ޕީޕީއެމް/ ޕީއެންސީން ކުރި މުޒާހަރާގެ ތެރެއިން -- ފޮޓޯ:އަހުމަދު އަވްޝަން/މިހާރު
12 މާޗް 2021 - 17:50
ޕީޕީއެމްގެ އޮފީސް ހިމެނޭ ސަރަހައްދު ފުލުހުން ބަންދުކުރާތީ، ލޯކަލް ކައުންސިލް އިންތިހާބަށް ކުރަންޖެހޭ މަސައްކަތްތަކަށް ހުރަސް އެޅިފައިވާ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މައްސަލަ ހުށަހަޅައިފި އެވެ.
ޕީޕީއެމް އާއި ޕީއެންސީން ކޮންމެ ހުކުރު ދުވަހަކު "މަގޭ ފްލެޓް ކޮބާ"ގެ ނަމުގައި މުޒާހަރާ ކުރެ އެވެ. ނަމަވެސް އެ ހަރަކާތްތައް ހެލްތު ޕްރޮޓޭކްޝަން އެޖަންސީ (އެޗްޕީއޭ) ގެ ގައިޑްލައިންތަކާ ހިލާފު ކަމަށް ބުނެ މުޒާހަރާ ހުއްޓުވަން ފުލުހުން ދަނީ ޕީޕީއެމް އޮފީސް ސަރަހައްދުގެ މަގުތައް ބަންދުކޮށް އޮފީހަށް ވަދެނުކުތުން ވެސް ހުއްޓުވަމުންނެވެ. މިއަދު ވެސް ފުލުހުން ވަނީ އެގޮތަށް އަމަލުކޮށްފަ އެވެ.
އެ މައްސަލާގައި ޕީޕީއެމް އިން އީސީއަށް ހުށަހެޅި ޝަކުވާގައި ބުނެފައި ވަނީ ކައުންސިލް އިންތިހާބުގެ ވޯޓު ނަގާ ދުވަސް ކައިރިވަމުން އަންނައިރު، އިންތިހާބާ ގުޅޭ އިދާރީ މަސައްކަތްތަކާއި އެހެނިހެން ގިނަ މަސައްކަތްތަކަށް ފުލުހުން ހުރަސް އަޅަމުންދާ ކަމަށެވެ.
އެގޮތުން ކޮންމެ ހުކުރު ދުވަހު މެންދުރު 2:00 އިން ފެށިގެން ދަންވަރު ވަންދެން ވެސް ޕާޓީގެ އޮފީހަށް މީހުންނަށް ނުވަދެވޭ ގޮތަށް ބަންދުކުރާ ކަމަށާއި އެކަމުގެ ސަބަބުން ރީރަޖިސްޓްރޭޝަން ފޯމް ހުށަހެޅުމުގެ މަސައްކަތަށް ވެސް ހުރަސް އެޅިފައިވާ ކަމަށް ބުނެފައިވެ އެވެ. އޭގެ އިތުރުން ޕީޕީއެމްގެ އޮފީހަށް ވަދެ އުޅޭ މީހުންނާ ސުވާލުކޮށް، ބައެއް މީހުން ހައްޔަރު ކުރަމުންދާ ކަމަށް ވެސް ޕީޕީއެމް އިން ބުންޏެވެ.
އެ އޮފީހަށް ވަންނަ މީހުން ހައްޔަރުކުރާ ކަމަށް ޕީޕީއެމުން ބުންޏަސް މިހާތަނަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ވެސް ވަނީ ޖޫރިމަނާކޮށް ދޫކޮށްލައިފަ އެވެ.
"..މިކަމަކީ މި ޕާޓީން އިންތިހާބާ ގުޅިގެން ކުރަމުން ގެންދާ އިދާރީ އަދި އަމަލީ ހުރިހާ މަސައްކަތަކަށް ހުރަސް އަޅާ، އިންތިހާބަށް ނުފޫޒް ފޯރުވުމުގެ އަމަލެއް ކަމުގައި މި ޕާޓީން ދެކެން،" ޕީޕީއެމް އިން ބުންޏެވެ.
ސަރުކާރުން އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ހިންގާ އަމަލުތައް ހުއްޓުވަން އެދޭ ކަމަށާއި ކެނޑިޑޭޓުންނަށް ހަމަހަމަ ކަމާއި މިނިވަންކަމާއެކު އިންތިހާބު ބޭއްވޭނެ މާހައުލެއް ގާއިމުކޮށްދިނުމަށް ޕީޕީއެމުން ވަނީ އެދިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަރުތަ
13 March 2021
2018ގެ އިނތިޚާބުގަ ވޯޓުކަރުދާހުގަ ފާހަ ޖަހާފަ ފޯނުން ފޮޓޯނެގި ބޭފުޅާ އެހުންނެވީ ޤައުމީ ދިދަ ހިއްޕަވައިގެން، ވަރަށް ވަތަނީ ބޭފުޅެއް، ފެނަކައިގަ ހުންނެވިއިރު އޮތީ އެކަން ސާބިތު ކޮށްދެއްވާފަ.
ޙޫލުން
13 March 2021
މުޒާހިރާ ކުރަން މިނިވަންކަން ދޭންވާނެ، ހުރިހާ ޕާޓީއަކަށްވެސް ހަމަހަމަ ކަން އޮންނަންވާނެ، ޢޮފީސް ކުރިމަތީގައި ޢެކަން ކުރުމަކީ ނޫން ޚުރަންވީ ގޮތަކީ، ތިކަން ކުރަންވީ ނިކަން ކެރިގެން
އަރުތަ
13 March 2021
ކެރިގެން ކުރަން މުޒާހަރާ، ހުއްދަ އޮންނަނީ ކާނިވާ ސަރަހައްދުގަ އެކަނި ، އެއީ ޕޕމ ވެރިކަމުގަ އެއްވެއުޅުމުގެ ޤާނޫނަށް ގެނައި ވަރަށް ރަނގަޅު އިސްލާހެއް، އާއްމު ރައްޔިތުންނަށް މުޒާހަރާގެ ސަބަބުން އެއްވެސް ތުރާލެއް ނުޖެހޭނެތީވެ.
މޯޑް
12 March 2021
އަހަރެން ނަކީ ޓެކްސީޑުރައިވަރެއް އަހަރެން ކާންބޯން ކުރާ މަސައްކަތައް ވަރަށް ބޮނޑަށް އެބަ ހުރަސް އެޅޭ އަދުރޭމެން މުޒާހަރާ ނަމުގަ މާލެތެރެ ހަލަބޮލި ކުރާތީ. އަހަރަމެން އެއްމެ ދުވަހަކު މަސައްކަތަށް ނުނިކުތަސް އަބިދަރިން ތިބޭނި ނުކައި. އަދުރޭމެން ލަގުޒަރީ އެފާޓްމަންޓް ގަ އުޅޭ މީހުންނަށް މިކަހަލަ އިހުސާސް ނުކުރެވިދާނެ.
އާރީ
12 March 2021
އަބުދުލު ރަހީމް ކަހަލަ ތަސައްރަފް ނުފުދޭ މީހަކު ހުންގާނަށް ލައިގެން އުޅޭތި ތިކަހަލަ ސަކުވާ ތި ކުރަނި.
ވަގުންގެގުދަން
12 March 2021
ތިދޮރު ދެން ދުވަހަކުވެސް ނުހުޅެވޭ ގޮތަށް ބަންދު ކުރަން ވެއްޖެއްނު
ހަތަރެކަންގް
12 March 2021
ތިމާމެން އަމިއްލައަށް މާލޭގަ މުޒާހަރާކުރުން މަނާކޮށްފަ ދެން ދުވާލު 2 ދަޅައަށް ނުކުމެ ޔާމީނު ދޫކުރަން މުޒާހަރާކުރީމަ ހުރިހާ ނޮހޮރުއްޕާނެ އަހަރުމެންނަށް މިމީހުން މައިތިރި ނުކުރެވިގެން ތިއުޅެނީކީއްވެ
ޑޮކްޓާރ. ބަނާނާ
12 March 2021
މިހާރު ތިޔާ ކިޔާ މުޒާހިރާ އަކީ ރައްޔިތުންނަށް ޖެއްސުމަށް ކުރާ ކަމަކަށް ވެއްޖެ! ހުރިހާ ނުފޮރޮއްޕާނެއް ރައްޔިތުނަށް!ހުކުރެއް ހޮނިހިރެއް އޮންނަނީކީއެއްނޫން !