ހައި ކޯޓު: ހުކުމް ތަންފީޒުުކުރުން ފަސްކުރުމާ މެދު ގޮތެއް ނިންމަންދެން، އެ ހުކުމެއް ތަންފީޒު ކުރުން ފަސްކުރަން ޖެހޭނެ ގޮތަށް އެ ކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ވަނީ ބާތިލް ކޮށްފައި --- ފޮޓޯ/މިހާރު
02 ނޮވެމްބަރ 2021 - 14:19
މަދަނީ ހުކުމް ތަންފީޒުކުރުން ފަސްކުރުމާ މެދު ހައި ކޯޓުން ގޮތެއް ނިންމަންދެން، އެ ހުކުމެއް ތަންފީޒު ކުރުން ފަސްކުރަން ޖެހޭނެ ކަމަށް ހައި ކޯޓުން އިއްޔެ ނިންމި ނިންމުން ސުޕްރީމް ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.
ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ގޮތުން މަދަނީ މައްސަލަތަކުގައި ހުކުމް ތަންފީޒު ކުރުން ފަސް ކުރެވޭނީ އިސްތިއުނާފް މަރުހަލާގައި މަތީ ކޯޓަކުން އެގޮތަށް އެންގުމުންނެވެ. ނަމަވެސް ހައި ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން އިއްޔެ ނިންމީ އެ ކޯޓުގައި އިސްތިއުނާފް ކުރާ މައްސަލަތަކުގައި ހުކުމް ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރެއް ނެރުމާ މެދު އެ ކޯޓުން ގޮތެއް ނިންމަންދެން ވެސް، އެ ހުކުމެއް ތަންފީޒު ކުރުން ފަސްކުރަން ޖެހޭނެ ކަމަށެވެ.
ހައި ކޯޓުގެ ނިންމުން ބާތިލްކޮށް، ސުޕްރީމް ކޯޓުން މިއަދު ނެރުނު ޕްރެކްޓިސް ޑައިރެކްޝަންގައިވަނީ ހުކުމް ތަންފީޒު ކުރަން އަމުރު ނުކުރާހާ ހިިނދަކު، އެ ހުކުމެއް ތަންފީޒު ކުރެވޭނެ ކަމަށާއި އަދި ހުކުމް ތަންފީޒު ކުރަން އަމުރު ކުރެވޭނީ މައްސަލާގައި ހިމެނޭ ފަރާތުން އެކަމަށް އެދުމުން ކަމަށެވެ.
އެ ޑައިރެކްޝަންގައިވަނީ ފައިސާއެއް ދައްކަން ކޮށްފައިވާ ހުކުމް ތަންފީޒު ކުރަން ފަސްކުރަން އަންގާއިރު، ދަށު ކޯޓުގެ ހުކުމާ އެއްގޮތަށް ކޯޓަށް ފައިސާ ދައްކަމުން ދިއުމަށާއި އެކަމަކު އިސްތިއުނާފް މައްސަލަ ނިމެންދެން ފައިސާ ދޫނުކޮށް ހިފަހައްޓަން އެންގުމުގެ ބާރު އިސްތިއުނާފް ކޯޓަށް އޮންނާނެ ކަމަށެވެ.
އެ ޑައިރެކްޝަނަށް އަމަލުކުރަން ފެށުމާ އެކު، ހައި ކޯޓުގެ އާންމު ސިޓީ ބާތިލްވީ ކަމަށް އެ ޑައިރެކްޝަންގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނައިކް
02 November 2021
ސޫމޯޓޯ އާއި ގައިޑްލައިންތަކާ، އަންނަންފެށީ އަނެއްކާވެސް ޖުޑިޝިއަލް ޑިކްޓޭޓަރޝިޕަކާ ދިމާލަށް ތިޔަދަނީ..
މުހައްމާ
02 November 2021
ހައިކޯޓު ސައިޒުކޮށްލީދޯ. ރަނގަޅު، ސައިޒުވެސް ކުރަން ޖެހޭ ސާފުވެސް ކުރަން ޖެހޭ. ހައިކޯޓުގެ ރަޖިސްޓްރާރ އަދި ބައެއް ފަނޑިޔާރުން ނެރެ ހައިކޯޓު ސާފުކުރަން ޖެހޭ
ހިރިހަމައިދި9
02 November 2021
ކެކެ ހައިކޯޓުން ކުރީގެ ސުޕްރީމް ކޯޓު ހެދެން ދޯ މިއުޅެނީ. ކޮން އައްމު ސިޓީއެއް ގާނުނުގަ ވަކި ގޮތެއް އޮއްވާ. ހައިކޯޓުން މިފިޔަވަލު އެޅި އެންމެންގެ މައްސަލަ ބަލަންޖެހޭ