ދިއްފުށީގެ އަތިރިމަތި .---ފޮޓޯ: ހުސައިން ވަހީދު/މިހާރު
24 އެޕްރީލް 2021 - 21:25
ކ. ދިއްފުށީ ފަޅުތެރޭގައި މަރުވެފައި އޮއްވައި މިއަދު ފެނުނު އިންޑިއާގެ ޓޫރިސްޓުގެ ހަށިގަނޑުގެ ބޭރު ފުށުން އެއްވެސް އަނިޔާއެއް ނެތް ކަމަށް ފުލުހުން ބުނެފި އެވެ.
އެ ރަށު ފަޅުތެރޭގައި، އުމުރުން 23 އަހަރުގެ އިންޑިއާގެ ފިރިހެނަކު މަރުވެފައި އޮއްވައި ފެނިގެން މިއަދު މެންދުރު 1:00 ގައި ފުލުހުންނަށް ރިޕޯޓުކޮށްފައި ވެ އެވެ.
އެކަމާ ގުޅިގެން ފުލުހުން ބުނީ މަރުވި މީހާގެ ހަށިގަނޑު މާލެ ގެނެސްފައިވާ ކަމަށެވެ. ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ނެތް ކަމަށް ބުންޏެވެ.
އެއީ މިދިޔަ އަންގާރަ ދުވަހުން ފެށިގެން ދިއްފުށީ ގެސްޓް ހައުސްއެއްގައި ކަރަންޓީނުގައި ހުރި މީހެކެވެ.
"މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުން،" އޮފިޝަލް ވިދާޅުވި އެވެ.
މި މީހާ ކޮވިޑަށް ޓެސްޓު ކުރުމަށް އެޗްޕީއޭ އިން ވަނީ ސާމްޕަލް ނަގައިފަ އެވެ. އެކަމަކު، އަދި ނަތީޖާ ހާމައެއް ނުކުރެ އެވެ.
ރާއްޖޭގައި ކޮވިޑްގެ ހާލަތު އަނެއްކާވެސް ގޯސަވަމުންދާއިރު، މެދުއިރުމަތީގެ ގައުމުތަކަށް ވަޒީފާ އަށް ދާ އިންޑިއާގެ މީހުންގެ ކަރަންޓީން މަންޒިލަކަށް ރާއްޖެ ވަނީ ހަދައިފަ އެވެ. އެހެންވެ، ރަށްރަށުގައި މިހާރު އެންމެ ގިނަ އެއްބަޔަކީ އިންޑިއާގެ ޓޫރިސްޓުންނެވެ.
އިންޑިއާގައި ވެސް ދުނިޔޭގައި ރެކޯޑް އަދަދަކަށް ކޮވިޑް ކޭސްތައް މައްޗަށް ގޮސްފައިވާތީ، އެ ގައުމަށް ދިއުމާއި އެ ގައުމުން އެހެން ގައުމުތަކަށް މީހުން ދިއުމުގައި ދަނީ ހަރުކަށި ފިޔަވަޅުތައް އަޅަމުންނެވެ. ނަމަވެސް ރާއްޖެ އަދި އުޅެނީ އެކަމުގައި ގޮތެއް ނިންމުމުގެ މަޝްވަރާގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަނު
24 April 2021
ހަށިގަނޑުގެ އެތެރެއަށް ކަންނޭގެ އެއްނު ކޮވިޑު ޖެހިފާ ހުރީ..
ކަރަންޓީނު ޒުހޫރު
24 April 2021
ކަރަންޓީނުގައި ހުރުމުގެ މާނަ އަކީ ކޮބައިތޯ؟ ކަރަންޓީނުގައި އައިސް ތިބޭ ޓުއަރިސްޓުން ތަބާވާންޖެހޭ އުސޫލެއް ނެތީ ތޯ؟ މޮނިޓަރކުރާނެ ފަރާތެއް ނެތީތޯ؟ އިންޑިއާގައި މިވަގުތު ނުރައްކާތެރި ވޭރިއެންޓެއް ފެތުރި ބޮންސުންލާފައިވާތީ އަހާލީ ހަމަ.
1234
24 April 2021
އިންޑިޔާ އެމްބަސީގެ ހުއްދަ ލިބުމުން ނޫނީ ނެތް އިންޑިޔާ ޓޫރިސްޓުން ގެނައުން ހުއްޓޭކަށް. އިންޑިޔާއިން ބޭނުންވަނީ މިޣައުމަށް ކޮވިޑް ފޮނުވައިގެން މިގައުމުން ދިވެހިން ނައްތާލަން ހެން ހީވަނީ.. ދެން އަލުން މިތާދަ އިންޑިޔާ މީހުން އާބާދުކުރަން. އެކަން ކުރަން މާކަ އުނދަގުލެެއްވެސް ނުވާނެ.. މިހާރު އިންޑިޔާގަ އެމަރުވަނީ އެންމެ ދުވަހެއްގެ ތެރޭގައި މުޅި ރާއްޖޭގެ އާބާދީ އެއްވަރަށް..