ޚަބަރު / ޕެޓިޝަން

އިންޑިއާ ސިފައިން ރާއްޖެއިން ބާލަން ގޮވާލައި އިދިކޮޅުން ޕެޓިޝަނެއް ހުށަހަޅަނީ

ސަރުކާރާ ދެކޮޅަށް އިދިކޮޅުން ފެށި ބޮޑު ކެމްޕެއިން "މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ފެށުމަށް ބޭއްވި ޖަލްސާ.-- ފޮޓޯ: ޕީޕީއެމް

30 ސެޕްޓެމްބަރ 2021 - 22:42

52 comments

ގާނޫނާ ހިލާފަށް ރާއްޖޭގައި ތިބި އިންޑިއާގެ އަސްކަރީ ސިފައިންނާއި ވަސީލަތްތައް ރާއްޖެއިން ބޭލުމަށް އިންޑިއާ ސަރުކާރަށް ގޮވާލައި ޕެޓިޝަނެއް ހުށަހަޅަން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ނިންމައިފި އެވެ.

ސަރުކާރާ ދެކޮޅަށް އިދިކޮޅުން ފަށާ ބޮޑު ކެމްޕެއިން "މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ލޯންޗުކުރުމަށް މިރޭ މާލެ އަލިމަސް ކާނިވަލުގައި ބޭއްވި ހާއްސަ ޖަލްސާގައި ވަނީ މި ޕެޓިޝަނުގައި ސޮއިކުރަން ހުޅުވާލައިފަ އެވެ. ޖަލްސާގައި ބައިވެރިވި ގިނަ ބަޔަކު ވަނީ މި ޕެޓިޝަނުގައި ސޮއިކޮށްފަ އެވެ.

މި ޕެޓިޝަނުގައި ބުނެފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިންޑިއާގެ ސަރުކާރާ އެކު ސިއްރު އަސްކަރީ އެއްބަސްވުންތަކެއް ގާއިމްކޮށް، ރާއްޖޭގައި އިންޑިއާގެ އަސްކަރީ ބޭނުންތަކަށް ތަންތަން ދޫކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށެވެ.

މި އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ ޑިމޮކްރަސީގެ ނިޒާމާއި މުއައްސަސާތަކުން ރައްޔިތުންގެ ބާރުވެރިކަން ގެއްލި، ކަނޑުގެ ވަސީލަތްތަކުގެ މައްޗަށް ދިވެހިންގެ ސިޔާދަތީ ބާރުކެނޑި އަދި މި ގައުމުގެ މިނިވަން ކަމަށް ބުރޫ އަރާފާނެތީ އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް މި ޕެޓިޝަނުގައި ވަނީ އެދިފަ އެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިރޭ ބޭއްވި ޖަލްސާގައި އެންމެ ބޮޑަށް އަޑުއުލާފައިވާ އިންޑިއާ ސަރުކާރުން ރާއްޖޭގައި ނުފޫޒު ގަދަކުރާ ކަމަށް ބުނެ އެވެ. އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުމުގެ އިތުރު، މި ސަރުކާރުން ރާއްޖެ އިންޑިއާ އަށް ދަރުވާލުމަށް ސިއްރު ރޭވުންތަކެއް ރާވަމުންދާ ކަމަށް ތުހުމަތުކޮށް، އެކަމާ ދެކޮޅަށް ވެސް ވަނީ އަޑުއުފުލައިފަ އެވެ.

52 ކޮމެންޓް, 43 ރިއެކްޝަންސް

icon happy icon happy 63%
icon sad icon sad 5%
icon angry icon angry 21%
icon wow icon wow 0%
icon inlove icon inlove 12%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރާޅުބާނި

04 October 2021

އިންޑީޔާސިފައިން ބޭލުމާމެދު ތިޔަ ޕެޓިޝަން ހިފާގެންއުޅޭ ގްރޫޕް ޔާމީނުގެ ވެރިކަމުގަ ގަވައިދާހިލާފަށް ރާއްޖޭގަ ގިނަވަމުންދިޔަ ބަންގްލަދޭޝީން ބޭލުމަށް އޭރު ޕެޓިޝަންނުހެދުނީ ކީއްވެތޯ؟ އިންޑިޔާއަށްވުރެ ބަންބަނގުލަދޭޝީންގެ ބިރު ރާއްޖެއަށްވަކިން ކުޑައެއްނޫން! ފަހަރެއްގަވެސް އިންޑިޔާ މިލްޓްރީ މިތާއޮތުމަށް ތާއީދެއްނުކުރަން! އެކަމަކު ދެރައީ ތިޔަކުދިންގެ ވެރިކަމުގަ އެއްވެސް އިހުލާސްތެރިކަމެއްނެތި އަނިޔާގެ ފުލްގިޔަރުގަ ވެރިކަންކުރިކަން!

The name is already taken The name is available. Register?

ޔާމީން ފޭން

01 October 2021

ދެރައީ އަހަރެމެންގެ ރައީސްވެރިކަމުގަ ހުރިއިރު އިންޑިޔާސިފައިން ނުބޭލިކަން. އޭރު އިންޑިޔާ ސިފައިން އަހަރެމެންނަށް އޯކޭ. އެކަމަކު މިހާރު އޯކޭއެއް ނޫން. އެކަމަކު ދެންވެސް ވެރިކަން ލިބިއްޖެއްޔާ ބާލާކަށް ނޫޅޭނަން. ހަދާންކޮށްލަ ދެން އަހަރެމެންގެ ރައީސް ވެެރިކަމަަށް އެރުމުގެ ކުރިން ވިދާޅުވި އެބޭފުޅާގެ ބާރު ހިނގާ ސަރުކާރެއްގައި މުއާސަލާތީ ހިދުމަތުން ޓެކްސް ނުނަގާނެ ކަމަށް އެކަމަކު ވެެރިކަމަށް އައިސް ފުރަތަމަ ނަގަން ފެށީ އެޑިއުޓީ

The name is already taken The name is available. Register?

ވަހީދު ބާއީ

01 October 2021

ބަގާވަތް ކުރަން..... ފޮނުއަރުވަނީ

The name is already taken The name is available. Register?

ޢަރުތަ

01 October 2021

"މިނިވަންކަމުގެ ދިފާއުގައި ދިވެހިން" މިހެން ކިޔައިގެން އިދިކޮޅު ސިޔާސީ ޕާޓީއަކުން ނުކުތީމަވެސް އެބައެނގޭ ތިއުޅެނީ އެހެން ކަމެއްވެގެންކަން، ވެރިކަން ނުލިބިގެންކަން، ވެރިކަން ހަމަ ލިބުނީ ޤައުމު މިނިވަންވެ އަވަދިވީ، ވަކި ޕީޕީއެމް އެއްނޫން، ސިޔާސީހުރިހާ ޕާޓީއަކުންވެސް އިދިކޮޅުގަ އޮންނަ އިރު ކުޅެނީ ތިކަހަލަ ކާޑުތަކެއް، "ޤައުމުގެ ދިފާޢުގަ" ނޫނީ އިސްލާމްދީން ހިމާޔަތްކުރަން" މީދެން މިހާރު ދިވެހިން ދަންނަކަމެއް، އާކާޑެއް ކުޅެބަލަ ތިހެން ނޫޅެ.

The name is already taken The name is available. Register?

ވިސްނާލުމަށްބއެދެމޭ

01 October 2021

މަވެސް ސޮއިކުރާނަން.ބައެއްމީހުން ކޮމެންޓްކޮއްފަ އެބަހުރި ޕެޓިޝަނަކުން އިންޑިޔާ ސިފައިން ފައިބާނެހޭ ޖަވާބަކީ ބާލުވަން ތިބޭފުޅުން ބޭނުންހޭ އެހެންކަމަށްވާނަމަ ފުރަތަމަ ސޮއިކޮއްލުމުގެހިއްވަރު ކޮއްދޭށޭ ތިބޭފުޅުންގެ ނިދާކޮޓަރިއަށް ތިބޭފުޅުންގެ ނުރުހުމުގަ މީހަކުވަނީމަ އެމީހާނުނިކުތީމަ ބަލަންތިބޭނީހޭ މިގައުމުގެ ރައްޔިތުން ނުރުހޭކަންބުނަން ސޮއިކޮއްލަން ބޭނުންވާ މީހުންތިބެ ބޭރުކަރައިންނަ ހިއްވަރުތިދެނީ ތިބޭފުޅުންގެ އަންނަންއޮތްޖީލަށްއޮތް ބިންކޮޅުދޫކޮއްލަން

The name is already taken The name is available. Register?

ޢަރުތަ

01 October 2021

"މި ސަރުކާރުން ރާއްޖެ އިންޑިއާ އަށް ދަރުވާލުމަށް ސިއްރު ރޭވުންތަކެއް ރާވަމުންދާ ކަމަށް ތުހުމަތުކޮށް، އެކަމާ ދެކޮޅަށް ވެސް ވަނީ އަޑުއުފުލައިފަ އެވެ". ޗައިނާއަށްވެސް މިޤައުމު އޮތީ ދަރާފަ ސަލާމަތްވާންނެތް، އަވަށްޓެރި ސްރީލަންކާވެސް ދަރަނިން ސަލާމަތް ނުވެގެން، އެޤައުމުން ބައެއް ޗައިނާއަށް އެއޮތީ ދީފަ ސްރީލަންކާގެ ޤާނޫނުވެސް އެތަނަކަށް ނުހިނގާގޮތަށް، މިތަނުން ޗައިނާއަށް ދަރާ އޮތްމިންވަރެއް ނޭގެ.

The name is already taken The name is available. Register?

ކަރުތަ

01 October 2021

ޗައިނާއަށްވުރެ ގިނައިން އިންޑިއާއަށް ދެރީމަ އަދި ދަރަނި އަވަހަށް ދައްކަން އޮތީމަ އިންޑިއާއަށް އަޅުވެތިވުން ކުރިން އަންނާނީ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

01 October 2021

ވަރަށް ސަލާމް. މިސިޓީގައި ފެންނާން އަތްލެވެންހުރި ތަރައްޤީގެ ނުވަތަ އިންސާނުންނަށް ބޭނުންތެރި ވަސީލަތް ތަކުގެތެރެއިން އިޤިރޭސިދައުލަތުން މީގެ 60 އަހަރު ކުރިން ކޮށްފައިވާމަސައްކަތް ފިޔަވާ ބާކީހުރި ގިނަމަސައްކަތްތަކަކީ އިންޑިޔާއިން ކޮށްފައިވާކަންކަން. # މިހާރު ހިންގުމަށް ތައްޔާރުވުންދާ ރޯޑްޕްރޮޖެކްޓާއި ގޭންއެއަރޕޯޓް އެވިއޭޝަންހަބަކަށް ހެދުމުގެމަސައްކަތްނިމި IndiGo ގެ ޝެޑިއުލް ދަތުރުފެއްޓުމުން ހީއެއްނުވޭ މިސިޓީއިން ތިކަމަށްތާއީދު ލިބޭނެހެނެއް.

The name is already taken The name is available. Register?

ޢަރުތަ

01 October 2021

ރ ޔާމީނު މިނިވަން ކުރީމަ އޭރުން އެއޮތީ ޤައުމު މިނިވަންވެފަ، އެއީ އެއުޅޭކަމަކީ، އަދިވެސް އެކަލޭގެ ޖަލަށްގެންދާކަށް ނޫޅެ، ސަރުކާރާއެކު ޑީލް ހަދައިގެން ގޭގަ ކޮވިޑޭކިޔާފަ، ހީވަނީ ޖަލުގަ ތިބި ގައިދީންގެ ތެރޭން ކޮވިޑްގެ ނުރައްކާ އޮތީ މީނައަށް އެކަނިހެން.

The name is already taken The name is available. Register?

ކަރުތަ

01 October 2021

ޔާމީން ޖަލަށްލީމަ އިބޫއަކަށް ވެރިކަމެއް ނުކުރެވެއޭ. ދެން ކިހިނެތްތަ ޖަލަށްލާނީ؟

The name is already taken The name is available. Register?

ނަހޫ

02 October 2021

ކަލޭގެ ހުރި ދޮގުވެރިކަމާއި ނުލަފާކަމާއި ޖާހިލުގެ ބޮޑުކަމާއެވެ.

The name is already taken The name is available. Register?

ތެދު

01 October 2021

ދިވެހިން ދިވެހި ފަސްގަޑަށްވުރެ ފައިސާ އަށް އަޅުވެތިވެފައިވާ ވަރު އަދި ޕާޓީއަށް މޮޔަވެފައިވާވަރު ކޮމެންޓްތަކުން ހާމަވޭ.

The name is already taken The name is available. Register?

ޢަރުތަ

01 October 2021

ޤައުމަށްވުރެ ވަކިފަރުދެއް މާބޮޑުވެގެން ޕޕމ ވެސް މިއުޅެނީ، އެހެނެއް ނުވާނެދޯ، ވެރިކަން ކޮށްފަ ހުއްޓެއްކަމަކު ޤައުމަށްވުރެ އެމީހާ ބޮޑުވެގެން ނުވާނެ، އަނެއްކާ ކުށްސާބިތުވެގެން ޖަލުހުކުމެއް ކޮށްފަ ހުރި ގައިދީއެއް.

The name is already taken The name is available. Register?

ކަރުތަ

01 October 2021

މިގައުމުގެ ހުރިހާ ސިޔާސީ އިސް މީހުންނަކީ ހުކުމެއް ކުރެވި ޔާމީނަށްވުރެ މަދުން ހުކުމް ތަންފީޒުކުރި މީހުން. އެމީހުންނަށް ކުރެވުނު ހުކުމް ނުބައިނަމަ ޔާމީނަށް ކުރެވުނު ހުކުމްވެސް ވަކި ސާފު ނޫންކަން އެއޮތީ ފެންނަން.

The name is already taken The name is available. Register?

ބާލާބާލާ

01 October 2021

އިންޑިއާ ސިފައިން މިގައުމުން ބާލާ ބާލާ ބާލާ ބާލާ ބާލާ ބާލާ ބާލާ ބާލާ ބާލާ ބާލާ ބާލާ ބާލާ

The name is already taken The name is available. Register?

ޢަރުތަ

01 October 2021

ބާލާބާލާ ކިޔާފަ އަނެއްދުވަހު އިރުއަރާއިރު އިންޑިއާ ހައިކޮމިޝަން ދޮރުގަ ބިމަށް ފޫހަރައިގެން، އެތަނުން އެއްޗެއް ބަހަނީތަ އަޅެފަހެ، އިންޑިއާ އައުޓްގޮވާފަ އިންޑިއާއަށް ދާން ވިސާހޯދަން އިންޑިއަން ހައިކޮމިޝަނުގަ ކިހާ ތާހިރު، އެތަނަށް ނުދޭބަލަ ނުދޭބަލަ ނުދޭބަލަ.

The name is already taken The name is available. Register?

ކަރުތަ

01 October 2021

ވިސާ ހޯދަން ދާ މީހުން އިންޑިއާ އައުޓް ގޮވީމަ ވިސާ ނުދޭނެކަން އެއޮތީ ސުދީރު ނުގޮތަކަށް ބުނެފަ. އޭނަ އެބަ ބަލަމޯ އެއީ ކޮންބައެއްތޯ. އިންޑިއާއާ އެއްކޮޅަށް ކޮމެންޓްކޮށްދޭތީ އަރުތަ ނުޖެހޭނެ އެތަނުގަ ކިޔޫގަ ހުންނާކަށް.

The name is already taken The name is available. Register?

ކިންކޫ

01 October 2021

އަލީ ވަހީދު ގެންނަ ޕެޓިޝަން ހަދާބަލަ. މީ ކުރާނެކަމެއްްނެތިގެންއުޅޭ ބައެއް.

The name is already taken The name is available. Register?

ބިންކޫ

01 October 2021

މި ސަރުކާރުން ހިމާޔަތްދީފަ ހުރި މީހެއް އެއީ. މިތަނުގަ ބަހައްޓަން އުޅޭ ކަމަށް ހަދައި ފުރުވާލާފަ، ގެންނަން އުޅޭ ކަމަށް ހަދައި އަސްލު ނުގެންނަން ނިންމާފަ އޮތް މީހެއް އެއީ. އަލީވަހީދުވެސް މިހާރު ހުއްޓާލައިފި އޭނަ ކުރަން އުޅުނު މަސައްކަތް. އިތުރު އެއްޗެއް ބުނެފާނެތީ މިކޮޅުން ކަމެއް ކޮށްދީފަ އޮންނާނީ މިހާރު.

The name is already taken The name is available. Register?

ޢަރުތަ

01 October 2021

ނުކެރޭނެ، އެމްއެމްޕީ އާރުސީގެ ޚިޔާނާތުގަ ދައުލަތަށް ގެއްލުނު ހުރިހާ ފައިސާ ހޯދަން ޕެޓިޝަނެއް ހަދާކަށްވެސް ނުކެރޭނެ، ކިހިނެއް ކެރޭނީ! ތިހުރިހާ މީހުންވެސް ތިބީ ރަނގަޅަށް ބައިވެރިވެފައި، ގެދޮރުގަނެ އެޕާޓްމެންޓް ރާއްޖޭންނާ ބޭރުން ގަނެ ބޮޑެތި ވެހިކަލްތައް ހޯދާ ވިޔަފާރިތައް އެފައިސާއިން ފަށައިގެން ތިބީ އަމިއްލައަށް.

The name is already taken The name is available. Register?

ކަރުތަ

01 October 2021

އަރުތަ އަޕްޑޭޓްވެބަލަ އެމްއެމްޕީއާރްސީއާ އެސްއޯއެފް މީހުންގެ ބޮޑުންނަކީ ކޮބައިތޯ ބަލައި އެމީހުންނަށް ހިމާޔަތް ދީގެން އުޅެނީ އަސްލު ކީއްވެކަން ބަލަން.

The name is already taken The name is available. Register?

ބޮކި

01 October 2021

ބަލަ ކަލޭމެން ފަސް އަހަރު ވެރިކަމުގަ ތިބެ ނުބޭލުނު ބަޔަކު މިހާރު ބޭލޭނެތަ ؟

The name is already taken The name is available. Register?

ހޮޅިބުރި

01 October 2021

ހިސާބަށްވުރެ ހަޔާތްކުޑަ ބައެއްވީމަ ނުބޭލިފަ ތިބި ބައެއް އެއީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454