ރިޕޯޓް / ސިޔާސީ

ކާފަރަށް ގޮވުން ހުއްޓުވާ އިސްލާހަށް ހޫނު ބަހުސެއް!

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަަޑައިގަންނަވަނީ. ނަފުރަތުގެ އަމަލު ހުއްޓުވަން ގާނޫނު؛ލް އުގޫބަތަށް ހުށަހެޅި އިސްލާހާ މެދު ބައެއް މާހިރުންގެ ސުވާލުތަކެއް އެބަހުރި

ގާނޫނުލް އުގޫބާތަށް އިސްލާހު ގެންނަން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު އާއްމުންގެ ގިނަ ބަޔަކު ބަލައިގަތީ "ލާދީނީ" ކިއުން ހުއްޓުވަން ހުށަހެޅި ބިލެއްގެ ގޮތުގަ އެވެ. ސޯޝަލް މީޑިއާގައި އެކަމާ ނުރުހުން ފާޅުކުރި ބައެއް މީހުން ބުނީ އެ ބިލް ފާސްކުރިޔަސް އެހެން ކިއުން ނުހުއްޓުވޭނެ ކަމަށެވެ. މާބޮޑަށް ބިލު ދިރާސާ ނުކޮށް ދައްކާ އެ ވާހަކަތަކުގެ އިތުރުން ބައެއް ގާނޫނީ ބޭފުޅުންނާއި ދީނީ އިލްމުވެރިން ވެސް އެ ބިލާ މެދުގައި އުފައްދަވާ ސުވާލުތަކެއް އެބަހުއްޓެވެ.

އެގޮތުން އުފެދޭ އެއް ސުވާލަކީ މި ބިލުން ކުރަން އުޅެނީ ކޮން ކަމެއްތޯ އުފައްދާ ސުވާލެެވެ. ދެވަނަ ސުވާލަކީ މިކަމުން ނުކުންނާނީ ކޮން ނަތީޖާއެއްތޯ އެވެ. ނަފުރަތުގެ އަމަލަށް ފެތޭ އެތައް ކަމެއް މީގައި ނުހިމެނެނީ ކީއްވެތޯ ވެސް ސުވާލު އުފެދެ އެވެ.

ބައެއް ބޭފުޅުުންގެ ނަޒަރުގައި އެ ބިލުގެ މައިގަނޑު މަގުސަދަކީ އިސްލާމްދީނާ ދެކޮޅަށް ރާއްޖޭގައި ދައްކާ ވާހަކަތަކަށް ރައްދު ދިނުން ހުއްޓުވުމެވެ. އެފަދަ ވާހަކަ ދައްކާ މީހުންނަށް މަގުފަހިކޮށްދީ އެ ވާހަކަތައް ކުރިއެރުވުމަކީ ބިލުން ކުރަން އުޅޭ ކަމެއް ކަމަށް އެ ބޭފުޅުން ތުހުމަތުކުރައްވަ އެވެ.

ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ ޑީން ކަން ކުރިން ކުރައްވާފައިވާ އިލްމުވެރިޔާ އަލީ ޒާހިރު ދެކެވަޑައިގަންނަވާ ގޮތުގައި މިހާރު އޮތް ގޮތަށް ބިލު ފާސްކޮށްފި ނަމަ ދީނަށް ފުރައްސާރަކުރާ މީހުންނަށް ރައްދު ދެވޭނެ ހުރިހާ ދޮރެއް ބަންދުވާނެ އެވެ. އެކަމަކު މުސްލިމުންނާ ދިމާލަށް ނުވަަތަ މުސްލިމުން ކަމަށް ދައުވާކުރާ މީހުންނަށް އެހާ ފަސޭހައިން ކާފަރެކޭ ބުނެވިދާނެ ކަމަކަަށް ވެސް އޭނާ ގަބޫލެއް ނުކުރައްވަ އެވެ.

"އަޅުގަނޑުމެން ވެސް ވަރަށް ދެކޮޅު، [މީހުންނަކީ] ކާފަރުން ކަމަށް އަމިއްލައަމިއްލަ އަށް ކަނޑައަޅައި އެގޮތަށް ވާހަކަ ދެއްކުމާ. އެކަމަކު އިސްލާމްދީނާ ދެކޮޅަށް ފާޅުގައި ވާހަކަ ދައްކާ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ނުވަތަ ﷲ އަށް ފުރައްސާރަކުރުން ކަހަލަ ކަންތައްތަކާ ދެކޮޅަަށް ބަސް ބުނެވެން ޖެހޭނެ. މިހާރު އެ އޮތް ގޮތަށް އެކަން ނިންމައިފި ނަމަ އެފަދަ ވާހަކައެއް ވެސް ވާނީ ކުށަކަށް،" އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމްގެ ވެސް ވިދާޅުވީ ގާނޫނުލް އުގޫބާތަށް ހުށަހަޅާފައިވާ އިސްލާހުގައި ނަފުރަތުގެ އަމަލު މާނަކޮށްފައި އޮތީ މާ ފުޅާކޮށެވެ. ގާނޫނެއްގައި ނަމަ އެކަން އެއަށް ވުރެ ސްޕެސިފިކް ވާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ނަފުރަތުގެ އަމަލަކީ އުޝާމް ގަބޫލުކުރައްވާ ގޮތުގައި ހަމައެކަނި ބުނާ ބަހަކަށް އެކަނި ބަަލައި ޑިފައިންކޮށްގެން ވާނެ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި ބުނާ ވާހަކަ އާއި ބުނި މަފްހޫމަށް ވެސް، ކުށެއް ކުރިކަމަށް ކަނޑަ އެޅުމުގައި ބަލަންޖެހޭ ގޮތަށް އޮންނަން ޖެހެ އެވެ.

"މިސާލަކަށް، ދެ މީހަކު ރުޅި އައިސްގެން ކުރާ ޒުވާބެއްގެ ތެރެއިން ވެސް ކިޔައިފާނެ އެކި [ކާފަރޭ ނުވަތަ ލާދީނީއޭ ފަދަ] އެއްޗިހި. އެކަމަކު އެ ދެ މީހުންގެ މަގުސަދަކީ އެ މީހާއާ މެދު ނަފުރަތު އުފައްދައި، އެ ނަފުރަތުގެ ސަބަަބުން އަނިޔާއެއް ދިނުން ކަމަށް ނުވެދާނެ،" އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ ފަރާތުން ހިސާން ހުށަހެޅުއްވި ބިލުގައި އެކަމަމަކު އެކަން އޮތީ ވަރަށް ފުޅާކޮށެވެ. އެ ބިލުގެ 1 ވަނަ ނަމްބަރުގައި ބުނެފައި އޮތީ ވަކިމީހަކާ ދިމާލަށް އޭނާ އަކީ އިސްލާމްދީނާ ހިލާފަށް ނުވަތަ ދެކޮޅަށް އުޅޭ މީހެކޭ ބުނުމަކީ ވެސް ކުށެއް ކަމަށެވެ. އެގޮތަށް އޮތުމުން، ކަނޑައެޅިގެން އިސްލާމްދީނާ ދެކޮޅަށް މަސައްކަތްކުރާ، އެހެން ގައުމެެއްގެ މީހަކާ ދިމާލަށް ވެސް އެހެނެއް ނުބުނެވޭނެ އެވެ.

"މި ބިލުގައި އޮތް ގޮތުން ސަލްމާން ރުޝްދީއާ ދިމާލަށް ވެސް ނުބުނެވޭނެ އޭނާ އަކީ އިސްލާމްދީނާ ދެކޮޅު މީހެކޭ. ނޫނީ އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫއާ ދިމާލަށްް ވެސް ނުބުނެވޭނެ އެއީ މުސްލިމުންނާ ދެކޮޅު މީހެކޭ. އެގޮތަށް މާނަކުރެވޭނެ. އެހެންވީމާ ކުށްތައް ޑިފައިންކުރާ އިރު މިއަށް ވުފެ ސާފުވާން ޖެހޭނެ،" އުޝާމް ވިދާޅުވި އެވެ.

އެހެންވީމާ ވަކި ވާހަކައެއް ދެއްކުން އެއީ ކުށަކަށް ހަދާ ނަމަ، އޭގައި ގިނަ ކަންތައްތަކަކަށް ބަލަންޖެހޭ ގޮތަށް އޮންނަން ޖެހެ އެވެ. އޭގެ އެއް ކަމަކީ ވާހަކަ ދައްކާ މަފްހޫމާއި މަގުސަދެވެ. ނަފުރަތުގެ އަމަލާއި ނަފުރަތުގެ ވާހަކަ ކަނޑައެޅުމުގައި ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ މިންގަނޑަކީ އޭނާ ވިދާޅުވި ގޮތުގައި އެއީ އެވެ.

އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ވެސްޓާން އޮސްޓްރޭލިއާ ގައި ރިސާޗް ފެލޯ ޑރ. އާޒިމް ޒާހިރުގެ ޚިޔާލު ވެސް މިއާ ދާދި އެއްގޮތެވެ. އޭނާ ވިދާޅުވީ ބިލުގައި ބައެއް މާއްދާތައް މިހާރަށް ވުރެ ތަފްސީލުވާން ޖެހޭ ކަމަށެވެ. އެހާ ބޮޑަށް ހުޅުވާލައި ކަންތައްތައް ޖެނެރަލައިޒް ކުރުމަކީ އޭނާ ދެކެެވަޑައިގަންނަވާ ގޮތުގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅޭނެ ކަމެކެވެ.

ނަފުރަތުގެ ވާހަކަތައް ނުވަތަ ހޭޓް ސްޕީޗް އަދި ނަފުރަތުގެ އަމަލުތައް މަނާކުރުމަކީ ބިލުގެ މަގުސަދު ކަމަށް ވަންޏާ މިހާރު އޮތް ގޮތަށް ބިލް ފާސްކޮށްގެން އެކަން ފުރިހަމައަށް ހާސިލެއް ވެސް ނުވާނެ އެވެ. އާޒިމް ވިދާޅުވި ގޮތުގައި އެ މަގުސަދު ހާސިލު ނުވަނީ ނަފުރަތުގެ ވާހަކަތަކުގެ ތެރެއިން ބައެއް ބާވަތްތައް ބިލުގައި ހިމެނިފައި ނެތުމެވެ. އެކަމަކު އަނެއްބައި ކަންތައްތައް ހިމަނާފައި އޮތްލެއް ފުޅާކަމުން ހިޔާލު ފާޅުކުރުމުގެ މިިނިވަންކަމަށް ހުރަސްް އެޅޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިސާލަކަށް އިސްލާމަފޯބިއާ އަކީ ހަމަ ކަނޑައެޅިގެން އިސްލާމްދީނާ ދެކޮޅު ވިސްނުމެއް، އެ ވިސްނުން ގެންގުޅެންޏާ އެހެން ބުނުމުގެ މިނިވަންކަން އެކަން ކުށްވެރި ކުރުމުގެ އޮންނަން ޖެހޭނެ،" އޭނާ ވިދާޅުވި އެވެ.

އެކަމަކު ދީނާ ގުޅުވައިގެން ނުވަތަ އެނޫން ކަމަކާ ގުޅުވައިގެން ވެސް ނަފުރަތު އުފެއްދުމަކީ ހުއްޓުވަންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ ރާއްޖޭގައި ހިންގާފައިވާ ބައެއް ޖަރީމާތަކާއި ނަފުރަތު އުފެއްދުމާ ގުޅިފައިވާ ކަމަށް ބައެއް ރިޕޯޓްތަކުން ފެންނަން ހުރީމަ އެވެ. އެކަަމަކު ނަފުރަތު އުފެއްދުމާއި އެގޮތަށް އުފައްދާ ނަފުރަތުގެ ސަބަބުން މީހުންނަށް އަނިޔާ ދިނުން ރާއްޖޭގައި އޮތީ ސީދާ ކިހާވަރަކަށް ކަން އަދި ދިރާސާ ކުރެވިފައެއް ނެތެވެ. އެކަމަކު ރާއްޖޭގައި ފަހުގެ ތާރީހުގައި ހިނގާފައިވާ އަނިޔާކުރުމާއި މީހުން މެރުމުގެ ބައެއް ޖަރީމާތަކުގެ ޝިކާރައަކަށްވީ ބައެއް މީހުންނަކީ އެ ޖަރީމާތަކުގެ ކުރިންނާއި ފަހުން ވެސް ނަފުރަތުގެ ވާހަކަތައް އަމާޒުވި މީހުންނެވެ.

އެކަމަކު އެެއީ އެއްގޮތަކަށް ވެސް ހިނގައިގެން ވާާނެ ކަމެއް ކަމަކަށް އާޒިމް ގަބޫލެއް ނުކުރައްވަ އެވެ. ބައެއް މީހުން ބުނަމުން އެދާ ގޮތަށް "ލާދީނީ" ފަަދަ ބަސްތައް ބޭނުންކުރުމަކީ ހުއްޓައި ނުލެވޭނެ ކަމެއް ކަމަށް ދެކުމަކީ އޭނާ ވިދާޅުވާ ގޮތުގައި ގޯހެކެވެ. އިސްލާމްދީނާ ދެކޮޅު ވާހަކަތަކާއި ސިޔާސަތުތަކަށް ފާޑުކިއުމަކީ އެއަށް ވުރެ ކެތްތެރިކަމާ އެކުގައި ކުރެވިދާނެ ކަމެކެވެ.

ރައްޔިތުންގެ މަޖިލީހުން އާއްމުންނާ ސީދާ ގޮތުން ގުޅުން ހުރި މި ބާވަތުގެ ބިލުތަކުގެ މަސަައްކަތް މީގެ ކުރިން ކޮށްފައިވާ ގޮތަށް ބަލާއިރު، މި ބިލަށްް ވެސް ކަމާ ބެހޭ މާހިރުންނާއި މުއްސަސާތަކުގެ ހިޔާލު ހޯދާނެ އެވެ. އެހެންވީމާ މިހާރު ހުރި ގިނަ ކަންބޮޑުވުންތަކަކަށް އިޖާބަ ދިނުމުގެ ފުރުސަތު އޮންނާނެ އެވެ.

69 ކޮމެންޓް, 22 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 95%
icon wow icon wow 0%
icon inlove icon inlove 5%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަސްލުގ

06 July 2021

ކާފަރަށް ގޮވުމާއި، ލާދީނީ އަށް ގޮވުމަކީ މުޅިންތަފާތު 2 ކަމެއް... އެކަން އޮޅުވާލަން އެމްޑީޕީ ބައިގަޑު އުޅެނީ....

The name is already taken The name is available. Register?

މުހައްމަދ

28 June 2021

މީ ސީދާ އިންޑިއާ އަޑީގަ އޮވެގެން ކުރާ ކަމެކެވެ. ބޭނުމަކީ ގައުމުގެ ފޯކަސް މިކަމަށް ދުއްވާލުމެވެ. އިންޑިއާއިން ބޭނުންވާ ގޮތަށް އެމީހުން ބޭނުންވާ އެގްރީމެންޓް ތަކުގައި ސޮއިކޮށް ނިމޭއިރު ރައްޔިތުންނަށް ވާނުވާވެސް ނޭގޭނެ ފަދަ މަކަރުވެރި ރޭވުމެކެވެ.

The name is already taken The name is available. Register?

މުށްލާ

26 June 2021

100% މުސްލިމް ގަުމެޢްގަ ޖެހޭތަ އެކަކު އަނެކަކާދިމާލަށް ކާފަރެކޭ ގޮވަން ނުޖެހޭ ދޯ އަހަރެން ގަބޫލް ކުރާގޮތުގަ އެޢްވެސްމީހަކު ގަބޫލްކޮށްގެންހުންނަ ދީނާބެހޭގޮތުން ފުރަށްސާރަގޮށްގެންނުވާނެ އޭރުންއެތަނެއްގަ ފިތުނަފަސާދައުފެދޭނީ ﷲ އޮތީއަންގަވާފަ ކަލޭމެން ތިމަންﷲއަށް އީމާންގެ އެންގެވިގޮތަށް އުޅެމަރުވެއްޖިއްޔާ ސުވަރުގެ ލިބޭނެވާހަކަ ﷲއަށްއީމާން ނުވާމީހުންދާނީ ނަރަކަޔަށްކަން އެމީހަކު އަމިށްލަޔަށްދޯމިދެތަނުންދާނެތަނެއް ޢިޙުތިޔާރުކުރަނީ ދެންކަލޭމެން ކޮންފޮނ

The name is already taken The name is available. Register?

މުހައްމަދ

28 June 2021

100% މުސްލިމުން ޖެހޭތޯ ރަސޫލާ (ސ.އ.ވ) އަށާއި ﷲ (ސ.ވ) އަށް ފުރައްސާރަ ކުރަން ނުވަތަ ދީނާ ހިލާފު ރިޕޯޓް ތައް ނެރެން. މީސީދާ އެމް.ޑީ.އެން ފަދަ ޖަމިއްޔާތައް ހިންގާ ލާދީނީ ފިކުރުގެ މީހުންގެ ރައްކަލުގަ ހަދައިގެން އުޅޭ ބިލެކެވެ.

The name is already taken The name is available. Register?

ކަލާޔާނުލާ

13 June 2021

މިހުރިހާ ސްޓަންޓެއް މިޖައްސަނީ ރައްޔިތުން 2 ބޯގެރިދުއްވާފައި އިންޑިޔާ ކިޔާބަޔަކައް ގައުމުގެ ތަންތައް ހިބައިން ކަހަލގޮތަކައްދީ އެކަން އޮއްބާލަން ކުރާކަމެއްކަމްވެދާނެ އަމިއްލަ އާއިލާދެކެލޯބިނުވާ ބަޔަކު ކޮންދީނަކައް ގައުމަކައްތޯ ލޯބިވާނީ މީވަރައްސާފް

The name is already taken The name is available. Register?

ނކަންހޫޔޯ

13 June 2021

ބަލަ މިކަން ފެއްޓީ ޕާޓީތަކެއް އުފައްދައިގެން އައިބަޔަކުމީހުން އެދިގުރާސްތާ 30 އަހަރައް ނުގޮވާ އެއްޗެއްނެއް މިއަދު ހަޖަމް ނުވެގެން އުޅެކައް އެހެރީ ޔޫޓިޔުބްގަ ދެއްކިހާ ވާހަކަ މިއަދާ ހަމަޔައްވެސް ކިޔަމުންގޮވަމުން އެދަނީ ބޮޑުވަޒީރަކައް ދައްކާލާފައި ހުރިވަރުތާދޯ ވެދުން

The name is already taken The name is available. Register?

ލ.އަތޮޅު

07 June 2021

މި ޖަންގަލީގަ އެންމެ އާމުކޮށް ގޮވާ ބަސް ތިއީ....

The name is already taken The name is available. Register?

ޙުސައިންބޭ

06 June 2021

މީހަކު އެނެއްމީހާ އަށް ކާފަރަށް ގޮވައިފިނަމަ ހަމަކަށަވަރުންވެސް ދެމީހުންކުރެ އެކަކު ކާފަރުވެއްޖެއެވެ. މިއީ ކީރިތިރަސޫލާ ގެ ހަދީސުން ސާބިތުކަމެކެވެ. ދީނުގައި ނަހީކުރައްވާފައިވާ ކަންތައް ކުރާ މުސްލިމުންނާމެދު ޤާނޫނީ ފިޔަވަޅު އެޅެންޖެހޭނެއެވެ. އެހެންނޫނީ މި މުޖުތަމަޢު ފަސާދަވެދާނެއެވެ. މަށަށްފެންނަނީ ކުރީގެ ޤާނޫނުލްޢުޤޫބާތުގައި އޮތް 88 ވަނަ މާއްދާ އަލުން ޤާނޫނަށް އަލުން ގެންނާށެވެ. އޭރުން ތިޔަކަހަލަ ކަންތައް ޙައްލުކުރެވޭނެއެވެ.

The name is already taken The name is available. Register?

ރަދުން999

06 June 2021

ދައުލަތުގެ ރިސޯސަސް ބޭކާރުކުރުން ހުއްޓާލާފައި ގައުމަށް ފައިދާ ހުރި ރަނގަޅު ހޫނު ބަހުސެއް ކޮށްބަލަ. ތީ ބޭކާރު ކަމެކޭ. ކާކުތަ އެކަކު އިސްލާމްކޮށްފައި އަނެކަކު ކާފަރަށް ހެދުމުގެ ގާބިލްކަން ލިބިފައިވަނީ. އެއީ ސުވިޗަކަށް ފިތައިގެން ވޯޓް ދޭހެން ކުރާކަމެއްނޫނޭ. މީހަކު މީހަކާ ދިމާއަށް ކާފަރެކޭ ބުނީމާ އެމީހާ ކާފަރަކަށް ބަދަލުވޭތަ؟ އެގޮތަށްވާނަމަ ތިޔަ ހޫނު ބަހުސް ކުރަން ރަނގަޅު. ސޭކު ކަންތައް ތިޔަކުރަނީ. ހުއްޓާލާފަ ކަމެއްނެތިޔާ މަހައްދާން އާދޭ...

The name is already taken The name is available. Register?

ކާސިންޖާ

02 June 2021

މިތާ ހޭޓު ސުޕީޗު އުފަންކުރުވީ ހަމަ ރީނދޫ ތިލަފަތް. މިހާރުވެސް ތިޔަބައިމީހުން މައިތިރިވެއްޖެޔާ އެހެން ކިޔާނެ ކިޔާނެ މީހަކު މަދުވާނެ. އެކަމަކު ފަރަންޖީންނަށް ބައިއަތު ހިފައިގެން ތިބޭއިރު އެމީހުންނަށް ވައުދުވެސް ފުއްދައިދެންޖެހޭނެތާދޯ. މުޅި ގައުމު ފަސާދަކޮށްފި.

The name is already taken The name is available. Register?

އަބްޑޫޅް

02 June 2021

ކާފަރަކަށް އިސްލާމެކޭ ބުނުންވެސް މަނާކުރަން ޖެހޭ. ހަނދަށްދިޔުން ކަހަލަ މޮޅެތި ކަންތައް ކުރުމުގެ ކުޅަދާނަކަން ހުރި ކާފަރުްނަށްވެސް އެބަ ކިޔާ އިސްލާމުންނޭ. އެއީ ވެގެންވާނެ ކަމެއް ނޫން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454