މަޖިލީހުގެ މުޅި މަޖިލިސް ކޮމިޓީއެއްގައި އީވާ ވާހަކަ ދައްކަވަނީ. ވެންޓިލޭޓަރު މައްސަލައިގައި ސަރުކާރުގެ ބަޔާނަށް އޭނާ މިއަދު ރައްދުދެއްވި---ފޮޓޯ: މަޖިލިސް
29 މާޗް 2021 - 11:14
ވެންޓިލޭޓަރުތަކެއް ގެންނަން ދުބާއީގެ ކުންފުންޏަކަށް ފައިސާ ދިން ނަމަވެސް ވެންޓިލޭޓަރުތައް ނުލިބުނު މައްސަލައިގައި ސަރުކާރަށް އަމާޒުވި ފާޑުކިއުންތަކަަށް ރައްދުދީ ހޮނިހިރު ދުވަހު ނެރުނު ބަޔާނަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ މިއަދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
ވެންޓިލޭޓަރު މައްސަލަ އަލުން ބަލަން ގޮވާލައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު މިއަދު މަޖިލީހަށް ހުށަޙެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި އީވާ ވިދާޅުވީ ތިން ބާރު އޮތީ ވަކިވެފައޭ ކިޔާފައި އެ މައްސަލަ ދޫކޮށްލެވޭކަށް ނޯންނާނެ ކަމަށާއި އެ "ވައްކަަމަށް" އިންސާފު ހޯދަން ބޭނުންވާ ވާހަކަ ދައުލަތުގެ ވެރިންނަަށް ބުނެވޭނެ ކަމަށެވެ. އެ މައްސަލަ ރަނގަޅަށް ސާފުވަންދެން ބަލަން ބޭނުންވާ ކަމަށް ބުނުމަކީ މުއައްސަސާތަކަށް ބާރު ފޯރުވުން ނޫން ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ވެންޓިލޭޓަރުތަކުގެ މައްސަަލައިގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރަށް ފާޑުވިދާޅުވުމުން، ރައީސް އޮފީހުން ހޮނިހިރު ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނީ ޕްރޮސެކިއުޓާ ޖެނެރަލާއި އެޓާނީ ޖެނެރަލްގެ މުސްތަގިއްލުކަން ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ ކަމަށެެވެ. އެ މިނިވަންކަން ދީފައި އެ ވަނީ ނުފޫޒެއް ނެތި ދައުވާކުރަން ކަމަށް ރައީސް އޮފީހުން ބުންޏެވެ. ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އެފަދަ އުސޫލުތައް ދެމެހެއްޓުމަކީ ރައީސުލްޖުމްހޫރިއްޔާ އަށް ގާނޫނުއަސާސީން ލާޒިމުކުރާ ކަމެއް ކަމަށް ވެސް ރައީސް އޮފީހުގެ ބަޔާނުގައި ބުންޏެވެ.
އީވާ މިއަދު ވިދާޅުވީ ވައްކަމަށް އިންސާފު ހޯދަން ބޭނުންވާ ކަމަށް ދައުލަތުގެ ވެރިން ބުނުމަކީ މުއަައްސަސާތަކަށް ބާރުފޯރުވުން ނޫން ކަމަށެވެ.
"އެއީ މުއައްސަސާތަކުގެ މިނިވަންކަން ގެއްލުވައިލުމެއް ނޫން. އެއީ ދައުލަތުގެ ވެރީން، ރައްޔިތުން ވެރިކަން ކުރާން ހަވާލުކުރި މީހުން، ދައުލަތާއި ގައުމާ ދިވެހި ރައްޔިތުންް ގެންދާން ބޭނުންވާ ތެދުވެރި މިސްރާބު ސާފުކޮށްދިިނުން އެއީ. އެކަން ރައްޔިތުންނަށް ވެސް ސާފުވާން ޖެހޭނެ. ރައްޔިތުންގެ މަޖިލީހަށް ވެސް ސާފުވާން ޖެހޭނެ، މުއްސަސާތަކަށް ވެސް [ސާފު]ވާން ޖެހޭނެ. އެއީ އެއްވެސް ހާލަތެއްގައި މުއައްސަސާތަކުގެ މިނިވަންކަން ގެއްލުވައިލުމެއް ނޫން،" އީވާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވެންޓިލޭޓަރުތަކުގެ ވައްކަން ރަނގަޅަށް ނުބަލައިފިއްޔާ، އެއްވެސް ވައްކަމެއް ދެން ބަލާނެކަމުގެ އިތުބާރު ރައްޔިތުންނަށް ދެން ނޯންނާނެ ކަަމަށެެވެ. އޭނާ ވިދާޅުވީ އެ އިިތުބާރު އޭރުން ނޯންނާނީ ހަމައެކަނި ރައްޔިތުންނަށްް ނޫން ކަމަށާއި ޚުދު އޭނާއަށް ވެސް އެ އިތުބާރު ދެން ނޯންނާނެ ކަމަށެވެ.
ތިން ބާރު ވަކިވެފައޭ، ކޯލިޝަން ސަރުކާރެކޭ ކިޔައިގެން ހުއްޖަތެއް ނުދެެއްކޭނެ ކަމަށާއި 2018 ވަނަ އަަހަރު ރައްޔިތުން އިތުބާރު ދިނީ އެމްޑީޕީ އަށް ކަމަށް ވެސް އީވާ ވިދާޅުވި އެވެ.
ވެންޓިލޭޓަރު މައްސަލަ އަލުން ބަލަން ގޮވާލައި އާދަމް ޝަރީފު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވިދާޅުވީ، އެއްވެސް މީހަކަށް ދައުވާ ކުރެވެން ނެތް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ނިންމަވާފައި ވަނީ އެހެން ނުފޫޒުތަކެއްގެ ސަބަބުން ކަމަށް ބެލެވޭ ކަމަށެވެ. ވެންޓިލޭޓަރު ގެނައުމަށްޓަކައި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކޮށް، އެ ކުންފުންޏަށް 31 މިލިއަން ރުފިޔާ ދިނީ ފައިނޭންޝަލް ގެރެންޓީ ނުހޯދައި ކަމަށް ވާތީ އެކަމުގައި ފިނޭންސް މިނިސްޓްރީގެ އިހުމާލު އޮތް ކަމަށް ބެލެވޭ ކަމަށް ވެސް ކުއްލި މައްސަލައިގައި އާދަމް ޝަރީފް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
29 March 2021
ބަލަންވީ ވެންޓިލޭޓަރ މައްސަލަ އެކަނިތަ! 4 ބިލިއަން ރުފިޔާ ވަގަށް ނެގި އެމްއެމްޕީއާރުސީގެ މައްސަލަ ކޮބާ؟
އަހުމަދުބޭ
29 March 2021
އީވާ ނަސީދު ކޮޅަށް ވާހަކަ ދެއްކުމުން ހައިރާނެއް ނުވެއެވެ، އީވާއެވެ، އިރެއްގައި އީވާވެގެން ބަޔަކު އުޅުނަސް އެދުވަސް މާޒާިވެއްޖެއެވެ، އެކަން ދެން މިގައުމުގައި ނަގާވޯޓް ތަކުން ވަރަށް ރީއްޗަށް ފެންނަމުން ދާނެއެވެ، ތިޔައުޅެނީކީ ކޮންމެހެން ވައްކަން ހޯދައިކަށް ނޫނެވެ، ތިޖަހައި ސަކަރާތްވެސް ރައްޔިތުންނަށް އެނގެއެވެ.
އަނދުން
29 March 2021
ދިވެހި ރައްޔިތުން ވޯޓްދިނީ ކޯލިޝަނަކުން ދެއްކި އިބްރާހިމަކަށް. އެމްޑީޕީއޭ ކިޔާ ޕާޓީއެއް އޮތް. ކީއްވެތަ ނުކެރުނީ ރައްޔިތުން ކުރިމައްޗަށް ނުކުންނަން. ފޭރޭ ޕާޓީއެއްގޮތަށް އަދި ކިތައްފަހަރު ކޯލިޝަން ހަދައިގެން އައިސް ރައްޔިތުންގެ ވެރިކަމަށް ވެރިވާން ގަސްތުކުރަންތަ؟ ބަޔަކު ޒިންމާކުރުވަންޏާ ކުރުވަން ތިއޮތީ މަޖިލިސް ހިތަކަށް ދީފައި. ބަރުލަމާނީ ދަށުންދަމާ ކުޅެން އޮޅުވާއޮޅުވުންތީ.
އައިމިނާ
29 March 2021
ކޮބައިތޯ މައްސަލައަކީ. މަޖިލީހުގެ ރައީސަކަށް މާލޭ ބޭފުޅެއް. ނައިބު ރައީސަކަށް މާލޭ ބޭފުޅެއް. މިނިސްޓަކަށް އެބޭފުޅުންގެ ބޭބޭ ފުޅު.މޭޔަރަކަށް އެބޭފުޅުންގެ ދައިތާފުޅު. ދެންވެސް މިނިސްޓަރުންނާއި ބޮޑުންނަށް އެބޭބޭފުޅުންގެ ޅިޔަން ފަހަރިން ދެން ކޮރަޕްޓް ވަނީީ ހަމައެކަނި ފައިސާ ބޭނުން ކުރީމަ ތޯ؟ މަގާމާއި ނުފޫޒު ކޮރަޕްޓް ކަންކަމުގެ ތެރޭ ނުހިމެނެނީތޯ؟
ކުދުބެއްޔާ
29 March 2021
ހުރިހާވެސް މައްސަލައަކީ ބަރުލަމާނީ ގެންނަށް ފޫގަޅައިގެން ސަރުކާރުން ނޫޅޭތީ. ހެޔޮނުވާނެ. ހުރިހާކަމެއް ހުްޓާލާފަ ބަރުލަމާނީ ވާ ޖަހާފަވިޔަސް އަވަހަށް ގެނޭ. އޭރުން ހުރިހށކަމެއް ނިމުނީ.
ކަލިމާ
29 March 2021
އީވާ ތީކާކު؟ ލަދު ކޮބާ؟ މަހަކު 100،000ރ ދައުލަތުން މުސާރަ ނަގައިގެން މީހުންގެ އަނބުރު ކަތިލާ، ފިތުނަ އުފައްދާ، ހިޔާލު ތަފާތުވާ މީހުންނަށް ގުޅާ ބުލީ ކޮށް ހެދުން ކަމަކީ!
ޤާނޫނު
29 March 2021
މިނިވަން މުއައްސަސާތައް ޖަވާބުދާރި ކުރުވުމަކީ މަޖިލިސްގެ ޒިންމާއެއް. ރައީސްގެ ޒިންމާއެއް ނޫން.
ގުރާ
29 March 2021
އީވާ އަކީ ނަޝީދުގެ ގުރައެއް. އޭނާ ދުވަހަކުވެސް ނަޝީދަކަށް ފާޑެއް ނުކިޔާނެ. އީވާގެ ފަރާތުން ނަޝީދުގެ ބަސް ނޫން ދެ ވަނަ ބަހެއް ނީވޭނެ. ތަފާތު ޚިޔާލަށް އޮތް ޖާގައެއް ގެއްލިފައި އެއޮތީ.
އެމްޑީޕީ އެމްޑީއެން ޝޭހް
29 March 2021
ވެންޓިލޭޓަރުގެ މައްސަލައިގައި އީވާއާއި އަންނި ކުއްވެރި އެކުރަނީ މިސަރުކާރެއް ނޫން. ކުއްވެރި ކުރަނީ ކުރީގެ ސަރުކާރު. އެދައްކަނީ ކުރީގެ ސަރުކާރުން ޓައިމް ޓްރެވެލްކޮށް ވެންޓިލޭޓަރު ގަނެ ކޮރަޕްޝަން ހިންގި ވާހަކަ. މިސަރުކާރުން މިހާތަނަށް ނުހައްގުން ފޯއް ކޮޅެއްވެސް ނަގާފައި ނުވާނެ. 0 ޓޮލަރެންސުން އެކަން އެނގިގެން އެބަދޭ. މިސަރުކާރުން ދުވަހަކުވެސް ކޮރަޕްޝަންގެ އަމަލެއް ހިންގައިފައި ނުވާނެ ކަން ހަމަ ބުއްދި ހުރި ކޮންމެ މީހަކަށްވެސް އެނގޭނެ.
ޢާވާދައްތަ
29 March 2021
ކިޔާ ކިޔާ، ކިޔަން ބޭނުން ހުރިހާ އެއްޗެއް ކިޔާ. ތި ގޮނޑިއަކަށް ދެން ނުހޮވޭނެ.