ޚަބަރު / ޕްރޮސެކިއުޓާ ޖެނެރަލް

އަލީ ވަހީދު ފިލާފާނެތީ ޕާސްޕޯޓް ދޫނުކުރަން އެދުނިން: ޕީޖީ އޮފީސް

ޕީޖީ ހުސެއިން ޝަމީމާއި އަލީ ވަހީދު އަދި ފަނޑިޔާރު ހަސަން ސައީދު.

އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ދައުވާ އުފުލި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަކީ ތަހުގީގާއި ޝަރީއަތަށް ހުރަސްއެޅޭ ގޮތަށް ކުރިން ވެސް ފިލާފައި ހުރި މީހަކަށް ވާތީ ޕާސްޕޯޓް ދޫކޮށްފި ނަމަ އޭނާ އެނބުރި ވަޑައިނުގަތުމުގެ ފުރުސަތު އިންތިހާއަށް އޮތް ކަމަށް ކްރިމިނަލް ކޯޓުގެ ޝަރީއަތުގައި ދައުލަތުން ބުނެފައިވާނެ ކަމަށް ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ.

ޖިންސީ ގޯނާގެ ހަތް ދައުވާއެއް އުފުލާފައިވާ އަލީ ވަހީދު އިނގިރޭސިވިލާތަށް ފުރާވަޑައިގަތް މައްސަލައިގައި ޕީޖީ އޮފީހަށް އަމާޒުވި ފާޑުކިއުންތަކުން ދިފާއުވާން ނެރުނު ބަޔާނުގައި މައްސަލައަކަށް ދެއްކީ ކޯޓުން އަމަލުކޮށްފައިވާ ގޮތެވެ.

ޕީޖީ އޮފީހުން ބުނީ ޕާސްޕޯޓް ދޫކުރަން ކޯޓުން ނިންމީ ރަނގަޅަށް ކަމަށް ނުދެކޭ ކަމަށެވެ. އެ އަމުރު ނެރުމުގައި ކޯޓުން އަމަލުކުރީ އެ ބާވަތުގެ އަމުރު ނެރުމުގައި ކުރިން އަމަލުކުރާ އުސޫލްތަކާ ޚިލާފަށް ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

"...މި މައްސަލަ ކަމާބެހޭ މުއައްސަސާތަކުގެ ސަމާލުކަމަށް ގެނައުމުގެ މަސައްކަތް މި އޮފީހުން އެބަ ކުރަމެވެ،" ޕީޖީގެ އޮފީހުގެ ފަސް ސޮފްހާގެ ބަޔާނުގައިވެ އެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް ހަތަރު މަހަށް ދޫކުރުމުގެ އަމުރު ނެރުއްވީ ފަނޑިޔާރު ހަސަން ސައީދެވެ.

އޭނާ އަކީ ކުރިން އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު ފިލާފާނެ މީހެއް ކަމަށް ޕީޖީން ބުނަނީ ބެލެވޭ ގޮތުގައި 2015ގައި ބޭއްވި މޭޑޭގެ މުޒާހަރާގައި ކުރި ތުހުމަތާ ގުޅިގެންނެވެ. އޭނާ ހައްޔަރުކޮށް ދޫކޮށްލުމުން އިނގިރޭސިވިލާތަށް ވަޑައިގެން ހިމާޔަތް ހޯއްދެވީ އެވެ. ރާއްޖެ ވަޑައިގަތީ މި ވެރިކަން ފެށުމުންނެވެ.

ޕީޖީ އޮފީހުގެ ބަޔާނުގައި ބުނި ގޮތުގައި އަލީ ވަހީދުގެ ޕާސްޕޯޓް ދޫކުރީ ދައުލަތުން އެދިގެން ކަމަށް ބުނެ ފަތުރާ ވާހަކަ ހަގީގަތާ ޚިލާފެވެ. އާއްމުވި ކޯޓު އަމުރުގައި، އަމުރަށް އެދުނު ފަރާތަކީ ޕްރޮސިކިއުޓަ ޖެނެރަލް ކަމަށް އޮތީ ކޯޓުގެ އިދާރީ އޮޅުމަކުން ކަމަށް ކޯޓުން ބުނާ ކަަމަށް ޕީޖީ އޮފީހުގެ ބަޔާނުގައިވެ އެވެ.

އަލީ ވަހީދަށް ކުރި ތުހުމަތުތަކާ ގުޅިގެން އޭނާ ރާއްޖެ އިން ފުރުން އެންމެ ފުރަތަމަ މަނާކުރީ ޖުލައި، 10، 2020ގަ އެވެ. އެ މުއްދަތު ހަމަވުމުން ޕާސްޕޯޓު ހިފަހައްޓާފައިވާ މުއްދަތު އިތުރުކުރަން ހުށަހަޅައި އަމުރު ހޯދި ކަމަށް ބަޔާނުގައިވެ އެވެ.

ބަޔާނުގައި ބުނީ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު މުރާޖައާކޮށްދޭން އަލީ ވަހީދު ހުށަހަޅުއްވައި މިދިޔަ ޖެނުއަރީ 24 ގައި އަޑުއެހުން ބޭއްވުމާ ހަމައަށް ވެސް އަލީ ވަހީދު ހުށަހެޅުއްވި ސިއްހީ ހާލަތު ގޯސްކަމުގެ ލިއުންތައް ޝަރީއަތުން ނުލިބޭ ކަމަށެވެ.

"...ދައުލަތުން ކޯޓުގައި ދަންނަވާފައި ވާނީ އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލައިފި ނަމަ ފިލައިގެން ދިއުމާއި އަދުލުއިންސާފު ގާއިމްކުރުމަށް ހުރަސްއެޅުމުގެ ފުރުސަތު އިންތިހާއަށް އޮތުމުން ޕާސްޕޯޓް ދޫކުރަން އިއުތިރާޟްކުރާ ކަމަށެވެ،" ބަޔާނުގައިވެ އެވެ.

ކޮންމެ ސިއްހީ މައްސަލަައަކަށް ބޭރުން ފަރުވާ ހޯދަން ނުޖެހޭ ކަމަށާއި ފިލާފާނެ ކަމުގެ ނިޔަތް އޮތް މީހެއްގެ ޕާސްޕޯޓް ދޫކުރަންވާނީ ރާއްޖެ އިން ފަރުވާ ނުކުރެވޭނެ ފަދަ ސީރިއަސް މައްސަލައެއް ހުރެގެން ވަގުތުން ފަރުވާދޭން ޖެހޭ ހާލަތެއްގައި އެކަނި ކަމަށް ވެސް ކޯޓުގައި ބުނެފައިވާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ބަޔާނުގައި ބުނީ ލިއުންތައް ނުބަލައި އެއްބަސްވާން ދަތިކަމަށް ބުނުމުން ކޯޓުން ދެއްކީ ރާއްޖެ އިން ބޭރުން އަލީ ވަހީދު ފަރުވާ ހޯދަން ޖެހޭ ކަމަށް ޓްރީ ޓޮޕް އިން ކަށީގެ ޑރ. މުޒްނީ ދޫކޮށްލާފައިވާ ލިއުމެއް ކަމަށެވެ. އެ ލިއުމުގެ ސައްހަކަން، އެކްސްޕާޓެއްގެ އެހީއާ ނުލައި ކަށަވަރު ނުކުރެވޭނެ ކަމަށާއި އެފަދަ ސިއްހީ މައްސަލައެއް ހުރި ކަމަށް އެ ލިއުމުގެ މައްޗަށް ނިންމެން ނެތް ކަމަށް ބުނުމުން އައިޖީއެމްއެޗުން އަލުން ޗެކަޕް ހެދުމަކީ ކްރިމިނަލް ކޯޓުގެ އަމިއްލަ ނިންމުމެއް ކަމަށް ބަޔާނުގައިވެ އެވެ.

"މިއީ މިބާވަތުގެ މައްސަލައެއްގައި، މި ހާލަތުގައި އާއްމުކޮށް ކޯޓުން ކުރައްވާ ކަމެއް ނޫނެވެ،" ބަޔާނުގައިވެ އެވެ.

އައިޖީއެމްއެޗުން އަލީ ވަހީދަށް ދޫކުރި އަދި ކޯޓާ ހިއްސާކޮށްފައިވާ ލިއުންތައް މިހާތަނަށް ވެސް ދައުލަތަށް ފެނިފައި ނުވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

އަބުރަށް ހުތުރުވާނެތީ ޓްރެވަލް ޑޮކިއުމެންޓުގައި ފުރަން ބޭނުން ނުވީ!

ޕީޖީ އޮފީހުން ބަޔާނުގައި ކިޔައިދީފައިވާ ގޮތުގައި އައިޖީއެމްއެޗުން އަލީ ވަހީދަށް ފަރުވާކުރި ޑޮކްޓަރު ޔޫސުފް ޝާން ހާޒިރުކޮށް މި މަހުގެ ނުވަ ވަނަ ދުވަހުގެ ބޭއްވި އަޑު އެހުމުގައި ބޭރުން ފަރުވާ ހޯދަން ލަފާ ދެއްވި ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ މައިބަދައިގެ ޑިސްކް މައްސަލައަކާ ހެދި އެވެ.

އެ ސާޖަރީ ރާއްޖެ އިން ވެސް ކުރެވެ އެވެ. އެކަމަކު ޝާން ވިދާޅުވަނީ އަލީ ވަހީދުގެ ހުރި ކޮމްޕްލިކޭޝަންތަކުގެ ސަބަބުން ރާއްޖޭގައި ކުރަން ރެކޮމެންޑްނުކުރާނެ ކަމަށެވެ. ރާއްޖޭގައި ވަރަށް ފަހުން އެ ސާޖަރީ ހެދި މީހަކު މަރުވެފައިވާ ކަމަށް ޝާން ވިދާޅުވި ކަމަށް ޕީޖީ އޮފީހުގެ ބަޔާނުގައިވެ އެވެ.

ބަޔާނުގައި ބުނީ ޝާންގެ ލަފަޔާ ގުޅޭގޮތުން ދައުލަތުން ދެކޭ ގޮތް އެހުމުން ބޭސްފަރުވާ އަށް އިއުތިރާޒް ނުކުރާނެ ކަމަށާއި ޕާސްޕޯޓް ހިފަހައްޓާފައި އޮތް އޮތުން ދަމަހައްޓައި، މީހަކު ޖާމިނުކުރުވައި ވަކި މުއްދަތަކަށް ބޭރަށް ދިއުމުގެ ޓްރެވަލް ޑޮކިއުމެންޓެއް ދޫކުރަން އެދޭ ކަމަށް ކޯޓުގައި ބުނެފައިވާ ކަމަށެވެ.

މިކަމަށް އަލީ ވަހީދުގެ ފަރާތުން އިއުތިރާޒްކުރި އެވެ. އޭނާއަކީ ކުށުގެ ރެކޯޑެއް ނެތް މީހެއް ކަމަށާއި ޝަރީއަތަށް ކުރިން ފިލާފައި ނުވާނެ ކަމަށް އަޑުއެހުމުގައި ބުނެފައިވެ އެވެ. ޖިންސީ ކުށުގެ ދައުވާ އުފުލާފައިވާ މީހެއް ކަން އެނގޭ ގޮތަށް ޓްރެވަލް ޑޮކިއުމްނެޓެއް އޮތުމަކީ އޭނާގެ އަބުރަށް ހުތުރެއް ކަމަށާއި އެހެން އޮތުމުން އެކަށީގެންވާ ގޮތުގައި ފަރުވާ ހޯދަން ދަތުރުކުރަން ހުރަސްއެޅޭ ކަމަށް އަލީ ވަހީދުގެ ފަރާތުން ކޯޓުގައި ބުނި ކަމަށް ޕީޖީގެ ބަޔާނުގައިވެ އެވެ.

އޭގެ ރައްދެއްގެ ގޮތުގައި، ބޭސްފަރުވާ އަށް ބޭނުންވާނީ ޕާސްޕޯޓް ނޫން ކަމަށް ދައުލަތުން ބުނި ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. މީގެ އިތުރުން ޕީޖީގެ ބަޔާނުގައިވަނީ، ޖިނާއީ ދައުވާއެއް އުފުލާފައިވާ މީހެއްގެ ހައްގުތައް ގާނޫނުއަސާސީން ގައިދުވެފައިވާ ކަމަށާއި އަދުލު އިންސާފު ގާއިމްވުމުގެ ހައްގަކީ ހަމައެކަނި ދައުވާ ލިބޭ މީހާގެ ހައްގެއް ނޫން ކަމަށް ކޯޓުގައި ބުނި ކަމަށެވެ.

"އެއީ، ދައުވާ ލިބޭ މީހާގެ އިތުރުން މައްސަލައިގައި އަނިޔާ ލިބުނު މީހުންނާއި މުޅި މުޖުތަމައުގެ ހައްގެއް ކަމަށާއި އެހެންކަމުން ކޯޓުން ނިންމާ ނިންމުންތައް ބިނާވާން ޖެހޭނީ ހަމައެކަނި ދައުވާ ލިބޭ މީހާގެ މަސްލަހަތު ބުރަވާ ގޮތަކަށް ނޫން ކަމަށާއި މި ދެންނެވުނު އެންމެހާ ހައްގުތައް ބެލެންސްކުރަންވާނެ ގޮތަކަށް ކަމަށެވެ،" ބަޔާނުގައިވެ އެވެ.

"ފުރާ ހިސާބުން އަމުރު ތަންފީޒު ނުކުރެވޭނެ ކަމަށް ބުނިން"

ޕީޖީ އޮފީހުން ބުނީ ވަކި މުއްދަތަކަށް މީހަކު ޖާމިނުކޮށް ޕާސްޕޯޓް ދޫކުރިއަސް ރާއްޖެ އިން ފުރާ ހިސާބުން އަމުރު އަލީ ވަހީދުގެ މައްޗަށް ތަންފީޒެއް ނުކުރެވޭނެ ކަމަށާއި އަލީ ވަހީދުގެ ޖާމިނު ޒިންމާކުރެވޭނެ ކަމާ މެދު ވެސް ޔަގީންކަން ނެތް ކަމަށް ކޯޓުގައި ސާފުކޮށްދީފައިވާނެ ކަމަށެވެ.

ބަޔާނުގައި ބުނި ގޮތުގައި ދައުލަތުން އެދުނީ ވަކި މުއްދަތަކަށް ގައިދުކޮށްފައިވާ ޓްރެވަލް ޑޮކިއުމެންޓެއް ދޫކޮށްދިނުމަށެވެ.

އެކަމަކު ހަތަރު މަހަށް ޕާސްޕޯޓް ދޫކުރަން ނިންމެވީ ފަނޑިޔާރު ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. އަދި ޖާމިނުކުރުވީ ކާކުތޯ އެހުމުން އަލީ ވަހީދު ހުށަހެޅީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ (އަޑުބަރޭ) ކަމަށް ވެސް ބަޔާނުގައިވެ އެވެ.

"އެ ދުވަހު ޕާސްޕޯޓް ދޫކުރަން ނިންމި ލިއުމާއި ޖާމިނުކުރުވި ލިއުން ހޯދުމަށް ކުރި މަސައްކަތުން އަދި މިހާތަނަށް ކޯޓުން ދައުލަތާ އެ ލިއުންތައް ހިއްސާކޮށްފައެއް ނުވެ އެވެ،" ޕީޖީ އޮފީހުން ބުންޏެވެ.

އިސްތިއުނާފް ނުކުރެވެނީސް އަލީ ވަހީދު ފުރީ!

ޕާސްޕޯޓް ދޫކޮށްލަން ނެރުނު އަމުރާ މެދު ޕީޖީ އޮފީހުން އިއުތިޒާރުކުރާ ނަމަ، އެ މައްސަލަ އިސްތިއުނާފް ނުކުރި ނިޔަތާ މެދު ޕީޖީ އޮފީހަށް ދަނީ ފާޑުކިޔަމުންނެވެ.

ބަޔާނުގައި އެއަށް ޖަވާބުދެމުން ބުނެފައި ވަނީ ޕާސްޕޯޓް ދޫކޮށްލި އަޑުއެހުން އަންގާރަ ދުވަހުގެ މެންދުރުފަހު 2:30 ގައި ފެށިގޮތަށް ނިމުނީ ހަވީރު ހަތަރެއް ޖެހި ފަހުންނެވެ.

"ޕާސްޕޯޓް ދޫކުރަން ނިންމީ ރަނގަޅަށް ކަމަށް ނުދެކެމެވެ. އެ ނިންމުން އިސްތިއުނާފްކުރުމާ މެދު ގޮތެއް ނިންމުމުގެ ކުރިން އަލީ ވަހީދު ފުރައިގެން ގޮސްފައިވާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ،" ބަޔާނުގައިވެ އެވެ.

އިނގިރޭސިވިލާތަށް އަލީ ވަހީދު ފުރާވަޑައިގަތީ އެނގިފައިވާ ގޮތުގައި އިއްޔެގެ ހެނދުނެވެ.

އަލީ ވަހީދު އެނބުރި ވަޑައިނުގެންފި ނަމަ އޭނާގެ މައްޗަށާއި ޖާމިނުވީ އައްސަދުގެ މައްޗަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ޕީޖީ އޮފީހުގެ ބަޔާނުގައި އޮތީ ދީފަ އެވެ.

25 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ތޮއްޑޫ ކަރާ

12 February 2021

މިއިން ކޮންމެމީހެއްގެ ސީރިއަސް ބައްޔެއްހުރިކަން އެގޭނީ ކޯޓަކާ ހަމައައް ދިއުމުން.މައި ބަދަ ހަލާކުވެވެ ޑިސްކު ގުޑީ ކޮންއިރަކު... ފިލްމު ކުޅެ ފުޓުބޯޅަކުޅެ ރިސޯޓުތަކައް ދިޔައިރު ހަމަކިބިއްސެއްވެސް ނާޅާ. ސިޔާސީ ކުރިމަގު އުޖާލާ ވާނީ މިހާވަރައް.

The name is already taken The name is available. Register?

ޢިހްސާސް

11 February 2021

ރައީސްއަށް އަނެއްކާ ކީރިތި ނުކުރެއްވޭބާ؟ ފިއްލުވާލަދެއްވާފަ ދެން އޭއްޗެކޭ މީއްޗެކޭ ކިޔާނެކަމެއްނެތް. ޖަލުގަތިބި އެހެން މީހުންގެ ޑިސްކާ އެއްޗެހި ހަމަ ނުގުޑާދެއްތޯ؟ އަދި އެމީހުން ބަލިވިއްޔާ ބޭރަށް ދާކަށް އެދޭނެ ޑޮކްޓަރެއްވެސް ނުހުރެދެއްތޯ. އެހާލަތު މެދުވެރިވަނީ ހަމައެކަނި ސިޔާސީ ކުޅިކުޅޭ މީހުނަށްދޯ؟ ހެއްވާ..

The name is already taken The name is available. Register?

މޮހަނަށް

11 February 2021

ކޮބާ ކޮބާ ޖޭ.އެސް.ސީ މިަފަހަރު ނުވި ސުލޫކީއެއް! މި އޮތީވާ ކަމެއް ޝަހާދަތް މި ބުނީ

The name is already taken The name is available. Register?

ތުއްތޮންބެ‫

11 February 2021

ދ‫ެންވަރައް މަޖާދެއްތޮ؟

The name is already taken The name is available. Register?

ދަކުތާ

11 February 2021

ޝާންމެން އަޑުހާހާ މޮޅެެއްނުވިއެއްނު? ބޮޑު އޮޕަރޭޝަނެއް ކޮއްލަން ޖެހުނީމަ ރެކޮމެންޑް ކުރަނީ ބޭރަށް ދާން. ފެންވަރު ނެތީބާ? ނުނީ ފެން އާރެއްގެ ފޮނިމީރުކަން ފެނުނީބާ! މަނީ މަނީ! ޔެސް ސަރ!

The name is already taken The name is available. Register?

މޮހަނަށް އޮޑި

11 February 2021

އާދައިގެ މީހެއް ނަމަ އައި.ޖީ.އެމް. ހިސްޕިޓަލް ތި އޮޕަރޭޝަނަށް އެންމެ ރަނގަޅުވާނީ

The name is already taken The name is available. Register?

ޒަކް

11 February 2021

އިންޓަރޕޯލް ރެޑް ނޯޓިސް ނެރެގެން ބާބުޅާ ގަނޑެއްހެން ގެނެވޭނެދޯ ގެންނަން ބޭނުމިއްޔާ ޖިންސީ މައްސަލައެއްވިއްޔާ.. މި ސަރުކާރާ އިންގެރޭސިންނާ ގުޅުންބޮޑު

The name is already taken The name is available. Register?

ސާޖިދު ނަދި އަދުވާލާ

11 February 2021

ގުޅުން ބޮޑުވީމައެއްނު އޭނަ އެތަނަށް އެ ފޮނުވީވެސް. ދެން އެތާ ބަހައްޓަން ފަސޭހަވާނެ އެއްނު. ކަލޭމެން ތިޔަ ވިސްނަނީ ކިހިލިފަތް ދަށުން ވިއްޔަ.

The name is already taken The name is available. Register?

1234

11 February 2021

އަދީބުރައްޔިތުންގެ ފައިސާތައް ނެގައިގެން ޓަގުބޯޓެއްގައި ފިލުވައިގެން އިންޑިޔާއަށއ އެކްސްޕޯޓްކޮށްލި ގޮތަށް އަލީވަހީދުވެސް ޔޫކޭއަށް އެކްސްޕޯޓްކޮށްލީދޯ... އަދި މިނޫން ދުވަހެއް އެބައެތް ކަން ވެރިންނާއި އަދުލު އިންސާފު ގާއިމްކުރަން އުޅޭ މީހުންނަށް ނޭނގެނީބާ؟

The name is already taken The name is available. Register?

1828

11 February 2021

ތިވާހަކަ ދިވެހިންގެ ތެރެއިން ގިނަ މީހުން ޤަބޫލެއްނުކުރާނެ. ސަބަބެއްވެސް ނެތިއެއްނޫން. ސަރުކާރުން މުޅިންވެސް ކަންކަން ކުރަނީ މިގޮތަށް. މިއަދު އާރާއިބާރު އޮތީމައި ބޭނުންހައިއެއްޗެއް ހެދިދާނެ. ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް ބުނާނީ ނޫނެކޭ.

The name is already taken The name is available. Register?

ނުފިލޭ ވަހީދު

11 February 2021

ސިޔާސީ ބޭފުޅުން ޑިސްކު ފުށުންޖަހަންވީމާ ޔޫކޭއަށް. އޭރު މިރާއްޖޭގެ ޑޮކްޓަރުން ޑިސްކު ބަދަލުކުރުމުގެ ރެކޯޑް ހަދާ ކޭކު ފަޅަނީ. ކީއްވެބާ ރާއްޖެއިން ޑިސްކު ބަދަލުކުރާ މީހުން މަރުވުމުގެ ފުރުސަތު އޮންނަ ވާހަކަ އާންމުން ކައިރި ނުދައްކަނީ.

The name is already taken The name is available. Register?

ޙަބީބު.

11 February 2021

އަލީވަ ހީދައް ވަގުތީ ލިޔުމެއް ތައްޔާރުކޮއް ދިވެ ހި ފުލުހ ހުންގެ ބަޔަކާއެކު އިންޑިޔާއައް ގޮސް ބަދަނުގުޑާ ކަ ހަލަ ފަރުވާއެއް ދިންނަމަ ކި ހާ ރަނގަޅުވީސް މިސަރުކާރުގެ ދޯޙޮޅިކަން އިންތި ހާ ހާއްސަކޮއް އަދުލުގެ ނިޒާމު ހަމަސުމެއް ކޮބާ ސަފާރީކޭސް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454