ރައީސް އިބްރާހިމް މުހައްމަދު ސޯލިހް: އުތުރު ތިލަފަޅުގެ މައްސަލާގައި އެމަނިކުފާނު މަގާމުން ދުރު ކުރުމަށް އިދިކޮޅު ކޯލިޝަނުން ވަނީ ގަރާރެއް ހުށަހަޅާފައި --- ފޮޓޯ/ރައީސް އޮފީސް
16 މާޗް 2021 - 14:42
އުތުރު ތިލަފަޅުގެ އެއްބަސްވުމުގެ މައްސަލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަގާމުން ދުރުކުރުމުގެ މަސައްކަތް ފަށަން އިދިކޮޅު ކޯލިޝަންގެ ކައުންސިލަށް ގަރާރެއް ހުށަހަޅައިފި އެވެ.
އުތުރު ތިލަފަޅުގައި 60 އަހަރަށް އިންޑިއާ ސިފައިން ތިބެވޭ ގޮތަށް ސަރުކާރުން ހަދާފައިވާ ކަމަށް ބުނާ އެއްބަސްވުމެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެކަމަކު ޑިފެންސް މިނިސްޓްރީން ބުނަނީ އެއީ ސައްހަ ލިޔުންތަކެއް ނޫން ކަމަށެވެ.
އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ ކައުންސިލަށް ހުށަހެޅި ގަރާރުގައިވަނީ ރާއްޖޭގައި ބޭރުގެ ހަތިޔާރު އެޅި ސިފައިންނަށް ތިބެވޭ ގޮތަށް އަދި ރާއްޖޭގެ މިނިވަންކަން ގެއްލޭ ގޮތަށް އިންޑިއާއާ އެކު އެއްބަސްވުމެއް ހަދާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެ އެއްބަސްވުން ބާތިލް ކުރުމަށެވެ. އަދި އެ އެއްބަސްވުން ހާމަކުރަން ސަރުކާރުން ދެކޮޅު ހަދަމުންދާ ދިއުމަކީ ގާނޫނު އަސާސީއާ ޚިލާފަށް ރައީސް ކުރައްވާ ކަމެއް ކަމަށާއި އަދި ގާނޫނު އަސާސީއާ އެއްގޮތަށް ރައީސް ވެރިކަން ކުރައްވަމުން ގެންދަވާ ކަމަށް ގަބޫލު ނުކުރެވޭތީ އެމަނިކުފާނު މަގާމުން ދުރުކުރަން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަން ގޮވާލާ ކަމަށް އެ ގަރާރުގައިވެ އެވެ.
އިދިކޮޅު ކޯލިޝަންގެ ކުއްލި ކައުންސިލްގެ ބައްދަލުވުމެއް މިހާރު ދަނީ ކުރިއަށެވެ.
އިއްޔެ އާންމުވި ލިޔުންތަކަކީ ސައްހަ އެއްޗެއް ނޫން ކަމަށް ސަރުކާރުން ބުންޏަސް، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެފައިވަނީ އެއީ ސައްހަ ލިޔުންތަކެއް ކަން ހާމަވާ މައުލޫމާތުތައް އާންމު ކުރައްވާނެ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓިނު ދާއްބަ
17 March 2021
އަލް ޖަޒީރާ ، ސީ އެން އެން އަދި ބީ ބީ ސީ އިން ދަނީ އެބައްދަލުވުން ލައިވް ކުރަމުން؟ އަދި ރައީސް މިރޭގެ ވަގުތެއްގައި މޮންޓަނާ މޯބޭގެ ބޭސްއަށްވެސް ގެންދިއުމަށް ފާސްވެދާނެކަމަށް އެ ބަންދަލުވުން ކަވަރުކުރާ ޖިންނީންގެ ޖަމާއަތަކުން ހާމަކުރިޔޯލަ!
ކިނބޫ
16 March 2021
ރައީސޭ! އެއީ ކާކު؟ މި ގައުމުގަ ހުރޭތަ އެކަހަލަ އެއްޗެއް.
އމ އަދުރޭ
17 March 2021
ޢާނ... އޭނީނު ޖަލުގަ.
އައްޔަ ބޮޑޭ
16 March 2021
ކޮންމެވެސް އެއްޗެކޭ ކިޔައިގެން ގައުމު ހަލަބޮލި ކުރުން ނޫން ކަމެއް ދަންނަަ ބައެއްނޫންމީ!އިރާދަ ކުރެއްވިއްޔާ ވެއްޓޭނީ ވެރިކަމެއްނޫން! އަމިއްލަ ސޯޓު!
ބޮއްޅަބެ
16 March 2021
ކޯލިޝަން: އަދުރޭ + އަދުރޭ
ޖޮއްޅަބެ
17 March 2021
އަދުރޭއެއް އެކަނިތާ ހުންނާނީ. އުމަރުވެސް އަނގަހުޅުވާލާއިރަށް ހައްޔަރުނުކުރެވިގެން ތެޅިފޮޅެނީ ވިއްޔަ. އެންމެ ވާހަކައެއް ބުނެގެން ހަޖަމުނުވޭ ކަލޭމެންނަށް. ޔާމީން އިރުގަ ޗައިނާއޭ ސައުދީއޭ ތެޔޮޓޭންކަރޭ ކިޔައިގެން ހެދިހާ ދޮގުތަކަށް ޔާމީނު ފިޔަވަޅެއް ނާޅާ.
ޔޫކް
16 March 2021
މިސަރުކާރުހަމަ ކަޑައީ...ހުސް އޮޅުވާލުން ކިހާދެރަކަމެއް!
ޓިނު
16 March 2021
ޔާމީނު ޖަލުން ނުނެރެވުނު ބަޔަކަށް ކިހެނެއް ތިކަންކުރާނީ .އަދުރޭ ޕާޓީންވަކިކުރަން އުޅެންވީނު
ފަރަހަ
16 March 2021
ވެރިކަމަށްކުރިމަތިލާންވީނު ދޯ! މީހުންނަށްއެއްޗެހިނުކިޔާ...ތިޔޮއްދީނަށްއުޅޭމީހުން ހާދަ ސަވާބެއްތިހޯދަނީ..މީހުންނަށްއެއްޗެހިގޮވައަގެން......
ހަމީން
16 March 2021
ވަކި ކުރަން އެކަންޏެއްނޫން.. އޭނާގެ މައްޗައް ޝަރީއަތްކޮއް އަދަބު ދޭންޖެހޭ. ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަކީ އެއީ ކުޅޭކުޅޭ އެއްޗެއް ނޫން.
އަލީބަލީ
16 March 2021
ކަލޭމެން މޮޔަވެބަލަ! އެއްވެސް އުރަތްޕެއް ހުރި ބައެއް ނޫން. ބޮޑު މީހާ ހުރީ ވައްކަން ކޮށްގެން ބަންދުކޮށްފައި!
އިތުމާރުނެއް
16 March 2021
އަލުގަނޑު ކުރި އިތުމާރު ގެއްލިއްޖެ
ލޮލުބޭސް
16 March 2021
ކަލޭ އިިތުބާރުކުރި ސޮރު އެބައޮތް ގޮޅީގައި