އިންސްޓަގްރާމް/ޓްވިޓާ/އެފްބީގައި ރޮނާލްޑޯގެ ފޮލޯވަރުންގެ އަދަދު 500 މިލިއަނަށް ވުރެ ގިނަ
ރޮނާލްޑޯ.
15 ފެބުރުއަރީ 2021 - 06:53
ކުޅިވަރު ޝަހުސިއްޔަތަކަށް މިހާތަނަށް ސޯޝަލް މީޑިއާގައި ހޯދިފައި ނުވާ ތާރީހީ ކާމިޔާބީއެއް ޕޯޗްގަލްގެ ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ލިބިއްޖެ އެވެ.
އުމުރުން 36 އަހަރު ފުޓްބޯޅަ ތަރި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ފޮލޯކުރާ މީހުންގެ އަދަދު މިހާރު ވަނީ 500 މިލިއަން ފަހަނަޅައިފަ އެވެ. މިހާރު ވެސް އިންސްޓަގްރާމްގައި އެންމެ ގިނަ ބަޔަކު ފޮލޯކުރާ ރޮނާލްޑޯގެ އިންސްޓާގެ ފޮލޯވަރުންގެ އަދަދު މިހާރު އުޅެނީ 262 މިލިއަނުގަ އެވެ.
ޓްވިޓާ އިން އޭނާ ފޮލޯކުރާ މީހުންގެ އަދަދު މިހާރު 91 މިލިއަނަށް އަރާ އިރު، ފޭސްބުކް ފޮލޯވަރުންގެ އަދަދު 148 މިލިއަނަށް އަރަ އެވެ.
މި އަދަދުތައް އެއްކޮށްލުމުން މިހާރު އެ ތިން ޕްލެޓްފޯމްގައި ރޮނާލްޑޯގެ ފޮލޯވަރުންގެ އަދަދު 500 މިލިއަނަށް ވުރެ ގިނަ އެވެ. މިއީ މިހާތަނަށް އެއްވެސް އެތުލީޓަކަށް ސޯޝަލް މީޑިއާ އިން ހާސިލުކުރެވިފައިވާ މިންވަރެއް ނޫނެވެ.
Non sarà questa sconfitta ad abatterci! Alziamo la testa e pensiamo alla champions ! 🏳️🏴 #finoallafine pic.twitter.com/lF8GJL4DbG
— Cristiano Ronaldo (@Cristiano) February 13, 2021
ފަސް އަހަރަށް ބެލެންޑިއޯ އެވޯޑް ވެސް ހާސިލުކޮށްފައިވާ ޔުވެންޓަސްގެ ކުޅުންތެރިޔާ އަކީ އަބަދު ވެސް ސޯޝަލް މީޑިއާގައި ވަރަށް އެކްޓިވް ވެސް ކުޅުންތެރިއެކެވެ. ރޮނާލްޑޯ އަކީ މި ވަގުތު ދުނިޔޭގައި ތިބި ފުޓްބޯޅަ ކުޅުންތެރިންގެ ތެރެއިން އެންމެ ކާމިޔާބު އެކެކެވެ.
ފޯބްސް އިން ބުނެފައިވާ ގޮތުގައި ސޯޝަލް މީޑިއާގައި ރޮނާލްޑޯގެ ނުފޫޒު ވަރަށް ގަދަ އިރު އޭނާ ޕޯސްޓްކުރާ ސްޕޮންސަކޮށްފައިވާ ކޮންމެ އިންސްޓަގްރާމް ޕޯސްޓަކުން މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބެ އެވެ.
ރޮނާލްޑޯ އަކީ ފުޓްބޯޅަ ކުޅުންތެރިންގެ ތެރެއިން މިހާތަނަށް މިލްކިއްޔާތު ބިލިއަން ޑޮލަރަށް އަރާ ހަމައެކަނި ތަރި ވެސް މެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރަދީފްއޮފިޝިއަލް
15 February 2021
މަރުހަބާ ރޮނާލްޑޯ.500 މިލިއަނުން ފޯލޯވަރުން ތިއްބަސް މިރޭ ލޯމެރުނަސް ކައްވަޅުގަ އޮންނާނީ އެކަނިމާއެކަނި.ވ.ވެދުން
ގެދާނޯމޮސް
15 February 2021
މްލޯވަރުން ގޮވައިގެން ތޯ ތިބޭފުޅާ އޮންނަވާނީ ތިސުވާލު އަމިއްލަނަފްސާ ކުރެއްވުން ރަނގަޅެވެ
ރަދީފްއޮފިޝިއަލް
16 February 2021
@ގެދާނޯމޮސްއަށް މަގޭ ކޮމެންޓްގެ މަހްފޫމް ދޭހަނުވުން އެއީ މަގޭ މައްސަލައެއް ނޫން.މީހާ މަރުވުމުން އެމީހާއާއީއެކު ދަނީ އެމީހަކު ކޮއްފައިވާ އަމަލުތައް.މިއީ މުސްލިމުން ގަބޫލުކުރާ އަގީދާ.މަހަށް ދޭބަލަ.ވ.ވެދުން