ކުރީގެ ރައީސް މުހައްމަދު ނަޝީދު މަޖިލިހުގެ ރޭގެ ޖަލްސާގައި. ބިލްތައް ފުރިހަމަ ކުރުމަކީ މެމްބަރުންގެ މަސްއޫލިއްޔަތެއް ކަމަށް އެމަނިކުފާނު ވިދާޅުވި. --- ފޮޓޯ: މަޖިލިސް
20 އޯގަސްޓް 2019 - 15:01
ސަރުކާރުގެ މެމްބަރުންނެއް ރައްޔިތުންގެ މަޖިލިހުގައި މިހާރު ނުތިއްބަވާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު އެގޮތަށް ވިދާޅުވީ އާ ގާނޫނުއަސާސީއަށް އަމަލްކުރަން ފެށުމުގެ ކުރިން ސީދާ ރައީސުލްޖުމްހޫރިއްޔަ އައްޔަން ކުރައްވާ އަށް މެމްބަރުން ތިއްބެވިޔަސް، މިހާރު މަޖިލިހުގެ ހުރިހާ މެމްބަރުންނަކީ ވެސް އިންތިހާބުކުރާ ބައެއް ކަމަށް އިޝާރަތްކުރައްވަމުންނެވެ.
މިދިޔަ މެއި މަހު ހުވާކުރި 19 ވަނަ މަޖިލިހުގައި ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ 65 މެމްބަރުން ތިއްބަވަ އެވެ. ޖުމްހޫރީ ޕާޓީ އަދި ޕީޕީއެމްގެ ފަސް މެމްބަރުން، ޕީއެންސީ ތިން މެމްބަރަކު ހިމެނެ އެވެ. އެމްޑީއޭގައި ދެ މެމްބަރުން ތިއްބެވި އިރު، އަމިއްލަ މެމްބަރުންގެ ގޮތުގައި ހަތް މެމްބަރުން މަޖިލިހުގައި ތަމްސީލްކުރައްވަ އެވެ.
ސަރުކާރުން މަޖިލިހަށް ފޮނުވި މަސްވެރިކަމުގެ ބިލުގެ ބަހުސް މަރުހަލާގައި އެމްޑީޕީގެ މެމްބަރުން އެންމެ ބޮޑަށް ކުރި އެއް ޝަކުވާއަކީ، މަސްވެރިކަމާ ގުޅޭ ގޮތުން އެބޭފުޅުން ހުށަހެޅުއްވި ގަރާރުތަކުގައި ހުރި ބައެއް ކަންކަން މަސްވެރިކަމުގެ ބިލްގައި ހިމަނާފައި ނުވާތީ އެވެ. އެހެންވެ މެމްބަރުންގެ ނަޒަރުގައި މިއީ އެމްޑީޕީގެ ސިޔާސަތުތައް ހިމެނޭ ބިލަކަށް ނުވާތީ ބިލް އިސްލާހު ކުރަން ޖެހެ އެވެ.
މެމްބަރުންގެ އެ ވާހަކަތަކާ ގުޅިގެން ނަޝީދު ވިދާޅުވީ ގާނޫނު ހެދުމުގެ އެންމެހާ ބާރު ގާނޫނުއަސާސީން ލިބިދީފައި ވަނީ މަޖިލިހަށް ކަމަށެވެ. އަދި ވަޒީރުންގެ މަސްއޫލިއްޔަތަކީ މަޖިލިހަށް ސަރުކާރުން ހުށަހަޅަންވީ ބިލްތަކާއި އެ ނޫން ވެސް ހުށަހެޅުންތައް ތައްޔާރުކޮށް ރައީސަށް ލަފާ ދެއްވުން ކަމަށް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ސަރުކާރުން މަޖިލިހަށް ބިލެއް ހުށަހަޅާ އުސޫލު ގާނޫނުއަސާސީގައި އެހާ ސާފު ނޫން ކަމަށެވެ.
ނަޝީދު ވިދާޅުވި ގޮތުގައި 2008 ވަނަ އަހަރު އަމަލު ކުރަން ފެށި ގާނޫނުއަސާސީގެ އެންމެ ބޮޑު އެއް ސިފައަކީ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމެވެ. އެގޮތުން މިހާރުގެ ސަރުކާރު ހިންގަވަނީ ރައީސް ކަމަށް ވީ އިރު، އެއީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ކަން ފާހަގަކުރެއްވި އެވެ. އަދި މަޖިލިހުގެ އަޣުލަބިއްޔަތު ރައްޔިތުން ދީފައި އޮތީ އެމްޑީޕީގެ މެމްބަރުންނަށް ކަމަށް ވިދާޅުވި އެވެ.
"އެހެންވީމަ މި މަޖިލިހަށް ސަރުކާރުން ބިލް ހުށަހަޅަނީ އެ ރޫހުގައި. ފްރޭމްވޯކެއްގެ ގޮތުގައި. ސަރުކާރުން ހުށަހަޅާ ބިލަކަށް ތަނަވަސްކަމާއި މުއްސަނދިކަމާއި ފުރިހަމަކަން ގެނައުމުގެ މަސްއޫލިއްޔަތަކީ މި ސަރުކާރުން ދެކޭ ގޮތުގައި އަދި އަޅުގަނޑަށް އެއްވެސް ޝައްކެއް ނުހިނގާ ގޮތުގައި މި މަޖިލިހުގެ މަސްއޫލިއްޔަތެއް،" ނަޝީދު ވިދާޅުވި އެވެ.
ސަރުކާރުގެ މެމްބަރުން މަޖިލިހުގައި ނުތިއްބަވާނެ ކަމަށް ނަޝީދު ވިދާޅުވި އިރު، މިނިވަން މުއައްސަސާތަކާއި ފަނޑިޔާރުންނަށް ބޭފުޅުން ކަނޑައެޅުމާއި ވަކިކުރަން ރައްޔިތުންގެ މަޖިލީހުގައި ސުޕަ ކޮމިޓީއެއް ހަދަން އެމަނިކުފާނު ކުރެއްވި މަސައްކަތްޕުޅު ވަނީ، އެމްޑީޕީގެ މެމްބަރުންގެ ތެރޭގައި ނާކާމިޔާބުވެފަ އެވެ. ސުޕަ ކޮމިޓީ ހަދަން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގައި ނެގި ވޯޓުގައި އަގުލަބިއްޔަތު ލިބުނީ އެ ކޮމިޓީ ހަދަން ނުފެންނަ ކަމަށެވެ.
ނަޝީދު ހިމަނައިގެން ސުޕަ ކޮމިޓީ ހެދުމަކީ އެމްޑީޕީގެ މެމްބަރުންގެ ތެރޭގައި ވެސް ހިޔާލު ތަފާތުވުން ބޮޑުވި ކަމެކެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސަކީ އެއްވެސް ކޮމިޓީއެއްގައި ހަރަކާތްތެރިވެވަޑައިގަންނަވާ ބޭފުޅެއް ނޫނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްދުއްالله
21 August 2019
"ސަރުކާރުގެ މެންބަރު" މިހެން ކިޔަނީ ސަރުކާރު ހިންގާ ޕާޓީ އަށް، އެ ޕާޓީގެ މެންބަރެއްގެ ހައިސިއްޔަތުން ނުވަތަ އެހެންވެސް ގޮތަކުން، ތާއީދު ކުރަން އެއްބަސަވެފައިވާ، ނުވަތަ އެއްބަސްވެފައިވާކަމަށް ބެލެވޭ މެންބަރުންނަށް. އެއީ އިންތިހާބަކާ ނުލައި، ސަރުކާރުން އައްޔަނު ކުރާ މެންބަރުންނަށް ކިޔޭ އެޗެއް ނޫން. މިސޮރު އަނެއްކާވެސް ކިޔަވަން ދާން ވީ.
ޕީޕީއެމް ބަލާހޯދާ
21 August 2019
މަނިކުފާނު މެމްބަރުން ހޮވަން ރައްޔިތު މީހާ ކާރިއަށް ގޮސް ވިދާޅުވީ ސަރުކާރު މެމްބަރުންނަށް ވޯޓް ދެއްވާށޭ އޭރުންނޭ ސަރުކާރު ހިންގަންފަށޭހަވެ ތަރައްގީ ކުރެވޭނީ. މިހާރު ކިހިނެއްތޯ މިވީ.
Dhaadhey
21 August 2019
ތެދެއް ނުދާތަނުގައި ރަނގަޅު ދޮގެއްވެސް ހަދާކަން ނޭގުނު.
ހިދާ
14 October 2019
ވެރިކަން ބޭނުންވަނީ
އަލިބެއްޔާ!
21 August 2019
ސުޕަރ ކޮމިޓީ ފޭލްވުމުން ވެންޓް ކޮއްލީ!
ވެނީލާ
21 August 2019
ހެހެހެ!! ބޮޑުވަޒީރު ހާދަހާ ހިތްޕުޅާ ނުވެފަ އިންނެވިހެން ހީވެޔޭ!! މައުމޫނާއި އިލްޔާސް ތޮޅުނުހެން އިބޫ އާއި ބޮޑުވަޒީރުގެ ކަންތައްގަނޑެއް މިހާރު ފެންނަމުން މިދަނީ.
ނެގުނުކަތީބު
21 August 2019
ތީ ދޮގެއް! ރައީސް ނަޝީދުގެ މެމްބަރުންނަށްވުރެ މިހާރު ގިނައީ ރައީސް އިބޫގެ މެމްބަރުން. އެއީ އެމްޑީޕީގެ ވަރަށް ގިނަ މެމްބަރުންނާއި ގުޅުންހުރި އަނބި ދަރިން ގާތްތިމާގެ ޅިޔަން ފަހަރިންނަށް ސަރުކާރުން ސްޓޭޓް މިނިސްޓަރުން ޑެޕުޓީން ފެށިގެން ވަޒީފާތަށްދީ އެ މެމްބަރުންގެ ނަގޫވަނީ ތާށިކޮށްފަ.
ޔާސްމީން
21 August 2019
ރައީސް ނަޝީދު، ވަރަށް އިޙްތިރާމާޢެކު މި ދަންނަވަނީ، ރައީސް ނަޝީދު މަޖްލިސް ރައީސްގެ ގޮތުގެ ސަރުކާރުގެ ހިންގުން ދަނީ ރަނގަޅަށް ތޯ ނޫންތޯ، ނޫނީ ޤާނޫނާ ޚިލާފުވޭތޯ ނޫންތޯ ބެއްލެވުން ހަމަ ވަރަށް ރަނގަޅު، އެކަމަކު ރައީސް ނަޝީދުގެ ބައެއް ގާތްމީހުން ސޯޝަލް މީޑިއާގަ ސަރުކާރާ ދެކޮޅަށް މިދައްކާ ތާކުން ތާކުން ނުޖެހޭ ވާހަކަ ހުއްޓާލާ، ސަރުކާރު ހިންގުމަށް އެހީތެރިވުމަަށް ގޮވާލަން. ސިޔާސީ ބޮޑުންގެ ކޯޅުމުގެ އަނެއްކާ މިގައުމު އޮޔާދާކަން އަޅުގަނޑު ބޭނުމެއް ނޫން.
ގޮއިދޫހަސަނު
21 August 2019
ވެރިކަމައިގެން ބޫތުކައިފަ! ދޮޅުއަހަރުތެރޭގައި ކޯލިޝަން ނުރޫޅިދާނެތީ ތެޅިފޮޅެނީ. މަޖިލީހަށް ކުރިމަތިލައި އެމްޑީޕީއަށް މެޖޯރިޓީ ލިބެންޖެހޭކަމުގެ ނަންއޮތީ ރައީސް ޞާލިޙުގެ ވެރިކަން ދަމަހައްޓަން. އެކަންވީމައި މަންޒަރު މުޅިން ތަފާތުވެއްޖެ. ބޯހަލާކުވެދާނެ! އެމްޑީޕީއަށް މިނޫންގޮތެއް ހަމަނެތީބާ؟ އެމްޑީޕީގައި ރައްޔިތުން އެބަތިއްބެވެ. އެކަމަކު ލީޑަރޝިޕް ކަޑަވެއްޖެއެވެ. ވަރަށްކަޑަވެއްޖެއެވެ. ޢާއިލީނުފޫޒުން އެމްޑީޕީ ސަލާމަތްވާންވެއްޖެ. މެންބަރުން ވިސްނާ!
ކުރޮޅި ކަތީބު
21 August 2019
ސުވާލަކީ މިގައުމުގަ ވެރިކަންކުރާ ވެރިއަކީ ސަރުކާރުގެ ވެރިއެއްތޯ ސުވާލަކީ މިގައުމުގެ ރައްޔެތުންނަކީި މިސަރުކާރުގެ ރައްޔެތުންތޯ ސުވާލަކީ އެންމެންނައް މުސާރަދެނީ ސަރުކާރުގެ ފައިސާންތޯ ސުވާލަކީ ސަރުކާރުގެ މެންބަރުންނައް ނުވާއިރު ސަރުކާރު ހިންގަންޖެގޮތް ކިޔާދެނީ ކިއްކުރަންތޯ... ސަރުކާރައްނުވެ ބަލަދުއެރުމަކީ ހާއްސަ އެހީއައް ބޭނުންޖެހިފަ ވާބައެއްކަމެވެ.
ހަސަން ސަޢީދު
21 August 2019
މުހައްމަދު ނަޝީދަކީ އެއްވެސް އިރެއްގައި އެއްގޮތަކަށް ވާހަކަ ގެންގުޅުއްވާ ބޭފުޅެއް ނޫން. ފާއިތުވި އަހަރު އޯގަސްޓްމަހުގެ 18 ވަނަ ދުވަހު، ރިޔާސީ އިންތިޚާބުގެ އެންމެފޯރިގަދަ ދުވަސް ވަރު ލަންކާގައި ހުންނަވާފަ ކޮންމެވެސް މީޑިއާ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ދެން އަންނަ ސަރުކާރެއްގައި ( އެމް.ޑީ.ޕީ ) ތިމަންނާ ހުންނަވާނީ ރުއްގުނަން ކަމަށް. ސަރުކާރުވެސް ލިބި، މިނިވަންވެ ގައިބާރު ޖެހި މާލެ އާދެވުނީމަ ވިދާޅުވީ މަޖިލީހުގައި މެންބަރުކަމާ ރައީސް ކަން
މާރަނގާ - އައްޑޫ ސިޓީ
20 August 2019
ސަރުކާރުމެންބަރުންމަޖިލިހުގައިނެތްކަމުން ދައުލަތަށާއިސަރުކާރަށް ބުރަތަކްލީފަކަށްވާފަދަކަންކަމާއިޤާނޫނުތައް މަޖިލިސްތެރެއިންބަދަލުކުރާންޖެހޭ. * * އާސަންދައަށްލުއިދިނުމަށް ރާއްޖޭގައިއިންވެސްޓްކޮށްފައިވާ ބޭރުގެހުރިހާވިޔަފާރިއާއި، ހުރިހާރިސޯޓްތަކާއި، ކޮކަކޯލަ، ކޭއެފްސީ ފަދަ ފްރަންޗައިޒް އާއި އަހަރަކުފައިދާގެގޮތުގައި 1 ބިލިޔަންރުފިޔާލިބޭ ހުރިހާކުންފުނިތަކެއްގެމުވައްޒިފުން 2 ލައްކަރުފިޔާއަށްވުރެ ކުޑަނޫން އިންޝްއަރަންސް ސްކީމެއްގައި ބައިވެރިކުރާންޖެހޭ.