މިއަހަރުގެ "އުރީދޫ ފަން ރަން 2026" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. 

މިއީ ކޮންމެ އަހަރަކު ވެސް ގިނަ ބަޔަކު އާއިލާ އާއި ރައްޓެހިންނާއި އެކު ބައިވެރިވާ ދުވުމެކެވެ. އެގޮތުން މިދިޔަ އަހަރު ހުޅުމާލޭގައި ބޭއްވި މި ދުވުމުގައި ވެސް 7،500 އަށް ވުރެ ގިނަ ފަރާތްތަކުން ބައިވެރިވެ، ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ.

ރާއްޖޭގައި ބާއްވާ އެންމެ އުފާވެރި އަދި އެންމެ ކުލަގަދަ މި ދުވުން، މިއަހަރު އޮންނާނީ ޑިސެމްބަރު 11ގައި ހުޅުމާލޭގަ އެވެ.

މި ދުވުމުގައި 6 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް ބައިވެރިވެވޭނެ އެވެ. މިއީ 5 ކިލޯމީޓަރުގެ ދުވުމެކެވެ. މި ދުވުމުގައި މަޖާ އޮބްސްޓިކަލްތަކާއި ތަފާތު މަޖާ ހަރަކާތްތައް ކުރިއަށްދާނެ އެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފައި، ޖޮގްކޮށްފައި، ނޫނީ ނަށަމުންވެސް މި ދުވުން ނިންމާލެވިދާނެ އެވެ.

މި ދުވުމުގައި ބައިވެރިވާ ފަރާތްތަކަށް ދެ ކިޓެއްގެ ތެރެއިން ބޭނުންވާ ކިޓެއް އިހުތިޔާރު ކުރެވޭނެ އެވެ. އެއީ 210ރ. ގެ ފަން ކިޓާއި 110ރ. ސްޓޭންޑާޑް ކިޓެވެ. ފަން ކިޓުގައި ފަން ރަން ޓީޝާޓް، މަލްޓިޕާޕަސް ބަންޑާނާ، ދަބަހާއި އައި ގްލާސް ހިމެނެއެވެ. އޭގެ އިތުރުން އޮކްޓޫބަރު 31ގެ ކުރިން ރަޖިސްޓްރީވާ ފަރާތްތަކަށް އެއްވެސް އިތުރު އަގަކާ ނުލައި ބިބްގައި ބައިވެރިން ބޭނުންވާ ނަމެއް ޖެހުމުގެ ފުރުސަތު ލިބޭނެ އެވެ. ސްޓޭންޑާޑް ކިޓްގައި ހިމެނެނީ ފަން ރަން ޓީޝާޓް، މަލްޓިޕާޕަސް ބަންޑާނާ އަދި ބިބް ހިމެނެ އެވެ.

މި ދުވުމުގެ ފޯރި އިތުރުކުރުމުގެ ގޮތުން، ޕްރީ އިވެންޓު ހަރަކާތްތަކެއް ބޭއްވުމުގެ ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ޑިސެމްބަރު 10 ވަނަ ދުވަހު ހަވީރު 4:00 އިން އިރުއޮއްސި 6:00 އަށް ކުޑަކުދިންގެ ހަވީރެއް އޮންނާނެ އެވެ. އަދި  އެރޭ 8:00 އިން 12:00 އަށް މިޔުޒިކް ޝޯއެއް އޮންނާނެ އެވެ. 

ފަން ރަން އޮންނާނީ ޑިސެމްބަރު 11ގައި ހަވީރު 4:00 އިން އިރުއޮއްސި 6:00 އަށެވެ.