ރިޕޯޓް / ސިޔާސީ

ނޮވެމްބަރު 11 ގައި ރިއާސީ ދައުރު ނުފެށޭނެތަ؟

ރިޔާސީ އިންތިހާބުގެ ކެމްޕެއިން ނިންމާލުމަށް މާލޭގައި ބޭއްވި ހިނގާލުމުގެ ވަކި ހިސާބަކުން އިބޫ ފުންމާލައްވަނީ. - ފޮޓޯ: ނިޝާން އަލީ/ މިހާރު

ރާއްޖޭގައި 1968 އިން ފެށިގެން ރިއާސީ ދައުރު ފެށެނީ ނޮވެމްބަރު 11 ގަ އެވެ. އެކަމަކު 2013 ގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ސުޕްރީމް ކޯޓުން ބާތިލްކުރުމުން، ދެން އަލުން އިންތިހާބު ބާއްވާ ނޮވެމްބަރު 11 ގެ ކުރިން ނުނިމުމުން، ރައީސްކަމާ އަބްދުﷲ ޔާމީނަށް ހަވާލުވެވަޑައިގަނެވުނީ ނޮވެމްބަރު 17 ގަ އެވެ. މިހާރު އުފެދިފައި އޮތް ސުވާލަކީ އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) އާ ވެރިކަން ހަވާލުކުރާނީ ކޮން އިރަކުން ހެއްޔެވެ؟

ރައީސް ޔާމީންގެ ރިޔާސީ ދައުރު ފެށުނީ ހަ ދުވަސް ފަހުން ކަމަށް ވާތީ ސަރުކާރުގެ ބޭފުޅުން ވަކާލާތު ކުރައްވާ ގޮތުގައި އެމަނިކުފާނުގެ ވެރިކަމުގެ ދައުރު ނިމޭނީ ނޮވެމްބަރު 17، 2018ގަ އެވެ.

އެކަމަކު ގާނޫނީ ބައެއް ތަޖުރިބާކާރުން ދެކެވަޑައިގަންނަވާ ގޮތުގައި އެންމެ ރަނގަޅު ގޮތަކީ ހަމަ ނޮވެމްބަރު 11 ގައި އާ ދައުރު ފެށުމެވެ. ރާއްޖޭގެ ޖުމްހޫރީ ދުވަހަކީ އަބަދުވެސް ނޮވެމްބަރު 11 އެވެ.

"އެ ފަހަރު، ރިއާސީ ދައުރު ފެށުން ފާލުން ނެއްޓިގެން ދިޔަސް، މިހާރު މި އޮތީ އެ ކަން ހަމައަކަށް އެޅުވުމުގެ ފުރުސަތު ވަރަށް ރީއްޗަށް ލިބިފައި. އިންތިޚާބު ނިމި ވެރިއަކު އެހުރީ އިންތިޚާބު ވެސް ކުރެވިފައި. އެހެންވީމާ، ކުރިން އަމަލު ކުރަމުން އައި ގޮތަށް ނޮވެމްބަރު 11 ގައި ދައުރު ފެށުން އެއީ އެންމެ ރަނގަޅު ގޮތަކީ. ގާނޫނީ ގޮތުން ވެސް އެކަން ކުރަންޖެހޭނީ އެ ގޮތަށް،" ރާއްޖޭގެ ގާނޫނީ ވަކީލަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވި އެވެ.

އާދީއްތަ ދުވަހުގެ އިންތިޚާބު ނާކާމިޔާބުވުމަށް ފަހު، ހޯމަ ދުވަހު ގައުމާ މުހާތަބް ކުރެއްވުމަށް ފަހު، ރައީސް ޔާމީން ވަޑައިގަންނަވަނީ: ވިދާޅުވީ ނޮވެމްބަރު 17 އާ ހަމައަށް މަގާމުގައި ހުންނަވާނެ ކަމަށް - ފޮޓޯ: ރައީސް އޮފީސް

އޭނާ ވިދާޅުވި ގޮތުގައި ގާނޫނުގައި ނުވަތަ ގާނޫނުއަސާސީގައި ބަޔާން ކޮށްފައި ނެތް ކަމެއް، ވަކި ހަމަތަކަކާއި ވަކި އުސޫލުތަކެއްގެ ތެރެއިން އެ ބަޔަކު ކުރަމުން އަންނަ ކަމަށް ވާ ނަމަ އެއީ ވެސް ގާނޫނެކެވެ.

"އެ އަށް ގާނޫނީ އިސްތިލާހުގައި މި ކިޔަނީ ކަސްޓަމަރީ ލޯ ނުވަތަ އުރްފު. އަޅުގަނޑުމެން މި ކިޔަނީ އާދަކާދައިގެ މަތިން ކުރަމުން އަންނަ ކަންކަމޭ. އެހެންކަމަށްވާ ނަމަ، ގާނޫނީ ނުވަތަ ޝަރުއީ ހަމަތަކުން ބަލާއިރު، ގާނޫނެއް ނެތް ހާލަތުގައި ދެން ބަލަން ޖެހޭނީ ކަސްޓަމަރީ ލޯގައި އެކަން އޮތީ ކިހިނެއްތޯ؟ އެ ހާލަތުގައި އެ ކަމެއް ނިންމަން ޖެހޭނީ ކަސްޓަމަރީ ލޯއާ ޚިލާފު ނުވާނެ ގޮތަށް،" ކުރިން ވާހަކަ ދެއްކެވި ގާނޫނީ ވަކީލު ވިދާޅުވި އެވެ.

ކުރީގެ ރައީސް ޑރ. ވަހީދު ފުރިހަމަ ކުރައްވަމުން ގެންދެވި ރިއާސީ ދައުރު ނޮވެމްބަރު 11، 2013 ގައި ނިމުނު ކަން އެނގެނީ، އެ އަހަރުގެ ރިއާސީ އިންތިޚާބުގެ ދެ ވަނަ ބުރުގެ ވޯޓުލުން ނޮވެމްބަރު 16 ގައި ބާއްވައި، ރައީސް ކަމަށް ބޭފުޅަކު އިންތިޚާބު ކުރެވެންދެން ވެރިކަމުގައި ހުންނެވޭނެ ކަމަށް، ސުޕްރީމް ކޯޓުން ކަނޑައެޅި ގަޒިއްޔާ އިންނެވެ.

އެ ގަޒިއްޔާ (47/ސީ-އެސްސީ/2013) ނިމުނު ގޮތުގެ ރިޕޯޓްގެ 2، 3 ވަނަ ސޮފްހާ އިން އެކަން އެނގެ އެވެ. އަދި އެ ގަޒިއްޔާގައި އޭރުގެ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒް ހުސައިން އާއި ފަނޑިޔާރު އާދަމް މުހައްމަދުގެ ތަފާތުވި ރައުޔުންނާއި ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާންގެ ތަފާތުވި ރައުޔުން ވެސް އެނގެނީ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ރޭ މެންދަމު 12:00 ގައި ރިއާސީ ދައުރު ނިމި އައު ރިއާސީ ދައުރެއް ފެށޭނެ ކަމެވެ. އެހެން ގޮތަކަށް ބުނާ ނަމަ އެއީ ނޮވެމްބަރު 11 އެވެ.

އާދީއްތަ ދުވަހުގެ އިންތިޚާބު ކާމިޔާބުކުރެއްވުމަށް ފަހު، އެ ރޭ އިބޫ ސަޕޯޓަރުންނާ ސަލާމް ކުރައްވަނީ. ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭގެ އިތުރުން އެ ގަޒިއްޔާގެ ހުކުމްގައި ބުނެފައިވާ ގޮތުގައި އައު ރައީސަކު އިންތިޚާބު ކުރެވި މަގާމާ ހަވާލު ވަންދެން، އޭރު އޮތް ސަރުކާރު ދެމިއޮންނާނީ އަދި އޭރު ވެރިކަމުގައި ހުންނެވި ޑރ. ވަހީދު ރައީސްގެ މަގާމުގައި ދެމިހުންނަވާނީ ސްޓޭޓް އޮފް ނެސެސިޓީ (ހާލަތުއް ޟަރޫރާ) އާއި ކޮންޓިނިއުޓީ އޮފް ލީގަލް ގަވަމެންޓް (ގާނޫނީ ހުކޫމަތު ދެމިއޮތުން)ގެ މަބްދައުގެ ދަށުންނެވެ.

ނޮވެމްބަރު 10، 2013ގެ ރޭގަނޑު 12:00ގައި، އޭރުގެ ރައީސް ޑރ. ވަހީދުގެ ވެރިކަމުގެ ދައުރު ފުރިހަމަވެ އަދި ހަމަ އެ ވަގުތުން ފެށިގެން ރިއާސީ އައު ދައުރެއް ފެށުނީ ކަން އިސްވެ ދެންނެވި ގަޒިއްޔާ އިން ސާފުކޮށް އެނގެ އެވެ. ނަމަވެސް ނޮވެމްބަރު 17 ވަނަ ދުވަހާ ހަމައަށް، ޑރ. ވަހީދު ވެރިކަމުގައި ދެމިހުންނެވީ، ދައުރު ނިމުނު އިރު ވެސް އައު ރައީސަކު އިންތިޚާބު ކުރެވިފައި ނުވާތީ، ގާނޫނީ ހުސްކަމަކަށް ގައުމު ވެއްޓުނަ ނުދިނުމުގެ ގޮތުން ޒަރޫރީ ހާލަތެއްގެ ދަށުން ކަން އެ ގަޒިއްޔާ އިން އެނގެ އެވެ.

މި އަހަރުގެ ނޮވެމްބަރު 11 ގައި ރިއާސީ ދައުރު ނިމޭ އިރު، އޭގެ 49 ދުވަސް ކުރިން އައު ރައީސަކު ވެސް އެ ހުންނެވީ އިންތިޚާބު ކޮށްފަ އެވެ. އެހެންކަމުން 2013 ގައި ފާލުން ނެއްޓުނު ރިއާސީ ދައުރު އަލުން ފާލަށް އެޅުވުމަށް ލިބިފައި މި އޮތީ ރަނގަޅު ފުރުސަތެކެވެ.

އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ކެމްޕޭން އޭޖެންޓް އަދި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު، ގާނޫނީ ވަކީލު ހިސާން ހުސައިން ވިދާޅުވި ގޮތުގައި މިހާތަނަށް އަމަލު ކުރަމުން އައި ގޮތަށް ބަލާއިރު ވެސް ރިއާސީ ދައުރު ފެށޭ ދުވަހަކީ ނޮވެމްބަރު 11 އެވެ.

އާދީއްތަ ދުވަހުގެ ރިޔާސީ އިންތިހާބުގައި ބޮޑު ތަފާތަކުން ރައީސް އަބްދުﷲ ޔާމީން ބަލި ކުރައްވައި ކާމިޔާބު ހޯއްދެވި އިބްރާހިމް މުހަންމަދު ސޯލިހު (އިބޫ) އާއި ރަނިންމޭޓް ފައިސަލް ނަސީމާ އެކު އިދިކޮޅު ފަރާތްތަކުން އުފާ ފާޅުކުރަނީ -- ފޮޓޯތައް: ނިޝާން އަލީ/ މިހާރު

"ގާނޫނުއަސާސީގައި މި އޮންނަނީ ފަސް އަހަރުގެ ދައުރެކޭ. ރައީސް ޔާމީން ހުވާކުރެއްވި ދުވަސް އެއީ އިޝޫއަކީ. އެކަމަކު ވެސް ދައުރު ފެށުމުގައި ކުރިން އަޅުގަނޑުމެން އަމަލު ކުރަމުން އައި ގޮތަށް އެނބުރި ރުޖޫއަވުމުގެ ފުރުސަތު މިހާރު އެބަ އޮތް،" ހިސާން ވިދާޅުވި އެވެ.

"ރައީސް ޔާމީން އެކަމަށް އެއްބާރުލުން ދެއްވައިފިއްޔާ އެކަން ކުރެވިދާނެ. އެކަމަކު އަޅުގަނޑުމެން އިސްވެ އެކަން ކުރުމުގެ ވިސްނުމެއް އަދި ނުގެންގުޅެން. ދެން އަސްލު ކަސްޓަމަރީ ލޯ އަށް ބެލިޔަސް ނޮވެމްބަރު 11 ދެއްތޯ [ރިއާސީ ދައުރު ފެށޭ] އެ ދުވަހަކީ."

ކުރީގެ ބަންޑާރަ ނާއިބު ހުސްނުއް ސުއޫދު ވިދާޅުވާ ގޮތުގައި މައްސަލަ އުފެދުނު ހިސާބަކީ، ޑރ. ވަހީދު ފުރިހަމަ ކުރައްވަމުން ގެންދެވި ރިއާސީ ދައުރު ނިމުމުން ވެސް، އިތުރު މުއްދަތަކަށް ވެރިކަމުގައި ހުންނެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމި ނިންމުމެވެ.

އެކަމަކު ސުޕްރީމް ކޯޓުގެ އެ ނިންމުމުގައި ވެސް، ރިއާސީ ދައުރު ފެށޭ ދުވަސް ބަދަލުވި ކަމަށް ކަނޑައަޅާފައި ނުވާ ކަމަށް ސުއޫދު ވިދާޅުވި އެވެ. އެހެންކަމުން މިހާރު މި އޮތީ އޭރު ނާރެހުން ނެއްޓިގެން ދިޔަ ރިއާސީ ދައުރު އަނބުރައި އޭގެ ނާރެހަށް ރުޖޫއަ ކުރުމުގެ ވަގުތު ޖެހިފައި ކަމަށް ސުއޫދު ވިދާޅުވި އެވެ.

ސުއޫދު ކުރެއްވި ޓުވީޓް

"އެކަން އަލުން އޭގެ ހަމަ މަގަށް ގެނެވެން އޮތީ، ނޮވެމްބަރު 10 ވަނަ ދުވަސް ނިމުމުން، ރައީސް ޔާމީން އަމިއްލަފުޅަށް އިސްތިއުފާ ދެއްވައިގެން. އެމަނިކުފާނު އެ ކަމަށް އެއްބާރުލުން ދެއްވައިގެން އެކަން އެ ގޮތަށް ކުރެއްވޭނީ. އެ ދުވަހު ދައުރު ނިމުނީމާ، ދެން އިތުރު ހަ ދުވަހު މަގާމުގައި ހުންނަވައިގެން އިތުރަށް ހާސިލު ކުރެވޭނެ މާ ބޮޑު ކަމެއް ނޯންނާނެ. އެންމެ ރަނގަޅު ވާނީ ނޮވެމްބަރު 11 ގައި އައު ރިއާސީ ދައުރު ފެށުމަށް ޖާގަ ދެއްވިއްޔާ،" ސުއޫދު ވިދާޅުވި އެވެ.

މިދިޔަ އާދީއްތަ ދުވަހު ބޭއްވި ވޯޓުލުމުގައި، އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އަދި މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) އިންތިހާބު ކާމިޔާބު ކުރެއްވީ 134،616 (58.4 ޕަސެންޓް) ވޯޓުންނެވެ. ޕީޕީއެމްގެ ކެންޑިޑޭޓް އަދި މިހާރުގެ ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަތީ އެންމެ 96،132 (41.6 ޕަސެންޓް) ވޯޓެވެ. މިއީ މިހާ ބޮޑު ތަފާތަކުން ރާއްޖޭގައި ރައީސަކު އިންތިހާބުވި ފުރަތަމަ ފަހަރެވެ.

35 ކޮމެންޓް, 98 ރިއެކްޝަންސް

icon happy icon happy 88%
icon sad icon sad 8%
icon angry icon angry 4%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ތަމީމް

27 September 2018

ނޮވެމްބަރު 11 ގައި ރިއާސީ ދައުރު ނުފެށޭނެތަ؟ ފެށެންޖެހޭނެ! ގާނޫނު އަސާސީގެ "ރޫހަކީ" ވެސް އެއީ ގާނޫނު އަސާސީގައިވާ ގޮތަށް އަމަލުކުރުން!!!

The name is already taken The name is available. Register?

އިބްޝާ

27 September 2018

އޭ !~ ތިވާހަކައެއްނޫނޭ .. އަބްދުއްﷲ ޝާހިދު ، އިންތިމެނަ އެތިއްބެވީ ސަޕްރައިސްވެ ވަޑައިގެން ބަސްފުޅު ހުއްޓިފަ ..

The name is already taken The name is available. Register?

ާއަހް

26 September 2018

11 ނޮވެމްބަރ ގައި ފެށޭނެ. ބައެއްގެ ނާގާބިލުކަމުން 17އަށް ލަސްވެފައިވުމަކީ އެކަންތަކުރާރު ކުރަން އޮއްހުއްޖަތެއްނޫން

The name is already taken The name is available. Register?

ކައުންސެލަރު

26 September 2018

އަހަރެންގެ ކޮމެންޓްތަކުންވެސް އަހަންނަކީ ލާދީނީ ފިކުރާދެކޮޅު މީހެއްކަން އެނގޭނެ. ރައީސް ޔާމީންގެ ސަޕޯރޓަރެއްކަން އެނގޭނެ. އަހަރެން އެދެނީ ދިވެހިންގެ ބަޔަކު އިންތިޚާބު ކޮށްފައިވާ އިބްރާހީމް މުޙައްމަދު ޞާލިޙް ރައީސްކަމުގެ ހުވައި ކުރުމުގެ ކަންތައް ނޮވެމްބަރު 11ގައި ނިންމައިދިނުން. އޭރުން ރައީސް ޔާމީނަށް ހަމަގައިމުވެސް އަހަރެންނާ ރައީސް ޔާމީނަށް ތާއީދު ކުރާމީހުންގެ ހިތުގައި އޮތް ގަދަރު އިތުރުވެގެންދާނެ.

The name is already taken The name is available. Register?

ހަޑިގިއްލާ

26 September 2018

7 ފެބުރުއަރީގައި ކުޅުނު ޑުރާމާއާއި 2013 ގައި ކުޅުނު ޑުރާމާއިން ނުނެއްޓެވިގެން އަދިވެސް ދިވެހިން މިއުޅެނީ....

The name is already taken The name is available. Register?

falaku ain

26 September 2018

30 ނޮވެމްބަރަށް ޖުމުހޫރީ ދުވަސް ބަދަލުވާނަމަ މިސިލްސިލާއަށް ނިމުމެއްނާންނާނެދޯ؟ އެކަމަކު ޔާމީނަކީ ފަސޭހައިން ގޮތްދޫކުރާނޭ މީހެއްނޫން. އަނެއްކާ ތި މައްސަލާގައި ސްޕްރީމް ކޯޓުން ހުކުމެއް އަޔަސް އެޔަށް ބޯލަނބާނެ ކަމަކަށް ނުފެނޭ. ފުރާޅުން ޓިނުނަގައި އަނެއްކާވެސް އިސްފަނޑިޔާރު ޖަލަށް ގެންދަން ފަހަކަށް ނުޖެހޭނެ.

The name is already taken The name is available. Register?

ދއނ

26 September 2018

ސާބަސް... މި އޮތް ކަމެއްދޯ..

The name is already taken The name is available. Register?

falaku ain

26 September 2018

ޤާނޫނާއި އާދަކާދައަކީ ކޮންއެއްޗެއްކަން ނުދަންނަމީހުން ގޮވާ ކޮހަށް އަޅާލުން މުހިންމެއްނޫނެވެ. ނޮވެމްބަރު 11، 2013 އިން ފެށިގެން ޔާމީނު އައީ ރައީސްގެ މުސާރަ ނަގައި ބޭނުންކުރަމުންނެވެ. ދެން މިސާލަކަށް ރައީސްގެ މަގާމަށް ހޮވިފައިވާ ބޭފުޅަކަށް ނޮވެމްބަރު 16 ވަނަ ދުވަހު ކުއްލި ބައްޔެއް ކުރިމަތިވެގެން ފަރުވާއަށް ރާއްޖޭންބޭރުގައި 10 ވަރަކަށް ދުވަހު ހުންނަންޖެހުނީއްޔޯ! ހުވާކުރެވުނީ އަދި އިތުރު 3 ދުވަސްވޭތުވި ފަހުންނޯ. އެހެންވީއިރު 30ނޮވް އަށް ޖުމުރީދުވަސް

The name is already taken The name is available. Register?

ހެހެ

26 September 2018

ޔާމީން އެންމެ ފުރަތަމަ އަހަރުތަކުގަ ފުރިހަމަ މުސާރައެއް ނުނަންގަވާ.

The name is already taken The name is available. Register?

ގޯސް

26 September 2018

ކަލޭމެންގެ ގަޅިކަމާއެވެ. ރިޔާސީ ދައުރު ފެށުމުން ސްޕްރީމް ކޯޓުން އެއްވެސް އަމުރެއް ނެރުނުތޯ 5 އަހަރު ހަމަނުވިޔަސް 11ގައި ވެރިކަން ނިންމަންޖެހޭނެ ކަމަށް. ޔާމީންގެ ރެކޯޜޑް ހަޑި ނުކުރަން 5 އަހަރު ހަމަކޮށްފައި ނޫނީ ނުފައިބާން އޮތީ ބުނެފައި. ދެން އެކޮޅުކޮޅުން ޖެހުނަސް ތިކަމެއް ނުވެސް ކުރާނެ ނުޖެހޭ ކުރާކަށްވެސް.

The name is already taken The name is available. Register?

ރާވެރިބެ

26 September 2018

ފެށޭނެ ... އެކަމަކު ކޮންމެވެސް ބޭފުޅަކު ފަސް އަހަރުގެ ދައުރުން 6 ދުވަސް ދޫކޮށްލުމުން ފެށޭނީ ... އެގޮތަށް އެކަން ނުވަނީސް ވެދާނެކަމަށް ގަބޫލުކުރަން އުނދަގޫކަމެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454