ރިޕޯޓް / ފ. އަތޮޅު

ފ. އަތޮޅުގައި ކުރަން އުޅެނީ ކޮން ކަމެއް؟

ފ. މަގޫދުއަށް ޖެނުއަރީ މަހު ރައީސް ޔާމީން ވަޑައިގަތުމުން، އެރަށު ރައްޔިތުން މަރުހަބާ ދަންނަވަނީ: އެ އަތޮޅުގައި ސައުދީން ބޮޑު މަޝްރޫއުއެއް ހިންގަން އުޅޭ ވާހަކަ އެ ރަށުގައި ރައީސް ވިދާޅުވި --ފޮޓޯ: ރައީސް އޮފީސް

ފ. އަތޮޅަށް ވާން މިއުޅެނީ ކިހިނެއް؟ ހަމަ ވިއްކާލަނީތަ؟ ނޫނީ ބިޔަ އިންވެސްޓްމަންޓެއް ގެންނަން އުޅެނީތަ؟ މި ދުވަސްވަރު ގިނަ ބައެއްގެ ހިތުގައި މި ސުވާލުތައް އުފެދި، އަތޮޅުގެ ބައެއް މީހުންގެ ނުތަނަވަސްކަން ވަނީ ކުރިމަތިވެފަ އެވެ. އެ ސުވާލުތަކުގެ ޖަވާބެއް ނުލިބެ އެވެ. އެއީ ކިހިނެއް ވާން އުޅޭ ކަމެއް ކަން ވެސް އަދި އޭގެ ހަގީގަތެއް ވެސް ރަސްމީ އެއްވެސް ފަރާތަކުން ނުބުނެ އެވެ.

ފ. އަތޮޅަށް ވާން އުޅެނީ ކިހިނެއް ކަމެއް ޚުދު އެ އަތޮޅުގެ މީހުންނަކަށް ވެސް ނޭނގެ އެވެ. އަތޮޅު ކައުންސިލް ތެރޭގައި ވެސް ސަރުކާރާ އިދިކޮޅު މެމްބަރުންނަށް އެކަން އޮތީ ސިއްރުކޮށްފަ އެވެ. އެހެންވެ މިއީ "އަޑި ނޭނގޭ" މަޝްރޫއުއެއްގެ ގޮތުގައި ބައެއް މީހުން ދެކެ އެވެ. އެކި ގޮތްގޮތަށް އަޑުތައް އަރައިގެން އުޅެނީ ވެސް އެ ސަބަބާ ހުރެ އެވެ.

ސަރުކާރުން އެ ވާހަކަ ނުދައްކަނީ ކީއްވެ؟

ފ. އަތޮޅުގައި ކޮންމެވެސް ކަންތައްގަނޑެއް ހިންގަން އެބަ އުޅެ އެވެ. ސައުދީ އަރަބިއްޔާ އިން އެ އަތޮޅުގައި ބޮޑު މަޝްރޫއުއެއް ހިންގަން އުޅޭ ވާހަކަ ސީދާ ރައީސް ޔާމީން ވަނީ، އޭގެ ތަފްސީލަކަށް ވަޑައިނުގެން، ވިދާޅުވެފަ އެވެ. ފ. މަގޫދު އަށް މިދިއަ މަހު ރައީސް ޔާމީން ކުރެއްވި ދަތުރުފުޅުގައި ވިދާޅުވީ އެ މަޝްރޫއާ އެކު އެ އަތޮޅު މުޅި ދުނިޔެ އަށް ހުޅުވާލެވި، ވަރަށް ގިނަ އަދަދަކަށް ވަޒީފާގެ ފުރުސަތު ތަނަވަސްވާނެ ކަމަށެވެ. އެ އަތޮޅުގައި ތަރައްގީކުރަނީ އިންޓަގްރޭޓަޑް ޓޫރިޒަމް އެވެ. އެއީ ވަރަށް މަދު ގައުމެއްގައި ނޫނީ ގާއިމްވެފައި ނެތް ވިޔަފާރިއެއް ކަމަށް ސިފަކުރެއްވި އެވެ.

ފ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް އުމަރު ޒާހިރު "މިހާރު"އާ ވާހަކަދައްކަވަމުން ކުރިން ވިދާޅުވެފައި ވަނީ ޓޫރިޒަމް ތަރައްގީކުރުމުގެ ގޮތުން އެ އަތޮޅުގެ ވަކި ސަރަހަދެއް ބަޔަކަށް ކުއްޔަށް ދިނުމަކީ މައްސަލައެއް ނޫން ކަމަށެވެ. އެކަމަކު ވާނުވާއެއް ނޭނގޭ ގޮތަށް، ބަޔަކަށް "ވިއްކާލަން" އުޅޭ ކަމުގެ ވާހަކަތައް ފެތުރޭތީ އެކަމާ ރައްޔިތުން ވަރަށް ކަންބޮޑުވާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މި އިވެނީ މުޅި އަތޮޅު އެއްކޮށް ހުސްކުރަނީއޭ. އެހެންވެ އޭގެ ވާނުވާ އެއް ނޭނގޭތީ ރައްޔިތުންގެ ތެރޭގައި ކަންބޮޑުވުންތަކެއް އެބަހުރި،" އުމަރު ވިދާޅުވި އެވެ.

އެކަމަކު ފ. ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލު އެއަށް ޖަވާބު ދެއްވައި ވިދާޅުވެފައި ވަނީ އަތޮޅު ވިއްކާލަން ސަރުކާރުން ނޫޅޭ ކަމަށެވެ. އޭގެ ބަދަލުގައި އަތޮޅަށް ގެންނަނީ ވަރަށް މަޝްރޫއުއެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފ. އަތޮޅު ހާއްސަ ވާންވީ ކީއްވެ؟

ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ފ. އަތޮޅަކީ ރާއްޖޭގެ އެންމެ ހިތްގައިމު ފަޅުތައް އެކުލެވޭ އެއް އަތޮޅެވެ. އެ އަތޮޅުގެ ބޮޑު ބައެއް ހިއްކައިގެން ޓޫރިޒަމް ނުވަތަ އެނޫން ވެސް އިގްތިސޯދީ މަޝްރޫއެއް ހިންގުމަށް ޖާގަ ހޯދިދާނެ އެވެ.

ފ. އަތޮޅުގައި މިހާތަނަށް ތަރައްގީކުރި ހަމައެކަނި ރިސޯޓަކީ ތްރީއޭ ޓްރޭޑިން ކޮމްޕެނީން 1999 ގައި ހުޅުވި 125 ކޮޓަރީގެ ފިލިތެޔޮ އައިލެންޑް ރިސޯޓެވެ. އެ ރިސޯޓުގެ އިތުރުން އެ އަތޮޅު މާފުށީގައި މަތީ ފެންވަރުގެ ޕިކްނިކް އައިލެންޑެއް "ދަ ރާނިއާ އެކްސްޕީރިއެންސް" ނަމުގައި ޕްލެޓިނަމް ކެޕިޓަލް ހޮލްޑިން (ޕިސީއެޗް) އިން ހިންގަ އެވެ.

ސަރުކާރުން ފ. އަތޮޅު ވިއްކާލަން އުޅޭ ކަމަށް ވާހަކަ ދައްކަނީ ހަގީގަތާ ޚިލާފަށް. އޭގެ ބޭނުމަކީ ސިޔާސީ ގޮތުން ވަކި މަގުސަދެއް ހާސިލްކުރުން -ޝައިނީ

"ފ. އަތޮޅު އޮއްވައި ދ. އަތޮޅުގައި އެތައް ރިސޯޓެއް އެދަނީ ހިންގަމުން. އަދި އެއާޕޯޓެއް ވެސް އަޅައިފި. އެހެންކަމުން އެ އަތޮޅުގައި ހިންގަން ޖެހޭނީ ދ. އަތޮޅާ ވާދަކުރޭވަރުގެ ބިޔަ މަޝްރޫއެއް. އެވަރުގެ މަޝްރޫއެއް އާދައިގެ ކުންފުންޏަކަށް ނުހިންގޭނެ،" ޓޫރިޒަމް ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވި އެވެ.

ސަރުކާރުގެ އިސް ބައެއް ވެރިންނާ ހަވާލާދީ ބައެއް މީޑިއާތަކުގައި ބުނެފައި ވަނީ ފ. އަތޮޅުގައި ހިންގާ މަޝްރޫއުގެ ދަށުން އިންޓަގްރޭޓެޑް ރިސޯޓް ޕްރޮޖެކްޓަކާއި އެއް މިލިއަން މީހުން އާބާދުކުރެވޭ ފެންވަރުގެ މެގަ ސިޓީއެއް ވެސް ހަދާފާނެ ކަމަށެވެ. އެ ފެންވަރުގެ ސިޓީއެއް ގާއިމްކުރުމުން ރާއްޖޭގެ އިގްތިސާދަށް ކުރިން ނާންނަވަރުގެ ކުރިއެރުން އަންނާނެ ކަމަށް ސަރުކާރަށް ނިސްބަތްވާ މީހުން ބުނެ އެވެ. އެކަމަކު އަނެއް ބަޔަކު ދެކެނީ އެގޮތަށް ރާއްޖޭގައި ބޭރު މީހުން އާބާދުވުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށެވެ.

"ފ. އަތޮޅު ވިއްކައެއް ނުލާނެ"

ފ. އަތޮޅު ވިއްކާލަން އުޅެނިއްޔޭ ކިޔައިގެން އާންމުންގެ ތެރޭގައި ވާހަކަ ދައްކަނީ ސަބަބުތަކެއް ވެސް ހުރެގެންނެވެ. ސައުދީ އަރަބިއްޔާގެ ކްރައުން ޕްރިންސް މުހައްމަދު ބިން ސަލްމާން 2014 ގައި ރާއްޖެއަށް ކުރެއްވި ދަތުރުފުޅެއްގައި ފ. ހިމިތީގައި ޓޫރިޒަމަށް އިންވެސްޓްކުރަން ޝައުގުވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވި ކަމަށްވެ އެވެ. އަދި އޭގެ ފަހުން ގާނޫނު އަސާސީގައި ރާއްޖޭގެ ބިން މިލްކުކުރެވޭ ގޮތަށް ގެނައި އިސްލާހަކީ އެކަމަށް މަގުފަހިކުރަން ސަރުކާރުން އެޅި ފިޔަވަޅެއް ކަމަށް ސިޔާސީ ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ޓީވީއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އިކޮނޮމިކް ކައުންސިލްގެ ކޯ ޗެއާ އަދި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ ބޭރުގެ ބަޔަކަށް ގައުމުން ބައެއް ވިއްކާލަން ސަރުކާރުން މަސައްކަތް ކުރާކަމަށް ބުނެ ވާހަކަ ދައްކަނީ ހަގީގަތާ ހިލާފަށް ކަމަށެވެ. އޭގެ ބޭނުމަކީ ސިޔާސީ ގޮތުން ވަކި މަގުސަދެއް ހާސިލްކުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝައިނީ ވިދާޅުވީ ރާއްޖެއިން ބައެއް ބޭރުގެ ބަޔަކަށް ވިއްކާލުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން ސަރުކާރުން އެފަދަ ފުރުސަތެއް ނުދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ފ. މަގޫދުއަށް ރައީސް ޔާމީން ވަޑައިގެންނެވި ދަތުރަށް ރަށުތެރެ ޒީނަތްތެރިކޮށްފައި..-- ފޮޓޯ: ރައީސް އޮފީސް

އެކަމަކު ތަރައްގީކުރާ ތަނެއްގެ 70 ޕަސެންޓް ހިއްކައިގެން ރާއްޖޭގައި ބިން މިލްކުކުރެވޭ ގޮތަށް ގާނޫނުއަސާސީ އަށް ބަދަލު ގެނައީ ކޮންމެވެސް ސަބަބެއް އޮވެގެންނެވެ. ބޭރު މީހުންނަށް ބިން މިލްކުކުރެވުމަކީ ވިއްކާލުން ކަމަށް، އެއް ބަޔަކު ދެކެ އެވެ. އެހެންކަމުން، މިސާލަކަށް، ފ. އަތޮޅުގެ ބޮޑު ދެ ފަޅު ހިއްކައިގެން ބޮޑު މަޝްރޫއުއެއް ހިންގާ ނަމަ، އެއީ އެކަން ކުރާ ބަޔަކަށް މިލްކުކޮށްދޭ ސަރަހައްދެކެވެ.

ފ. އަތޮޅަށް ކުރަން އުޅޭ ކަމެއް ސަރުކާރުން ރައްޔިތުންނަށް ސާފުކޮށްދޭން ޖެހެ އެވެ. ފ. އަތޮޅުގެ ރައްޔިތުންގެ ކުރިމަގަކީ ކޮބައިތޯ ވެސް އޮޅުންފިލުވަދޭން ޖެހެ އެވެ. ފަހަރެއްގައި ސައުދީގެ ރަސްގެފާނު ރާއްޖެ އަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެކަން އިއުލާންކުރުން ވެސް، އެއް ބައެއްގެ ނަޒަރުގައި، އެކަށީގެންވެ އެވެ.

50 ކޮމެންޓް, 109 ރިއެކްޝަންސް

icon happy icon happy 19%
icon sad icon sad 9%
icon angry icon angry 72%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފ ރަނިކަމަނާ

27 February 2017

އަތޮޅެއް އެހެން ޤައުމަކަށް އަތޮޅެއް "މިލްކު" ކޮށްދިނުމުން ދެން ވާނެ ގޮތަކީ އިންޑިއާ ކަނޑުގެ މަސްލަހަތާއި ޖިއޮގްރަފިކަލް ގޮތުން ރާއްޖެ ނިސްބަތްވާ ސަރަހައްދުގެ ސަބަބުން ދޭދޭ ޤައުމުގެ ފުށުއެރުންތަކާއި ދޭދޭ ޤައުމުތަކުގެ އަމިއްލަ މަސްލަހަތު ރައްކާކުރުމުގެ ނަމުގައި ރާއްޖޭގެ އަތޮޅުތައް ދޭދޭ ޤައުމުތަކުގެ މެދުގައި ބަހަން މަޖުބޫރުވެގެން ދާނީއެވެ. ދެން އުފުދޭ ސުވާލަކީ މި މަޖުބޫރުކަން ރާއްޖެއަށް ކުރިމަތިވާނީ ކޮން އިރަކުންތޯ އާއިމެދު އުފެދޭ ސުވާލެވެ. ޑުބާއީގައި މިކަހަލަ ޕްރޮޖެކްތައް ހިންގަނީ ޤައުމުތަކުންނެއް ނޫނެވެ. ކުންފުނިތަކުންނެވެ. ފަލަސްތީނަށް ވީގޮތްވުން ވަރަށްގާތެވެ.

The name is already taken The name is available. Register?

ސުވާ

27 February 2017

އަލުގަނޑުމެން ލ އަތޮޅު ގަންނަން ބޭނުމެވެ. އެއީ އިސްލާމީ ޝަރީޢަތުގެ ހުކުމްތައް ހިންގާ އިސްލާމީ ވެރިކަމެއް ގާއިމުކޮށް މުސްލިމުންނަށް އެމީހުންގެ ދީނުގައި މޫނުބުރުގާ އަޅައިގެން ވަޒީފާ އަދާކޮށްގެން ރަސޫލާ (ސލހވ) ގެ ސުންނަތާ އެއްގޮތަށް ދިރިއުޅެވޭނެ ބިމެއް ތައްޔާރުކުރުމަށެވެ.

The name is already taken The name is available. Register?

އަދުރޭ

27 February 2017

ބިން މިލުކުކުރުން ބިން ގަތުން ބިންވިއްކާލުން، ބަސް ކިތަންމެ ގޮތަކަށް ބޭނުންކުރިޔަސް މާނަޔަކީ ހަމަ އެއްމާނައެއް. އެއީ އެބިން ނުވަތަަ ކަނޑު ނުވަތަ ފަޅު ނުވަތަ އެނޫންވެސް އެއްޗެއް "އޭގެ ވެރިފަރާތް ނޫން ފަރާތަކަށް ލިބިގެންދިޔުން" މިސަރުކާރުން ބަސްތައް ކިތަންމެ ގިރިޓީކޮށް ވާހަކަދެއްކިޔަސްވެސް މިއީ އިތުބާރުގެއްލިފައިވާ ވިޔާނުދާބަޔަކު ހިންގާ ނުބައި ނުލަފާ ޢަމަލެއް މީގެ ހިތިކަން މިއަދު ނުފެނިދާނެ. އެކަމަކު އަންން އޮތް ޖީލުތަކުން މިފަދަ ކަންކަމުގެ ހިތި ތަޖުރިބާކުރާނެކަން އެއީ ޝައްކެއްނެތްކަމެއް. އެހެން ނޫންނަމަ އެކި ދަރި ދަރިދަރިކޮޅުގެ މީހުން ވަޒަންވެރިވެ އުޅޭ ތަންތަނުގައި ދުވަހަކުވެސް ތަޅާފޮޅުމާއި ހަމަނުޖެހުމެއް ނުހިނާގެ.

The name is already taken The name is available. Register?

މުހަންމަދު

27 February 2017

ފ އަތޮޅަށް ވާންއުޅޭގޮތެއް އެންމެރަނގަޅަށް ދެނެވޮޑިގެންވާނީ ﷲސވޢއާއި އެއަތޮޅަށް ގޮތްހަދަންއުޅޭ ބަޔަކަށެވެ. އަހަރުމެން ގޮތްކިޔާނަމަ، ލައްކަގިނަގޮތް ކިއިދާނެއެވެ. އެހެންވެ، އެއްޗެކޭބުނެވޭކަށްނެތެވެ. އެކަމަކު މިހާރު ވެރިކަމުގައިހުންނެވި ވެރިޔާއާއި ކުރީގައި ވެރިކަންކުރުއްވެވި ރައީސް މައުމޫނާއި، ދިވެހި ރައްޔިތުންގެ މަންދޫބުންގެނަމުގައި ރައްޔިތުންގެ މާލިއްޔަތުން ބޮޑުޢަދަދެއް އުޖޫރައިގެގޮތުގައި ނަގައިގެން ރައްޔިތުންނާއި އިދިކޮޅަށް މަސައްކަތްކުރާ ގިނަޢަދަދެއްގެ މެންބަރުން ކުރަމުންގެންދާ ކަންތައްތަކަކީ ރަނގަޅު ކަންތައްތަކެކޭ ނުބުނެވޭނެއެވެ. އެކަމަކު އެމީހުންގެއަތުން ލިބޭ ވަގުތީ ފައިދާއަކަށް އެކަންކަމަކީ ރަނގަޅުކަންތައްކަމުގައި ބަލައިގަންނަ ދިވެހީން މަދެއްނޫނެވެ. ޕީޕީއެމްގެ ދެފެކްޝަނެއްހަދައިގެން ދެބޭންއެގަންނަނީ ރަނގަޅުގަނޑެއްނޫނެވެ. އަނބުރަނީ ގޭސްގަނޑެކެވެ. އެކަމުގައި ދުވަހެއްދުވަހަކަށް ޅަދަށުވަމުން، ދަރަމުން، ބޭޒާރުވެ ބޭކާރުވަމުންދަނީ ނިކަމެތި ދިވެހި ރައްޔިތުމީހާކަން، މިއެންމެންދަނެއެވެ. އަހަރުމެންމިތިބީ ތަށަމަހިތޯ ތަށަމަހިތޯ ކިޔަކިޔައި އަތްޖަހާލަ ޖަހާލައެވެ! ފ އަތޮޅަށްވާންއުޅޭގޮތް އެނގޭނީ ވީމައެވެ. އެދުވަސް އައިސްފިނަމަ، މިރާއްޖެ އެކުގައިވިއްކާފަނޫނީ މިހާރުގެވެރިމީހާ ދުރުވެދާނެޔެކޭ މަގޭހިތެއްނުބުނެއެވެ! ބަޣާވާތެއްކުޅަ ބަޔަކަށް ދައްކަވަންވީތަނެއް އަހަރުމެނަށްމިދަނީ ފެންނަމުންނެވެ! ދެބެންގެރޭވުމުގައި ދައްކައިގެންއުޅޭ ދަޅަޔަށް މަމެންމިތިބެ މުޑިނަގަނީއެވެ! ދަށުންދަމަނީއެވެ! ފ އަތޮޅުގެ ކަންތަކަށް ގޮތްކިޔަކިޔާތިބޭއިރު، ރާއްޖޭގެޙާލަތު މިއޮތީ މިގޮތަށްކަން ޔަޤީންވަނީ މަދުމީސްކޮޅަކަށެވެ. ވަރަށް ސަލާމް!

The name is already taken The name is available. Register?

ޙަސަން

27 February 2017

އެއް މިލިއަން މީހުންގެ އާބާދީއެއް ދިރިއުޅޭގޮތަށް ތަރައްޤީކުރަނީ. ރާއްޖޭގެ މުޅި އާބާދީގައިވެސް 4 ލައްކަ ހަމަނުވޭ. އެހެންކަމަށްވާނަމަ ފ. އަތޮޅުގައި ދިރިއުޅޭނެ 1 މިލިއަން މީހުން ހޯދާނީ ކޮންތާކުންތޯ؟ އަދި މިތަނަށް ދެން އަންނާނީ ކޮންބައެއްތޯ؟ އެއިރުން ދެންވާނީ ކިހިނެތްތޯ؟ އެކަމަކުވެސް ނުވިއްކާ!.....

The name is already taken The name is available. Register?

ތޯތޯ

27 February 2017

ތޯތޯ ވާހަކަ ގަބޫލުކުރާ މީހުން މާގިނައީ މިގައުމުގައި. އެއީ ސިޔާސީ މީހުން ފައިދާ ނަގާ އެންމެ ބޮޑު ތަންކޮޅަކީ. އަތޮޅެއް ވިއްކާތީ ހަގީގަތުގަ އެއްވެސް ޕާޓީއަކުން ކަންބޮޑެއްނުވޭ. އެކަކުވެސް ކަންބޮޑުވޭތަ އަމިއްލަ މުސްކުޅި ގޭގަ ހުންނަ ގަސްތައް ކަނޑާލަން 12 ބުރީގެ ގެއެއް ހަދާދޭނެ މީހަކުވީމަ، އެކަމުން ތިމާވެއްޓަށް ކުރަނީ ކޮން ގެއްލުމެއްތޯ އާ ޖެހިގެން ހުރި ގެއަށް ކުރަނީ ކޮން ގެއްލުމެއްތޯ އާ ބިންގަނޑަށްކުރަނީ ކޮން ގެއްލުމެއްތޯ ވިސްނާތަ؟ އަދި އެއިމާރާތް ހަދައިގެން އެތަނުގައި ކުއްޔަށް އެކި ޒާތްޒާތުގެ މީހުން އުޅެ ދީނާ ޚިލާފު ކިތަންމެ ކަމެއް ކުރިއަސް އެކަމާ ގޭގެ ވެރިމީހާ ބެހި ބަލާ ހަދާތަ؟ ކުއްޔަށް ދީގެން ލާރިކޮޅު ލިބުނީމަ އޮންނަނީ ނިމިފަ. ތިމަންނަގެ ގޭގަ ކޮންމެފަދަ މީހަކު ބަހައްޓަންވެސް އޯކޭހަމަ އަދި ކޮންމެ ފަދަ އަމަލެއް ހިންގިއަސް ބަލާނުލާ. މިއީ އަމިއްލަ ފަރުދުންނަށްވާވަރު.

The name is already taken The name is available. Register?

އަބްދުއްލާ އަލީ

27 February 2017

ބަޔަކު ބޭކާރު ވާހަކަތަކެއް ދެއްކިޔަސް ފ އަތޮޅު ވިއްކާ ކަށެއް ބަޔަކު ނޫޅޭ .ގާނޫނުއަސާސީ އޮތް ގޮތުން ވިއްކިޔަސް ކުއްޔަށްދިނަސް 99 އހަރަށް ވުރެ ދިގު މުއްދަތަކަށް ނުދެވޭނެ. ފ. އަތޮޅުން ހިއްކަން ފަޅެއް ދީފާނެ. އެ ފަޅު ހިއްކުމުނ އެހިއްކި ބިމުގެ އެބުނާ ޕަސެންޓް ގާނޫނީ ގޮތުން އަމިއްލަ ބިމެއްގެ ގޮތުގާރަޖިސްޓްރީ ކުރެވިދާނެ. ދެން އޮތް ބައި ދެވޭނީ 99 އަހަރަށް ކުއްޔަށް. އެތާގަ އިންވެސްޓް ކުރާނެ އެ އިންވެސްޓް މަންޓް ބިލިއަން ޑޮލަރަށް އަރާނެ. އެ އިންވެސްޓްމަންޓްގެ ސަބަބުން ވަޒީފާއާ ބޭސްފަރުވާއާއި ތައުލީމު ފ. އަތޮޅުގެ ރައްޔިތުންނަށް ކަށަވަރުވާނެ. ސޯސަންމަގުގާއޮތް ނާސަރީ ހެދި ބިން އެއޮތީ އިންޑިޔާސަރުކާރަށްދީފާ. އެވާހަކަ ނުދައްކަނީ ކީއްވެ ؟

The name is already taken The name is available. Register?

އާދީ

27 February 2017

ކަލޯ ޢަބްދުﷲ އަލީ މި ސަރުކާރުން ކިތައް ރަށް 99 އަހަރަށް ކުއްޔަށް ދީފިކަން އެނގޭތަ؟ ސޯސަން މަގުަގައި ވާ ބިން އެކަނިތަ 99 އަހަރަށް ކުއްޔަށްދީފައިވަނީ. އެބިން އިންޑިޔާ މީހުންނަށް މިލުކުކޮށްދިންވާހަކައެއް ނެތޭ. އަހަރެމެން މިޔަނީ ފ. އަތޮޅު މި ސަރުކާރުން އެހެންބަޔަކަށް މިލުކުވެރިކަން ދޭން އުޅޭވާހަކައޭ. ނިކަން ވާނުވާ އެނއެނގިގެން ކޮމެންޓްލިޔެބަލަ. ގުދޯ ގުދޯ ގޮވާ ކުދިންނަށް ފެންނާނީ އަބަދުވެސް އެހެންމީހުންގެ ގުދު އެކަނި.

The name is already taken The name is available. Register?

ސަރުމީލާ

27 February 2017

ރާއްޖޭގެ އާބާދީގޭ ގިނަމީހުނައް ދުނިއޭގަ ކަންހިނގާ ގޮތް ނޭގޭތި ސަރުކާރައް އެމިހުން އޮޅުވާލެވުމަކީ ފަސޭހަކަމެއް! ރައްތުން ހޭލުން ތެރި ކުރަން މިހާރު ނޫސްފަދަ ރައްތުންނައް ވަފާތެރި މީޑިއާ ތަކެއް އުފަން ވެގެންނޫނީ ދެންގައުމު ސަލާމަތް ނުރެވޭނޭ! ބައްލަވާ ދުނީއޭގަ މަހުޖަނުންނައް ހާއްސަ ސިޓީއެއް ކެޒީނޯ ނުވަތަ ޖުވާކުޅޭ ތައްތަނާ ނުލައި ތަރައް ކުރެވިފަ ވޭތޯ! އެހެންވެއްޖެއާ ބަގުރަލާ ނުލައި ޓޫރިޒަމް ވެސްތަރައްގީ ކުރެވޭނޭ! ބައްލަވާ މޮނަކޯފަދަ ގައުމުތައް ކެޒީނޯ އެއީ މަހުޖަނުންގެ ލައިފު ސުޓައިލް!

The name is already taken The name is available. Register?

އެމް.އޭ.ކަރީމް

27 February 2017

ބަޢާވަތުން ވެރިކަމަށް އަންނަ މީހުންގެ ކަންތަށް ހުންނާނީ ދާދިއެއްގޮތަކަށް ހުރިހާތަނެއްގަވެސް.ތަފާތަކީ ރާއްޖޭގެ ހުރިހާ ބާރެއް އެކެއްގެ އަތްމަތީގަ އޮތުން.ތި ގޮތަށް މިސްރުގެ ބާއީ ސަރުކާރުންވެސް ސައުދީ ޙަންދާނަށް ދެރަށް ވިއްކާލަން ނިންމި ،ނަމަވެސް ގައުމީ އަދި ރައްޔިތުންގެ ރޫޙުގަ ތިއްބެވި ފަނޑިޔާރުން އެކަމުން މިސްރު ސަލާމަތްކޮށްދެއްވީ.ދިވެހިންގެ ނަސީބު ދެރަކަމުން އެކަހަލަ ފަނޑިޔާރުގެއެއް ކީއްކުރަން އެއްވެސް މުއްއްސަސާއެއްވެސް ނެތް މި ވެރިކަމުގަ.

The name is already taken The name is available. Register?

އަލީ

27 February 2017

ވިއްކާލަނީކަމެއް ކުއްޔައްދެނީކަމެއް އަހަރެމެންނަކައް އަދި ނޭގެ. އެކަމަކު ރާއްޖެތަރައްގީވާނެ ރައްޔިތުންގެ ފޯރުންތެރިކަން އިތުރުވާނެ ކަންކަމަކީ ރަގަޅުކަމަކައްވެސް ވެދާނެ އެކަމަކު މިހާތަނައް މިވެރިކަމުން ލިބުނު ތަޖުރިބާޔައް ބަލާއިރު ތިކުރާކަމަކުން އެއްޗެއްލިބޭކަމައްވަންޏާ އެލިބޭއެއްޗަކުން ރައްޔިތުންނާހަމަޔައް ފޯރާނީ ވަރައްކުޑަމިންވަރެއް ދެންކިހިނެއް މިވެރިކަމުން ކުރާ ތިކަހަލަ ކަމަކައް ރައްޔިތުން އާނ ބަސްބުނާނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454