ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒް: އެމްޑީޕީ އަށް މިހާރު ވަނީ ފައިސާ ލިބިފައި
03 ޑިސެމްބަރ 2016 - 10:06
ސިޔާސީ ޕާޓީތަކަށް ދައުލަތުން ދޭން ޖެހޭ ފައިސާގެ ތެރެއިން އެމްޑީޕީއަށް ހަތް މިލިއަން ރުފިޔާ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ޖަމާކޮށްދީފި ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒް ވިދާޅުވީ ސިޔާސީ ޕާޓީތަކަށް ދޭން ޖެހޭ ފައިސާ ދޫނުކޮށް ހިފެހެއްޓުމަށް ފަހު، އެމްޑީޕީއަށް ޖަމާކޮށްދިން ކަން އެނގުނީ މިދިޔަ ބުރާސްފަތިދުވަހު ކަމަށެވެ.
އެމްޑީޕީއަށް ފައިސާ ޖަމާކޮށްދީފައި މިވަނީ، ޕާޓީތަކަށް ދޭން ޖެހޭ ފައިސާ ނުދީ ގިނަ ދުވަސްތަކެއް ވަންދެން ހިފަހައްޓާފައި ހުރުމުން އެޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރުން މިދިޔަ ހޯމަ ދުވަހު، އީސީގެ މެމްބަރުންނާ ބައްދަލުކޮށް މަޝްވަރާކޮށްފައި ވަނިކޮށެވެ.
އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ޕާޓީތަކަށް ފައިސާ ދޫކުރަން ގާނޫނުގައި އޮވެ އެވެ. ދައުލަތުގެ ބަޖެޓުން މި އަހަރު 23 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ޕާޓީތަކަށް ދޫކުރަން ވަނީ ނިންމައިފަ އެވެ.
އޭގެ ތެރެއިން އެންމެ ގިނަ ފައިސާ ލިބޭ ޕީޕީއެމުން ބުނީ އެ ޕާޓީއަށް ފައިސާ ޖަމާކުރިތޯ މާދަމާ ބެލުމަށް ފަހު، ހާމަކުރާނެ ކަމަށެވެ. ވެރިކަން ކުރާ ޕީޕީއެމަށް 10 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ލިބެ އެވެ.
ޖުމްހޫރީ ޕާޓީން ބުނީ މިދިޔަ ބުރާސްފަތި ދުވަހު އޮފީސް ބަންދުކުރުމުގެ ކުރިން އެ ޕާޓީއަށް ފައިސާ ލިބިފައިނުވާ ކަމަށެވެ. ޖުމްހޫރީ ޕާޓީ އަށް ލިބެނީ 2.9 މިލިޔަން ރުފިޔާ އެވެ.
އެމްޑީއޭގެ އިސް ބޭފުޅަކާ ގުޅޭ ގޮތް ނުވުމުން، އެ ޕާޓީއަށް ފައިސާ ލިބުނުކަމެއް ނުވަތަ ނޫން ކަމެއް އަދި ނޭނގެ އެވެ. ސަރުކާރުގެ ކޯލިޝަން ޕާޓްނަރު އެމްޑީއޭ އަށް ކަނޑައެޅީ 2.8 މިލިޔަން ރުފިޔާ އެވެ.
މެމްބަރުންގެ އަދަދު 10،000 އަށް ވުރެ ދަށްވުމުން އަދާލަތު ޕާޓީ އާއި ޑީއާރުޕީ އަށް މި އަހަރު ފައިސާ ދުލެއް ނުކުރެ އެވެ.
ކޮމިޝަނުން ބުނީ ޕާޓީތަކަށް ފައިސާ ދިނުމުގެ ހުރިހާ ކަމެއް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. ފައިސާ ދޫކުރުން ލަސްކުރީ، ޕާޓީގެ މެމްބަޝިޕް ފޯމުތަކުގައި ފިންގަޕްރިންޓް ޖެހުމާ ގުޅޭ ގޮތުން އުފެދުނު މައްސަލައިގައި ކޯޓުން ގޮތެއް ނުނިންމާތީ ކަމަށް ވެސް އީސީން ބުނެ އެވެ.
އިނގިލީގެ ނިޝާން ނެތް މީހުން ޕާޓީތަކުގެ ދަފުތަރުން ކަނޑާލުމުން އެމްޑީޕީގެ ގިނަ އަދަދެއްގެ މެމްބަރުން ވަނީ އުނިވެފަ އެވެ. އެކަމަކު އެއީ ޕާޓީތައް އުފެދުނު އިރު މެމްބަރުންނަށް ވީ މީހުންނެވެ. އޭރު އިނގިލީގެ ނިޝާން ބޭނުމެއް ނުވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުތުލި ގޯނި
04 December 2016
ޖަމާކޮށްދިނީއޭ؟ ބަލަ އެއީ އެމްޑީޕީގެ ހައްގެކޭ. ގަމާކޮށްދިނީއޭ ބުނީމަ ހީވަނީ ދެން އަސުރުމާ ސަރުކާރުގެ ހެޔޮ އެދުންތަކާއި އެކު ދިނީހެން.
ޙަތިން
04 December 2016
މީ ސަރުކާރެއް ތަ
ޕޮކަންޑި މޭން
04 December 2016
ލަންޑަން ކްލަބަށް އަވަހަށް ޓްރާންސްފަރ ކޮއްލައި. ވިލާތުގައި އަންބަރާ ކުރަން.
ނޭދޭތި
03 December 2016
އެމްޑީޕީ ބޭނުންވާއިރަށް އެމްޑީޕީ އަށް މިލިއަނުން އިލެކްޝަންސް ކަމިޝަނުން ފައިސާ ދޭން ޖެހޭތޭ. ތިފައިސާ ކޮޅު އިލެކްޝަންސް ކަމިޝަނުން ބެހެއްޓިނަމަ ލޯކަލް ކައުންސިލު އިންތިޚާބު ނިމެންދެން. ދެން ތަމެން ލޯކަލް ކައުންސިލް އިންތިޚާބަށް ޚަރަދު ކުރން ފައިސާ ހޯދަން މަމެން ޕިންކީންގެ ސަރުކާރުގައި ނޭދޭތި އިނގޭ.
ކީއްވެތަ
03 December 2016
އެމްޑީޕީ އަށް 7 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ދޭން ޖެހޭ ސަބަބާއި އަދި އެހާ ބޮޑު އަދަދެއްގެ ފައިސާ އެއް ފަހަރާއި އެމްޑީޕީ އަށް އިލެކްޝަންސް ކަމިޝަން އިން ދޭން ޖެހޭ ސަބަބު ޖެހޭނެ ރައްޔިތުންނަށް ވަރަށް ސާފުކޮށް އިނގެން. އިލެކްޝަންސް ކަމިޝަނުން އަޅެ ވިދާޅުވެ ދެއްވަފާނަންތޯ އެހާ ބޮޑަށް މެމްބަރުންގެ އަދަދު ދަށަށް އެމްޑީޕީ ގައި ދާއިރު ވެސް ޕީޕީއެމް އާއި ގާތް ކުރާ އަދަދަށް އެމްޑީޕީ އަށް 7 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ދޭން ޖެހެނީ އެއީ ކިއެއްވެތަ.
ރިސްވާން
03 December 2016
ތިހުރިހާ ފައިސާ އެއްވެސް ބޭނުކުރާނީ ސަރުކާރާރައް ޖެއްސުންކުރުމާ އުންދަންގޫ ކޮއް މަގުމަތްހަލަބޮލިކުރުމައް
އަލްމާސް
03 December 2016
ތިޔަ ފައިސާ ޚަރަދުކުރާނީ އަރުވާލެވިގެން ތިބޭ މީހުންނަށް. ޕާޓީ ކުރިއަރުވާކަށް ނޫން. އަޅެ އެމްޑީޕީން ވެއްޖެ ނޫން ރަނގަޅު ބަޔަކު ލީޑަރޝިޕަށް ނެރެނެ. މިހާރުގެ ލީޑަރޝިޕް އޮތީ ފެއިލްވެފާކަން ގަބޫލުކޮށް ބަލަ
ޯއަންނި
03 December 2016
ނިޔާޒް މެނަށް ކުރެވޭ ކަމެއް ނެތް. ގައުމުން ބޭރުގައި ތިބި ބަޔަކަށް ޕާޓީއެއް ނުހިންގޭނެ. އެކަމަކު ފައިސާ ކޮޅެއް އޮތިއްޔާ އެއާ ޙަވާލުވާން ދެވޭނެ ވީހާވެސް އަވަހަކަށް.
ލޮލް
03 December 2016
ޙަމަ ދޭކައްނު ޖެހުނީ. ދެން ލަލަލާ!!!
އަލީރަސީދު
03 December 2016
ސިޔާސީ ޕާޓީގެ ނިޒާމު ރާއްޖެއަށް ފަހުގެތާރީހެއްގައި ތައާރަފް ކުރި ޕާޓީއަކީ އެމްޑީޕީ . ހިތާދެކޮޅަށް ނަމަވެސް އޭރުގެ ރައީސް މައުމޫނު ދެވަން ޕާޓީއާއެކު ހިންގަވަން ފެށުމުގެ ނަތީޖާ ގެ ނަތީޖާ އެތަށް ބަޔަކަށް ސިޔާސީ ފުރުސަތުލިބި ގައުމުށް ތަރައްގީގެ ވާދަވެރިކަން ގެނެވުނު. ދައުލަތުގެ އެންމު މުހިންމު މުއައްސަސާ ތަކަކީ ސިޔާސީ ޕާޓީތައް ދައުލަތުން ލިބެންޖެހޭ ފައިސާ އަށް ހުރަސް އެލުމަކީ ރައްޔިތުންގެ މިނިވަންކަމަށް ހުރަސް އެޅުން
އިބިރިހިން ބެއްޔާ
03 December 2016
އަދި ޕާޓީގެ މެމްބަރުންގެ ބޭނުންތަށް އިސްކޮށް ދައުލަތާއި ރައްޔިތުންގެ އިޙްސާސްތަކަށް ފަރުވާ ކުޑަކުރެވި، ދައުލަތުގެ މާލިއްޔާ ލޫޓުވާލެވޭފަދަ ފުރުސަތުތައް އުފެދި ފޯދިގެން ދިޔަ.