ހީނާ: ޖިންސީ ގޯނާގެ މައްސަލަތަކުގައި ސަރުކާރުން އަމަލުކުރާ ގޮތާ މެދު އޭނާ ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި.
11 ފެބުރުއަރީ 2021 - 23:08
އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ އާއި ރޭޕްކުރި ކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޝަރީއަތް ހިނގަނިކޮށް ބޭރަށް ފުރުވައިލުމަކީ މިފަދަ މައްސަލަތަކުގައި އިންސާފު ހޯދައިދޭން ސަރުކާރުގެ ސީރިއަސްކަމެއް ނެތް ކަން ހާމަވާ ކަމެއް ކަމަށް ބުނެ އިދިކޮޅުން ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.
ޕީޕީއެމާއި ޕީއެންސީން މިރޭ ބޭއްވި ޖަލްސާގައި، ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވަނީ ޖިންސީ ގޯނާ އާއި ފުރައްސާރަ އާއި ރޭޕާއި ކޮރަޕްޝަން ފަދަ ކުށްތަކަށް މި ސަރުކާރުން ގެންގުޅޭނީ ޒީރޯ ޓޮލަރެންސް ކަމަށް ބުނާ ސިޔާސަތު ކޮބައިތޯ ސުވާލު ކުރައްވައިފަ އެވެ. ރައްޔިތުންނަށް ފެންނަން އޮތް އެ ސިޔާސަތަކީ ބޮޑެތި ކުށުގައި ތުހުމަތު ކުރެވޭ އަލީ ވަހީދު ފަދަ ސަރުކާރުގެ އިސް ވެރިންނާ އަރިސް ބޭފުޅުން އިންސާފަށް ފިލުވުން ކަމުގެ ތުހުމަތު އޭނާ ކުރެއްވި އެވެ.
އަލީ ވަހީދު ބޭރަށް ފުރުވައިލީ ސަރުކާރުން ބުނެފައިވާ ގޮތަށް "ކުރިމަގު އުޖާލާކުރަން" ކަމުގެ ތުހުމަތު ކުރައްވައި ހީނާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އެއީ ޖިންސީ ގޯނާގެ މައްސަލައިގައި އިންސާފަށް އެދި ތިބި ޓޫރިޒަމް މިނިސްޓްރީގެ 13 މުވައްޒަފުންނަށް ބޭއިންސާފުވުން ކަމަށް ވިދާޅުވި އެވެ.
"ސަރުކާރުން މި ބުނަނީ އަލީ ވަހީދު ފުރައިގެން ދިޔަ ޚަބަރު މި ފެނުނީ ނޫސްތަކުންނޭ ނުވަތަ ޓީވީތަކުންނޭ. މިކަން ގަބޫލުކުރެއްވޭތޯ، ނުކުރެއްވޭ ނޫންތޯ. ރައީސް ސޯލިހް ވިދާޅުވެފައި އެބައޮތް އަލީ ވަހީދަކީ ސިޔާސީ ކުރި މަގު އޮތް ބޭފުޅެކޭ އެހެންވީމާ އެ މަނިކުފާނު ބޭނުން ގޮތަކަށް ސިޔާސީ ކުރިމަގު ބައްޓަންކުރަން އަޅުގަނޑުމެން އެންމެން ވެސް ފުރުސަތު އެބަދޭން ޖެހެއޭ،" ހީނާ ވިދާޅުވި އެވެ.
"އެހެންވީމާ މިކަމުގައި ރައީސް ސޯލިހް އިސްތިސްނާވާނެ ހަމަ އެއްވެސް ގޮތެއް ނެތް."
އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލަން އެއްބަސްވީ، ޕީޖީ އޮފީހުން ބުނާ ގޮތުގައި، ޑޮކްޓަރުގެ ބަހަށެވެ. ކުރިމަތިވެފައި ވަނީ އޭނާގެ ފުރާނަ އަށް ނުރައްކާވެދާނެ ބައްޔެއް ކަމަށް ޑޮކްޓަރު ލަފާ ދެއްވާފައިވާ ކަމަށާއި އެހެންވިޔަސް އެދުނީ ޓްރެވަލް ޑޮކިއުމެންޓައި ފުރުވަން ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ޕާސްޕޯޓް ދޫކުރަން ނެރުނު އަމުރު ދިފާއުކުރަމުން ކްރިމިނަލް ކޯޓުން ބުނެފައި ވަނީ އޭނާގެ ޕާސްޕޯޓް ދޫކޮށްލީ ޖާމިނުވާނެ (ޒިންމާ އުފުލާނެ) ފަރާތެއް ހުށަހެޅުމުން ކަމަށެވެ. މިއީ، ޒިންމާވާނެ ފަރާތެއް ހުށަހަޅައި، މިފަދަ ސީރިއަސް މައްސަލައެއްގައި ހިމެނޭ މީހަކު ބޭސްފަރުވާ އަށް ދޫކޮށްލި ފުރަތަމަ ފަހަރެވެ.
އަލީ ވަހީދުގެ ޕާސްޕޯޓު ކޯޓުން ދޫކޮށްލި ގޮތުގެ މައްސަލަތަކާ އެކު ޕީޖީ އޮފީހުން މިއަދު ވަނީ ބަޔާނެއް ނެރެފަ އެވެ.
ހިނާ ވިދާޅުވި ގޮތުގައި މި ވެރިކަމުގެ މިނިސްޓްރީތަކާއި ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުން ފެންވަރުގެ ބޭފުޅުންނަށް ޖިންސީ ފުރައްސާރައިގެ ބޮޑެތި ތުހުމަތުތަކެއް ދަނީ ކުރެވެމުންނެވެ. މޯލްޑިވް ގޭސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ އިކްރާމަށް ތުހުމަތު ކުރެވި އޭނާ މައްސަލަ ފެންމަތިވެފައި ވިޔަސް އެކަށީގެންވާ ފިޔަވަޅެއް ނާޅާނެ ކަމަށް ހީނާ ވިދާޅުވި އެވެ.
އެކަން ސާފުވަނީ މިހާތަނަށް މިފަދަ މައްސަލަތަކުގައި ސަރުކާރުން އަމަލުކޮށްފައިވާ ގޮތުން ކަމަށާއި ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއް ކުރެއްވުނު ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން އިސްމާއިލް ވެސް ރައީސް އޮފީހުގައި ވަރަށް ފަހަކާ ޖެހެންދެން މަގާމުގައި ހުންނެވި ކަމުގެ ފާޑުވިދާޅުވި އެވެ. ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއާ ދެކޮޅަށް ފުލުހަށް ހުށަހެޅި މައްސަލައިގައި ވެސް ފިޔަވަޅު ނާޅާ ކަމުގެ ކަންބޮޑުވުން ހީނާ ފާޅުކުރެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިންސާފު ހޯދުމަށް ސަރުކާރަށް އަޑުއިއްވަން އޮތީ މަގުމައްޗެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހށނ
12 February 2021
ކޮންމެ ކަމެއްގަވެސް މިހާރު އޮންނަނީ ފުރަތަމަ އާއްމު ރިއެކްޝަން ހުރީ ކިހިނެއްތޯ ބެލުން. އާންމުންގެ ރިއެކްޝަން ހުންނަގޮތަކުން ސަރުކާރު ދެން ބަލާނެ ރެކޭނެގޮތެއް ނުވަތަ އެކަމެއްގެ ފޯކަސް ގެއްލުވާލަން އެހެން ކަމެއް އުފަން ކުރުވާނެ. ކަންކަން ސަރުކާރުން ކުރާނީ އޮޅިގެން ނޫނީ ނޭގިތިބެ ކަމަކަށް ގަބޫލުނުކުރެވޭ.
ހުސެންް
12 February 2021
ގޯނާކުރަން ހުއްދަ ދިނީމަ ދޯ ކުރެވުނީ.. ދެން ގޯނާ ނުކުރުވަން ބޭނުން ވީމާ ދި ބަސްޓްކޮއްލީނު
ޢޭންޖަލް
12 February 2021
ކޮންމެ ސަބަބެއް ތީގެފަހަތުގަ އޮތަސް މިފަހަރު ތިބުނި ވާހަކައަށް ފުރިހަމަ އަށް ތާއީދު
ގެދޮރު ނެތް މާލޭމީހާ
12 February 2021
އިދިކޮޅެއް އެއްކޮޅެއް ކިޔާނެކަމެއް ނެތް. ތީ ހުސް ސިޔާސީ މީހުންނެއްނު. ރައްޔިތުންގެބޮލަށް ޗިޕްޖަހައިގެންބޭނުންވާ ހުރިހާ ކަމެއް ޙާސިލް ކުރާނެ.
ސުޖާތާ ހަލީމު
12 February 2021
ސިދާތާ މިނިސްޓަރުކަމުން ވަކި ކުރި ދުވަހުން ފެށިގެން އަހަރުމެން ހީކުރީ ޖިންސީ ގޯނާގެ ކަންކަން ހައްލުވީކަމަށް، އެންޑީޕީ ކުދިން ބުނީ ސިދާތާ ބެޑްސީޓު ދަށު އޮންނާތީއޭ ހުރިހާ ކަމެއް ގޯސްވަނީ
ދިވެހިންގެ ބަސް
12 February 2021
މި ސަރުކަރަ އިނަޑިޔާ މީހުން ކުށެއް ކުރިޔަސް ހައްޔަރު ނުކޮއް އެބުރި އިންޑިޔާއަ ފޮނުވާލަނީ. ނަޝީދު ބޭނުން ވާމީހަކު ބޭރައް ފޮނުވާލަނީ. އަދީބު ގޭގަ ޓީވީ ބަލަން. މީ އަދުލު އިންސާފުތަ؟
އަލިބެ
12 February 2021
ކުއްވެރިން މިނިވަންކުރާނީ ގައުމު ފަސާދަ ކޮއް ގައުމުހަލަބޮލި ކޮއްގެނެއްނޫން! މާދަން ހުކުރު ދުވަސް އެހެރީމިސްކިތް ގޮސްހުކުރު ނަމާދައްފަހު ދުއާކޮއްބަލަ!
އައްޔަ ބޮޑޭ
12 February 2021
ހީނާ އެއްކަމަކު ތީފުކެއް ބޮޑުވަރު ހަގީގަތް އެނގިތިބެ ވެސް ގައުމުގަ ފަސާދަ އުފެއްދުން ނޫން ކަމެއް ކުރަން ހަމަ ނޭނގެނީބާ? އޭނާ ފުރުވާލީ ޑޮކްޓަރު ކޯޓައް ވަޑައިގެން އޭނާފުރަނަޖެހޭ ކަމައް ބުނުމުން ނޭ ކޯޓުން އެބުނަނީ,އޭނަ ނުފޮނުވަ ހުއްޓަ މަރުވެއްޖިއްޔަ ބުނާނެ ! އެމެރިއްޔެެ އެވަރައް ބުނީމަވެސް ހަމަ ބަހައްޓާގެން މެރިއްޔެ!
އިންށަފުގެ ފައިވާން
12 February 2021
މީ އިންސާފު. ލަދެއްނެތް ބައެއް. ވޯޓާ ކައިރިކޮއްފަ އަންނާނެ އަންޙެނުންގެ ހައްގޭ ކިޔާފަ.
ބަބުރު
12 February 2021
އަންހެންކުދިން ބަނޑުކޮއްޓި ފަހުމީ ޕީޕީއެމްގެ ވެރިކަމުގައި މެލޭސިޔާގެ އެމްބެސެޑަރުކަންދީގެން ތިބީ މާސީރިއަސްކޮށް ނެގިނެގީމަ