ޚަބަރު / ޑޮކްޓަރުން

ސިއްހީ ދާއިރާ ދަނީ ކުރިއަށް، ގާބިލުކަަން އަންނަނީ އިތުރުކުރެވެމުން: ހެލްތު

ހެލްތު މިނިސްޓަރު އަމީނާއި ހެލްތު މިނިސްޓްރީގެ ބައެއް އޮފިޝަލުން އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި.

ރާއްޖޭގެ ސިއްހީ ދާއިރާ ދުވަހެއް ދުވަހަކަށް ދަށަށް ދާ ކަމަށް ވިދާޅުވެ ބައެއް ޑޮކްޓަރުން ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި ދެއްކެވި ވާހަކަތަކަށް ހެލްތު މިނިސްޓްރީން މިއަދު ރައްދު ދީފި އެވެ.

ހެލްތު މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގަައި ބުނީ ސިއްހީ ދާއިރާ ތަރައްގީކުރަމުން އަންނަނީ އެ ދާއިރާގެ ދުރު ރާސްތާގެ ޕްލޭނާއި ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނާ އެއްގޮތަށް ކަމަށެވެ. އެގޮތުން އަތޮޅުތެރޭގައި ސިއްހީ ހިދުމަތް ކުރިއަށް ވުރެ ފުޅާކޮށް ވަސީލަތްތައް ގާއިމްކުރަމުން އަންނަ ކަމަށާއި މާލެއަށް ރިފާ ކުރުން ކުރިއަށް ވުރެ މަދު ކުރެވިފައިވާ ކަމަށް ވެސްް އެ ބަޔާނުގައި ބުންޏެވެ.

"...މިގޮތުން ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާ އެއްގޮތަށް ފަސް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލްތައް ތަރައްގީކުރުމާއި ކުރިން ނުދެވޭ ސްޕެޝަލިޓީ ހިދުމަތްތައް ހޮސްޕިޓަލްތަކުގައި ވަނީ ފެށިފަ އެވެ. ލާމަރުކަޒި ސިއްހީ ހިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި އަތޮޅު ތެރޭގެ ސިއްހީ ހިދުމަތް ދޭ ތަންތަނަށް ބޭނުންވާ ވަސީލަތްތައް ގާއިމްކުރުމުގެ މަސައްކަތް މިހާރު ވެސް ކުރެވެމުން ދެ އެވެ،" ހެލްތު މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި ބައެއް ޑޮކްޓަރުން އިއްޔެ ވާހަކަދައްކަވަނީ

މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި ބައެއް ޑޮކްޓަރުންނާއި ކުރީގެ ސިއްހީ ހިދުމަތްތެރިން ކުރެއްވި އަނެއް ތުހުމަތަކީ ސިއްހީ ދާއިރާގެ ނިންމުންތައް ނިންމަނީ ފަންނީ މާހިރުންގެ ލަފަޔާ ނުލައި ކަމަށެވެ. އެ ވާހަކަތަކަށް ރައްދު ދެމުން ބަޔާނުގައި ބުނީ ސިއްހީ ހިދުމަތްތަކަށް ބޭނުންވާ ގައިޑްލައިންތައް ހަދަނީ ބައިނަލް އަގުވާމީ މިންގަނޑުތަކަށް ބިނާކޮށް ހޯދާ އާ ހޯދުންތަކާ އަދާހަމަކޮށްގެން ކަމަށާއި ފަންނީ މާހިރުންނާއި ތަޖުރިބާކާރުންގެ ލަފާގެ މަތިން ކަމަށެވެ. ސިއްހީ ހިދުމަތްތަކަކީ ކަނޑައަޅާފައިވާ މިންގަނޑުތަކާއި އުސޫލުތަކާ އެއްގޮތަށް ދޭ ހިދުމަތްތައްކަން ކަށަވަރުކުރުމުގެ މަސައްކަތް އަބަދުވެސް ކުރަމުން އަންނަ ކަމަށާއި މިންގަނޑުތައް ބަދަލުވަނީ ކޮވިޑް-19ގެ ހާލަތަކީ ބަދަލުވާ ހާލަތަކަށް ވާތީ ކަަމަށް ވެސް މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.

"...މީގެ އިތުރުން ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަކީ ވެސް އެކަށީގެންްވާ ހެކިތަކާއި އެކި ގައުމުތަކުގެ ތަޖުރިބާއަަށް ބަލައި ރާއްޖޭގައި ބަލި ފެތުރޭ އަދި އިޖާބަދެވޭ މިންގަނޑުތައް ގާތުން މޮނިޓާކުރަމުން އަޅާ ފިޔަވަޅުތަކެކެވެ،" މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.

ބަޔާން ނިންމައިލަމުން ބުނީ އިޖުތިމާއީ ކޮމިޓީގައި ސިއްހީ ހިދުމަތާ ބެހޭ ގޮތުން ދެއްވި މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި ފަސްބޭފުޅަކު ވަޑައިގެން އިއްޔެ ދެއްކެވި ވާހަކަގައި ހެލްތު މިނިސްޓްރީއަށް ބޮޑެތި ތުހުމަތުތަކެއް ކުރެއްވި އެވެ.

69 ކޮމެންޓް, 45 ރިއެކްޝަންސް

icon happy icon happy 40%
icon sad icon sad 0%
icon angry icon angry 60%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަގީގަތްް

10 August 2020

ތިޔައީ އަދުރޭއާއި ނަޝީދު ގުޅިގެން ހިންގާ ގޭސް ގަނޑެއްކަން އެބަ އެނގޭ ތި ތަނަށް ހަދީޖާ ހާޒިރު ކުރެވުނީމަ. ހަދީޖާއަކީ ޔާމީނު ދައުރުގައި ޕީއެސް މަގާމަށް ގެނެވުނު މީހެއް. ލީޑަޝިޕްގެ ކަންފުޅެއްވެސް ހުންނަ މީހެއް ނޫން. ވަޒީފާ ގެއްލުނީ ޔާމީނުގެ އޯޑަރަށް ސިވިލް ސާވިސް މަގާމެއްގައި ހުރެގެން ސިޔާސީ އެތައް ނިންމުމެއް ނިންމާފައިވާތީ. މަގާމުން ވަކީކުރީ ސީދާ ސިވިލް ސާވިސްއިން.

The name is already taken The name is available. Register?

ބަގީ

10 August 2020

ތިޔަ ކިޔާ ހަގީގަތްތައް އޮންނަނީ އެމީހަކު ބޭނުން ގޮތަކަށް އަނބުރާލެވޭ ގޮތަށް. ކޮވިޑް ކޮންޓްރޯލްނުވީމަ އެކަން އެވީ ނަޝީދާ އަދުރޭގެ ކަމަކަށް. މިހާރު ޔާމީން ޖަލުގަ ހުރީމަ ނަން ގެންނާނެ ކޮންމެވެސް ގޮތެއް ކަލޭމެން ހޯދަންޖެހޭނެ އަބަދުވެސް.

The name is already taken The name is available. Register?

ސިރިސޭނާ

10 August 2020

އަޑިންނާ މަތިން ފޮނުވާ ހަމަލާތަކަށް ސާބިތުވެ ހުންނަވާ އަމީން. މިކަން ހިނގާ ގޮތް ނޭނގޭ މީހަކު ރާއްޖޭގައި ނެތް މިހާރު.

The name is already taken The name is available. Register?

haneef

10 August 2020

ސިއްހީ ދާއިރާ ދަނީ ކުރިއަށް، ގާބިލުކަަން އަންނާތީ ކަމެއްވާއިރަށް މާލެ ދާންޖެހެނީ

The name is already taken The name is available. Register?

މާނިޢު1454

10 August 2020

ސިއްޙީދާއިރާ ދަނީ ވައްކަން ކުރަމުން. ކޮވިޑް ޓެގް އަޅުވައިގެން ދައުލަތް ދަވަނީ ރެއެއް ދުވާލެއް ނުބަލާ

The name is already taken The name is available. Register?

ހުސް ފުލޯކު

10 August 2020

ކޮވިޑްއޭ ކިޔައިގެން ސަރުކާރު ފަލީހަތް ކުރަން އުޅެ އުޅެ އެކަމެއް ނުވެގެންދޯ މުޒާހަރާ ކުރަން ފެށީ؟ ދެން މިހާރު އަނެއްކާ އަނެއް ލަވަ

The name is already taken The name is available. Register?

ފާތިން

10 August 2020

ނަޝީދުއާއި އަދުރޭފަދަ ހަމަޖެހޭ ވާހަކައެއް ނުދައްކާ ބަޔަކު ކިޔާ އެއްޗެއް ބަލާކަށް ނެތިން. ސިއްހީ ދާއިރާއަށް އަންނަމުން ދަނީ ރަނގަޅު ތަރައްގީ. ގައުމައިގެން ކުރިއަށް.

The name is already taken The name is available. Register?

ފީކް

10 August 2020

ސިއްހީ ދާއިރާ ކުރިއެރުމަށްވުރެ ސިއްހީ ދާއިރާގެ ވަކި މީހަކު ދިފާއުކުރަން މިތަނުގަ ކޮމެންޓްކުރަން ކުރާ މަސައްކަތް މާ ބޮޑުތަނުން ކުރިއަރާފަވާ ކަމަށް ފެންނަނީ.

The name is already taken The name is available. Register?

ހައްޕުޑު

10 August 2020

އެހެންނޫންކަން ދައްކަން ތިމާ ކުރާ މަސައްކަތޯ؟ ސިއްހީ ދާއިރާއަށް އަންނަމުންދާ ތަރައްގީ ލޮލުން ފެނި އަތުން އެބަ ހިފޭ

The name is already taken The name is available. Register?

ހައްޕުޑާ

10 August 2020

މި 2 އަހަރުތެރޭގައި އައިތަރައްގީގެ ތަފްސީލު ލިޔެލިނަމަ

The name is already taken The name is available. Register?

ހައްޕުޑު

10 August 2020

މޯބައިލް ލެބޯރަޓްރީ ޚިދުމަތް ފެށައިފި. ހުރިހާ ރަށަކަށް އެމްބިއުލާންސް ހަމަކޮށްފި. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ކާޑިއެކް ޚިދުމަތް ފެށައިފި. ނަފްސާނީ ބައްޔަށް ހާއްސަ ސެންޓަރެއް ހުޅުވައިފި. ލަންދޫގައި ލެބޯޓްރީ ހިދުމަތް ފަށާ މަނަދޫފައި ދަޔުގެ ފަރުވާ ފަށައިފި. ތެލެސީމިއާ ކުދިންނަށް ފަރުވާ ދިނުމަށްޓަކައި އެކަމަށް ބޭނުންވާ ވަސީލަތްތައް ރަށްރަށުން ފަސޭހައިން ލިބޭނެ ނިޒާމެއް ހަމަޖައްސައިފި. 5 ސަރަހައްދެއްގައި ކޮވިޑް ސެންޓަރު ގާއިމު ކޮށްފި. އަދިވެސް..

The name is already taken The name is available. Register?

ފީކް

10 August 2020

އަމީން ދިފާއުކުރަން އެހާ މަސައްކަތް މިތަނުގަ ކުރަންޖެހުމަކީ އޭނާއަށް ކަމެއްނުވާކަން ދައްކައިދޭ ކަމެއް. އޭނާ ކަމެއް އެހާ ރަގަޅަށް ކުރާނަމަ އެންމެން ތިބޭނީ ހިތްހަމަޖެހި އެކަން ބަލައިގަނެގެން. ބަޔަކު އެވާހަކަ އަރުތެރެއަށް ކޮއްޕާކަށް ނުޖެހޭނެ. ޔާމީން ދައުރުގައި އައި ކުރިއެރުމެއް ނުފެނި ބަޔަކަށް ހަމައެކަނި މިދައުރުގައި އައި ކުރިއެރުން ފެނުން އެއީ ހައިރާންވާންޖެހޭ ކަހަލަ ކަމެއްނޫން.

The name is already taken The name is available. Register?

ނޫބަލާ

10 August 2020

ވަކި މީހަކަށް ތައުރީފުތައް އޮއްސިއަސް ކޮވިޑްގެ އަދަަދުތައް ދައްކަނީ ބަލި ކޮންޓްރޯލްކުރުމުގައި ފޭލްވެއްޖެކަން. ބޮޑުމަންޒަރު ދައްކަނީ އެހެން ބަލިތަކަށް ދޭންވާ ސިއްހީ ފަރުވާތަކަށް އެއަށްވުރެ ބޮޑަށް އިހުމާލުވެވިފައިވާކަން. އެންމެ ކުރިން ކޮންޓްރޯލްކުރަން ކުރި މަސައްކަތް ދޯދިޔާވުމުން އެހެންވީ. ޓެސްޓޭ ޓެސްޓޭ ޑަބްލިއުއެޗްއޯއިން ކީ އިރު މާސްޓެސްޓިންގއެއް ހެދިނަމަ މާލެވަރުގެ އާބާދީއެއްގަ ބަލިހުރި އެންމެން ދެނެގަނެ ބަލި އެއްކޮށްހެން ކޮންޓްރޯލްކުރެވުނީސް.

The name is already taken The name is available. Register?

ފިތުނަ ފެކްޝަން

10 August 2020

މުޅި ސަރަހައްދުންވެސް އެންމެ ރަނގަޅަށް ބަލި ކޮންޓްރޯލު ކުރެވިފައި އޮތްވާ ނަޝީދު ނިކުމެއް އެޗްޕީއޭގެ ގައިޑްލައިންތައް މުގުރާލީ. ދެން މި ފެނުނީ އަނެއްކާ ނަޝީދުއާއި ބައިވެރި އަދުރޭ ނިކުމެ މުޒާހަރާ ކުރަން ފެށިތަން. މާސްކެއް ނައަޅާ ގައިދުރުކުރުމެއް ނެތި މިކަން ކޮށްފައި އަދުރޭ ބުނީ ދެންވެސް މުޒާހަރާ ހުއްޓާލާނެ ކަމެއް ނެތޭ، އަދަދުތައް އިތުރު ކުރަނީ ބިރު ދައްކަންށޭ. ކޮބާ ހީވޭ ކަމެއްހެން؟ ދެންވެސް މުޒާހަރާ ނުކޮށް މައިތިރިވެގެން ތިބެބަލަ.

The name is already taken The name is available. Register?

ވަޒީރު

10 August 2020

ނަޝީދުތަ ގައުމު ހިންގަނީ

The name is already taken The name is available. Register?

ނޫބަލާ

10 August 2020

ނަޝީދުއާ އަދުރޭ އުފެއްދި ކްލަސްޓައެއްގެ އަދަދުތައް ދައްކާފަ ތިހެން ކިޔާ. އަސްލެއް ހަގީގަތެއް ނެތް އެތައް ވާހަކައެއް ދައްކައިގެން ޔާމީނު ވެރިކަމުން ބޭލީ. މުޒާހަރާކޮށްގެން މީހުންނަށް ބަލިޖެހުނު އަދަަދުތައް ތަފާސް ހިސާބަށް އަރުވާ. ހަގީގީ ފިތުނައަކީ ކަމެއް އޮތްގޮތުގެ ހަގީގަތަށް ނުބަލާ ވާހަކަ ދެއްކުން. ފިތުނަ ފެކްޝަން ނަމަކަށް ލިއެގެން ތިޔަ ހާމަކުރެވެނީ އަމިއްލައަށް ކުރެވޭ ކަންކަން.

The name is already taken The name is available. Register?

ރައްޔިތު ސޮރު

10 August 2020

މިހާރު ހީވާން ފަށައިފި ޓުވަރިޒަމް އިސްތިހާރުކުރަން ޓުވަރިޒަމް މިނިސްޓުރީގަ އޮންނަ ޓީމަށްވުރެ ހެލްތު މިނިސްޓުރީއާއި ހެލްތު މިނިސްޓަރު ޕްރޮމޯޓުކުރަން އޮންނަ ޓީމު އަދި ބަޖެޓް ބޮޑުހެން. އާންމުކޮށް ޕީއާރު އެޖެންސީތައް މިކަހަލަ ދާއިރާތަކުން ބޭނުންކުރަނީ ރައްޔިތުންގެ ލޮލުގަ އަދުން އަޅުވާ ކޮރަޕްޝަނާ ފަސާދައަށް ފަސްއެޅުން. ހިނގާ މިހަޤީޤަތް ޔަޤީން ކޮށްލަން ކޮމެންޓަށް ރިޕްލައި އަދި ޑިސްލައިކް އަންނަގޮތް ބަލާލަން. ޝުކުރިއްޔާ!

The name is already taken The name is available. Register?

ފިތުނަ ފެކްޝަން

10 August 2020

އެހެންތަ؟ މަށަށް ފާހަގަވީ މީގައި ގިނައީ ތިހެން ކިޔާ ކޮމެންޓު ކޮށްފަ ހުރި ކޮމެންޓުތައް. ހެހެ. ރައްޔިތުން ލޮލުގައި އަނދުން އަޅުވަން ބަޔަކު ކުރާ މަސައްކަތް ކާމިޔާބު ނުވެގެން އުޅޭ މަންޒަރު މި ފެންނަނީ.

The name is already taken The name is available. Register?

ޮއޮޅުންސާލި

10 August 2020

ހަޖަމު ނުވީމަ ކަލޭ ކޮންސްޕިރެސީ ތިއަރީ ހަދާލަ ހަދާލާ ހުރޭ . އެވެސް މޮޅު ގޮތެއް

The name is already taken The name is available. Register?

ކެޕޭސިޓީ

10 August 2020

ކޮބާ އޭރުވެސް މަ ބުނީމެއްނު ނަޝީދަށް ބިރު ނުގަންނަ މީހަކު ހުރިއްޔާ އެ މީހަކީ އަމީނޭ. މޮޅުކަމާއި، ހިންތުންތެރިކަމާއި، ޖެހިލުންކުޑަ ކަމާއެކީ އަޅަން ޖެހުނު ފިޔަވަޅެއް އަޅަން ކެރުމަކީ ވަކި ޕާޓީއަކަށް ވެގެން ލިބޭ އެއްޗެއް ނަމަ އެންމެ ފުރިހަމައަށް ސިއްހީ ދާއިރާ އޮންނާނީ ނަޝީދުގެ ދައުރުގައި ނޫންތޯ. އެކަމަކު އެ ދައުރުގައި ނޫންތޯ މުޅި ޕަބްލިކް ހެލްތު ނިޒާމު ފުނޑާލީ. ރައީސް އިބޫބެސް މިއަދު ގަބޫލު ކުރައްވާނެ މިނިސްޓަރ އަމީނަކީ ތަފާތު ކެލިބާއެއްގެ މީހެއްކަން.

The name is already taken The name is available. Register?

ގައުމީ ލޯބީގާ

10 August 2020

ފާއިތުވި 10 އަހަރުވެސް ހެލްތު ދާއިރާއަށް ނުވެހުރި ބައިވަރު ކަންކަން ފާއިތުރި ދޮޅު އަހަރު ތެރޭގައި ވެގެން ގޮއްސި. އިރާދަކުރެއްވިޔާ ސިއްހީ ދާއިރާ މިހާރު މި ދަތުރު ކުރަމުންދަނީ އިންގިލާބީ ބަދަލަކާ ދިމާއަށް. އެދެނީ ސިއްހީ ދާއިރާއަށް ފަހި ދުވަސްތަކެއް. މިނިސްޓަރ އަމީންގެ މަސައްކަތުގައި ބަރަކާތް ލައްވާށި. ތިޔައީ މޮޅު ހިންގުންތެރި ވެރިއެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454