މާލޭގެ މޭޔަރުކަމުގެ ގޮނޑި ކާމިޔާބު ކުރެއްވި މުއިއްޒު: އޭނާއަށް ޗައިނާ އިން ވަނީ މަރުހަބާ ކިޔާފައި --- ފޮޓޯ/މިހާރު
13 އެޕްރީލް 2021 - 20:10
މާލޭގެ މޭޔަރުކަން ކާމިިޔާބު ކުރެއްވި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒަށް ޗައިނާ އިން މަރުހަބާ ކިޔައިފި އެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރެއްވި މުއިއްޒު ވަނީ ބޮޑު ތަފާތަކުން މާލޭގެ މޭޔަރު ކަމުގެ ގޮނޑި ކާމިޔާބު ކުރައްވައިފަ އެވެ. އަދި މާލޭ ސިޓީ ކައުންސިލްގެ ބޮޑު އަޣުލަބިއްޔަތެއް ވެސް އިދިކޮޅު ކޯލިޝަނުން ވަނީ ހޯދައިފަ އެވެ. މިއީ އެ ސިޓީ ކައުންސިލްގެ އަޣުލަބިއްޔަތު އެމްޑީޕީ އަށް ގެއްލުނު ފުރަތަމަ ފަހަރެވެ.
ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީން ބުނީ މުއިއްޒަށް އެ ގައުމުން މަރުހަބާ ދެންނެވީ އެ އެމްބަސީ ހިންގުމާ މިވަގުތު ހަވާލުވެ ހުންނެވި ޔޫ ޒުއެންގް ކުރެއްވި ފޯން ކޯލަކުން ކަމަށެވެ. ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރުމަށް އެ ދެ ބޭފުޅުން އެ ފޯން ކޯލްގައި މަޝްވަރާ ކުރެއްވި ކަމަށް ޗައިނާ އެމްބަސީން ބުންޏެވެ.
ޗައިނާއިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނެވި ސަފީރު ޒަންގް ލިއޮންގްގެ ދައުރު ހަމަވުމާ ގުޅިގެން ދާދި ފަހުން އޭނާ ވަނީ ގައުމަށް އެނބުރި ވަޑައިގެންފަ އެވެ. ސަފީރަކު ނެތް ހާލަތެއްގައި އެމްބަސީތައް ހިންގާނީ އެ އެމްބަސީގެ ޝާޖެޑެ އެފެއާޒެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗައިނާގެ އެހީގައި ބޮޑެތި މަޝްރޫއުތައް ރާއްޖޭގައި ހިންގިއިރު، ހައުސިން މިނިސްޓަރަކީ މުއިއްޒެވެ. އެގޮތުން ހިޔާ މަޝްރޫއު އާއި ހުޅުލެ އާއި މާލެ ބްރިޖްގެ މަޝްރޫއުއަކީ ޗައިނާގެ އެހީގައި ކުރިއަށް ގެންދިޔަ މަޝްރޫއުތަކެވެ. މީގެ އިތުރުން ވެސް ބައެއް ރަށްރަށުގައި މަގު ހެދުމާއި ފްލެޓް ހެދުން ފަދަ ކަންކަން އެ ގައުމުގެ އެހީގައި ވަނީ ޔާމީންގެ ސަރުކާރުގައި ހިންގައިފަ އެވެ.
އޭގެ ނަތީޖާއަކީ ޔާމީންގެ ސަރުކާރުގައި ކުރިއަށް ވުރެ ބޮޑަށް ރާއްޖެ-ޗައިނާގެ ގުޅުން ބަދަހިވެ، ބޮޑެތި އެހީތަކާއި ލޯނުތައް ލިބެން ފެށުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިސް ނާ
15 April 2021
މިކަމާ ގުޅިގެ ންބާ ޝާހިދު ދަތުރުފުޅެއްގަ އި ންޑިއާއަށް ދިއައީ...
އަލް އުސްތާޒު
14 April 2021
ޗައިނާގެ އެހީ ލިބެންޔާ މި ގައުމު ދާނީ ކުރިއަށް. އިންޑިއާގެ އެހީ ލިބެންޔާ އެމީހުން މިތާ އަޅާނީ މިލިޓަރީ ބޭސް. އިންޑިއާ ނޫން ގޮތެއް އަހަރުމެން އިހްތިޔާރު ކުރަންެވެއްޖެ.
ރައްޔިތުސޮރު
14 April 2021
މިޤަޢުމުގެ މިނިވަންކަންމިވަނީ ޒާތަކަށް ގެއްލިފަ! ޗައިނާ ކޮންޓުރޯލްކުރާބަޔަކާ އިންޑިޔާ ކޮންޓުރޯލް ކުރާބައެއް މިއުޅެނީ...
ނޯ--ނޫ
14 April 2021
ޗަިއނާއިން ކުރާ ހުރިހާ ކަމެއް މާ ޓްރާންސްޕޭރަންޓްވާނެ. އިންޑިއާ އެހެންނެއްނުވާނެ. އެއީ ހުރި ތަފާތަކީ.
ފްލެޓް
14 April 2021
ހައުސިން މިނިސްޓަރު ކަމުގައި އާރާއި ބާރު ލިބި ހުރެގެން ނުވިކަމެއް މާލޭގެ މޭޔަރަކަސް ހުރެގެން ވާނެކަމަށް ޤަބޫލެއް ނުކުރެވޭ!
ދަމް
14 April 2021
މަރްހަބާ ޑރ މުއިޒް. ޗައިނާ ގެ އެހީގަ ނަމަވެސް، ބޯހިޔާވަހިކަން ދާއިރާގެ އެންމެނައް ފޯރުކޮއްދީ. އެފޯޑަބަލް ށެލްޓާ.
ދަންނަސޮރު
14 April 2021
މާލެއިން ބައެއް ޗައިނާޢަށް ނުވިއްކިއްޔާ ރަގަލު
ނުދަނެއެއްނު
14 April 2021
އިންޑިއާއަށް ރާއްޖެ ވިއްކާ ނިންމާފަ އޮތީމަ ޗައިނާއަށް މިހާރު ދޭނެ އެއްޗެއް އެބައޮތްތަ؟ ޗައިނާއިން ގަންނަނީ ކަމަށް ކިޔައިގެން އަޑުއަރުވާފަ ވެރިކަމުން ޔާމީން ދުރުކޮށްފަ އިންޑިއާއަށް ގައުމުގެ ދެކޮޅު ވިއްކައިގެން އުޅޭތަން ނުފެނޭނު. ޗައިނާއިން އަޅަން ހުރި ތަންތަން ކެންސަލް ކުރުވާފަ އިންޑިއާއިން ރާއްޖޭގެ އެންމެ މުހިއްމު ސަރަހައްދުތަކުގަ އެމީހުންނަށް ކަންކަން ބެލޭނެ ގޮތް ހަދާފަ އެއޮތީ.
މޯޑް
14 April 2021
މުއިޒަށް ޗައިނާއިން އާބަސް ބުނުމަކީ ސަރުކާރަށް ހަޖަމްކުރަށް އުދަގޫވިޔަސް ރަށްއިތުން ނަށް ރަގަޅަކަށް ވެދާނެ. ލާމަރުކުރުމުގެ ބާރާއި އެކު މާލޭ ސިޓީ ކައުންސިކުން ގިނަ އަދަދެއްގެ ފުލެޓް އަޅާނެ ކަމުގެ އިސާރާތް ޗައިނާއިން ތި ދިނީ
ހޯރަބޭ
14 April 2021
އިންޑިޔާ އަކުން ނުކިޔަތަ?
ދަފްތަރުން
13 April 2021
މާލޭގެ ދަފްތަރުން ވެސް މުއިއްޒުއަށް މަރުހަބާ
ސަންޕަ އިބުރާހިމްފުޅު
13 April 2021
ޗައިނާގެ ކެންޑިޑޭޓަށް އެމީހުންވެސް މަރުހަބާކިޔާނެދޯ.
1828
14 April 2021
ތިޔަ ބުނީ މާލެއިން މުއިޒްއަށް ވޯޓް ދިން ދިވެހި ރައްޔިތުންނަކީ ޗައިނާގެ ރައްޔިތުންނޭ ތަ؟