މިދިޔަ އަހަރު އުރީދޫގެ ސުޕަ އެޕްގައި ބޮޑު ތަރުހީބެއް ލިބުނު"ކަރާ ފެޅުން" ގޭމު މާދަމާ ފަށާ މި އަހަރުގެ ރޯދަމަހު ވެސް ކުރިއަށް ގެންދަން ނިންމައި އެ ކުންފުނީގެ ރޯދަ އޮފާތައް ތައާރަފުކޮށްފި އެވެ.
އުރީދޫން ބުނީ މި ގޭމަށް މިދިޔަ އަހަރު ވެސް ބޮޑު ތަރުހީބެއް ލިބުނުއިރު، މި އަހަރު އެ އަށް ވުރެ ފުރިހަމަ ތަޖުރިބާއެއް ފޯރުކޮށްދިނުމަށް މަސައްކަތް ކޮށްފައި ވާނެ ކަމަށެވެ.
މި އަހަރު މި ގޭމު ކުޅެވޭނީ، ކަނޑައަޅާފައިވާ ދެ ޓީމުގެ ތެރެއިން އެއް ޓީމާ ގުޅިގެންނެވެ.
ބޮޑު އިނާމަކަށް ހުށަހަޅާފައި ވަނީ އެއް ލައްކަ ރުފިޔާގެ އަގުހުރި ބަންޑަލްއެކެވެ. އޭގައި ހިމެނެނީ، ޑީޖޭއައި މިނީ 5 ޕްރޯ ފްލައި މޯ ކޮމްބޯ ޕްލަސް ޑްރޯން، ޑީޖޭއައި ނިއޯ 2 މޯޝަން ފްލައި މޯ ކޮމްބޯ ޑްރޯން، އޮސްމޯ އެކްޝަން 6 އެޑްވެންޗާ ކޮމްބޯ، ޑީޖޭއައި ޕޮކެޓް 3 ކްރިއޭޓަރ ކޮމްބޯ، އެޕަލް ޕެންސިލްއާ އެކު އައިޕެޑް އެއާ، މެކްބުކް އެއާ އެމް5 އަދި އައިފޯން 17 ޕްރޯއެކެވެ. އޭގެ އިތުރުން ކޮންމެ ދުވަހަކު "ކަރާ ފަޅާ" ކަސްޓަމަރުންނަށް ހިލޭ ޑޭޓާ އާއި އަގުހުރި އެކި އިނާމުތައް ލިބޭނެ އެވެ.
ކަރާ ފެޅުމުގެ އިތުރުން އުރީދޫން ވަނީ ރޯދަމަހަށް ހާއްސަ އޮފާތަކެއް ވެސް ތައާރަފްކޮށްފަ އެވެ. އެ އޮފާތަކުގެ ދަށުން ސުޕަނެޓްގެ ޕެކޭޖުތަކުގެ ސްޕީޑް، ރޯދަމަހަށް ވަނީ އިތުރަށް ހަލުވި ކޮށްދީފަ އެވެ. އެގޮތުން ސުޕަނެޓް އަންލިމިޓެޑް 30އެމް، 100 އެމްބީޕީއެސް އަށް އިތުރުކޮށް ސުޕަނެޓް އަންލިމިޓެޑް 50 އެމް، 150 އެމްބީޕީއެސްއަށް އިތުރުކޮށް ސުޕަނެޓް އަންލިމިޓެޑް 100އެމް، 200 އެމްބީޕީއެސްއަށް އިތުރުކޮށް ސުޕަނެޓް އަންލިމިޓެޑް 200އެމް، 250 އެމްބީޕީއެސްއަށް ވަނީ އިތުރުކޮށްފަ އެވެ.
އުރީދޫން ރޯދަމަހަށް ނެރުނު އިތުރު އޮފާތަކުގެ ތެރޭގައި 24 ގަޑިއިރަށް 35ރ. އަށް ލިބޭ 5 ޖީބީގެ ޑޭޓާ އާއި 10ރ. އަށް 24 ގަޑިއިރަށް ހިލޭ ފޯނުކުރެވޭ ވޮއިސް ޕެކް ހިމެނެ އެވެ. މިއީ ދަންވަރު 1 އާއި ފަތިހު 5އާ ދެމެދު އެކްޓިވޭޓް ކުރެވޭނެ ޕެކްތަކެކެވެ.
އުރީދޫން މި އަހަރު ވެސް ވަނީ އިތުރު މީހުންނަށް ހަދިޔާ ކުރެވޭ ވެލިއު ޝެއާ ޕްލަސް ޕެކޭޖު ތައާރަފްކޮށްފަ އެވެ. ޖުމްލަ 100 ޖީބީ ޑޭޓާ ލިބޭ އެ ޕެކްގެ 40 ޖީބީ އަމިއްލަ ބޭނުމަށް އަދި މީހަކަށް 30 ޖީބީ ދޫކުރެވޭ ގޮތަށް 60 ޖީބީ އިތުރު ދެ މީހުންނާ ހިއްސާކުރަން ލިބޭނެ އެވެ.
އުރީދޫން މި އަހަރުގެ ރޯދަ މަހަށް ހާއްސަކޮށް، ބޭރު ގައުމުތަކުގައި ދިރިއުޅޭ ދިވެހި އާއިލާތަކަށް ފަސޭހައިން ގުޅޭނެ އިންތިޒާމް ހަމަޖައްސައިދިނުމުގެ ގޮތުން އިންޑިއާ އާއި ނޭޕާލާއި ބަންގްލަދޭޝް އާއި ސްރީ ލަންކާ ހިމެނޭ ގޮތަށް ހޮވާލާފައިވާ ވަކި ގައުމުތަކަކަށް 30 އައިޑީޑީ މިނެޓާއި 2 ޖީބީ އައިއެމްއޯ ޑޭޓާ 45ރ. އަށް ތިން ދުވަހުގެ މުއްދަތަށް ލިބޭނެ އެވެ.
މި އޮފާތަކުގެ އިތުރުން އުރީދޫ މޮބައިލް އެޕް މެދުވެރިކޮށް އެންޖީއޯތަކަށް ޑޮނޭޝަން ހަދިޔާ ކުރެވޭނެ އިންތިޒާމާއި ރޯދަވީއްލަން ހާއްސަ މީލް ޕެކެއް ހަދިޔާ ކުރެވޭނެ ގޮތާއި ފަސޭހައިން ޒަކާތް ދެއްކޭނެ އިންތިޒާމް ވެސް ވަނީ ހަމަޖައްސައިފަ އެވެ. މި ފަހަރު ވެސް ނަމާދު އެލާޓަށް ސަބްސްކްރައިބް ކުރުމުން އެލާޓު ލިބޭނެ އެވެ.