޅިވަރު ކުޅޭ ތަންތަން ބަންދުކޮށް/ކުޅިވަރު ހަރަކާތްތައް ހުއްޓާލުން
* އާންމު މައިދާންތަކާއި ޕާކްތަކަށް ދިއުން މަނާކުރުން
* އެއްފަހަރާ ތިން މީހުންނަށް ވުރެ ގިނައިން އެއްނުވުން
* ފެރީ އާއި ޓެކްސީގެ ހިދުމަތްތައް އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ދިނުން
* އެއް ގެއިން އަނެއް ގެއަށް ނުދިއުން
އައްޑޫން މިހާތަނަށް ކޮވިޑް-19 ގެ ޕޮޒިޓިވް 49 ކޭސް ފެނިފައިވާ އިރު ޑައިރެކްޓް ކޮންޓެކްޓުންގެ އަދަދު 260 އަށް ވުރެ ގިނަ އެވެ. އެހެންވެ އައްޑޫ މޮނިޓަރިން އަށް ލައި ކޮންޓްރެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
އައްޑޫގައި ހިމެނެނީ މައިގަނޑު ދެ ކްލަސްޓާއެކެވެ. އެއީ ބިދޭސީންތަކެއް ޕޮޒިޓިވްވި ހުޅުމީދޫ ކްލަސްޓާ އާއި އޭވިއޭޝަން ކޮމާންޑާ ގުޅުން ހުރި އައްޑޫގެ ގުޅިފައިވާ އަވަށްތަކުގެ ކްލަސްޓާ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެޗްއެމް
10 February 2021
އައްޑޫގެ ކައުންސިލާއި އޮފީސްތައް އަބަދުވެސް ތިބެނީ ކާފިއުގަ. މިހާރު ޢޮފީސްތަކުގެ ފޯނު އަދި އީމެއިލް ވެސް ކާފިއުގަ. މިއީ ބޮޑު އާބާދީ އަކަށް ހިދުމަތްދޭން ތިބޭ ތަންތަން. ހަރުދަނާ ކަމެއްނެތް ބަޔާނާ އަމުރު ނެރުން ނޫންކަމެއް ކުރާކައްނޭގޭ. ހިންގަން ނޭގުނީމަ ހުއްޓާލާފަ ދާންވެސް ނޭގި އާގަމަވެފަ ތިބޭ ވެރިން ތިބޭ ތަނެއް.
މޮހަދު
10 February 2021
އައްޑޫގެ ރައްޔިތުން ނުރައްކަލަށް ހުށަހެޅޭގޮތްށް އަމަލުކޮށް ބަލި ފެތުރިފައިވާ މާލެ އިން އައްޑު އަށް ދަތުރުކުރާ އެކި މީހުންނާ ދޭތެރޭ އެކިގޮތަށް އަމަލު ކޮށް ތަފާތު ކުރުން ގެންގުޅެފައިވާތީ އެޗްޕީއޭގެ ބޭފުޅުންނާ ދޭތެރޭ ފިޔަވަޅު އަޅާ މަގާމުން ދުރުކުރަން ޖެހެއެވެ. މައިމޫނާ ވެސް މިކަމުގައި އިހުމާލު ވެފައިވާތީ ޒިންމާ އުފުލަންޖެހެއެވެ. ޥީމާ މައިމޫނާވެސް މަޤާމުން އެކަހެރިކޮށް މި މައްސަލަ ބަލަންޖެހެއެވެ.
ނޫރާނީ.
10 February 2021
އޯ ވަރަށް ސަޅި. އައްޑޫ ކުދިންގެ ސްޓައިލް ގަނޑު މަށަށް ވަރަށް ކަމުދޭ. ވަރަށް އިގިރޭސި ބައެއް.
ންން
10 February 2021
މާލޭގައިވެސް ނިކަން ރޭގަނޑު 8 އަކުން ފެށިގެން ފަތިހު 4 އަށް ކާފިއު ހިންގާބަލަ ކެރެންޏާ. މާލޭގައި ކާފިއު ހިންގަނީ އެންމެން ނިދާގަޑީގައި. އެގަޑިއަކީ މާލޭގައި އުޅޭ ކޮވިޑް ވައިރަސް އެކްޓިވޭޓްވާ ގަޑިތޯ ބަލާލަން ބޭނުން.